ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުންނަށް މިދިޔަ އާދީއްތަ ދުވަހު މާލެ އުސްފަސްގަނޑު ސަރަހައްދުގައި އެމްޑީޕީގެ އެކްޓިވިސްޓު އިބްރާހިމް ޖައުފަރު (ޖެރޯ) ފުރައްސާރި ކުރި ކަމަށް ބުނާ މައްސަލަ ކުރިއަށް ނުގެންދިއުމަށް އެމަނިކުފާނު އެދިވަޑައިގެންފިއެވެ.

ރައީސް ޑރ. ވަހީދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، ޖޯރޭ އަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެކި ކަހަލަ ސިއްހީ މައްސަލަތައް ހުންނަ މީހެއް ކަމުގެ މައުލޫމާތު ލިބުމުން އޭނާގެ މައްސަލަ ކަމާއި ބެހޭ އިދާރާތަކުން ކުރިއަށް ނުގެންދިއުމަށް އެދޭ ކަމަށެވެ.

"ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ޖައުފަރަށް އެތައް މައްސަލައެއް ދިމާވެފައިވާ ކަމަށް އެކި މީހުންގެ ފަރާތުން އެނގިވަޑައިގަތުމުން ޖައުފަރާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަ ކަމާއި ބެހޭ އިދާރާތަކުން ކުރިއަށް ނުގެންދިއުމަށް އެދެން." ޑރ. ވަހީދު ވިދާޅުވިއެވެ.

ޑރ. ވަހީދު ވިދާޅުވީ، ޖޯރޭއަށް އެފަދަ މައްސަލަތައް ދިމާވެފައިވަނީ އެކި އެކި މުޒާހަރާތަކާއި އަނިޔާތުގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ޕައުނެއްގެ ގޮތުގައި އޭޏާ ބޭނުން ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

ޑރ. ވަހީދު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ގާނޫނުތަކަށް ބޯލެނބުމެއްނެތި އެ ގާނޫނުތައް މުގުރާލާފައި އެމަނިކުފާނަށް އާންމުން ފުރައްސާރަ ކުރުމަށް ވެރިކަން ކުރާ އެމްޑީޕީން ހިތްވަރު ދީފައިވާކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރައްވާ ކަމަށެވެ.

ރައީސް ވަހީދުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމަނިކުފާނަށް ފުރައްސާރަ ކުރި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ އެވަގުތު އެމަނިކުފާނާއި އެކު ތިބި އެމްއެންޑީއެފްގެ ސެކިއުރިޓީން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހުސޭނުބޭ

    ޑަކްޓަރ ވަހީދުގެ އަސްލު ސިފަ! ވަރަށް ހިތްހެޔޮވާނެ! ހަސަދަ ފިލުވާލުމުގެ ސިފައެއް ނުހުންނާނެ!

    41
    8
  2. ޑައެލޯގް

    ޑރ. ވަހީދޫ ތިޔަމައްސލައެއް މިސަރުކާރަކު ނުހިގާނެއެވެ. އެކަމު މިއީ އިންސާފު ހޯދާދޭން ނިކުތް ސަރުކާރޯލައެވެ.

    27
    4
  3. އެމަންޖެ

    ޖޯރޭ އެކަންޔެއްނޫން މިއުޅޭ ބުއްޅަބޭގެވެސް ހުރޭ ތިޔަކަމެއް.

    42
    3
  4. Anonymous

    ކޮން ޕައުނެކޭ ކިޔާކަށް. ބޭބެ ވެސް އިހަކަށްދުވަހު ހުންނެވީ ނަޝީދު ފަހަތްޕުޅުގަ ރީނދޫ ކުދިންނާއެކު. ދިވެހި ސިޔާސީވެރިންގެ ވިސްނުން އަންނައުނު ބަދަލުކުރާ އުސޫލުން ބަދަލުވޭ

    12
    8
  5. ދިވެހިބިން

    ޖޯރޭ އެކަންޏެއްނޫން ވަހީދުގެވެސް ނަފްސާނީ މައްސަލަހުރޭ! އެހެންވީމަދޯ އައުގުރާނަ ލިޔެފަ ޓުވީޓު ކުރީ!

    11
    22
    • Anonymous

      އެއްކަލަ ބެލޫންތައް ކެކި އަރަނީ. ކަޑަވީ ދޯ؟ ހެހެ

      17
      2
  6. ކާފަބޭ2020

    ސާބަސްދަރިޔާ ހަމަސާބަސް❤???????

