ކޮވިޑް-19 ގެ ހާލަތުގައި ކުލި ނުދައްކައިގެން މީހުން ގެއިން ނުނެރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދުދީދީ ހުށަހެޅުއްވި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ މާލޭގައި ތަންތަން ކުއްޔަށް ދީގެން އުޅޭ މީހުންނާ ވާހަކަ ދެއްކި އިރު، ކުލި ނުދައްކައިގެން ގެއިން މީހަކު ނެރެން ނުކުރޭނެ ކަމަށް އެ ތަންތަނުގެ ވެރިން ބުނަމުންދާ ކަމަށެވެ. ތަންތަން ކުއްޔަށް ދީގެން އުޅޭ މީހުންނަކީ މަހުޖަނުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ބައެއް މީހުންނަކީ އެމީހުންގެ އަމިއްލަ ގެއިން އެހެން ކޮޓަރިއެއް ކުއްޔަށް ދީގެން އެއިން ލިބޭ އާމްދަނީ އުޅޭ ބައެއް. އެމީހުން ވެސް ތަކުރާރުކޮށް ފާހަގަކޮށްފައި ބުނޭ ކޮވިޑް ހާލަތުގައި ތިމަންނައަށް ލާހިކެއް ނޫނޭ ކުއްޔަށް އުޅޭ މީހަކު ކުލި ނުދެއްކުނޭ ކިއާފައި އެއްލާލަން،" އީވާ ވިދާޅުވިއެވެ.

އީވާ އެގޮތަށް ވިދާޅުވިޔަސް، ކޮވިޑް-19 އާ ގުޅިގެން އާމްދަނީ ނުލިބި، ބައެއް މީހުން ގޭގެ ކުލި ނުދެއްކޭ ހިސާބަށް ދިއުމުން، އެ ތަންތަނުގެ ވެރިން ވަނީ އެމީހުން މަގުމަތިކޮށްލައިފައެވެ. އެފަދަ މީހުންނަށް ޖެންޑަ މިނިސްޓްރީން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އީވާ ވިދާޅުވީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ކުއްލި ނުދައްކައިގެން މީހުން ގެއިން ނެރުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލްގައިވާ ގޮތުން ކޮވިޑް-19 ގެ ހާލަތުގައި އެއްވެސް މީހަކު ގެއިން ނުނެރެވޭނެއެވެ. އަދި ދެ މަހުގެ ނޯޓިހެއް ދިނުމަށް ބިލްގައި އޮތް އިރު، އަސާސީ ހިދުމަތްތައް ކަމަށްވާ ފެނާއި ކަރަންޓު ކަނޑާލައިގެން ނުވާނެ ކަމަށް ބިލްގައިވެއެވެ.

އީވާ ވިދާޅުވީ އީވާ ވިދާޅުވީ ކަރަންޓީނަށް މީހަކު ލުމަކީ އޭނާ އަމިއްލަޔަށް ވަޒީފާއަށް ނުދިއުން ނޫން ކަމަށާއި އެއީ ހާއްސަ ލީވްއެއްކަމަށް ކަނޑައަޅައި އެކަން ކަށަވަރު ކޮށްދީފައި އޮތުމަކީ ރަނގަޅު ކަމެއް ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިއަކަށް އަސަރުކޮށްފިކަން އެންގުމަށްފަހުގައި މެނުވީ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްގެން ނުވާނެކަން ބިލުގައި ފާހަގަކޮށްފައިވާ ކަމަށާއި، އެއީ ވެސް ރަނގަޅުގޮތެއްކަމަށް އީވާ ވިދާޅުވިއެވެ. އަދި ކޮވިޑް-19 އަށް ޓެސްޓް ކުރުމާއި ކަރަންޓީނާއި ކަންކަން އާސަންދައިން ކަވަރު ކުރަންޖެހޭކަން ވެސް ބިލުގައި ފާހަގަކޮށްފައިވާ ކަމަށް އީވާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ބޯގޯސް

    އެއޮތީ ނެރިފަ ކަލޭ މެނައްކުރެވުނީ ކޮންކަ މެއް ކަލޭ މެނައް ކުރެވުނީ މާރާ މާރި ހިންގު މާ މީހުނައް ދުއްޕާންކުރު މާ ވައްކަން ކުރު މާ ޕޮލިހުންނާ ސިފައިން އަޅުވެތި ކުރުން އަނގަފޭކޮއްލާފަ ވާހަކަ މިދައްކަނީ

