ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ދަތިތަކާ ހުރެ ކުލި ނުދެއްކިގެން އުޅޭ މީހުން ގެއިން ނެރުމުގެ ކުރިން ދެ މަސް ދުވަހުގެ ނޯޓިސް އެބަޔަކަށް ދޭން ލާޒިމުކޮށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލްގައި ހިމަނައިފިއެވެ.

ސަރުކާރުގެ ފަރާތުން، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދުދީދީ ހުށަހެޅުއްވި ބިލްގައި ވަނީ ބިލަށް އަމަލު ކުރަން ފަށާ އިރު، ދިރިއުޅުމުގެ ބޭނުމަށް ތަނެއް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް ދިރިއުޅުމަށް ކުއްޔަށް ދޫކޮށްފައިވާ އެއްވެސް ތަނެއްގެ އެއްބަސްވުން ނިމުމަކަށް ގެނެސް، އެތަނެއްގައި ދިރިއުޅޭ ފަރާތްތައް ތަން ދޫކޮށް ދިއުމަށް ތަނުގެ ވެރި ފަރާތަށް އެންގޭނީ އެ ތަނެއްގައި ދިރިއުޅޭ މީހުންނަށް މަދުވެގެން 60 ދުވަހުގެ ނޯޓިހެއް ދިނުމަށް ފަހުގައި ކަމަށެވެ.

ބިލަށް އަމަލު ކުރަން ފަށާ އިރު، ދިރިއުޅުމަށް ތަނެއް ކުއްޔަށް ދީފައި ވަނީ ލިޔުމުން ވެވޭ އެއްބަސްވުމަކާ ނުލައި ކަމަށްވިޔަސް، އެފަދަ ތަނެއްގައި ދިރިއުޅޭ މީހުން ތަން ދޫކޮށް ދިއުމަށް ވެރި ފަރާތަށް އެންގޭނީ ދިރިއުޅޭ މީހުންނަށް މަދުވެގެން 60 ދުވަހުގެ ނޯޓިހެއް ދީފައި ކަމަށް ބިލްގައިވެއެވެ. ބިލްގައިވާ ގޮތުން ވެރި ފަރާތުން ނޯޓިސް ދޭން ވާނީ ލިޔުމަކުންނެވެ. ދެ މަހުގެ ކުރިން ތަނުން ނުކުމެގެން ދިއުމަށް އަންގައިގެން ނުވާނެ ކަމަށް ބިލްގައިވެއެވެ. އަދި ޝަރީއަތަށް މައްސަލަ ހުށަހަޅައިގެން އެތަނަކުން މީހުން ނެރެން މަސައްކަތްކޮށްގެން ނުވާނެ ކަމަށް ބިލްގައިވެއެވެ.

ބިލްގައި ވަނީ 60 ދުވަހުގެ ތެރޭގައި ވެރި ފަރާތުން ފެނާއި ކަރަންޓާއި މުއާސަލާތީ ހިދުމަތްތައް ކަނޑާލައިގެން ނުވާނެ ކަމަށެވެ. އަދި ކުއްޔަށް ހިފާ ފަރާތުން މިނިވަންކަމާ އެކު ތަނުގެ ދިރިއުޅުމަށް ހުރަސް އެޅޭ ފަދަ އަމަލުތައް ކޮށްގެން ނުވާނެ ކަމަށް ބިލްގައިވެއެވެ.

މިފަދަ ކަމެއް ކުރާ މީހަކު، 5،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބިލްގައިވެއެވެ. އަދި މިއާ ހިލާފަށް އަމަލު ކުރާ މީހުންގެ މައްސަލަ ހައުސިން މިނިސްޓްރީ އަށް ހުށަހެޅޭނެ ކަމަށް ބިލްގައި ބުނެފައިވެއެވެ. އެކަމަކު، ހައުސިން މިނިސްޓްރީއަކީ މިހާރު އުވާލާފައި އޮތް މިނިސްޓްރީއެއް ކަމުން، ބިލް ކޮމިޓީ މަރުހަލާގައި ދިރާސާ ކުރާ އިރު، މިއަށް ބަދަލު އައުމަކީ ގާތް ކަމެކެވެ.

ބިލްގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19ގެ މި މުއްދަތުގެ ތެރޭގައި ރަހުނު ތަންފީޒު ކުރުމުގެ އެއްވެސް ކަމެއް ކުރިއަކަށް ނުގެންދެވޭނެއެވެ.

ބިލްގައި ސަރުކާރަށް ލާޒިމްކޮށްފައިވާ ކަންކަމުގެ ތެރޭގައި ދިރިއުޅޭނެ ތަނެއް ނެތް މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ކާބޯތަކެތި ހޯދޭނެ ގޮތެއް ނެތި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ވަގުތީ ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އާންމު އުސޫލުން މީހުން ވަޒީފާއިން ވަކިިކުރުމާއި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވުމާއި މުސާރަތައް ކުޑަކުރުމަކީ ބިލްގައި މަނާ ކަމެކެވެ. އެކަމަކު ވަޒީފާ ދޭ ފަރާތަށް ނުރަނގަޅު އަސަރުތަކެއް ކުރުމުގެ ސަބަބުން އާމްދަނީ ދަށްވެ، މުވައްޒަފުންނަށް ކުރިން ދެވޭ މުސާރަތައް ނުދެވޭ ނަމަ، އެފަދަ ފިޔަވަޅުތައް އެޅުން ބިލްގައި ހުއްދައެވެ.

ވަޒީފާދޭ ފަރާތްތަކަށް ލާޒިމް ކަންކަމުގެ ތެރޭގައި ކަރަންޓީންގައި ހުންނަން ޖެހޭ ހާލަތުގައި ހާއްސަ ޗުއްޓީއެއް ދިނުމާއި ދަތުރުފަތުރާ ގުޅިގެން އަޅަން ޖެހޭ ހާއްސަ ފިޔަވަޅުތަކެއްގެ ސަބަބުން ވަޒީފާއަށް ދިއުމަށް ހުރަސް އެޅޭ މީހުންނަށް ހާއްސަ ޗުއްޓީ ދިނުމާއި ބައްޔަށް ފައްސިވާ މީހުންނަށް ސަލާމްގެ ޗުއްޓީ ހަމަޖައްސައި ދިނުމާއި އާއިލީ ޒިންމާގެ ޗުއްޓީ ހަމަޖައްސައި ދިނުމާއި ހާއްސަ ޗުއްޓީގެ ގޮތުގައި ދެވޭ ދުވަސްތައް މުވައްޒަފަށް ހައްގުވާ އެހެން ޗުއްޓީތަކުގެ މުއްދަތަށް އުނި ނުކުރުން ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނިކަމެތި

    ކަލޭމެން ނޯޓިސް ދީދީ ތިބެން ޖެހޭނީ ، ވެރިން ނެރެލަންވީމަ ހަމަ ނެރެލާނީ ބަލާބަލަ އަންނި މިދިވެހި ގައުމައް އޭނަ ބޭނުން ގޮތެއް ހަދަމުން އެދަނީ ކަލޭމެން ހަމަތިބެން ޖެހޭނީ ކުޅިބަލަ.

    28
    4
  2. Anonymous

    މަޖްލީހުން އެއުޅެނީ ރައްޔިތުން ގަޅިހައްދަން. ހުސްމަޖްބޫރުކަން އެއިބިލީހުންނަށްވެސް އެނގެނެ. ކުލިނަގަނީބލޯނުއަދާކުރަން ފައިސާހޯދަން. ލޯނު ނުދެއްކުނީމަ ގެދޮރު ބޭންކަށް ނަގާނެ. މި އީވާމެން ބޭނުންނަމަ ލޯނު 8 މަހަށް ފަސްކުރަން ގާނޫނެއް ހެދީސް.