    20
    3
  7. ދިވެހިކޮރަކަލި

    މަނިކުފާނަށް ސެލިއުޓް ކުރަން ތިއީ ވަރަށް ގަޓް ވެރިއެއް އެކަހަލަ ބޯ ބުރާންތި މީހަކަށް މާފުދެއްވުމަކީ ތިބޭފުޅާގެ ގަޓް ހުރިކަން މަރުހަބާ ރައިސް

    34
    6
  8. އީތޭން

    ނަފްސާނީ މީހަކު ވިއްޔަ ފަރުވާދީ.... މަޖުލީހުގެ އެމްޑީޕީ މީހުންނަކީ ވެސް ނަފްސާނީ ކަމެއް ޖެހިގެން އުޅޭ ބަޔަކީ ތަ؟ މަޖުލީހުގަ އިންސާފެއް ނެތް...

    34
    3
  9. ސަމްސިއްޔާ

    ވަހީދު ދެން މިހާރު ތިޔަ ވާހަކަ ދެއްކުން ހުއްޓާލަން ފެނޭ. އެއީ އެންމެ ވިސްނޭމީހުން ކަންތައް ކުރާނެ ގޮތަކީ. ތިޔަ ދައްކާ ވާހަކަ ތަަކަކުން ކުރާނެ އެއްވެސް އަސަރެއް ލިބޭނެ އެއްވެސް ފިނިކަމެއް ނޯންނާނެ.

    3
    14
  10. ޑރ. ރާމީ ހަސަން މަނިކު(އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ޤާނޫނީ ގޮތުން މީހަކު ބަލި މީހެއް ކަން ކަނޑަ އަޅާ ނިންމާނީ މެޑިކަލް ޑޮކްޓަރުން. އެނޫން ގޮތަކަށް މީހަކާ ދިމާލަށް، މުޅި ދުނިޔެ އަށް ހާމަވާ ގޮތަށް އެހެން ބުނުމަކީ މުޅި ދުނިޔެ އަށް ފަލީހަތް ކުރުމާއި، ޙައްޤަކަށް އަރައިގަތުމާއި ކަނޑައެޅިގެން އަބުރާ ބެހުން. ވަހީދު ތިޔައޮތީ ޖައުފަރު އަކީ، "މަނަލެކޭ" ވެސް ބުނެފަ. މިކަންކަމަށް ޖައުފަރު ދައުވާ ކޮށް، ލިބުނު ގެއްލުމަށް ވަހީދު ފައިސާ ދޭންޖެހޭނެ ކަން ކަށަވަރު. ތިޔަ ފަދަ މީހުން ވާހަކަ ދައްކަން ވާނީ ޤާނޫނީ ހަމަ ތަކުގެ މަތިން.

    4
    14
  11. އިންސާފް

    ވަހީދުގެ ބަސްމަގުހުރިގޮތުން ޖައުފަރުގެ އިންސާނީ ކަރާމަތަށް އުނިކަންލިބޭ!

    4
    8
  12. ބުރުތުގާލް

    ވަހީދުގެ އިންސާނީކަރާމާތައް ގެއްލުން ދިނުމުގެ ހައްގު ޖޯރޭ އަށާ އެމްޑީޕީ މީހުންނަށް ވެސް ނޯންނާނެ އެއްފަޅިން ވާހަކަ ނުދައްކަބަ

    4
    2
    • ތުއްފާޚް

      ތީ ހަމަ ތެދެއް! ވަހީދުއާ ޖޯރޭއާ މީ ހަމަ އެއްފަންތިއެއްގެ ނާތަޚްޒީބް ދެމީހުން.

  13. މުފައްކިރު.

    ޑޮކްޓަރ ވަޙީދަށް ދަންނަވާލަން ބޭނުންވަނީ އަމިއްލަ ނަފުސު ދިފާޢުކޮށް ލިބިފައިވާ ޝަރަފާ ޢިއްޒަތް " ހަރުކަށި ކަމުގެ ތެރެއިން " ހަނދާން ނެތޭނަމަ ކީއްވެތޯ މިމައްސަލަ ސޯޝަލް މީޑިޔާ އަށް ދޫކުރެއްވީ. ނުވަތަ އެމް ޑީ ޕީ ދެކެ ބިރު ގަތީތޯ؟