ހެލްތު މިނިސްޓްރީއަށް ބަޔަކު ހަދިޔާކޮށްފައިވާ ލެބޯޓަރީ ޓެސްޓިން މެޝިނުތަކެއް އެއްވެސް ރަށެއްގައި ނުބެހެއްޓި ދޮޅު އަހަރުވެގެންދިޔައީ ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ހުއްދަނުދެއްވައިގެން ކަމުގައި ރައްޔިތުން މަޖިލިހުގެ ވިލިފުށީ ދާއިރާ މެންބަރު ޙަސަން ޢަފީފު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުން މަޖިލިހުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން އަފީފު ވިދާޅުވީ ލެބޯޓްރީތަކުގައި ބޭނުން ކުރާ 6 ޓެސްޓު މެޝިނު ބަޔަކު ހަދިޔާކުރިތާ މިހާރު ދޮޅުއަހަރު ދުވަސްވެފައިވާ ކަމުގައެވެ. އެއްވެސް ރަށެއްގައި އެމެޝިނު ނުބެހެއްޓިގެން އުޅެނީ މިނިސްޓަރު ހުއްދަނުދެއްވައިގެން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
"މިނިސްޓަރު ހުއްދައެއް ނުދެއްވައިގެން މެޝިނުތައް ނުބެހެއްޓިފައި. މިނިސްޓަރު ހުއްދަ އެހެންވީމައި މިމިނިސްޓަރުގެ ކަންތައް ހުރި ގޮތް މިތަނުން އެބަޖެހޭ ބަލަން. އޭގެ އިތުރަށް ޢަފީފު ވިދާޅުވީ މުޅި ޞިއްޙީ ނިޒާމުގެ ޝާމިލު ރަނގަޅު އޮޑިޓެއް ހަދަންޖެހިފައިވާ ކަމުގައެވެ.
އަފީފް ވިދާޅުވީ މިނިސްޓަރަށް ފާޑުކިޔަން މިޖެހެނީ މިގޮތްގޮތަށް މިނިސްޓަރު ކަންތައް ކުރައްވާތީވެ ކަމަށެވެ.
މިނިސްޓަރު އިތުބާރުކުރައްވާ ބައެއް ފަރާތްތަކަށް މެޝިނުތައް ގެންނަން ހަވާލުކުރައްވާފައިވާ ކަމަށެވެ. އަދިވެސް އޭގެ ތެރެއިން އެމެޝިނުތައް ނުލިބޭ ކަމަށް ވެސް އަފީފް ވިދާޅުވިއެވެ. އައު މުއްދަތުތަކެއް މިހާރު ދެއްވަމުން ދާކަމަށާއި، މިހާރު ވިދާޅުވަނީ ބޭނުންވާ މެޝިން ނުލިބިގެން އުޅޭ ވާހަކަ ކަމަށް އަފީފް ވިދާޅުވިއެވެ. އަފީފް އިޝާރާތް ކުރައްވާފައި ވަނީ ދުބާއީ ކުންފުންޏަކާއި ހަވާލުކޮށްގެން ގެންނަން މަސައްކަތް ކުރާ 70 ވެންޓިލޭޓަރަށެވެ.
ޢަފީފް ވަނީ މީގެ ކުރިންވެސް ހެލްތު މިނިސްޓަރު އަމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެކިފަހަރު މަތިން ވާހަކަ ދައްކަވާފައެވެ. އޭނާ މިނިސްޓަރު އަމީނަށް ފާޑުވިދާޅުވަނީ އޭނާގެ މަސްލަހަތު އޮންނަ ކުންފުންޏަކުން ޞިއްޙީ އާލާތްތައް އެތެރެ ކުރުމަށް ގިނަ ބިޑްތައް ނުދޭތީ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލަށް ބަހުސް ކުރައްވަމުން އަފީފް މިއަދު ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަމުގެ ބިލެއް ހުށަހެޅިއިރު އޭގެ ތެރޭގައި ހިމެނޭ ކަންކަން ހުރީ މިހާރު ކޮށްނިމިފައި ކަމަށެވެ. އޭނާ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ކުލި ނުދެއްކިގެން ގެދޮރު ގެއްލުނު މީހުންނަށް ވެސް ސަރުކާރު މިހާރު އެހީތެރިވެދީފައިވާ ކަމަށެވެ.
