ނޮވެމްބަރު 3 ގެ ބަޣާވާތް ފެއިލްކޮށްލުމުގައި ޤައުމަށްޓަކައި ޝަހީދުވި ބަތަލުންނާއި މެދު، އެކަމުގެ އަޑީގައި ތިބި ޚާއިނުންގެ ނަފްރަތުވުން އޮންނާނެ ކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު، އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.
އަލްހާން މިގޮތަށް ވިދާޅުވެފައި ވަނީ، ދިވެހި ފުލުހުންގެ މައި އިދާރާ ޝަހީދު ހުސެއިން އާދަމް ބިލްޑިންގެ ނަމާއި، ކުލަ ބަދަލު ކުރަން ޖެހޭ ކަމަށް ދޭހަވާފަދަ ގޮތަކަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވުމުން އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.
މިކަމަށް އިޝާރާތްކުރައްވަމުން އަލްހާން މިރޭ ކުރެއްވި ޓްވީޓެއްގައި، "ނޮވެމްބަރު 3 ގެ ބަޣާވާތް ފެއިލްކޮށްލުމުގައި ގައުމަށްޓަކައި ޝަހީދުވި ބަތަލުންނާ މެދު އެކަމުގެ އަޑީގައި ތިބި ޚާއިނުންގެ ނަފްރަތު އޮންނާނެ!" ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ޓެގު ކުރައްވަމުން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ނަސްރުގެ ދުވަސް ފާހަގަވެސް ނުކުރާ ކަމަށެވެ.
ނަސްރުގެ ދުވަސް ރައީސް ނަޝީދުގެ ވެރިކަމުގައި ފާހަގަ ނުކުރާތީ ކުރިންވެސް އެމަނިކުފާނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއެވެ. ނޮވެމްބަރު 3 ގެ އުދުވާނުގައި އިސްކޮށް އުޅުނު ހާޖަރޭގޭ ލުތުފީ ރާއްޖެއިން ފިލައިގެން ދިޔައީ ވެސް ނަޝީދުގެ ވެރިކަމުގައެވެ.
އިއްޔެ ކުރިޔަށްގެންދިޔަ މަޖިލީހުގެ ޖަލްސާގައި ފުލުހުންގެ ހިދުމަތުގެ ބިލަކަށް ބަހުސް ކުރުން ކުރިޔަށް ދިޔައިރު، ބަހުސް ނިމުމަކަށް އައުމުން ވާހަކަ ދައްކަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ފުލުހުންގެ މަރުކަޒާއި، ކުލަ އާއި ނަން ބަދަލު ކުރުމަށް ބިލުގެ ބަހުސްގައި މެމްބަރުން އެދޭ ކަމަށެވެ.
"މެންބަރުން ވިދާޅުވަނީ، އެހެން ފުލުސް އޮފީހެއް ބޭނުންވެޔޭ، އެހެން ނަމެއް ވެސް ބޭނުން ވެޔޭ، އެހެން ކުލައެއްވެސް ބޭނުން ވެޔޭ، އަދި އެތަން ހުންނަންވީ މައިމަރުކަޒު ވެސް ހުންނަންވީ އެހެން ތަނެއްގައޭ، މިދިޔަ ހުރިހާ ދުވަހު އެދިޔަތަން ނިމުނީއޭ، މުޅިން އާ ބާބެއް ފެށުނިއްޔޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މިފަދައިން އިއްޔެ މަޖިލީހުގައި ފުލުހުންނާއި ބެހޭގޮތުން ވާހަކަ ދައްކާފައިވާއިރު، މީގެ ދެ ދުވަސް ކުރިން ކުރިއަށް ދިޔަ މަޖިލީސް ޖަލްސާގައިވެސް އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެއީބަދަލުނުވާނެ ކަމެއްތަ އަލުހާނަ ކުރީގަ ފޭދޫ ދާއިރާމެންބަު މިހާރު އެހެންމީހެއް އެދާއިރާގަ ހުއްނަނީ ، ކުރީގަ ސިފައިން ތިބެނީ ފަހުން ފުލުހުން ވަކިކުރީ ، މާބޮޑައް އަނިޔާވެރި ނުބައި ކަންތައްތައް ހިގާތަންތައް އެހެންނަމެއް ކީމަވެސް ރަގަޅުވެދާނެ. މިސާލަކައް ކުދިން އުޅުން ނުވަތަ މާބަލިވެ އުޅޭތީވެސް ނަން ބަދަލު ކުރޭ ގޭގަ އޮޅިގަޑުވެސް ބަދަލު ކުރޭ ބައެއް ފަހަރައް ރަގަޅުވެސް ވޭ،
މައިންބަފައިން ބަދަލުކު ރެވިދާނެތަ..ތިމާގެ ނަސްލުބަދަލުކު ރެވިދާނެތަ..ތިމާގެ ވަންހަ ބަދަލުކު ރެވިދާނެތަ...އެމެ ރިކާގެ ރައްވެހިކަން ލިބުމުން ދިވެއްސަކަށްނުވެ އެމެ ރިކާ މީހަކަށްވާނެތަ..ހޭބުއްދިފިލާފަ ތިތިބެނީ ތިމާގެ އަމިއްލަ ނަފްސްއޮޅިފަ...މިގައުމު މިނިވަންކު ރި ބަތަލުންނަކީ އެއްވެސް ބަޔަކަށްނުހަދައި ނިކަމެތިކު ރަން އަނގަހުޅުވީމަ ތިމާމެންނަ އެހެންމީހުން މަލާމާތްކު ރާތަން ނުފެނޭތަ...ކަލޭމެންނަކީ އަބޫޖަހުލަށްވު ރެ ހިތްކަޅުވެ ސިކުނޑި ހަލާކުވެފަތިބިބައެއް..ހެޔޮނުބައި ވަކިނުވާވަ ރަށް ޢާފިލުވެފަ ތިތިބެނީ..އައްނި ނަ ރަކަދައްކާފަ އެ ރެންބުންޏަސް ނަ ރަކައަށްވެސް ފުންމާލާތި..