    18
    2
  3. ހައުސް އޯނަރު

    ކުއްޔައް ހިފާފަރާތުން ދެތިން މަހުގެ ކަރަންޓު ބިލާ ފެން ބިލް ނުދައްކާ ތަން ހަޑިކޮއްފަ އަވަހައް ކޮންމެވެސް އެހެން އާ އެޕާރޓްމެންޓް އެއް ކުއްޔައް 3 އަހަރު ނަގައިގެން އެތަނުން ނުކުންނައިރު އެތަން ވެސް ބަލާ ލަން ނުކެރޭވަރަށް ހަޑި ކޮއްފަ އޮންނާނީ. އަދި ނުވިތާކަށް ދެމަހުގެ ކުލި ނުދީ ފެނާއި ކަރަންޓު ބިލު ނުދައްކާ ފިލަނީ. ދްން މިޖެހެނީ ހައުސް އޯނަރު ޒިންމާނަގަން. މިނޫން ގޮތަކައް ކުއްޔައް ހިފާ ފަރާތް ޒިންމާދާރު ކުރުވޭނީ ކިހިނއެއް. ކިހިނެއް ވާނެތޯ ކުއްޔައް ހިފާފަރާތް ސުޓެލްކޯ އާއި އެމްޑަބިލުޔުއެސްސީ ގަ އެގްރީމަންޓުގެ ކޮޕީ ފޮނުވުމުން އެމީހުން ފަރާތުން އެބިލުގެ ފައިސާ ހޯދަން ދުވިއްޔާ.

    21
    3
  4. އިންނު މުހައްމަދު

    ކުލި ކުޑަކުރަން ބޭނުންނުވަނީތާ މަޖިލީހުން

    15
    2
  5. ތިރިބެ

    ކަރަންޓުބިލާ ފެންބިލް ސަރުކާރުން މާފުކުރާނެ ދޯ

    10
  6. އަހާ

    ކުލިނުދައްކާ ދެމަސްވީމަ ނޯޓިސް އިތުރުދެމަސް ހަތަރުމަހުގެ ކުލި ފެން ކަރަންކަރަންޓު ބިލު
    ޒިންމާވާނީ ކާކު
    ބޯހަލާކު
    އިދިކޮޅުގަތިބޭއިރު ދައްކާވާކަ ރަގަޅުހެންހީވޭ
    ވެރިކަންލިބުނީމަ ދައްކާވާހަކަ ކުރާކަންތައް ؟

  7. ދަފްތޫރީ އަބްދުލް އަޒީޒ

    ބަލަ މިގައުމުގެ ރައްޔިތުން ކުއްޔައް އުޅެންޖެއްސީ ސީދާ ސަރުކާރުން ރާވައިގެން ރައްޔިތުން އަޅުވެތިކޮއް ފަސޭހަ ކަމައެކު ވޯޓްހޯދަން އެދިގުރާސްތާ 30 އަހަރުފެއްޓިކުޅިވަރެއް ގާނޫނު އަސާސީގަ އޮންނަކަމައް ދައުވާ ކުރާ ހަމަހަމަކން ނަސްލަކައް ރަށަކައް އާއިލާ ލަކައް ކަޅަކަސް ދޮނޮކަސް އެއައަސާސީ ޙިދުމަތުން މިމާލޭގެ ރައްޔިތުން މަހުރޫމް ކޮއް ފުލެޓްގެ ނަމުގައި ގެސްޓް ހައުސް އަޅައިގެން ރައްތިޔުން ރެފުއުޖީންނައް ހެދީ ނަސްލީއިމްތިޔާޒެއްގެ ދަށުން ހަމަ އެކަނި މިމަލޭގެ ރައްޔިތުމީހާ ވޯޓްލާންވީމަ އައިސް ފޮނި ހުވަފެން ތައްކަނީ މިހާރުވެސް މާލޭގެ އާއި ހުޅުމާލޭގެ ބިންތައް ފަޅައްބައްވައިގެން މުސްސަދިންނައް ބިންތައްވިއްކައިގެން ފުލެޓް އަޅުވާފައި ރައްޔިތު މީހާޔައް ބޮޑު އަގުގައި ދެން މިޔަދު ވޯޓް ކައިރިވީމަ މާރައްޔިތުންދެކެ ލޯބިވާކަމައް ހެދިގެން އުޅުނަކަސް