ރާއްޖެއިންވެސް މިހާރު ފެނިފައިވާ ކޮވިޑް-19ގެ ހާލަތުގެ ކުރިން ފަތުރުވެރިކަމުގެ ދާއިރާއިން ނަގަމުން އައި ޓެކްސްގެ ފިޔަވާ އިތުރު ޓެކްސެއް ނުނެގުމަށާއި، އާ އާއްމު ހާލަތުގެ އުސޫލާއި އެކު ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލުމުން، ރާއްޖެ އަންނަ ފަތުރުވެރިން ކަރަންޓީން ނުވެ އެތެރެ ވެވޭނެ ފަދަ ނިޒާމެއް ގާއިމް ކުރުމަށް ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ

އެ އިސްލާހަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲއެވެ. މި ހުށަހެޅުން މަޖިލީހުން ފާސްކުރީ ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 55 މެމްބަރުންގެ ވޯޓުންނެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ، ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މަޖިލީހަށް ފޮނުއްވާފައިވާ "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން" އާ ބެހޭގޮތުން މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި މަޝްވަރާކުރުމަށްފަހު މަޖިލީހަށް ހުށަހެޅި ރިޕޯޓް، މަޖިލީހުން ގެނައި އިސްލާހުތަކާއި އެކު ފާސްކުރައްވަމުންނެވެ.

މި ރިޕޯޓް ފުރަތަމަ ހުށަހެޅި އިރު ކޮވިޑް-19ގެ ކުރިން ފަތުރުވެރިންގެ އަތުން ނަގަމުން އައި ޓެކްސްގެ އިތުރުން، އިތުރު ޓެކްސްތަކެއް ނެގުމަށް ސަރުކާރަށް ހުށަހެޅުމަށް ހިމަނާފައިވީ ނަމަވެސް، ފަހުން މެމްބަރުން ވަނީ އެކަމަށް އިއުތިރާޒްކުރައްވާ އެކެމާއި ވަނީ ދެކޮޅަށް ވާހަކަދައްކަވާފައެވެ.

އެ ރިޕޯޓްގައި ފުރަތަމަ ހިމެނުނީ ރާއްޖޭގެ ފަތުރުވެރިކަން އަލަށް ފަށާއިރު ހާއްސަ ހުއްދައެއް ލިބގެން ދަށުން ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތަކާއި، ޗާޓަޑް ފްލައިޓްތައް ޖެއްސުމަށް ފީއެއްގެ ގޮތުގައި 50،000 ޑޮލަރު ނެގުމަށެވެ.

އަދި ކޮންމެ ފަތުރުވެރިއެއްގެ އަތުން ކޮވިޑް-19 އަށް ޓެސްޓްކުރުމަށް 100 ޑޮލަރު ނެގުމަށާ، ކޮންމެ ފަތުރުވެރިއެއްގެ އަތުން ބޮލަކަށް ރެއެއްގެ މައްޗަށް ޓޫރިޒަމް ކޮވިޑް ޓެކްސްގެ ނަމުގައި 8 ޑިލަރު ނަގަން ހިމަނާފައި އޮތެވެ.

އެހެެންނަމަވެސް އެ ޓެކްސްތައް ކަނޑާލަން ރިޕޯޓަށް އިސްލާހު ހުށަހަޅާފައި ވަނީ އަލުން ފަތުރުވެރިކަން ހުޅުވާލާއިރު ލުއިފަސޭހަ ގޮތްތަކެއް ހޯދާ ދިނުމުގެ ގޮތުންނެވެ.

މެންބަރުން ވިދާޅުވީ މިހާލަތުގައި އެންމެބޮޑު ސަމާލުކަމެއްދޭންވީ އިގްތިސާދު ފެށޭނެ ގޮތެއް ހަމަޖައްސައި ރާއްޖެއަށް ފައިސާ އިންކަން ލިބޭނެ ގޮތެއް ހެދުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ބޮޑާބެ

  ކޮންމެސް ބަޔަކު މަގުމައްޗައް ނުކުމެގެން ނަމަވެސް މިބައިގަނޑު އަތްދަށުން މިޤައުމު ސަލާމަތްކުރަން މަސައްކަތް ކުރަންވެއްޖެ އަދި މިއުޅެނީ ޤައުމު ހަމައަކައްނޭޅިގެން ޕޮޒިޓިވު ވާވަރުންވަނީ އަނެއްކޮޅުންރާއްޖޭން ބޭރުންއަންނަ ފަތުރުވެރިން ޓެސްޓަކާނުލާ އެތެރެވުމުގެ ހުއްދަދެނީ ލާރިބޭނުންވިއަސް ބޮޑުވަރު

  31
  1
 2. އަނިޔާ

  ރައްޔިތުން އެޑްމިޑް ކުރަން ބޭނުންވަނީތަ

  15
 3. ލާރިގަނޑު

  ސަ ރުކާ ރު އެއުޅެނީ ބަނޑަށް ޖެހިގެންތަ..

 4. ރޯދަ މުބާރިކް

  ބޮޑު ރިސްކީ ނިންމުމެއް! ދެރަގޮތެއް ނުވްއްޔާމު ރަންގަޅު!

 5. ގަބޭ

  އާންމު ރައްޔިތުމީހާ މިދާންޖެހެނީ ކަރަންޓީނައް ފަތުރުވެރިޔެއް ވެއްޖެޔާ ޓެސްޓްކުރުމެއްނެތި ރިސޯޓައް ތިގަވާއިދައް ސަދޫމްގަވައިދުގެ ނަމުންނަންދޭންވެސް ފެނޭ

 6. Anonymous

  ރާއްޖޭގެ ނިކަމެތި މީހާ މި ޖެހެނީ ގައުމުން ބޭރުގަ ހުރެފަ ޗުއްޓީ އަށް ގޮއްސަ އާއިލާއާ ބައްދަލު ނުވެ 20 ވަރަކަށް ދުވަސް އެކަހެރި އުޅެން.
  މި ޓޫރިސްޓުން ފަރާތުން ބަލި އެތެރެ ވީވެސް، އަދިވެސް ހަމަ އެމީހުންގެ ނުރައްކާ ކުޑައެއް ނޫން

 7. ޅަވިޔަނި

  ނިދާފަތިބެ ދިވެހިންނޭ

 8. ޙޭލާ

  މީގެ އަސްލު މަޤްޞަދު ވަރަށް ސާފް ، ބޭނުންވަނީ ގިނަ އަދަދަކަށް ރާއްޖޭގައި މިބަލިފަތުރާލަން ، އެއީ ޑަބްލިޔު.އެޗް.އޯއިން އެހީދެނީ ވަކިވަރަކަށް މިބަލީގެ ޕޮޕިއުލާ ގިނަ ޤައުމުތަކަށް ކަަމަށްވަނީ ، ހެޔޮވާނެތަ ، ލާރިޔާ ހެދި ބޫތުކާފަ އޮތް ވެރިންތިބި ދައުލަތެއް ، ރައްޔިތުންތިބެ އަތޮޅުވެރިން ހެދިފަ ވަލުގަ ހިފާގެން

 9. އެމަންޖެ

  ކަލޭމެން ބޭނުން ގޮތަކައް މިގައުމު ހިންގަންވީ ، ގައުމުކައި ހުސްކޮއްބަލަ.