    27
    1
  2. ގޭނޭ

    ގެދޮރުން ނެރެވޭނެ ގޭގެ ކުލި އެއްބަސްވުމާ އެއްގޮތަށް ނުދައްކަންޔާ ނެރޭނެ ބޮޑުހަރަދު ކޮށް ލޯނުނަގައިގެން ހަދާފަ ހުންނަ ތަންތަން ގިނަވާނީ މާލެގަ ގޭވެރިފަރާތަށް ފައިސާ ނިލިބޭކަމަށް ވަންޔާމު ނުބޭތިއްބޭނެ އީވާގެ ގޭގަ ގެންގުޅެންވީނު މިގޮތަށް މީހުން މަގުމަތިނުކޮށް ނޫނީ މަގުމަތިވާ މީހުން އީވާގެ ގެއަށް ގެންދަންވީނު ކީއް ކުރަން ދައުލަތުން ހަރަދު ކުރަނީ؟

    19
    3
    • Anonymous

      މަޖްލީހުން އެއުޅެނީ ރައްޔިތުން ގަޅިހައްދަން. ހުސްމަޖްބޫރުކަން އެއިބިލީހުންނަށްވެސް އެނގެނެ. ކުލިނަގަނީބލޯނުއަދާކުރަން ފައިސާހޯދަން. ލޯނު ނުދެއްކުނީމަ ގެދޮރު ބޭންކަށް ނަގާނެ. މި އީވާމެން ބޭނުންނަމަ ލޯނު 8 މަހަށް ފަސްކުރަން ގާނޫނެއް ހެދީސް.

    • ޙާނިމް

      އެހެންވެ ބޭންކް ނެރުނީ... ކުރިން ޤައުމީ ބޭންކް ހުރިތަން މީޙުން ހުސްކުރީ އެހެންވެ ދޯ

  3. ނާއިން

    ގޭން ނުނެރޭތީވެ ދޯ މަގުމަތިވެ މީހުންތަށް ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް ކާނދީހެދީ

    17
  4. ސަފީން

    މިހެން ކިޔާލަ ކިޔާލަ އެތާ އެބަތިބޭ..އަޑުގެ ކޮޅަށް ނުނެރެވޭނޭ ގޮވިޔަސް ނެރެމުން ދަނީ..އެތައް ބަޔަކު ނެރެލައިފި.ރައްޔިތުންނަށް ދަޅަދައްކަން ތިތާ ދެއިރު ތިހެން ނުކިޔަސް އޯކޭ.

    14
  5. ފާއިޒް

    ނެރެފަ ނިކަމެތި ކޮށްފަ އެތިބީ ތިހާ ޢިޚްލާސް ތެރި ރަނގަޅު ބައެއްނަމަ އެކަމަށް ޤާނޫނެއް ހަދާބަލަ އަބަދުވެސް މަކަޜާއި ހީލަތް ހަދާގެން ރައްޔިތުން ގުނބޯ ހައްދަން އުޅެނީ ތީ މި ޤައުމު ދަވާލި ސުންޕާ ބައިގަނޑު....

    17
  6. އެމަންޖެ

    ކަލޭމެންނައް ބޭނުން އެއްޗެއް ކިޔިދާނެ ކަލޭމެން ތިޔަ މަޖިލީހަކައް ނުދިޔަޔަސް 750000 އެބަޖެހޭ ކޮއްމެ މަހަކު ، މާލޭގަ އުޅޭ އިރު ތިބޭތާކައް ބައިލާރިވެސް ދައްކާކައް ނުޖެހޭ ، ކަލޭމެން ތިޔަކައި ނަގަނީ ހުރިހާ ދިވެހިރައްޔިތުން ލާރި.

    17
  7. Anonymous

    އީވާ ގެ އާއިލާ ގެ ބޭފުޅުން ކުއްޔަށް ދީފަ ހުންނަ ގެ ތަކުގެ ކުލި ކުޑަ އެއް ނުކޮށް ދޭ... ދެ ގޮތެއް އަންގަނީ ކުލި ދައްކާށޭ ނޫނީ ނުކުންނާށޭ....

