ދިވެހި ފުލުހުންގެ މައި އިދާރާ ޝަހީދު ހުސެއިން އާދަމް ބިލްޑިންގެ ނަމާއި، ކުލަ ބަދަލު ކުރަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ މަޖިލީހުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަކަށް ވަނީ ބަހުސް ކޮށްފައެވެ. މި ބަހުސް ނިމުމަކަށް އައުމުން ވާހަކަ ދައްކަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ފުލުހުންގެ މަރުކަޒާއި، ކުލަ އާއި ނަން ބަދަލު ކުރުމަށް ބިލުގެ ބަހުސްގައި މެމްބަރުން ހުށަހަޅާފައިވާ ކަމަށެވެ.

އެ ބިލަށް ބަހުސްކުރައްވަމުން ގިނަ މެމްބަރުން ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"މެންބަރުން ވިދާޅުވަނީ، އެހެން ފުލުސް އޮފީހެއް ބޭނުންވެޔޭ، އެހެން ނަމެއް ވެސް ބޭނުން ވެޔޭ، އެހެން ކުލައެއްވެސް ބޭނުން ވެޔޭ، އަދި އެތަން ހުންނަންވީ މައިމަރުކަޒު ވެސް ހުންނަންވީ އެހެން ތަނެއްގައޭ، މިދިޔަ ހުރިހާ ދުވަހު އެދިޔަތަން ނިމުނީއޭ، މުޅިން އާ ބާބެއް ފެށުނިއްޔޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިފަދައިން މިއަދު މަޖިލީހުގައި ފުލުހުންނާއި ބެހޭގޮތުން ވާހަކަ ދައްކާފައިވާއިރު، އިއްޔެ ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައިވެސް ގިނަ މެމްބަރުން ވަނީ ފުލުހުން އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތު އަދާ ނުކުރާ ކަމަށް ވިދާޅުވެ ފާޑު ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

49 ކޮމެންޓް

  1. Alibe

    ދިވެހިން ގެ ލެޔާ ނުކުޅޭތި، މިހާރު ތިޔަދަނީ މާ މަށްޗަށް.

    374
    6
    • ބޭބެ

      މިހާރު ދެން ކޯޗެއް ކިޔާކަށް! މިމީހުންނަށް 2008 ގަވެސް ވެރިކަން ހަވާލުކުރަން ހެޔޮނުވާނެޔޭ ބުނެ އެތައްބަޔަކު ގޮވި!! އޭރުވެސް އަމިއްލަ އެދުުމުން ފޯވެފައި ހުންނަ ސޭޓަކާ އިލްމީ ތާކިހަލެއްގެ އަވާމެންދުރު ދައްކައިގެން އުޅޭ ސިޔާސީ މީހަކާ މިމީހުނާ ބައިއަތު ހިފައިގެން މިމީހުނަށް ވެރިކަން ހޯދައިދިނީ ރައްޔިތުން ގުނބޯ ހައްދައިގެން! ކިހިނެތްތޯ ގައުމަށް ހަދާލީ؟ ގައުމު ބައިބައިކުރަން މަސައްކަތްކޮށް ދިފާޢީ ބާރުތަކާއި ދިމާކޮށް މަގުމަތިން އެއިން މީހަކު ފެނިއްޖެނަމަ ހަމަލާދީ ހެދީ!! މުޅި ގައުމު ހުރިހާ ގޮތަކުން ފުނޑާލީ! އަނެއްކާ 2019 އަހަރުވެސް މިދެންނެވި އަމިއްލަ އެދުމުން ފޯވެފައިތިބި މީހުން މައުމޫނުވެސް ހިމެނިގެން މިބައިގަނޑަށް ވެރިކަން ހޯދާ މިދިނީ އިލެކްޝަަންގެވެސް ބައިވެރިވުމާއެކު!! ރައްޔިތުންނަށް ހުވަފެން ދައްކާ ރޯބުހުތާނު ވައުދުވަމުން!! މިހާރުވެސް މިފެށީ ކުރިންވެސް ކުރި މަސައްކަތް!! ގައުމުގެ އިގްތސޯދު މަޑުޖެހިއްޖެތާ ދޮޅު އަހަރު!! ދިފާޢީ ބާރާ ކުޅެން ފަށައިފި! މިފަހަރު ތަފާތަކީ ކުރިން ފުލުހުން ފުނޑާލުން! އޭގެ ފަހުން ސިފަަައިން! ގައުމު ހަލާކުގެ މަގަށް ކޮންމެފަހަރަކުވެސް މިގެންދަނީ ހަަމަ ދިވެހި ރައްޔިތުން!! ދެން ރައްޔިތުންނަށް އޮތީ މިކަން ރަގަނޅު ކުރެެވެެންވެސް!! ނިކުންނަވާ!! ބަސް އިއްވާ! އިހްތިޖާޖުކުރައްވާ! ބަސް އިއްވަން ނިކުމެގެން ނުވަތަ އިހްތިޖާޖު ކުރަން ނިކުމެގެން ވަޒީފާ ގެއްލި އަދި ޖަލަށްލާ އެންމެނަށް ދެން އުފެދޭ ސަރުކާރެއްގައި މާފުދީ އަދި ވަޒީފާވެސް ދޭނެ!

