އަތް ދޮންނަން ބޭނުންވާ ތަކެތި ޝަރީފާ ފައުންޑޭޝަނުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ހުރިހާ މިސްކިތަކަށް ހަދިޔާކޮށްފިއެވެ. ޝަރީފާ ފައުންޑޭޝަނަކީ ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ) ގެ މަންމާފުޅުގެ ހަނދާނުގައި އުފައްދަވާފައިވާ ފައުންޑޭޝަނެކެވެ.

ޝަރީފާ ފައުންޑޭޝަންގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެމުން މިއަދު ވިދާޅުވީ މޭލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ 35 މިސްކިތައް އެފައުންޑޭޝަނުން އަތްދޮންނަ ސޯޕް އާއި ސޯޕް ޑިސްޕެންސާ ހަދިޔާ ކޮށްފައިވާ ކަމަށެވެ.

"އެތަކެތި މިއަދު ހެނދުނު ވަނީ މާލޭ ސިޓީ ކައުންސިލާއި ހަވާލު ކޮށްފައި. މިއީ ކޮވިޑް-19 އާއި ގުޅިގެން މަންޑޭ ކުރިއަށް ގެންދާ އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ ޕްރޮގްރާމްގެ ބައެއް. އަދި ކުރިއަށް އޮތްތަނުގައި ވެސް އިތުރު ތަންތަނަށް އެހީގެ ތަކެތި ފޯރުކޮށްދެމުން ދާނެ." އޮފިޝަލް ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އެންމެ ގިނަ ބަޔަކަށް އެހީގެ ތަކެތި ފޯރުކޮށްދިން ވިޔަފާރިވެރިޔަކީ މަންޑޭ އެވެ. އޭނާ ކުރިއަށް ގެންދާ އެހީގެ ޕްރޮގްރާމްގެ ސަބަބުން މީސް މީޑިއާގައި ގިނަ ބަޔަކު ގެންދަނީ އޭނާ އަށް ތައުރީފް ކުރަމުންނެވެ. ހުރިހާ ވިޔަފާރިވެރިން ވެސް މަންޑޭ މިސާލެއްގެ ގޮތުގައި ބެލުމަށް މީސް މީޑިއާގައި ވަރަށް ގިނަ މީހުން ގޮވާލާފައި ވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މަންޑޭ ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް އެހީގެ ތަކެތި ފޮނުވާފައެވެ. އަދި ފުރަތަމަ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ވަނީ އެހީގެ ތަކެތި ދީފައެވެ. މީގެ އިތުރުން މަޖޫރީންނާއި ބައެއް މީޑިއާތައް އަދި ބައެއް ސްކޫލްތަކަށް ވެސް ވަނީ އެހީގެ ތަކެތި ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ރަބަރޭ

  މަމްދޫހް ތިޔަކުރަށްވާ ސަދަގާތުބަރަކާތް ލައްވާ މަމްދޫހް ގެ ލޮބުވެތި މަންމަޔަށް ސުވަރުގޭގެ ދާއިމީނިއުމަތް މިވަރު ކުރަށްވާ ފާދޭވެ އާމީން

  14
 2. ާައަހުމަދު

  ތީ އެހީއެއްނޫ ތީއިސްތިހާރު. އެހީ ދޭއިރު ކަނާއަތުންދޭ އެތި ވާތަށްވެސް އެގިގެން ނުވާނެ.

  11
  5
 3. ސަމްސު

  އިސްލާމްދީނުގައި ދެގޮތްވެސް ހުއްދަ. ފާޅުގާދިނަސް ސިއްުރުންދިނަސް. ދެން އެދޭމީހާގެ ހިތުގައި އޮތްގޮތެއްގެ މައްޗަށް އޭނަށް ގިޔާމަތްދުވަހު ޖަޒާދެވޭނީ.

 4. އިބޫ

  މިސްކިއްތަކަށް ހަދިޔާ ކުރާ ތަކެތީގަވެސް އިސްތިހާރުޖަހާފަ