މި ބެއްޔާ ގަނޑު ހާދަވަރަކަށް ހެލްތް މިނިސްޓަރ އަމީނުއާ ޖައްސާލައިގެން މިއުޅެނީ އަމީންހުރި މަގާމު ހޯދައިދޭން ރައްޓެއްސަކު ބުނެގެންތޯ ތިއުޅުއްވަނީ މިހާރު ނިދިން ހޭލެވޭއިރަށް ކިޔާލެވެނީ ހެލްތު މިނިސްޓަރ އަމީން ބަލަގަ އެގޮތަށް ހަދިޔާ ކުރާހާ އެއްޗެއް ވާނުވާ ނުބަލާ ބޭނުން ކުރާކަށް ނުވާނެ އަމީނުގެ ވިސްނުމުގެ ބޭނުން ހިފިކަމުން މިފަހަރުވެސް ރާއްޖޭގެ ދެބައިކުޅައެއްބައި ރައްޔަތުން ދުވަސް ދުއްވާލަން އިންޑިޔާއިން މެލޭރިޔާ ބޭސްތަކެއް ގެނެސްގެން އުޅެނިކޮށް އެކަނ
ޢަފީފު އާއި ހިޔަލީ މެޑިކްއިޕް ކޮމްޕެނީން އެއްކަލަ މެސިން ނުގަތީމަތޯ ތިކޯފާވަނީ.
މި ބެއްޔާ ގަނޑު ހާދަވަރަކަށް ހެލްތް މިނިސްޓަރ އަމީނުއާ ޖައްސާލައިގެން މިއުޅެނީ އަމީންހުރި މަގާމު ހޯދައިދޭން ރައްޓެއްސަކު ބުނެގެންތޯ ތިއުޅުއްވަނީ މިހާރު ނިދިން ހޭލެވޭއިރަށް ކިޔާލެވެނީ ހެލްތު މިނިސްޓަރ އަމީން ބަލަގަ އެގޮތަށް ހަދިޔާ ކުރާހާ އެއްޗެއް ވާނުވާ ނުބަލާ ބޭނުން ކުރާކަށް ނުވާނެ އަމީނުގެ ވިސްނުމުގެ ބޭނުން ހިފިކަމުން މިފަހަރުވެސް ރާއްޖޭގެ ދެބައިކުޅައެއްބައި ރައްޔަތުން ދުވަސް ދުއްވާލަން އިންޑިޔާއިން މެލޭރިޔާ ބޭސްތަކެއް ގެނެސްގެން އުޅެނިކޮށް އެކަން ހުއްޓުވީ
އަފީފް ތިހާ އަނގައަރުވަނީ އަފީފްގެ މަސްލަހަތު އޮންނަ ކުންފުންޏަކުން ހަދިޔާކުރި މެސިންތަށް ނުބަހައްޓައިގެންތަ؟އަމީނު ވަރަށް ރަނގަޅަށް އެބަޖެހޭ މިވާގޮތް ރައްޔިތުންނަށް ހާމަކޮށްދޭން.މެސިނު ހިލޭ ހަދިޔާކުރާއިރު އެމެސިން އޮޕަރޭޓްކުރުމަށް ބޭނުންވާ އެހެނިހެން ސާމާނު މި ލިބެނީ މެސިނު ހަދިޔާކުރި އަފީފްގެ ހިއްސާއޮންނަ ކުންފުނިން އެހާމެ ބޮޑުއަގުގަ.އެއަގުގަ އެމެސިނުން ޓެސްޓް ހެދުމަށްވުރެ އެހެން މެސިނަކުން ހަމައެޓެސްޓް އެއަށްވުރެ ކުޑައަގެއްގަ ހެދުމަކީ ސަރުކާރުގެ ބަޖެޓަށް ލުއިވާނެ ކަމެއް އެހެންވީމަ މިވެސް ބަލަންޖެހޭކަމެއް.ހަދިޔާކުރި މެސިނުގެ ރީއެޖެންޓް ބޮޑުއަގުގަ ނުވިއްކިގެން އަފީފް މޮޔަވަނީ އަމިއްލަ ޖީބަށް މިހާރުވެސް ނުހައްގުން ވަންނަ ފައިސާ މަދުވެގެންތަ؟