      127
      1
    • އީތޭން

      ހަގީގަތެއް

      59
      6
    • އެމްޑީ

      ފުލުހުންތައް ވަޒީފާއިން ކަނޑާ ހުސްކުރަންވީ.. މި ލާދީނީ ބައިގަނޑައް ވެރިކަން ދީގެން ހެވިފަ ތިބެވިއްޖެ ނޫން. ދެން ދެފައިދަނޑިޔައް ހާއްޖަތައްދޭ.. ބާގީންނައް ހަދާފަ ޖަލައްލާތަން ބަލަންތިބޭ.

      20
      1
  2. އަލީ

    އަދި ދިވެހި ދިދަވެސް ހުންނަންވީ އިންޑިޔާގެ ދިދައިގެ ކުލަތަކުގައިދޯ؟

    291
    6
  3. މާމީ

    ފުލުހުންނާ ކުޅެން ހަދާގެން ދެރަގޮތެއް ދިމާވެދާނެ މިހާރުވެސް ސަރުކާރައް އެންމެގިނަ ފައިސާ ރައްޔިތުން ގެ އަތުން ދަމާދެނީ ފުލުހުން...

    271
    3
  4. ކާފަބޭ2020

    ރީދޫކުލަލާފަތިލަފަތްޖެހި ދިދައެއްނަގާއޭރުންއިންތިގާލީއަދާލަތު ގާއިމުކުރެވުނުކަމަށްވާނީ! ބާޣީންގެލަގޮނޑިއަށް ވަރަށްތަދުވާނެ ނަމަވެސް އަހަރުމެންގެފުރާނަހުރިހާހިދަކު އެޝަހީދުުންގެ ޒިކުރާއާކުރާނަން! ☹☹

    258
    2
    • އަމީދު

      ފުލުހުންނައް މިފަހަރަކު މާބޮޑު ކަމެއް ނުކުރެވޭނެ. އެވަރު ބަލާފަ ނަޝީދު އެ ވާހަކަ ދައްކަނީ.

      6
      26
      • އަމީދުގެ އަމާ

        ފުލުހުންނައް ކަމެއްނުކުރެވެނީ އަންނިމެންގެ ފިއްތުންތަކާހެދި.

  5. ރައްޔިތު

    ސުބުޙާނަﷲ..! މިވެރިންގެ މަގުސަދަކީ ކޮބައިކަން އެންމެ މޮޅަށް ދެނެވޮޑިގެން ވާނީ މާތްﷲ. ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާކޮ..! މިވެރިންގެ ނުބައި ނިޔަތް ދިވެހި ރައްޔިތުންނަށް ފަޟީޙަތް ކުރައްވައި އިބަ ރަސްކަލާނގެ ދީނަށް ނަޞްރާއި ކާމިޔާބު، ދާދި އަވަހަށް މިންވަރު ކުރައްވައިފާނދޭވެ.

