ޖޫން 01 ވަނަ ދުވަހުގެ ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މެމްބަރުން ލައްވާ ނެރުމަކީ، ބަޔަކު ރާވައިގެން ގަސްތުގައި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ލަނޑެއްކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ޝިޔާމް މަޖިލީހުން މެމްބަރުން ބޭނުންކޮށްގެން ނެރުނު މައްސަލައިގައި ކަންކަން ހިނގާފައި ވަނީ ރަނގަޅަށް ކަމަށް ޤަބޫލު ނުކުރައްވާކަމަށެވެ.

މައިނޯރިޓީއަށް ފުރުސަތު ދިނުމަކީ މެޖޯރިޓީގެ ހައިސިއްޔަތުން ކުރައްވަން ޖެހޭ ކަމަކަށް ވާއިރު، މިހާރު މަޖިލީސް ކުރިއަށް ގެންދާގޮތަށް މަޖިލީސް ކުރިއަށް ގެންދެވިދާނެ ކަމަށް ޤަބޫލު ނުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އެ ދުވަހު ހިނގައި ދިޔަ ކަންކަމުގެ ސަބަބުން ރައީސް ނަޝީދަށް ސިޔާސީ ގޮތުން ގެއްލުންވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެކަމުގެ ސަބަބުން މުޅި ބައިނަލްއަގުވާމީ މުޖުތަމައުގައި ރައީސް ނަޝީދުގެ އަގު ވެއްޓިފައިވާކަމަށާ، ރައީސް ނަޝީދުގެ ހުދުމުހުތާރުކަން އެންމެންނަށް ވެސް މިހާރު އެނގޭކަމަށް އޭނާ ވިދާޅުވިއެވެ.

"އެެބޭފުޅުންގެ ތެރޭގައި އޮތް ފެކްޝަންތަކުގެ ރޭވުމެއްކަމަށް ވުމަކީވެސް އެކަށީގެންވާކަމެއް. އަޅުގަނޑުމެންނަށް ނުސީދާކޮށް މައުލޫމާތު ލިބިފައި އެބަހުރި އެރޭގެ އެ އަމަލަކީ އެއީ ރައީސް ނަޝީދަށް ވެސް އޮޅުވާލައިގެން، ރައީސް ނަޝީދަށް ދެއްވި ލަނޑެއްގެ ގޮތުގައިވެސް ރައީސް ނަޝީދުގެ ހަޔާތް ބަރުބާދުކޮށްލުމަށް ކުރި ކަމެއްގެ ގޮތުގައި ވެސް މައުލޫމާތު ލިބޭ. ޚާއްސަ ގޮތެއްގައި 2023 ގައި ނުކުންނަވާފާނެތީ ރޭވިގެން އަގުވައްޓާލުމަށްޓަކާ." އޭނާ ވިދާޅުވިއެވެ.

ހަމަނުޖެހުން ހިނގި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން މެމްބަރުން ލައްވާ ނެރުނީ ޤާނޫނާއި ޚިލާފަށް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކަމަނަ

    އާދަމް ޝަރީފް ޢުމަރުގެ ބަހަށް ވަރަށް ތާއީދު... ސިޔާސި ގޮތުން ނަޝީދުގެ އަގު ވެއްޓިއްޖެ.. ޑިމޮކްރަސީއަށް ވަރަށް ބީރައްޓެހި..

    36
    1
  2. ސަގަރުނާލު

    ބުއްޅަބޭޔަށް މިކަމުގެ ހިތި ނައިފަރުން ނޫނަސް މުޅިދުނިޔެއިން ދައްކާލާނެ ކިބުރުވެރިކަން މީނަޔަށް ދިނުން މާ ބުއްދިވެރި.

    28
    1
    • ރަންނަ

      ނާހަމަތެދެއް؟ ?

  3. ނާށިފަތީގެ މަރްހަބާ

    ނައިފަރު މީހުން މިހާރުން ފެށިގެން ނާށިފަތި ހަދާ ތަޔާރުވެގެން ތިބޭތި ދުވަސްކޮޅަކުން ގުބޯ ދަތުރުތައް ފަށާނެ!

    14
  4. ސޯކާބެ

    ތިޔަބޭފުޅުން އަޑު އެއްސެވީމުތޯ ބަރުމާގައި މާއިންސާނިއްޔަތުކަމައް ލޯބިވާމީހަކައް ހެދިގެން އެތައް ދުވަހަކު ރައްޔިތުންގެ ހައްގުގައި ގޭބަންދުވެގެން ހުރެ ދުނިޔޭގެ އެތަންމިތަނުން ފާޑުފާޑުގެ އެވޯޑައި މެޑެލް ލިބުނު މީހެއްގެ ވާހަކަ ކިހިނެއްތޯވީ ވެރިކަން ހަމަލިބޭއިރައް އަސްލުސާރަ ދައްކާލި ދައކާލީނުން މުޅިދުނިޔެ ސިހުމަކައްދިޔައީ އެޔެކޭ މިޔެކޭނެއް އެއްވެސް ތަފާތެއް ނަންވަނީ މުގާބޭ ކީއްތޯ ކުރާނީ ރައްޔިތުންހޭލުންތެރިވެގެން ނޫނީ ސަލާމަތެއްނެއް ދެރައީ މިޔޮއް ތަހުޒީބް ކިޔަވައިގެން ކަމައް ދައުވާ ކުރާ ބަޔަކައް ހިތުހުރި ގޮތެއް ހަދާއަޅުވެތި ކުރަމުން ދާއިރުވެސް ވޯޓްދޭކަން

    15
  5. Anonymous

    2012 ގެ ކަންތަށް ގަނޑުގަ ބައިވެރި ވެ މިހާރު އެމްޑީޕީގެ ތެރެއަށް ވަދެ އެމްޑީޕީ މެމްބަރުން ނަށް ވެގެން / މެމްބަރުން ކަމަށް ހެދި ގެން ތިބި އެމްޑީޕީ ބޮޑުންނާ މެދު އެމްޑީޕީން ފަރުވާތެރި ވާންޖެހޭނެ...

    5
    4
  6. އެރޭގެ ހިތި

    ނަޝީދަކަށް ދަހެއްނުވެއި އެމްޑީޕީގެ ބައިގަނޑުގެ ޙަޤީޤަތެއް މިޝަރީއަތް ރަނގަޅަށް ބަލައިފިނަމަ ނަޝީދާ، އޭނާގެބައިވެރިންނަށް މިކަމުގެ އަސަރުފޯރާނެ. މިކަންބަލަން މަޖިލީހުންނެގިކޮމެޓީއަކަށް އެއްވެސް މީހެއް އިތުބާރެއްނުކުރާނެ

    13