ކޮވިޑް-19 އާ ހެދި އިގްތިސާދު އަޑި އަޅާފައިވާ މި ދުވަސްކޮޅަކީ، މިނިމަމް ވޭޖް ކަނޑައަޅަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށް މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން ވަނީ ލަފާ އަރުވާފައެވެ. އަދި އެ ބޯޑުންވެސް މީގެ ކުރިން ވަނީ މިއީ މިނިމަމް ވޭޖް ކަނޑައަޅަން ރަނގަޅު ވަގުތު ނޫންކަން ފާހަގަކޮށްފައެވެ.

މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅުމަށް އޭނާގެ ތާއިދު އެބަ އޮތް ނަމަވެސް އެކަން ކުރެވެން އޮތީ ރާއްޖޭގެ އިގްތިސާދު ރަނގަޅު ހާލަތަށް އަނބުރާ ދެވުނު ދުވަހަކުން ކަމަށެވެ.

މިގޮތުން އޭނާ ވަނީ މި އަހަރުގެ ޖެނުއަރީގެ މަހުގެ ރާއްޖޭގެ އިގްތިސާދާއި ހަމައަށް ދެވިއްޖެނަމަ މިނިމަމް ވޭޖް ކަނޑައެޅިދާނެ ކަން ފާހަގަކޮށްފައެވެ. އަދި އެ ހިސާބަށް ދެވޭނެ ކަމަށް ލަފާކުރެވެނީ 2022 ވަނަ އަހަރު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިނިވަން ވޭޖް ކަނޑައެޅުމުގައި އަޅުގަނޑަށް ފެންނަ ފެނުމުގައި މިއީ އެންމެ ރަނގަޅު ވަގުތެއް ނޫން. ދުނިޔޭގެ ހުރިހާ ގައުމެއްގެ އިގްތިސޯދު ވެސް އަދި އަޅުގަނޑުމެންނަށް އެންމެ ޔަގީންކަމާއި އެކު ނޭނގޭ ކިހިނަކުން ކަމެއް އަޅުގަނޑުމެން އިގްތިސޯދު ބަދަލުވެގެން ދާނީއެއް" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިނިމަމް ވޭޖާއި އެކު ޕަބްލިކް ސެކްޓަރގައި މަސައްކަތްކުރާ މުވައްޒަފުންގެ އަސާސީ މުސާރައަށް އަންނާނެ ބަދަލާއި އެކު ދައުލަތުން މުސާރައާއި ޕެންޝަނަށް ކުރާ ހަރަދު 3.7 ބިލިއަން ރުފިޔާއަށް އިތުރުވެގެންދާނެ ކަމަށެވެ. އަދި މިއީ މިއަހަރު ބަޖެޓު ކޮށްފައިވާ އަދަދުތަކެއް ނޫން ކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ނާނި

    ނިކަމެތި ރައްޔިތަކަށް އެއްޗެއް ލިބެންޏާ އޭގެ މަތީގަ އަތްއެޅޭތޯ ބަލާތި ، މިނިސްޓަރަށް ދަންނަވާލަން ބޭނުންވަނީ ކުރީގަ ރައީސްކަން ކޮށްފަ ތިބި މީހުންނަށް މަހަކަށް 3 ލައްކަ ރުފިޔާދޭން މިވަގުތުވެސް ހަމަ ރަނގަޅުދެއްތޯއޭ،
    އެވެސް ދެނީ ހިތަށްއެރި ބަޔަކަށް،

    16
    • ނަނާ ހުވަފެން

      ނަނާ ހުވަފެން ކިޔާ އަޑު އަހަމުތަ؟

      13
  2. Alibe

    މިސަރުކާރަށް ވައުދު ވި އެއް ވެސް ކަމެއް ނު ވިއެެއްނު.