    378
    2
    • އާމީން

      އާމީން

      108
  6. ސަމާލް

    މެމްބަރުން ބޭނުން ވާގޮތޭ ކިޔައިގެން ކޮންހާ ވާހަކައެއް ދައްކާކައްތަ....ކަލޭގާތު ފިލްޒާ ބުނެފައެއްނުންއޮތީ ބަހުސްނުކުރެ ވޭނެޔޭ. ތިތާތިބީ ބޭނުން ވާ ވާހަކަ ދަައްކަންނޭގޭ ބައެއްތަ.

    185
    2
  7. ސައުދީ

    "މެންބަރުން ވިދާޅުވަނީ، އެހެން ފުލުސް އޮފީހެއް ބޭނުންވެޔޭ، އެހެން ނަމެއް ވެސް ބޭނުން ވެޔޭ، އެހެން ކުލައެއްވެސް ބޭނުން ވެޔޭ، އަދި އެތަން ހުންނަންވީ މައިމަރުކަޒު ވެސް ހުންނަންވީ އެހެން ތަނެއްގައޭ، މިދިޔަ ހުރިހާ ދުވަހު އެދިޔަތަން ނިމުނީއޭ، މުޅިން އާ ބާބެއް ފެށުނިއްޔޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

    މީގާ އޮތީ ފުލުހުންގެ މުއައްސަސާގެ ނަން ބަދަލުކުރާ ވާހަކަ ކަމަށް ފެންނަނީ. ޝަހީދު ހުސެންގެ ވާހަކަ ގެނައިމާ ދެން ސެންޓިމެންޓަލް ވާނެ. އޯކޭ

    89
    7
  8. ރައްޔިތު މީހާ

    ފުލުހުންނަށް ފާޑު ކިޔުމާއި އަދި ސިފައިންނަށް ފާޑު ކިޔުމާއި އާންމު ސިވިލް ސާރވަންޓުންނަށް ފާޑު ކިޔަމުން ދާއިރު މި މީހުންނަކީ މާ މޮޅު ބައެއްކަމަށް އަމިއްލައަށް ފެނިފަ ތިބޭ ބައެއް.. އަޅެ އެއްފަހަރުވެސް ވިސްނާ ލަބަލަ ތިމާމެން މިހިސާބަށް އައިސްފަ މިތިބީ ކިތައް ރައްޔިތުންގެ އުންމީދާއި ހުވަފެންތަކުގަ ކުލަ ޖައްސަދޭން ކިހާ ވަޢުދެއް ވެގެންތޯ.. ތިމާމެން ރައްޔުތުންނަށް ކޮށްދޭން ޖެހޭ އެއްވެސް ކަމެއް ކޮށްދެވުނުތޯ.. ފުރަތަމަ ތިމާ މެން އަދާކުރަނޖެހޭ ޒިންމާ އަދާކޮށްބަލަ.. އޭގެފަހުން އެހެން މީހުން އިސްލާޙު ކިރަން އަނގަހުޅުވަބަލަ.. ތިމާމެންގެ އެއްވެސް އަޚްލާގެއް އަދަބެއް ސަދަބެއް ނެތްކަން ރައްޔިތުންނަށް ސާބިތު ކޮށްދިނުން ނޫން ކަމެއް ތިބޭފުޅުންނަށް ވެއްޖެތޯ.. މިހާރު ތިޔަ މަޖުލީހެކޭ ފިރުއައުނުގެ ދަރުބާރެކޭ ނެތް އެއްވެސް ތަފާތެއް.. ތިފަދަ ބަޔަކަށް ދެން ކުރެވޭނީ ކޮން.އިސްލާޙެއް..

