ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު، އަހުމަދު ޝިޔާމަށް އެމްޑީޕީ މެމްބަރުން އިސްވެ ތިބެ މަޖިލީހުގެ ތަޅުމުގައި ހިންގި ހަމަނުޖެހުން ތަހުޤީޤު ކޮށް މައްސަލަ ބެލުމަށް، އެމްޑީޕީ މެޖޯރިޓީގައި ސަބް ކޮމިޓީއެއް އެކުލަވާލައިފިއެވެ.

ޝިޔާމަށް އަނިޔާކުރި މައްސަލަ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ބަލައިދިނުމަށް މަޖިލީހުގެ ރައީސްގެ ކިބައިން އެދިވަޑައިގެންފައި ވަނީ، އޭދަފުށީ ދާއިރާގެ މެމްބަރު، އަހުމަދު ސަލީމެވެ.

މިކަމާއި ގުޅިގެން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި މައްސަލަ ބެލުމަށް ސަބް ކޮމިޓީއެއް އެކުލަވާލަން ވަނީ ނިންމާފައެވެ. މި ބައްދަލުވުމުގައި އެމްޑީޕީން ހުށަހެޅީ ތިން މެމްބަރުންގެ ސަބް ކޮމިޓީއެއް އެކުލަވާލުމަށެވެ. އަދި ދަނގެތީ ދާއިރާގެ މެމްބަރު، މުޙައްމަދު ނާޒިމް ހުށަހެޅުއްވީ ހުރިހާ ޕާޓީއެއްގެ މެމްބަރުން ހިމެނިވަޑައިގަންނަވާހެން ފަސް މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށެވެ.

ކޮމިޓީ އެކުލަވާލުމާއި ގުޅޭގޮތުން މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވެއެވެ. ނަމަވެސް ކޮމިޓީން ފާސްކޮށްފައި ވަނީ އެމްޑީޕީން ހުށަހެޅި ގޮތަށް، ތިން މެމްބަރުންގެ ސަބް ކޮމިޓީއެއް އެކުލަވާލުމަށެވެ. މި ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ދެ މެމްބަރުން ކަމަށްވާ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފުގެ އިތުރުން ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެމްބަރު، އާދަމް ޝަރީފް އުމަރެވެ.

މިކަމާއި ގުޅިގެން ނުރުހުން ފާޅުކޮށް ބައެއް މެމްބަރުން ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ، ޝިޔާމަށް އަނިޔާކުރި މައްސަލަ ބެލުމަށް އެމްޑީޕީގެ މެޖޯރިޓީއޮތް ސަބް ކޮމިޓީއެއް އެކުލަވާލީ، ބޭނުން ގޮތަކަށް ކަންކަން ކުރުމަށް މަގުފަހި ކުރުމަށްޓަކައި ކަމަށެވެ.

އެމްޑީޕީގެ މެމްބަރުން ވިދާޅުވެފައި ވަނީ، ސަބް ކޮމިޓީގެ ދައުރަކީ މައްސަލަ އާއި ގުޅޭ ބަޔާން ނަގައި ހޯދުންތައް ހޯދުން ކަމަށެވެ. އެ ހޯދުންތަކަށް ބިނާކޮށް މައްސަލައިގައި ގޮތެއް ނިންމާނީ އިމްތިޔާޒް ކޮމިޓީން ކަމަށް އެ މެމްބަރުން ވިދާޅުވިއެވެ.

މަޖިލީހުގެ އިދާރާގައި ހަމަނުޖެހުން ހިނގީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި އާ ކައުންސިލަރުންގެ އިންތިހާބުކުރެވެން ދެން މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ބޭއްވި ޖަލްސާގައި، ނައިފަރު ދާއިރާގެ މެންބަރު އަޑުގަދަ ކުރަން ފެއްޓެވުމުން އޭނާގެ ނަން އިއްވައި މަޖިލީހުން ނުކުތުމަށް އެންގެވުމުން އޭނާ ޖަލްސާ ކުރާ މާލަމުން ނެރުމުގެ ތެރޭގައެވެ.

ޝިޔާމް މަޖިލިހުން ނެރުމުގެ ކަންކަން ސާޖެންޓް އެޓް އާމްސް ކުރައްވަން ޖެހޭ އިރު، އެކަމުގައި އެރޭ ބައިވެރިވެވަޑައިގެންނެވީ މެމްބަރުންނެވެ. އެ ހާދިސާގެ މަންޒަރު ފެންނަ ވީޑިއޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، އެމްޑީޕީގެ މެމްބަރު އިސްވެ ތިބެ ޝިޔާމަށް ހަމަލާދޭ މަންޒަރާއި އޭނާ ދަމާފައި ތަޅުމުން ބޭރުކުރާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ.