އަމީނަށް ފާޑު ކިޔަނީ 2008 ގެ ވެރިކަމުގަ ރާއްޖެއަށް އެތެރެ ކުރާ ހުރިހާ ބޭހެއް އެތެރެ ކުރުމުގެ ހުއްދަ މީނާ އަށް ދީ އެސްޓީއޯ ގެ ހުރިހާ ބޭހެއް އެތެރެ ކުރުމަށް މީނާއަށް ދީފަ އޮއްވާ ޔާމީނުގެ ވެރިކަމުގާ އރގްރީމެންޓް ހަމަވުމުން އިންޕޯޓް އެސްޓީއޯ އިން އަމިއްލަޔަށް ކުރާ ގޮތަށް ހަމަޖެއްސުމުން މިހާރު ބޮޑު ފައިދާ ނުލިބޭތީ .ހެލްތުން އެތެރެކުރާ ހެލްތު އިކްވެޕްމެންޓް އެއް ވެސް އަފޒީފަކަށް ނުލިބޭ އެހެންވެ ރުލިއަންނަނީ
މީނާ ހާދަވަރަކަށް ހެލްތުމިނިސްޓަރާ ޖައްސާލައިގެން މިއުޅެނީ؟ ތިޔަބުނާ މެޝިންތަކަށް ދޮޅުއަހަރު ވެއްޖެނަމަ ތިޔައީ ކުރީސަރުކާރުން ހޯދާފާ ހުރި ތަކެތި.
މެޝެން ނޫދީ ފައިސާ ދިންނަމަ ރަނގަޅުވާނެ. ތުން ތުން މަތީން އަޑު އިވޭގޮތުގަ މިނިސްޓަރ ގެންގުޅުވަޔޯ ނޫސްތަކަށް ކޮމެންޓް ކުރަން ކުދިންކޮޅެއް މުސާރަދީގެން އެއީ ތެދެއްތޯ؟
އަފީފު ހާދަވަރަކަށޭދޯ މިނިސްޓަރު ގައިގައި އަޅައިގަނެގެން މިއުޅެނީ. ދެން އަފީފު ކިތައްމެ ބޭނުންވިއަސް މިނިސްޓަރަކަށް ހަމަ މާލިއްޔަތު ޤާނޫނާ ޚިލާފަށް މުއަފަތުން ތިޔަކުންފުންޏަށް ހުރިޙާ އެއްޗެއް ދޭނީ ކިހިނެތް؟ ޢަފީފު ތިޔަހުރީ ޤާނޫން ހަދާ ތަނުގަ ނޫންތޯ؟ ތިވަރު ނާރުވާ ދެން މާލިއްޔަތު ޤާނޫނުގެ ދިޔަދޮވި ތިޔަކޮޅަށް ފަހިވާގޮތަށް ބަދަލުކޮށްލަން ވީނޫންތޯ؟ ޔާމީނު ވެރިކަމުގަވެސް މާލިއްޔަތު ޤާނޫން ބަދަލުކޮށްލައިގެން އެހިންގާލީ ކޮންފަދަ ބޮޑެތި ކަންކަމެއްތޯ! މިއަދު ބާރުގަ ތިޔަތިއްބެވީ އަފީފު މެންގެ ގޭންގު ނޫންތޯ! ނިކަން ފުއްގަނޑު މޮޑެލަބަލަ.