    189
    1
  9. މަގޭވެސް ޤައުމު

    ދަންނަވަންތޯ ! ޥެރިކަމުގައި ތިބިބަޔަކު ހިތަށް އެރިހާއެއްޗެއް ފުލުހުންނަށް ކިޔާ، އެ ފަރާތްތަކުގެ އަގުވައްޓާލުމަށް އެތަކެއް މަސައްކަތްތަކެއް ކުރަމުންގޮސް ، މި ރާއްޖޭގައި ބޭނުންދީނަކަށް އުޅުމުގެ މަގުފަހިކުރުމަށް އިސްވެ ކެނެރީގޭ ނަޝީދު ހުރެ ތިޔަ ހިންގުމަށް މަސައްކަތްކުރާ ޖަރީމާތައް ބަލަން އަހަރެމެން ދިވެހި ލޭ ހިނގާ ދަރީންނެއް ނުތިބޭނަން! ޢިސްވެ ނިމުނު އިސްތިއުފާ ދެއްވި ބާބު އަލުން އިޔާދަނުވަނީސް މިކަމާމެދު ވިސްނާ! ލެޔާ ކުޅެން ނޫޅުނިއްޔާ އެންމެ ރަނގަޅުވާނީ! 24 ގަޑިއިރު ހަމަހޭގައި ނުތިބެވޭބަޔަކު މަޖިލީހުގެ ތަޅުމުގައި ތިޔަ ޖައްސާ ވައްތަރުތަކަށް ސަނާކިޔާކަށް ނުތިބޭނަން! ނަޝީދާ ހަމީދު ހިތުހުރިއެއްޗެއް ހަދަން އަހަރެމެން ފުރުޞަތެއް ނުދޭނަން! ހަނދާންކުރާށޭ ވިސްނާށޭ !
    ޟަޖިލީހުގަ ތިބި ނާތަހުޒީބު ކުއްކުރުމަށް ގޮވާލާ ފާޅުގައި މީހުން އަގުވައްޓަން މަސައްކަތްކުރާ މެންބަރުން ހަނދާންކުރަންވީ އަދި އަހަރެމެން ފައިބުޑަށް ބޮޑު މުސާރަ ހޯދަން ވެއްޓޭނެ ދުވަސް އަންނާނެ!!!!

    165
  10. ޥިސްނުން

    ދެން ބަދަލު ކުރާނީ މިޤައުމުގެ ނަންކަން ކަންނޭގެ ތިޔޮތީ ވެރިކަމެއް ވާ މާތް ކަނލާންގެއާައި ވަކީލު.

    52
  11. ސަމްވަން

    އަނެއްކާ ވެސް މިސޮރުގެ ބޮލުގަ ބަޑިޖެއްސޭ ހިތުން މިއުޅެނީ. މިފަހަރު ރަނގަޅަށް ޖެހެނީ މީނަގެ ބޮލުގަ ބަޑިޖައްސަން ދި ވެހި ފުލުހުންނާއި ސިފައިން. މީ މިގައުމަށް ޖެހިފަހުރި އުދަގުލެއް.

    59
    1
  12. ހުއްތު

    މޮޔަވޯދޯ

    38
  13. ނަޒީރު

    ތާރީޚުގެ ސަފުހާތައް ވެސް އުވާލާ !!!!!!

    48
  14. މުހައްމަދު

    ޔާﷲ މިވެރިކަން ހިތި ނިމުމަކުން ނިއްމަވާފާންދޭ މި ބަލާއިން އަޅަމެން ސަލާމަތް ކޮއްދެވަވާންދޭ އާމީން

    87
    1
  15. ބްރޯ

    ކަލޭގެ ގޯތީ ކުލަޔާ ދަރިންގެ ނަން ބަދަލުކުރަން އުޅުނަކަސް އަހަރުމެން ނުބެހޭނަން އެކަމަކާ.

    68
    1
  16. ޖަމީލާ

    ކުރެވޭނެ އެއްވެސް ކަމެއް ދެން ހިޔެއްނުވޭ އޮންނާނެހެން. ކަލޭމެން ބޮލަށްފިތިފައިތިބޭ ދިވެހިން ހޮވިމީހުންވިއްޔާ. ދެން އެހެންގޮތެއް ދިނީމަ ޤަބޫލުކުރުން ނޫންގޮތެއް ނޯންނޭނެ.