    20
    1
  8. މަރޭ

    މިބަލި މަޑުކަން ފެށުނީއްސުރެ ރައްޔަތުން ނަށް އެންމެ ބޮޑު ނިކަމެތި ކަމެއް ލިބެނީ ގޭގެ ކުލި ނުދެއްކިގެން އެކަމަކު މިހާރު 3 މަސް ވީ އިރުވެސް ހަމަ ބަހުސްގަ. ނުނިމި ހަމަ ބަހުސް. މުހިންމީ ކަމެއް ކުރުން. މޮޅެތި ގޮތް ގޮތަށްވާހަކަތަށްދެއްކުން އެއީ އަޑު އަހަން ބޭނުންވާ އެއްޗެއް ނުން.

    13
  9. ރަދީފް ހުސެން

    ނެރެވޭނެ، މީ ކަލޭމެންގެ ތަރިކަ މުދަލެއްނޫން. މީހުން ބައިތިއްބަން ބޭނުމިއްޔާ ކުލިގެނޭ. މުޅި މާލިއްޔަތު ތިވަގުންތައް ބަނޑު އަޅާފަ، ނުވިތާކައް ގައުމުތަކުން ފޯރުކޮއްދިން ހިލޭއެހީޔާ ރައްޔިތުންނައް މިހާލަތުން އަރައިގަންނަން އެތައް ތަނަކުން ދިން މިލިޔަން ޑޮރަުގެ ލުއިލޯނުތަކުން ރައްޔިތަކައް ފަށޭހަޔަކައް ލާބަޔައް އެއްޗެއްނުދީ ގާތް އައުވާނުންނައް ބަހާފަ އަދި ނުވިތާކައް ތިބަލަނީ މަގޭ އަމިއްލަ މުދަލަްވެސް އަރައިގަންނަންތަ.

  10. ދަނޑި ދޫނި

    އާނ! ނުނެރެވޭނެއޭ ބުނަނީ އެކަމަކު ގޭގެ ވެރިމީހާ ބޭން ލޯނަށް ބަރާބަރަށް ލާރި ދައްކަން ޖެހޭ ނޫންނަމަ ލުއި ދިނަސް އިންޓްރެސްޓް ބޮޑުތަނުން ދައްކަންޖެހޭ.. ކަލޭމެންނަކީ މައްސަލައެއް ހައްލުކުރަން އެނގޭބައެއްތަ؟ ހުދު ކަލެޔަށް އެނގެނީ ކޮޅުފައިން ޖަހަން. ދެން ރަށްޔިތުންގެ ފައިސާއިން ވައްކަންކުރަން. އިތުރަށް ބިކިނީ ލައިގެން ން. މިވާހަކަތަށް ނުދައްކާ ވޭތޯ މިބަލަނީ..

  11. މަބޭ

    ތިޔަވާހަކަ ދައްކާއިރު ނަސީދުގެބޭބެ ނާސިދު ވެސްވަނީ އޭނާގެގޭގަ ކުއްޔައްތިބިމީހުން ކުލިކުޑަކޮއްދިނުމައް.އެދުމުން.ގޭންނެރިފަ އަންގައޮތީމަ ކޮންމެއެއްޗެކޭވެސް ކިއިދާނެ ނަމަވެސް ތީއެއްވެސް އިހުލާސްތެެިކަމެއް ގުރިބައެއްނޫން

  12. މުހައްމަދު

    އެއީކަލޭ ބޮޑުހަ ރަދުކޮށްގެން ހަދާފަހު ރިތަންތަން ވީޔާ!! ކަލޭއަމުރުކުރަން...
    ގޭގަތިބިމީހުންނަށް އަމު ރުކޮށްބަލަ...

  13. އަހުމަދު

    ނުނެރެވޭނެޔޭ ބުނާ އިރު ކޮންމެ ރެއަކު ޓީވީ އިން އެބަބުނޭ އެތަށް ބަޔަކު މަގުމަތިވެގެން ސަރުކާރުން އެހީ ވެދީފިޔޭ ނޭގޭ މިވެރިން ދައްކާ ވާހަކަ އެއް.