    16
    • Anonymous

      މަނާ ހުވަފެން ކިޔާ އަޑު އަހަން ތަ؟

      10
  3. Anonymous

    މި ސަރުކާރުގެ ބާކީ އޮތް 03 އަހަރު ވެސް ތިޔަ މެނިފެސްޓޯ ގައިވާ މިނިމަން ވޭޖެއް ނުލިބޭނެ ކަން ޔަޤީން. އެމްޑީޕީ އަށް މި ވެރިކަން ލިބުނު ފަހުން ކޮންމެ ދުވަހަކު އިރު އަރަނީ މިނިމަން ވޭޖުގެ އަޑުން އެހެން ތިއްބާ 02 އަހަރު ނިމިގެން ދިޔައީ ދެން ބުނާނޭ 2023 ވެސް ދޭށެ ވެރިކަން ކުރަން އޭރުން ނޭ ދެވޭނީ. ސިރީ ވަރަށް ސަލާމް އެމްޑީޕީ އަށް.

    11
  4. ޢަޒީމް

    މިއީ ވަރަށްމޮޅު އިކޮނޮމިސްޓެއް

    11
    • އަހާ

      23ގަ ބުނާނީ ވޯޓުދިނީމައޭ ތިކަންވާނީ

  5. އީތޭ

    މަޖުލީސް މީހުން ސިޔާސީ ބޭކާރު ގޭމް ޖައްސަން، މަޖުލީހުގަ ތިބޭއިރު ބޮޑު މުސާރަ.... ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ނުކޮތް ގޮސިޕް ކުރުމުގަ.... ރައްޔިތުންނަށް ވީމަ ނެތް މިނިމަމް ވޭޖެއް ވެސް ހަމަޖައްސައި ދެވޭކަށް...

    11
  6. ހަސަން

    މިނިމަމްވޭޖުގެވާހަކައެއްނޫންމިދައްކަނީ
    ޕފަންޑުގަހުރިއަހަމެންގެފައިސާދެހެރޭމި
    ބުނަނީ

  7. ޜޮޒީ

    ރަގަޅުވާހަކައެއް.. ޕާޓީކުދިންނަށް ބަހާފައެހެންމީހަކަށް ދޭނެއެއްޗެއްނޯނާނެ... ގުބޯސަރުކާރު...

  8. ބްރޯ

    މިއީ ކަލޭމެން ވެރިކަމުގަވެސް ތިބެންވީ ވަގުތެއް ނޫން

  9. ށަނާ

    މީ ވައްކަން ކުރަން އެންމެ ރަގަޅު ވަގުތު،،

  10. ޖަގަހަ ހަސަނު

    މިހިރީ ދުނިޔޭންބޭރުން ކިޔަވައިގެން އައިސްހުރި އިކޮނޮމިސްޓެއް ކަލޯ އަހަރުންވެސް އަސާސީ ތައުލީމުގެ ފެންވަރު އެބަހުރި ކަލޯޔަށް ވުރެ ހަމަޔަގީން އަހަރުންވެސް ތިޔާ ކަމަށް މޮޅުވާނެ.

  11. ހަސަންކޮއި

    ޝަރީއަތައްގޮސްވެސްޕެންޝަންފަންޑުގައި
    ހުރިފައިމަސައްކަތްކުރާނަން،އަހަރެމެންޒަކާތް
    ދައްކަންބޭނުން އަހަރެމެންޖިފުޓިގަނޑުމަރާ
    މާތުކުރަންބޭނުން އަހަރެމެންގެއިޒުނައެއް
    ނެތިއަހަރެމެންއަތުންނެގިފައިސާނުހިފަހައްޓާ

  12. ތިލޭރު

    މަނިކުފާނު އިސްތިއުފާ ދީފަ ގޭގަހުންނަންވީވަގުތު މިއޮތީބޯމަތި ވެފަ ގެއްލިއްޖެ ވަގުތަކީ އަލުން އަނބުރާ ލިބޭނެ އެއްޗެއް ނޫން އަވަސްކުރޭ ފުރުސަތުގެ ބޭނުން ކުރަށްވާ .