    45
    1
  17. ރަމީޒު

    ޔާﷲ މިޤައުމު މި ނުލަފާ ބައިގަނޑުގެ ކިބައިން ސަލާމަތް ކުރައްވާނދޭވެ. ޢާމީން. ޔާރައްބު

    71
  18. އެދުރު

    ތިދެން ދަނީ މާ މައްޗަށް ، މަޖްލިސްގަ ސުޕަ މެޖޯރިޓީ އޮތަސް ހީނުކުރާތި ކަލޭމެން ބޭނުންހާ އެއްޗެއް ހެދިދާނެއޭ ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގް ނަމުގަ އޮތީ ކޮން މައްސަލައެއްތަ. ހުސައިން އާދަމް ގެ ކުށަކީ ކަލޭމެން ގެނައި ތަމަޅަ ބާޣީންނާ ދެކޮޅަށް ޖިހާދުކޮށް ޝަހީދުވުންތަ ؟ އެތަނަށް ކިޔަންވީ ބާޣީ ކެނެރީ ކެރަފާ ބިލްޑިންގް މިހެންތަ؟ ނަޝީދު އާ އޭނާގެ އައުވާނުންނަކީ މި ޤައުމުގެ ޣައްދާރުން

    66
    2
  19. ދިވެހިންގެރާއްޖެ

    ނަޝީދު ތިޔަ ހީކުރަނީ ރައްޔިތުންގެ މަޖިލީހުގެ ސުޕަރމެޖޯރިޓީ ތިމާގެ ބާރުގެ ދަށުގައި އޮތީމާ ހިތުހުރިހާގޮތަކަށް ކަންތައް ކުރެވޭނެ ކަމަށްތަ؟ ތިޔަ ލިބިފައިވާ ބާރު ހަމަ ވަގުތުން ގެންދަންވެސް މާބާރުގަދަ ފަރާތެއް އެބަވޭ. އެއީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ޢާލަމްތަކުގެ ވެރިﷲ. އެކަން ހަނދާނުގައި ބަހައްޓާގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރަން.

    54
  20. ވޭކަޕް

    ހެވެއްނު ފުލުހުންނާއި ސިފައިނގެ ތެރޭގަވެސް އެބަތިބި މި ޖާހިލުންނަށް އެއްބަރުލުން ދޭ ބަޔަކު އިމްރާނު އެހެރީ ރަނގަޅައްވެސް މަގަމުހެ ދަހިވެތިކަމުގަ ހެބަލިވެފަ އަދި އެމީހުން އެތިބީ އަހަރު ދެކޮޅު ވިހާ ޖަޕާނު މަހެއް ހެއްހެން ބޮޑެތިރޭންކުޖަހާގެން މިލާދީނީ ފިކުރު ފެތުރިޔަސް ކޮންމެ ކަމެއްކުރިޔަސް މިމީހުންގެ ދިފާއުގަ ކެއްތެރިކަން ކޮޅުންލާފި ކީއްކުރާނީ ދިވެހިން މިތިބީ އެޅެ މިއާލާތުނަށް ވެރިކަން ހަވަލުކޮށްގެން ބިތާވެފަތަ ނޫނި ހިދުކޮޅުގަތަ ހިނގާ އާފެށުމަކުން ފަށަން

    48
    1
  21. Anonymous

    ބޮޑު މުސީބާތެއްނު މި އަންނި ވަބާ

    62
    • ޢެކޮއެ

      ކޮރޯނާއަށްވުރެ ބޮޑު ބައްޔެއް މި އަނނި އަކީ މިބަލިން މިޤައުމު ރައްކާތެރި ކޮށްދެއްވާދޭވެ. އާމީން

      66
  22. އައިންތު

    ކިހިނެތްވެގެންނޯ މިއުޅެނީ؟

    38
  23. އަހްމަދު

    ޙަޖަމް ނުވާނެކަން މާކުރިންވެސް އެނގޭ! ގޭކުދިންކޮޅަށް ވަރަށް ޕްރެޝަރ ބޮޑުވާނެ ވިއްޔާ! ވަރަށް ސަޅި ނަމެއް އެބައޮށް! އެޖެންޑާ19 ގޮތަށް! 19 މީ ތިބޭފުޅުންނާ ގުޅޭ ނަމްބަރެއް! 19 ވިއްޔާ ޝަހީދުވެސްކޮއްލީ! މިފެންނަނީ އެޖެންޑާ 19! 19 ރަމްޒު ކޮށްދެނީ ޝަހީދު ކޮށްލި 19 ދިވެހިންނަށް!