  14. ހޫދު

    ލޯނު ދެއްކުން 6 މަހަށް ފަސްކުރަންވެސް ތި ފާޓް މަޖްލިހުން ފާސްކޮށްލަބަ!

  15. Anonymous

    އިހްލާސްތެރިކަމެއް ހުރިނަމަ ލޯނުތައް ފަސްކުރަން ނިންމީސް. އޭރައްއެތަޢް ބަޔަކަށް ކުލިނުލިބުނަސް ދަތިނުވީސް. މިހާރު ލިބޭ ކުލިން ލޯނު ދައްކަނީ. ކުލިނުލިބެންޏާ ކިހިނެއް ލޯނު ދައްކާނީ؟

  16. މުގުރި

    ގޭގެ ވެރިން އެބަޖެހޭ 20ހާސް ނަގާއިރު ކުލިން ދެބައިކޮޅަށްއެެއްބައިކަޑާލަށް މިހާރުވެސް ކުލިމިދައްކަމުންމިދަނީ އެކަމުވެސްނުކެރޭ ކުލީގެ ދެބައިކޮޅަށްެއެއްބައިވެސްކަދާލަން. ސަރުކާރުންބެންކަން ދައްކަންޖެހޭއެއްްޗެއް ކަޑާލާފައިވާއިރުވެސް. ކޮންމެ ކޮތެއްވިޔަސްމިހާރު އާމުދަނީވަރަށް ދަތިވެއްޖެ . އެކަމުވެސްގޭގެވެރިމީހާ ބޭނުންވަނީ ކުރިންލިބުނުކުލި. މިދުވަސްވަރު އެބަޖެހޭ ކުލީގެ ހާފްކަޑާލަދޭން . ސަރުކާރުން މިކަމަށް މަޖުބޫކުރުވަންއެބަޖެހޭ.

  17. ހަސަންބެ

    މި މަމަންޖެވެސް ބައެއްފަހަރު ރަގަޅު އެއްޗިސް ކިޔާ ދެއްތޯ އިއްޒައްތެރި ރައީސް

    1
    2
  18. ނޭގޭތީ އަހާލީ

    ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސީވެސް ބަދަލު ނުކުރެވޭނެ.. އެކަމަކު އެކަމާ ތެޅުނީވެސް ހަމަ ތިކުއްޖާ ތޯ؟

  19. ސަޓޯ

    ކުލިދެނީ ދެން ކާކު.. އީވާ އައްޕަގެ ރިސޯރޓުންތަ ؟؟

  20. ދަފްތޫރީ އަބްދުލް އަޒީޒ

    ބަލަ މިގައުމުގެ ރައްޔިތުން ކުއްޔައް އުޅެންޖެއްސީ ސީދާ ސަރުކާރުން ރާވައިގެން ރައްޔިތުން އަޅުވެތިކޮއް ފަސޭހަ ކަމައެކު ވޯޓްހޯދަން އެދިގުރާސްތާ 30 އަހަރުފެއްޓިކުޅިވަރެއް ގާނޫނު އަސާސީގަ އޮންނަކަމައް ދައުވާ ކުރާ ހަމަހަމަކން ނަސްލަކައް ރަށަކައް އާއިލާ ލަކައް ކަޅަކަސް ދޮނޮކަސް އެއައަސާސީ ޙިދުމަތުން މިމާލޭގެ ރައްޔިތުން މަހުރޫމް ކޮއް ފުލެޓްގެ ނަމުގައި ގެސްޓް ހައުސް އަޅައިގެން ރައްތިޔުން ރެފުއުޖީންނައް ހެދީ ނަސްލީއިމްތިޔާޒެއްގެ ދަށުން ހަމަ އެކަނި މިމަލޭގެ ރައްޔިތުމީހާ ވޯޓްލާންވީމަ އައިސް ފޮނި ހުވަފެން ތައްކަނީ މިހާރުވެސް މާލޭގެ އާއި ހުޅުމާލޭގެ ބިންތައް ފަޅައްބައްވައިގެން މުސްސަދިންނައް ބިންތައްވިއްކައިގެން ފުލެޓް އަޅުވާފައި ރައްޔިތު މީހާޔައް ބޮޑު އަގުގައި ދެން މިޔަދު ވޯޓް ކައިރިވީމަ މާރައްޔިތުންދެކެ ލޯބިވާކަމައް ހެދިގެން އުޅުނަކަސް ވާހަކަ ދެއްކިދާނޭ ޙުދުތިމާމީހާ ދެކެ ލޯބިވެގެންނޫންތޯ އެހެން މީހަކާ އަޅާލެވޭނީ