މަޖިލީހުގެ ތަޅުމުގައި އެމްޑީޕީ މެމްބަރުން، މެމްބަރު ޝިޔާމް މަޖިލީހުން ބޭރުކޮށް ހަމަނުޖެހުމަކަށް ގޮސްފައި ވަނީ، މަޖިލީސް ހިންގުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ދީފައިވާ ހުއްދަ އާއި ވެސް ޚިލާފަށެވެ. އެގޮތުން މަޖިލީސް ހުޅުވުމުގެ ކުރިން އެޗްޕީއޭއިން ނެރެފައިވާ އެންގުމެއްގައި، ޖަލްސާތައް ކުރިޔަށްދާ ވަގުތު މެމްބަރުން ތިބެންވާނީ ގައިދުރުކޮށް ކަމަށް އަންގާފައިވީނަމަވެސް، އެރޭގެ ޖަލްސާއިން ފެނިގެން ދިޔައީ އެ އެންގުމާއި ޚިލާފަށް މެމްބަރު އެއްވެ ތިބި މަންޒަރެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކަރުނަޔާނުލާ

    ގުއިރޯނުގައި އިދިކޮޅު ޖައްސަން ވެގެން ހިންގާ ޖަރީމާއެއް މިމީހުންނޫންތޯ އަނިޔާ ކުރީ އަނިޔާކޮށްފަ މިކަމުގައި އިންސާފު މިމީހުންނަށް ހޯދައިދެވޭނެތޯ އަޖައިބުވެ އަންތަރީސް ވެއްޖެ .

    47
    2
  2. ލައިޒާ

    ބަލަ ރައްޔިތުން ބުނީ މަޖުލީހުގެ ހުރިހާ ކަމެއް މިފަސްއަހަރު ނިނަމަން ތިމަންމެން ބޭނުންވަނީ އެމްޑީޕީ މެޖޯރިޓީ ބޭނުންވާ ގޮތަކަށޭ. ދެން ކަޖުލީގުގައި ތިބި ބައެއްދޯ މަޖުލީހުގެ ކޮމެޓީތަކުގައިވެސް ތިބޭނީ. ކިހިނެތް މަޖުލީހަށް ނުދާ އެންމެ ނުވަވަރަކަށް މީހުންނާއި މަޖުލީހުގެ މަސައްކަތް ހަވާލުކުރާނީ. މެޖޯރިޓީއަށް ތަބާވޭ. 18 ވަނަ ރައްޔިތުންގެ މަޖުލީހުގެ ހަދާން އާކޮއްލާ.

    7
    48
    • އީޝާން

      އެމްޑީޕީން އޯގާތެރި ވެރިކަމެއް ކުރަން ހޮވީ... އެހެން ޕާޓީ އެއް ގެ މެމްބަރަކަށް ނުޖެހޭ އަނިޔާ ކުރާ ކަށް... ވަކި ކަމެއް ވެގެން އެމްޑީޕީ ކޯލިޝަން އަށް ވޯޓް ދިނީ، ހަމަޔާ އިންސާފަށް... މިހާރު ސުޕަރ މެޖޯރިޓީ އޮވެގެން އެމްޑީޕީ މެމްބަރުން މި ފެންނަން ސިޔާސީ ގޭމް ޖައްސާ ރައްޔިތުންނަށް ޖެއްސުން ކުރާ ތަން... ރައްޔިތުންނަށް ފާއިދާ ހުރި ކަމެއް ކުރާ ތަނެއް ނުފެނޭ... މަޖުލީސް ބޮޑުތަނުން ފެއިލް

      20
      1
      • ކަނީރު

        ނިމިދިޔަ ސަރުކާރުން ކުރީނާއިންސާފުންކަން އެއްބަސްވިކަން ރަނގަޅު

  3. ޢަސްގެއްލި

    އަމިއްލައަށް މާރާނާރީ ހިންގުމަށްފަހު އަމިއްލައަށް މައްސަ ބެލުނަކީ އިންސާފު މުގުރާލުން ތިކަމުން އެގެނީ ރަތްއިތުންގެ ހާދިމުންގެ ނާގާބިލް ކަން

    45
    1
  4. ޟަޖުލިސއ

    ޑިކްޓޭޓަރޝިޕް އަންނި

    20
    1
  5. އުދަމުދި

    މުޅިގައުމުގަ ކޮމެޓީ ވީކަމެއް ހަރާން ރައްޔިތުންގެ ޓެކްސްޕޭ ރުފިޔާއިން އިނާޔަތާ މުސާރަޔާ ނަގައިގެން ހަރަދުކުރަމުން މިދަނީ އާހިރައްދުވަސް ހަދާންނުވާތީ ޓީވީތަކުން ތިޔަރޯގާގެ އިސްތިހަރުކުރާހެން ހަދާން ކޮއްދީބަލަ މަރުވާނެކަމާ ހަލާތަކެތި އނބިދަރީންނައް ކާން ދިނުމާއި ނަރަކައިން އަބިދަރިން ސަލާމަތް ކުރަން

