ޝަހީދު ހުސެއިން އާދަމް ބިލްޑިންގެ ނަން ބަދަލު ކުރުމަށް ކުރަމުން އަންނަ މަސައްކަތާއެކު، މިދާ ރޭޓުން ދަންޏާ ރާއްޖޭގެ މިސްކިތްތަކުގެ ނަންތައްވެސް ފައްޅިތަކަށް ބަދަލު ކުރާނެ ކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވަނީ ދިވެހި ފުލުހުންގެ މައި އިދާރާ ޝަހީދު ހުސެއިން އާދަމް ބިލްޑިންގެ ނަމާއި، ކުލަ ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޅެނީ ޒާތީވެގެން ކަމަށް ވިދާޅުވެފައެވެ.

އެގޮތަށް ނަން ބަދަލު ކުރަން ނިންމައިގެން އެހެން ތަންތަނުގެ ނަންތައްވެސް ބަދަލު ކޮށްފާނެ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.

"މިދާ ގޮތަށް ދަންޏާ މިސްކިތްތަކުގެ ނަންތައްވެސް ބަދަލު ކުރާނެ ފައްޅިތަކަށް. އަޅުގަނޑަށް ހީވަނީ ސަލްމާން މިސްކިތްވެސް ނުހުޅުވައި ލަސްކުރަމުން އަންނަނީ އެތަނަށް ކޮންމެވެސް ފައްޅިއެއްގެ ނަން ދެވޭތޯ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، އެ އިދާރާގެ ނަމާއި ކުލަ ބަދަލުކުރަން ޖެހޭކަމަށް ވަކާލާތު ކުރަނީ މި ވެރިކަމާއި ޝަހީދު ހުސެއިން އާދަމް ޝަހީދުކޮށްލި ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ އާއި ގުޅުން އޮތުމުންކަމަށެވެ.

އަންނަން އޮތް ޖީލުތަކަށް ހުސެއިން އާދަމް އަކީ ކިހާވަރުގެ ގުރުބާނީއެއް މި ގައުމަށްޓަކައި ކޮށްފައިވާ ބޭފުޅެއްކަން ހާމަ ކޮށްދޭން ބޭނުން ވެގެން އޭރުގެ ސަރުކާރުން އެނަމުން ނަން ދީފައިވާ ކަން ފާހަގަ ކޮށް އަދުރޭ ވަނީ މިކަންކަމުގެ ދިފާއުގައި ދިވެހި ހުރިހާ ރައްޔިތުން ތެދުވެ ވަޑައިގަތުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އެމަންޖެ

    އަންނި މިގައުމު އެއްކޮއް ބަދަލު ކުރާނެ ލާދީނީ ހުރިހާކަމެއް އަށަގަންނުވާނެ.

    37
    3
  2. ާަފިހްތާ

    ބަލަ ތިޔައިީ 10 ގަނޑު ޓިނުވަގައްނަގައިގެން ހުކުމެއް އައިސްފައިވާ ވަގެކޭ ކަލޭ ތީކާކުތާ ބަލަ ކަލޭތީ ކާކުކަން އެގެޔޭ ދިވެހި ރައްޔިތުންޢަށް ފަސްބައި ސާފު މީހަކު ތިމައިކް ކާރީ ބަހައްޓަބަލަ ވަގަކު ނޫނީ ގާތުގައި ނެތީ އުތާ!

    6
    22
    • ބުރުހަމަ

      މިހަރަ ބުރާންޗާ ވައްކަމަށްވުރެވެސް ނުބާފާފައެއް ލާދީނީ ﷲއަަށް ސަރީކުކުރުމާ ރަސުލާއަށް މަލާމާތް ކުރުން ދީނަށް ފުރައްސާރަ ކުރުން ވައްކަމޭނުކިޔާ ރަނގަޅަށް ވިއްޔާ ތީ ބޮޑުވަގެއް ވަގަކަށް ހީވާނީ އެހެންމީހުންނަކީ ވަގުންކަމަށް ލޯލާރިއެއްގެ މިންވަރުވެސް ވަގައްނަގާފިއްޔާ ވާނީ ވަގަކަށް ނަިޝީދު ކަލޭ ތީ ވަގުން މޑޕ ގާ 90%ތިބޭނީ ވަގުން ލާދަިނީ ފިކުރުގެ މީހުން

      16
      4
  3. އަލީ ނާޒިމް

    ޝަހީދު ކިޔާތީ އިސްލާމީ ޝިޢާރެއްގެ އަޑުއިވޭތީ އެމްޑީއެން އެކަން ކުއްވެރިކުރޭ! ދެން އެހެން ނޫނަސް ޝަހީދު ޙުސައިން އާދަމްއޭ ބުނީމާ ކުޑަކުދިން ވެސް އަހާނެތާ ކޮން ޝަހީދު ޙުސެންނެއްތޯ؟ އެހިސާބުން ޖެހޭނެތާ 19 ދިވެހިން މެރި މީހުންގެ ވާހަކަ ކިޔައިދޭން! މިއުޅެނީ ތާރީޚު އޮޅުވާލާ މިމީހުންގެ ޖަރީމާތަށް ފޮރުވަން! ވެރިކަމާހެދި ބޫތުކައިފައި ތިބި ދިވެހިން މެރި މޭހުން ތި އެމްޑީޕީ މަތި ފަޑީގައި ތިބީ!

    15
    1
  4. ޝަރު

    ކަލޯމެން ތިހެން ކިޔާތާ މިހާރު ފަނަރަވަރަކަށް އަހަރުވީ. އަހަރެމެން މިތިބެނީ ތީތެދެއްދޯ ބަލަބަލާ. އަދިވެސް ތިދިވަހެއް ނާދޭ. މިހާރު ތިވާހަކަ ޤަބޫލު ނުކުރާ ހިސާބަށް ފިޔައީމި.

    8
    5
  5. ޓީނު

    ކަލޯމެން ތިހެން ޢެމްޑީޕީ ލާދީނީޔޭ ކިޔާތާ މިހާރު ފަނަރަވަރަކަށް އަހަރުވީ...މީޙާރު ތިޖަހާދީނީކާޑު ބަލައެއްނުގަންން!?

  6. ކަލުބެ

    ސަރުކާރަށް ޕްރެޝަރ ކުރަން މަގުމައްޗައް މިހަކު ނެރެވޭތޯ ވަރަށް މަސައްކަތް އެބަކުރޭ!!
    ދީނޭ ދީނޭ ބުދޭ ބުދޭ ކިއާތާ ކިހާ ދުވަހެއް؟ އިސްލާމްދީނަކީ ވަކި މީހެއް ހުރީމަވާކަމެއްނޫން