މިހެންދޯ ވާނީ. މެޝިނުހިލޭ. ރީއެޖެންޓް މިމީހުން އަތުންނޫނީ ގަންނާކަށް ނުލިބޭ. ސްޕެއަރ މިމީހުން އަތުން ނޫނީ ގަންނާކަށް ނުލިބޭ. ސާވިސް ކުރެވެނީ މިމީހުންނަށް އެކަނި. ހިލޭދޭ މެޝިނުގެ އަގު މެޝިނުހަދިޔާކުރާފަރާތައް ހަމަވޭ އަހަރު ދުވަސްނުވަނީސް. މި ހުންނަނީ މިޒަމާނުގަ މިހާރު ގެންގުޅޭ ފިޔަފާރީގެ އުކުޅުތައް.
ބެއްޔާ ބުނަންތަ! ވެންޓިލޭޓަރު ގަންނަން ބެއްޔާގެ ކުންފުންޏަށް ނުދިނީ އަގުބޮޑުވީމަ... އެކަމާ ހަސަދަނުވޭ
މިސަރުކާރުން ގެނައި ހުރިހާސްކުތަކެއް އެކުރީ މޫދުގެ އަޑީގަ މީކީ ރައްޔިތުންނަން ކަމެއްކޮށްދޭން އުޅޭބައެއްނޫން މިވެރިން ބާލަން މާލަސްވަނީ އަވަސް
މައުމޫނު މުސްކުޅިވެގެން ހަޅޭލެވި ކާޅު! މީނަ ހީވޭ މާ ބޮޑަށް މުސްކުޅިހެން. މީނަ ހަމަ އޮކޭ އުތަ.
ކުރިންފަހަރަކު އަފީފް ތިގޮތަށް ވަޙަކަ ދެއްކީމަ ކޮންމެވެސްވަރެއްގެ އޯޑަރެއްދިންކަމަށްވަނީ! އަނެއްކާ ބޭނުންވީކަމަށްވެދާނެ!
މީނާ އަކަށް ނޭނގޭ ދޮގެއް ހަދަންވެސް! ކުދިންނޭ ވަރަށް ވިސްނައިތިބޭތި މީ ވަރަށް ނުލަފާ ނޭއްގާނީ މީހެއް!
ތިޔަ މެޝިން ހިލޭ ދޭން ބުނެފައިވާނީ މެޑި އިކުއިޕް އާއި މެޑް ލެބް. ތިމީހުން މެޝިން ހިލޭ ދީފައި އަގު ބޮޑުކޮށް ތިމީހުން އަތުން ސަރުކާރުންވީ ރީ އެޖެންޓް ނަގަން. ގިނަފަހަރަށް ރީއެޖެންޓް ހުންނާނީ އެކްސްޕަޔަރވެފައި .. މިއީ އަފީފް އާއި ހިޔަލީގެ އަމިއްލަ ކުންފުނިތައް ދެން މިކަން ނުވެގެން މިނިސްޓަރު ގޯސްމިވަނީ .... ވަރަށް ވެދުން
އަފީފު ތީ ރައްޔިތުންގެ ފައިސާއިން ބަނޑުފުރާ ކޮއްތު ކޮއްގެން ހުންނަމީހެއް.. ބޭރުފުށައް ފެންނަހާ މާތް މީހެއް ނޫން
މިކަލޭގެޔަށް ލިބެން އޮތްއެއްޗެއް ގެއްލިދާނެތީ ލެވޭ ހަޅޭއެއް ދޯ.
އަފީފަކީ ދުވަހަކުވެސްތެދެއްހެދިމީހެއްނޫން. އަފީފް ނުބުންޏަސް އަހަރެމެންނަށްއިނގޭ މިސަރުކާރަކު ޤާބިލް އެންމެ މިނިސްޓަރެއްވެސް ނެތްކަން.
ކޮންމެފަދަވާހަކައެއްވެސް މި މީހުންދައްކަފަނެ އޭރު އެވަރަށް މެޝިނު ސަރުކާރުން ނުހޯދައދިނީ މާލެއާ އައްޑުއަށްއެކަނި ސަރުކާރުން އެހީވީ މަޖިލީހުންބުނީ ކޮވިޑަކީ އެވަރުގެ ބިރުވެރި ބައްޔެއް ނޫނޭ