ދިވެހިންވާނީ ހަމަ ދިވެހީންނަށް، ވަގުތު އައިސް ޖެހޭއިރުވެސް އުޅޭނީ އަންބޮޑިއަށް ބޮޑުކުރާން، ނުކުމެގެން ދާނީ އެންމެ ފަހުން ހުސްއަތާ.
ތިޔަ ދެފުއްކެހިރިޔަކީވެސް ތިޔަހުރިހާ އެއްމެނާ ގުޅުން އޮއްނަ މީހެއް ، އަބަދު ދެފުއް ކެހި ކެހި ހުންނާނީ.
ހައް ހައް ! ގޭޓްތައް ލެއްޕޭ ހުޅުވޭގޮތް އޭރު އެކަހަލަކަމެއް ވެދާނެކަމަށް ހެދިފަ ނެތީމާ ބޭރުގަ ހުރިމީހާ ބޭރުގައި މަރުވީމާ އޭނާ ބަތަލަކަށް ހަދާ ގުނބޯހައްދާ ފާހަގަތައް ކަހާލި މޮޅު އުކުޅެއް ކަމެއް އަދިއަދައްވެސް މީހުނަކަށް ނޭންގޭ ! އެކަކުވެސް ނުދައްކާނޭ ދައްކަން ހިތައްވެސް ނާރާނެ ގޭޓްތާށިވެގެން ނުވަދެވުނީމާ ބަޑިއެއް ހިފައިގެން ހުރިމީހެއްގެ މެގަޒިން ހުސްވިޔަސް ނުވިޔަސް އެމީހަކާ ދިމާލަށް ބަޑިޖަހާނެކަމެއް ! ހަގީގަތާ ކުރިމަތިލާ ސަލާމަތްވި މީހުންގެ އަގުވަނީ ވައްޓާލާފަ 7 ފެބް ގެ ބަގާވާތާއެކު.
ކޮބާ އުމަ ރުނަސީ ރު.....ގައުމީވެގެން ވަތަނީވެގެން ފުލުހުންނާ ސިފައިންދެކެ ލޯބިވާވަ ރުން ހަ ރުގަޑުވިއްދައިގެންވެސް ސިފައިންގެއަށް ވަންނަންބުނި މީހާ ފުލުހުންނާ ސިފައިން ޗޯކީދާ ރުންނަ ހަދަންއުޅޭއި ރު އިގޭކަމަކަށްނުވި...ފބވެސް ޓުވިޓާއިންވެސް އުމަ ރަށް އަދިނޭގެނީދޯ..ދެންއުޅޭނެ ކާނަލްނާޒިމު އަބުދުﷲ ރިޔާޒު..ފް ރޭމްވެދާނެތީ އަނގަނުހުޅުވިފަތިބީތަ.....މަޖުލިހުގަ ފުލުހުންގެބިލަށް ވޯޓަށްއަހާއި ރު ވޯޓުވެސްދޭނެ ސަ ރުކާ ރުއެދޭގިތަށް...2023ވީހުގަ ވޯޓަށް އަނގަފުޅާކު ރާނެ ގް ރޫޕު ހު ރިހާ ވާހަކަތަކެ ފޮތުގަލިޔެގެންތިބޭ..
އަގައިން ރިޕޯރމް-އަމަލުން ރިފޯމް ކުރަން ނޭގޭ ބައެއް- ހެދި އެންމެހާ ހަޑިއެއްގައި ތި ވަނީ ޖެހި ފިތިފާ، ރައްޔިތުން އޮޅުމެއްގެ ތެރެއިން ނަގާ ކޮށްޅަށް ޖަހާ ތި ދިނީ - އަންނަ ދައުރުން ނިކަން ރީތި ޖަވާބެއް ރައްޔިތުންދޭނެ - އެކަން ކުރާނީ ވޯޓުން
މާލޭ ސިޓީކައުންސިލްގެ ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު ގެއްލުވާލީމަ އެކަމުގެ ހަސަދައިގަ މި މިނަކިކުފާނު ކޮންމެފަދަ ފުޅައެއްވެސް ގޮވާފާނެ