ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ޕީއެސްއެމްގެ ދަށުން ހިންގާ ދިވެހި ރާއްޖޭގެ އަޑުގެ ޓެކްނީޝަނެކެވެ.

އޭނާ އަކީ ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީީ)ން ވާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުންތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފެކެވެ.

"ވަގުތު"އަށް މައުލުމާތު ދެމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަލީ ހާލިދު ވިދާޅުވީ، ފައްސިވި މުވައްޒަފު މިހާރު ހުރީ ގޭގައި ކަރަންޓީންކޮށްފައި ކަމަށެވެ.

"ފައްސިވި މުވައްޒަފުގެ ހާލަތު ރަނގަޅު، އިތުރު ކޮމްޕިލިކޭޝަންެއެއް އަދި ނެތް". އަލީ ހާލިދު ވިދާޅުވިއެވެ.

އޭނާ ކޮވިޑް-19 އަށް ފައްސިވެފައި ވާކަން އެނގުނީ 15 ޖޫންގައެވެ. އަދި އޭނާގެ ކޮންޓެކްޓް ޓްރޭސިން ހަދައި، އޭނާއާ ކޮންޓެކްޓްވި އަށް މީހަކު ވަނީ ގޭގައި މަޑު ކުރަން އަންގާފައެވެ.

އޭނާ ކޮވިޑް-19 އަށް ފައްސިކަން އެނގުނީ ވަކި ތަރުތީބެއް ނެތި މާލެ ސިޓިން ނެގި ސުންކު (ސާމްޕަލް)އަކުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 2110 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހާމިދު ޝާހިދު

    ފައްސިވީ ވަރަށް އަހުލާގު ރަނގަޅު 4 ވަގުތު ނާޅާ ނަމާދު ކުރާ ކުއްޖެއް. އޭނާއަށް ކެތްތެރިކަން ދެއްވާ، އަވަސް ޝިފާއަކަށް އެދެމެވެ.

    18
    1
    • ަސ

      އަހަރުން ނަމާދު ކޮށް އުޅެނީ 5 ވަގުތު

    • ހުސޭނުބޭ

      5 ވަގުތުނާޅާ.......

  2. ދެރަ

    ހާލިދޫ ކޮންނަމާދެއްތަ އޭނަ މިނުކުރަނީ ހެހެހެ

  3. މަރީ

    ނަމާދު ކުރަން ޖެހެނީ 5 ވަގުތު! 4 ވަގުތު ކުރަން ނަމާދު ކުރެވެނީ ރަގަޅަކަށް ނުވޭ

  4. އެމަންޖެ

    ހާމިދު އެބުނުއްވަނީ 4 ނަމާދު ވަގުތުގަ ކުރާވާހަކަ ބާކީ އިން 1 ނަމާދު ވަގުތަކުނޫނޭ ކުރަނީ ، މިގައުމުގަ މަދުވާނެ 1 ނަމާދެއްވެސް ވަގުތުގަ މިހާރު ކުރާމީހުން ގިނަވާނީ އެއްގޮތައްކައްވެސް ނަމާދު ނުކުރާމީހުން.