ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާދެނީ ތަފާތު ކުރުމެއް ނެތި ކަމަށާއި އެކަމުގައި ދިވެއްސެއް ނުވަތަ ބިދޭސީއެއް ތަފާތު ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) މިއަދު ވިދާޅުވެއްޖެއެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި ވަކި މީހަކާ ދޭތެރޭގައި ތަފާތު ކުރުންތައް ނުގެންގުޅުނު ނަމަވެސް ބިލްގައި އެކަން އެގޮތަށް އައިސްފައި ނުވާ ކަމަށެވެ. ރާއްޖޭގައި ހުރި ކޮންމެ ގައުމެއްގެ މީހަކު ކަމުގައި ވިޔަސް، ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި ތަފާތު ކުރުމެއް ގެންގުޅެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި ތަފާތުކުރުންތައް ނުގެންގުޅޭތީ އުފާ ކުރައްވާ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

އާންމު އިޖުތިމާއީ ރައްކާތެރިކަން ގާއިމުކުރުމަށާއި ސިއްހީ ގޮތުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް ވަރަށް ގިނަ ރޮނގުތަކުން ފިޔަވަޅުތަކެއް ސަރުކާރުން އަޅާފައިވާ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ. ބިލް ގާނޫނަކަށް ވެގެން ދިއުމުން، ފިޔަވަޅުތައް އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ. އަދި މިހާރު ގާނޫނުތައް ހުރި ގޮތުން ފިޔަވަޅުތައް އެޅުމުގައި ސަރުކާރަށް ދަތިތައް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"ބިލްގެ މަގްސަދު ވަރަށް ސާފު، މީގެން ވަޒީފާގެ ރައްކާތެރިކަން މިހާރަށް ވުރެ ބޮޑަށް ލިބިދޭ. ބަލީގެ ސަބަބުން ރައްޔިތުން އިތުރަށް ނިކަމެތިވިޔަ ނުދިނުމަށް އެބަ ބާރު އަޅާ. މަގުމަތިވިޔަ ނުދިނުމަށް މަސައްކަތް އެބަ ކުރެވޭ ބިލްގެ ތެރެއިން. ބޭސް ފަރުވާގެ ޔަގީންކަން ކަށަވަރުކޮށްދޭ. މިހެން ގޮސް ވަރަށް ރަނގަޅު ކަންތައްތަކެއް ބިލްގައި ހިމެނޭ،" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ސިއްހީ ހިދުމަތުގައި އާއި ކުރީ ސަފުގައި މަސައްކަތް ކުރި ހީވާގި މުވައްޒަފުންނަށް ދެވޭނެ ހާއްސަ އިނާޔަތްތަކާއި އެލަވަންސްގެ ވާހަކަ ބިލްގައި އޮންނަން ޖެހޭ ކަމަށެވެ. އެކަމަކު، އިނާޔަތާއި އެލަވަންސެއް ދިނުމަކުން އެމީހުން ކުރި މަސައްކަތުގެ އަގު ދެވޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށާއި ރަމްޒީ ގޮތުން އެފަދަ ކަމެއް ކުރާ ނަމަ، ބިލްގައި އެ ބައި ހިމަނަން ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ސަލީމް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މީހަކު ގެއިން ނެރެގެން ނުވާނެ ކަމަށެވެ. ކުލި ދެއްކުން ފަސް ކުރާ އިރު، މިފަދަ މީހުންނަށް ސަރުކާރުން އެހީތެރިވެވޭވެނެ ގޮތްތައް ބިލްގައި އޮންނަން ވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

މިފަދަ ދަނޑިވަޅެއްގައި އިންޓަނެޓްގެ ހިދުމަތަކީ ކަނޑާނުލެވޭނެ ހިދުމަތަކަށް ހަދަން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ޓެކްސް ދެއްކުން ފަސް ކުރެވިދާނެ ކަމަށް ބިލްގައި ބުނެފައިވާ އިރު، އެފަދަ ވިޔަފާރިތަކަށް ޓެކްސް ދެއްކުމުގައި ލުއިތަކެއް އޮންނަން ވާނެ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވި ގޮތުގައި ކުދި އަދި ވިޔަފާރިތަކުން އިގްތިސާދު ކުރިއަރުވަން މަސައްކަތް ކުރާ އިރު، ކުއްލިއަކަށް ޓެކްސް ދައްކަން ޖެހުމަކީ އެ ވިޔަފާރިތަކުގެ ވެރިންނަށް ނަފްސާނީ ގޮތުން އަސަރު ކުރާނެ ކަމެއް ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ބޫ