  21. ދަފްތޫރީ އަބްދުލް އަޒީ

    ބަލަ މިގައުމުގެ ރައްޔިތުން ކުއްޔައް އުޅެންޖެއްސީ ސީދާ ސަރުކާރުން ރާވައިގެން ރައްޔިތުން އަޅުވެތިކޮއް ފަސޭހަ ކަމައެކު ވޯޓްހޯދަން އެދިގުރާސްތާ 30 އަހަރުފެއްޓިކުޅިވަރެއް ގާނޫނު އަސާސީގަ އޮންނަކަމައް ދައުވާ ކުރާ ހަމަހަމަކން ނަސްލަކައް ރަށަކައް އާއިލާ ލަކައް ކަޅަކަސް ދޮނޮކަސް އެއައަސާސީ ޙިދުމަތުން މިމާލޭގެ ރައްޔިތުން މަހުރޫމް ކޮއް ފުލެޓްގެ ނަމުގައި ގެސްޓް ހައުސް އަޅައިގެން ރައްތިޔުން ރެފުއުޖީންނައް ހެދީ ނަސްލީއިމްތިޔާޒެއްގެ ދަށުން ހަމަ އެކަނި މިމަލޭގެ ރައްޔިތުމީހާ ވޯޓްލާންވީމަ އައިސް ފޮނި ހުވަފެން ތައްކަނީ މިހާރުވެސް މާލޭގެ އާއި ހުޅުމާލޭގެ ބިންތައް ފަޅައްބައްވައިގެން މުސްސަދިންނައް ބިންތައްވިއްކައިގެން ފުލެޓް އަޅުވާފައި ރައްޔިތު މީހާޔައް ބޮޑު އަގުގައި ދެން މިޔަދު ވޯޓް ކައިރިވީމަ މާރައްޔިތުންދެކެ ލޯބިވާކަމައް ހެދިގެން އުޅުނަކަސް ވާހަކަ ދެއްކިދާނޭ ޙުދުތިމާމީހާ ދެކެ ލޯބިވެގެންނޫންތޯ އެހެން މީހަކާ އަޅާލެވޭނީ

  22. Anonymous

    ފޮނި ނުކަނޑާ އަމިއްލަ ގެދޮރު ނެތް މީހުންނަށް ހުޅުމާލެ ފްލެޓުތައް ހަވާލުކޮށްބަލަ. ގިނަ މީހުން ތިބެނީ 3-4 ފްލެޓު / ރޯހައުސް ގަނެލައިގެން ކުއްޔަށް ދީގެން މަހުޖަނުންނަށް ވެފަ

  23. ޖަމަ

    ހަޔާތް !

  24. ހަސަދު

    ބައްލަވާ އިވާ ކުއްޔަކީ ގޭވެރިމީހާ ވެސް ޑިޕެންޑުވާ އެއްޗެކޭ. ގެކުއްޔަށް ދެނީ މަޖާކުރަން ލާރި ހޯދަކަށް ނޫނެވެ. ކުލި ލިބުނީމާ އެތައްބައިވަރު ޚަރަދެއް ކުރަން ހުރެއެވެ. ދެން ކުލި ނުދިނަސް ގޭގައި ބައިތިއްބަން ވީތޯއެވެ، ވަރަށް މުއްސަދި ކޮށް ބޮޑެތިވެ، ރިސޯޓު އޯނަރުންގެ ދަރިންނަކަށް ނޭގޭނެ މާލޭގަ މީހުން އުޅޭ ގޮތެއް. ސިސާޔީ ޕޮއިންޓު ޙޯދަން ވެސް މާލޭ މީހުންނަށް ގެއްލުން ނުވާފަދަ ވާހަކަ ދައްކަވާ. ތިޔަބޭފުޅާ އަކީ އިންތިޚާބަށް ފަހު ދާއިރާގެ މީހަކާ ވާހަކަ ވެސް ދައްކަވާ ބޭފުޅެއްނޫން.