މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯ އިން ވިދާޅުވީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. ޓެކްނިކަލް މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ކަރަންޓު އަލުން ދެވޭނެ އިރެއް ބުނަން ނޭނގޭ ކަމަށް ސްޓެލްކޯ އިން ވިދާޅުވިއެވެ.

ނަމަވެސް ދިމާވި މައްސަލަ އެ ކުންފުންޏަކުން ވިދާޅެއް ނުވެއެވެ.

https://twitter.com/STELCOMALDIVES/status/1273135825883140098?s=20

"ދިމާވާނެ ދަތިތަކަށް މައާފަށް އެދެން،" ސްޓެލްކޯ އިން މިއަދު ކުރި ޓުވީޓުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަދު

    ދިވެހި ރާއްޖެ ތަރައްގީ ނުވިވަރު. މީގެ 40 އަހަރު ކުރިންވެސް ހަމަ ކަރަންޓު ކެޑުމުގެ މައްސަލަ. މިއަދުވެސް. މިކަމަށް ހައްލެއް ނެތް. ހައްތަހާވެސް ބުނަނީ ޕުލޭން ކުރިވަރަށް ވުރެ މީހުން ގިނަވެއްޖެޔޭ. ރަނގަޅަށް ޕުލޭން ކުރަން ނޭގެނީބާ!!!. ދުނިޔޭގެ ބަޔެއްގައުމު ތަކުގައި މިހާރު ކަރަންޓު ކެޑުނު ދުވަހެއް ހަދާން ހުރިމީހަކުވެސް ނުހުންނާނެ.

  2. ކިސަޑު

    އިއްޔެ މުގޫ ފަޚުރުވެރިވެފަ ގޮވީ ސްޓެްލްކޯގެ މޮޅުވާހަކަ ބޮޑާނުވޭ ކަރަންޓްވެސް ކެނޑޭނެ ކަރަންޓް ހުންނަންޏާ ސްޓެލްކޯ ސްޓެލްކޯއަކަށް ހެދީ ކާކުބާ؟ ޗަ ސޯލިހުޗޭ ނޫނީ މުގޫޗެ؟ ޖަވާބު ބޭނުން