    48
    1
  24. ތުއްތުފިކުރު

    މިގައުމު އެއްކޮށް ކޮށާ ކުދިކުރާތި. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ރައްޔިތުންވެސް މަރާ ހުސްކޮށްލާާ. މަކުނު ރަސްގެފާނު ގެ ޖަންގަލި ޕާޓީ މެމްބަރުންނަށް އެނގޭނީ ހުރިހާކަމެއް ސުންނާފަތިރަން. ތަރައްގީއާ ވަރަށް ބީރައްޓހި. މަޖިލިސްމެދުގަ ބިޔަ ނިކަގަގަހެއް އިންދާފަ ބަރަހަނާކޮށް ގަހަށް އަރާތިބޭ. ތި މޭޒުތަކާ ގޮނޑިތައް ވެސް ބޭރުކޮށްލާ. މަންޒަރު ވަރަށް ސާފު.

    43
  25. އީތޭން

    މާ ފާޑު ފާޑަށް އުޅެނީކޮށް ވެއްޓުނީ ކުރިންވެސް.. ތިހެން އުޅެނިކޮށް ވެއްޓިދާނެ

    42
  26. އަލިބެ

    ފުލުހުންގެ އިދާރާގެ ނަން ބަދަލުކުރިޔަސް ޝަހީދު ހުސައިން އާދަމް މިޤައުމަށް ވީ ޤުރުބާނީ ފޮހެނުލެވޭނެ އަދި ބަޑިބުރާސްފަތި މި ގައުމަށް ގެނައުމުގަ އަންނިގެ އާއިލާ ބައިވެރިނުވާކަމަކަށްވެސް ނުހެދޭނެ

    52
  27. ޑެލްބޯއި

    މި ކޮވިޑް ލޮކްޑައުންގައި ދެ ފަހަރަށް 1676 އާ ގުޅަންޖެހުނު ފަސް ފަހަރު ފުލުސް އޮފީހަށް ގުޅަންޖެހުނު. 1676 އިން ދެ ފަހަރު ވެސް ދިނީ ނުރަގަޅު މައުލޫމާތު. ފުލުސް އޮފީހުން ފަސް ފަހަރު ވެސް ލިބުނީ ވަރަށް ޕްރޮފެޝަނަލް ހިދުމަތެއް. ރައްޔިތުންނަށް ކަންކަމުގައި މަގު ފަހިކޮށްދީ އެހީތެރިވުމުގައި ފުލުހުންނަށް ފައިވް ސްޓަރސް ދޭންޖެހޭ. ފުލުހުން ދެމުންދާ ހިދުމަތަށް ވަރަށް ބޮޑަށް ޝުކުރު ރައްދުކުރަން.

    37
  28. އެކުވެރިޔާ

    އެކި މީހުންނަށް ކަންކަން ކުރެވޭނީ އެކި ވަރަށް. ތަނެއް ނުހެދޭ މީހަކަށް ހަދާފަ ހުރި ތަނެއްގެ ނަން ބަދަލު ކޮށްލެވުނަސް އެކަހަލަ މީހުންނަށް ހީވާނީ ހަނގުރާމަ އެއް ފަތަހަ ކުރެވިއްޖެ ކަމަށް.
    މިނިސްޓަރުންގެ އަނބިންނާ އަންހެން މިނިސްޓަރުން ކަނޑިކި އަންނަ ގޮތަށް ބިލެއް ފާސް ކޮށްލަބަލަ. ފުލުހުންނާ ނުކުޅެ.

    41
  29. މޮހޮނު

    ياﷲ! ކެނެރީގެ މުޙައްމަދު ނަޝީދުގެ ނުބައި ޢަމަލު ތަކުން މި ދިވެހި ރާއްޖޭގެ އެންމެހައި ދިވެހި، މުސްލިމް ރައްޔިތުން ސަލާމަތް ކޮށްދެއްވާނދޭވެ! އާމީން.

    20
  30. ނަދީމް

    ތަންކޮޅެއް މަތިވޭ އެބަ ތިކުޅެވެނީ ދިވެހިންގެ ލެޔާ ކަން އެގޭތޯ..؟ ޔާﷲ މިޤައުމު މި ނުލަފާ ބައިގަނޑުގެ ކިބައިން ސަލާމަތް ކުރައްވާނދޭވެ. ޢާމީން. ..