  ގޭގެއިން ނެރެވިގެން ނުވާނެ މުސާރަވެސް އުނި ކުރެވިގެން ނުވާނެ ހަމައެކަނި ބޭސިކް ސެލެރީ އެއް ނޫން ދޭންޖެހޭނީކީ. ކުލީގެ ކޮންމެވެސް މިންވަރެއް ދައްކަންވާނެ ނެތޭބުނެފަ ގަދަފައި މަތީ ތިބެވިގެންވެސް ނުވާނެ.

  • Anonymous

   ފެނާއި ކަރަންޓް ބިލް ޢޯވަރ ޑިއު ވީއޭކިޔާފަ ފުރަބަންދުގާއި ބައިތިއްބާއި ގެން ޖޫރިމަނާކޮއްގެންވެސް ނުވާނެ %30 ގެ ޑިސްކައުންޓެއް ސަރުކާރުން ދިނުމުން ކޮވިޑް19ގެ ޑިސްކައުންޓޭ ކިޔާފަ މާލޭގެ ފެނުގެ ހިދުމަތް ދޭކުންފުނިން 1 ސީބީއެމް(-/22ރ) ބިލުން ކަޑައިދީގެން ވެސް ނުވާނެ

 2. ރޯދަމުބާރިކް

  ކޮންމެވެސް ޖަމްއިއްޔާ އަކުން ބުނި ބަހެއްގެ ނަކަލެއް!
  ރަނގަޅުވާހަކައެއް ބާ؟

 3. ސައްލެ

  ސަލީމު ކޮވިޑާ ގުޅިގެން ތި އަނގަ ތިތަޅަނީ އެއްޗެއް އެނގިގެންތޯ ؟ ބޭކަރު އަނގަ ތިގޮތަށް މަޖިލީހަށް ގޮސް ހުރެ ނުތެޅުން ރަނގަޅު

 4. މޫސަ

  ރަނޑާލިން ތަޅުވާނީ ތިކަހަލަ ރަނބަ!

 5. ދުންމާރި

  ސަލީމޫ ކާކުތަ ކިޔަނީ ފަރުވާ ދިނުމުގަ ތަފާތުކުރެޔޭ ކަލެޔަށް ދައްކާނެ ވާހަކައެއްނޭންގެންޏާ ގޭގަ އޮވެބަލަ ނޫނީ ގޮނޑީގަ މަޑުން އިނދެބަލަ މީގެ ކުރިންވެސް 5 އަހަރުގެ ދައުރުތައް ގޮނޑިގަ ނިންމި މެމްބަރުއުޅެޔޭ އެއީ މައްސަލައެއްނޫނޭ އެއްފަހަރުބުނާނެ ރައްޔިތުން ކާންޖެހޭ ވަރާ ނޭވާލާންޖެހޭވަރާ އެހެނިހެން ކަންކަން ކުރަންޖެހޭ ވަރުކަނޑައޅަން ހާއްސަ ޤާނޫނެއް ހަދަންޖެހޭ ވާހަދަ އަނެއްފަހަރުބުނާނެ ބަޣާވާތް ބަލަން ހާއްސަ ޤާނޫނެއް ހަދަންޖެހެޔޭ މިކަހަލަ ދޯހަޅިވާހަކަ ނުދައްކައި މަނޑުން އިނީމާ މީހުން ރައްދު ނުދޭޏެ 5 އަހަރުގެ ގެރެންތީ ވަޒީފާއެއްތީ ވަކިކުރެވޭނެ ގޮތެއްނެތް ހާއްސަކޮށް އެމްޑިޕީ މެމްމަބަރަކުވަކި ނުކުރެވޭނެ ދެން ކޮން މޮޔައެއްގޮވާކަށްތަ ކެނެރީގޭ ނަޝީދެކޭ ސަލީމެކޭ އެއްވެސް ތަފާތެރއްނެތް ތާކުންތާކުޖެހޭ ވާހަކައެއް ދެއްކެނީކީނޫން އެހެންތާ ވާނީ ލަނޑަޔާވާނީ ހަމަ ލަނޑަޔާ