    14
  6. Anonymous

    ޕިސް ޕިސް.... އެމްޑީޕީ މެމްބަރުން ދިން އަނިޔާ އެމްޑީޕީ މެމްބަރުން އިންސާފްވެރި ކޮށް ބަލާނެ ވިއްޔަ.... އެންމެ މެމްބަރަކާ ދިމާލައް އެތައް ބައިވަރު މެމްބަރުން ތަކެ އައިސް އަނިޔާ ކުރުމުން ދޭހަވަނީ އެމްޑީޕީގެ މަޖުލީހުގަ ތިބި މެމްބަރުން ގެ އަނިޔާވެރި ކަމާ އިންސާފެއް ނެތްކަން.... ކޮންމެ މީހަކަސް އެވަރަށް އަނިޔާ ކުރާކަށް ނުވާނެ.... އެމްޑީޕީން އޯގާތެރި ވެރިކަމެއް ކުރަން ހޮވީމަ މި ފެންނަން އަނިޔާކުރާ ތަން....

    14
  7. ޖޯރާބޭބެ

    އަޅެ މި މަޖިލީހުގައި 3ޕާޓީގެ އިތުރުން އަމިއްލަމެންބަރުން އެބަތިބި، މި މައްސަލަ އިންސާފުން ބެލޭނީ އެމްޑީޕީގެ އެކަކުވެސް ނުހިމަނައިބެލިއްޔާ! ނަޝީދާ އީވާވަރަށްމޮޅުވާނެ ބާރުގެ ބޭނުން ކޮށްގެން މައްސަލައަށް ފަސްއަޅަން މިވެރިން ރާއްޖޭގެ 3ބާރު މޮޑެލައިފި.

    13
    1
  8. ނަައީމް

    ގާނޫނު އަރާ އަނެއްކާވެސް ހަމަކުރަނީ ފައިންއަރާޗިސްޗިސް ކޮށްލިޔަސް އައި ހަމަކުރާނެ މަކަރާއި ހިލަތުން ވެރިކަން ދަމައިގަތުމުގެ ނަތީޖާ އަކީ ރައްޔިތހުންނަށް އެއްވެސްކަމެއްކޮށްނުދެވުން ގަމާތު މެމްބަރުންތަކެއް މަތިލީހަށް ލައިގެން ތާކުންތާޖެހޭ އެއްވެސްކަމެއްނުކުރެވުނުތާގަ އޮށްޓަރެއހުރި މިނިސްޓަރެއވިއްޔާވެސް މަގާމުންދުރުކުރުންނޫންކަމެއްނުކުރޭ މަޖިލިސްވެސް ނުވިިތާކަށް މުޅި މިގައުމުވެސް ހަރާބު

  9. އެމަންޖެ

    މިގައުމު ފަސާދަކޮއް ހަލާކު ކުރަން އުޅޭ ބައިގަނޑެއް މި މޑޕ އަކީ. ބުއްޅަބެޔަކީ މިހުރިހާކަމެއްގެ ބޮޑު.

    10
  10. ޑައެލޯގް

    ދެންތިހިރީ އިންސާފު ލިބިފައެވެ. ކިބުރުވެރި ބޮޑާ ރީދޫމެންބަރުން މިއަދާޖެހެންދެންކުރި އެއްވެސް ކަމެއް ރަގަޅުނުވާނެއެވެ.

    11
    1
  11. ބަނީ

    އުފައްދަންވީ މަޖިލިސް ފުލުސް.... މީދެން މިގައުމުގެ މީހުން... ތިޔަފާޑަށް އުޅޭންޔާ ހިތިފެންނާނެ....

    5
    1
  12. ކެނެރީގެ ވަގު

    ވަކަރުގެ ކޮމެޓީ

  13. ދޮންބެ

    މި ނިންމުމުންވެސް އެނގިގެންދަނީ މިބައިމީހުންގެ އަނިޔާވެރިކަމާއި ޖާހިލުކަމެވެ.އަދި އެމީހުން ޤަބޫލުކުރާ ޑިމޮކްރަސީނިޒާމުގެ ދެކޮޅު ނުޖުހޭ މިންވަރެވެ.މިމީހުންގެ ޙުކުމުން ސިފަވަނީ ސަދޫމުގެ އަހުލުވެރިންނާއި ބެހޭގޮތުން އައިސްފައިވާ ޙުކުމްތަކުގެ ހަނދާންތަކެވެ.

  14. މިއަދު

    ސިޔާމަށް އަނިޔާކުރި 3 މެމްބަރުންގެ މައްޗަށް ތިކޮމެޓީ އެކުލަވާލުން އެއްމެރަގަޅީ