ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 130 މީހަކު މިއަދު ބަލިން ރަނގަޅު ވެއްޖެއެވެ.

ރާއްޖެ އިން މިހާތަނަށް 2094 މީހަކަށް ކޮވިޑް-19 ޖެހިފައި ވާއިރު އޭގެ ތެރެއިން މިހާރު ބަލިން ރަނގަޅުނުވެ ތިބީ 414 މީހުންނެވެ.

މިއަދު ކޮވިޑް-19 އިން ރަނގަޅުވި މީހުންގެ ތެރޭގައި މިމަހުގެ 01 ވަނަ ދުވަހު ކޮވިޑް-19 އަށް ފައްސިވި ފަސް މީހަކު ވެސް ހިމެނެއެވެ.

އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ އިން ކޮވިޑް-19 އިން ފެނުނު ފަހުން ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރު ވަމުން ދިއުމަށް ފަހު ފާއިތުވި ދެހަފްތާ ދުވަހު ވަނީ ފައްސިވާ މީހުންގެ އަދަދު މަދުވެފައެވެ. ނަމަވެސް އިއްޔެ އާއި މިއަދު ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 59 އަށް އަރާފައެވެ. މިއީ ދެހަފްތާ ދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުން ފައްސިވި ދެދުވަހެވެ.

މިއަދާއި މިރޭ ފައްސިވި މީހުން ނިސްބަތްވާ ކްލަސްޓާތަކުގެ ތަފްސީލެއް އަދި އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ. މިއަދާއި އިއްޔެ އެޗްޕީއޭގެ ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައެއް ނުވެއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ގިނަ މީހުން ބަލިން ރަނގަޅުވާ މުއްދަތު މިހާރު އަވަސްވެފައި ވަނީ ބަލިން ރަނގަޅުވި ކަމަށް ރާއްޖެ އިން ނިންމާ މިންގަނޑަށް ބަދަލު ގެނައުމުންނެވެ. މިހާރު ރާއްޖޭގައި ބަލިން ރަނގަޅުވިތޯ ބަލަން ޓެސްޓެއް ނުކުރެއެވެ. އަލާމާތްތައް ނުފެންނަތާ ތިން ދުވަސް ވުމުން އެއީ ބަލިން ރަނގަޅުވެފައި ހުރި މީހެއް ކަމަސް ނިންމުމަށްފަހު މިހާރު ދޫކޮށްލައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޮޑުބެ

    ޓެސްޓް ނުކޮށް ރަނގަޅުވާ މިހުން

    8
    2
  2. ޢަލިބެ

    ބަލިހުރިތޯބަލަން ޓެސްޓްހެދުންވެސް ހުއްޓާލާ. އޭރުން އެއްވެސްމީހަކަށް ބައްޔެއްނުޖެހޭނެ. ޑޮކްޓަރުންގެ ބަސް އަޑުއަހައިގެން ކުރާކަމެއްނޫން ތީކީ. ޓެސްޓްހަދައިގެން ބަލަންޖެހެނީ ޔަޤީންކުރަން ނޫންބާ؟ ދޫކޮށްލަންވާނީ އެބަލިން ރަނގަޅުވެއްޖެތޯ ބަލަން ޓެސްޓްހަދާފަ ބަލިރަނގަޅުވިކަން ޔަޤީންކޮށްފަނޫންބާ؟

  3. މޮޔަބެ

    ހީވާގޮތުން 1 ޖުލައި ހަމަޔަށް ގިނަބަޔަކު ރަގަޅުވާނެހެން މިއީ މިހާރު ޝައްކާއި ވަހުމް އޮތްކަމެއް...ޖާނޭދޯ...

  4. ކޮތަރު

    ރައްޔިތުންނަށާއި ދުނިޔެއަށް އޮޅުވާލަން ޓްރަމްޕް ގެ ތިޔަރީ ބޭނުންކުރަނީ. ތިޔަ ޓެސްޓެއް ހެދީމާ އެމެރިކާ ދުނިޔެއަށް ބޭޒާރު ވަނިއްޔޭ (އަނގަބޮޑު މީހާ) ޓްރަމްޕް ބުނެފި. މިރާއްޖެއިން އެކަހަލައެއްޗެެއް ނުބުނެ ތިބެގެން ޓެސްޓް ނުކޮށް ބަލި ނެތްކަމަށް ނިންމަނީ. ބައްޔަށް ޝައްކު ކުރެވޭ މީހުންގެ ޕްރެޝަރ އާއި ޓެމްޕަރޭޗަރ ބަލާފަ ކޮވިޑް-19 އަށް ނެގެޓިވްކަމަށް ނިންމަން ފަށާނީ މާދަމާ ތޯއްޗެއް. އޭރުން ދެހަފްތާ ތެރޭގަ ކޮވިޑް ފްރީ ޤަވްމެއްގެ ލަޤަބު ލިބުނީ.