    22
  31. ނުހުރެވޭ މީހަ

    މި ނަޝީދު ފުލުހުންނާ އަޅައިގަނެގެން އެއުޅެނީ މީނާއަށް މަޖިލީހުގެ ރައީސްކަން ލިބުނީމާތަ

    10
  32. ށަނާ

    މާ ލަސްވެޖެއް، ވައްރަގަޅު ގޮތެއް، މީވެސް ދިވެހިންގެ ހިޔާލު،

    1
    15
  33. ބޮޑުވަޒީރު

    ނޮވެންބަ ރު 3 ގެ ބަޠަލުގެ ނަން އޮތީމަ ހަޖަމު ނ ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު ނުވަނީ

    15
  34. ޔަޒީން

    ކަޅު ނަސްލުގެ މީހުންނައް އަނިޔާކުރުމުގެ އިލްޒާމު އަޅުވާފަ މި ފުލުހުން އުވާލާފަ.. އައު ޖަޒީރާ ފުލުސް ގެޔެއް ހަދަންވީ. އެހެންނުން ނަޝީދު.

    9
    1
  35. ވަތަންދެކެ ލޯބިވާދަރީންތައް ކޮބައިތަ

    މިއުޅޭ ކެނެރީގޭ ބަޑިބުރާސްފަތި ސައިޒުކުރަން ނިކުން ނަންވާނީ މުޅި ރާއްޖޭގެ ހަވަރު!

    19
  36. މަށެއްނޫން

    “...އިއްޔެ ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައިވެސް ގިނަ މެމްބަރުން ވަނީ ފުލުހުން އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތު އަދާ ނުކުރާ ކަމަށް ވިދާޅުވެ ފާޑު ވިދާޅުވެފައެވެ.”
    މަސްއޫލިއްޔަތު ވާހަކަ ކިޔަން ހެޔޮނުވާވަރުގެ ބަޔަކު މިހެން ބުނީމަ ވަނީ ޖޯކަކަށް!

  37. ތިރިބެ

    ކޮބާމައްސަލައަކީ ޟާހީދު ޢާދަމް ގައުމު ދިފާއުކުރި ވަރުގަދަ ބަތޮލެއް ނަމަވެސް އެއިމާރާތުން ބޭނުން ކުރާ ފުލުހުން ބަގާވައި ކުރީމަ ޟަހީދު އާދަމައްވެސް ހުތުރު

    1
    1
  38. ޥަގުު

    ނަޝީދު ނުބުނޭ ނަން ބަދަލު ކުރާ ވާހަކަ އެއް ދޮގު ހެދީމަ ދުނިޔެ ލިބުނަސް އާހިރަތްނުލިބޭނެ ޔާމިނު ނާންނާނެ އެދުހުން ސަވާބު ގޯނޔެއް ހިފާގެނެއް

  39. އަފީ

    3 ނޮވެމްބަރ ގައި އިސްލާމް ދީނުގެ ހައްގުގަ! ގައުމުގެ ހައްގުގަ! ގައުމުގެ ރައްޔިތުންގެ ހައްގުގަ! އަމިއްލަ މޭ އައްޑަނަޔަކަށް ނެރެގެން ގުރުބާންވީ ސަހީދުންނަށް މި ސަރުކާރުން ހައްގުވީ މިންވަރަކީ މީތޯ؟ އެމީހުންގެ އާއިލާއަށް ހައްގުވީ މިންވަރަކީ މީތޯ؟

  40. އަދުރޭ_09

    ތިޔަ އައްނި ނަންވެސް އެބަޖެހޭ ބަދަލްކުރަނ، ލާދީނީ ބުއްޅަބެ

  41. ބިސް

    ރަނގަޅު ވާހަކައެއް...ފުލުހުންނާއި ސިފައިން ޒިންމާއަދާ ކުރާނަމަ ތި އަންނިއެއް މިހާރު މިޖިލިސްގެ ވަަސްދުވާހިސާބުގަވެސް ނުހުންނާނެ....ވަރަށް ވާހަކަ

  42. ހިތުގެ ޤަދަރު

    ހިތުގެ ޤަދަރެއްނުވާލޯތްބަކީ ފިތުނައޭ، ފިތުނަވެރިކަމުގެ އަލިފާނަކީކަރުނައޭ!