ކޮވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ރާއްޖޭގައި މަސައްކަތްކުރާ އދގެ ހުރިހާ އެޖެންސީތަކުން ތައުރީފްކޮށްފިއެވެ.

މިއަދު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ރާއްޖޭގައި މަސައްކަތްކުރާ އދގެ ހުރިހާ އެޖެންސީއަކާއި ބައްދަލު ކުރައްވާފައެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިނިސްޓަރ ޝާހިދު ބޭއްވި މިބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅޭ ގޮތުން އެޖެންސީތަކާއެކު މަޝްވަރާކޮށްފައި ވެއެވެ. އަދި މިނިސްޓަރ ވަނީ މިހާލަތުގައި އދ އާއި އދގެ އެކި ގުނަވަންތަކުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

އެ އެޖެންސީތަކުން ދިވެހި ސަރުކާރުން ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ތައުރީފް ކުރެއްވީ އެ ބައްދަލު ކުރެއްވުމުގައެވެ. މި ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުންނާއި، ކުރިއަށް އެޅުމަށް ރާވަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުން މިނިސްޓަރ ޝާޙިދު މައުލޫމާތު ދީފައި ވެއެވެ. އަދި ހަމައެއާއެކު، ނޭޝަނަލް ޓާސްކް ފޯސްއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތާއި މިހާރުވެސް އދގެ ބައެއް އެޖެންސީތަކުން ޓާސްކް ފޯސްގައި މުހިއްމު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރިއެވެ.

އަދި މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މުހިއްމު ތަނބުތައްކަމަށްވާ އިންސާނީ ހައްޤުތަކާއި، ޑިމޮކްރަސީ އަދި މޫސުމީ ބަދަލުތަކާ ބެހޭ ގޮތުންވެސް އެޖެންސީތަކާއެކު މިނިސްޓަރ ޝާހިދު ވަނީ މަޝްވަރާ ކޮށްފައެވެ.

ރާއްޖޭގައި ހުންނަވާ އދގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ކެތަރިން ހެސްވަލް ވަނީ ސަރުކާރަށް އދގެ ފަރާތުން ބޭނުންވާ އެހީތެރިކަން ފުރިހަމައަށް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ކޮވިޑް-19 ފެތުރެން ފެށުނީއްސުރެ އދގެ އެކި އެޖެންސީތަކުން ރާއްޖެއަށް ލިބެމުންދާ އެހީތެރިކަން ފާހަގަކޮށްފައެެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ލިބުނު ގެއްލުންތަކުގައި އަރައިގަތުމުގައި އދގެ އެހީތެރިކަން ރާއްޖެއަށް އިންތިހާއަށް ބޭނުންވާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވަރަށް

    ލަ ޑަޔާ ވާނީ ހަމަ
    ލަ ޑަޔާ!

    10
    2
  2. ރާ

    ތައުރީފް ނުކޮށް ފިއްޔާ ޖެހޭނީ ގެއަށް ގޮސް ކޮންމެވެސް ގަނޑެއް ގަންނަށް!

    11
    2
  3. ޑައެލޯގް

    ޑެންމާކް، އެމެރިކާ، ޔޫރަޕް، އޮސްޓްރޭލިޔާ އަދި މިނޫންވެސް ޔަހޫދީންނާއި އިސްލާމްދީނަށް ފުރައްސާރަކުރާ ބައެއްގެ ކޮންޓްރޯލް އޮންނަ އދ ފަދަތަންތަނުން މިސަރުކާރަށް މެޑެލިދޭނެއެވެ. އަންނި ވެރިކަމަށް އަރާ އެމެރިކާ، ޑެންމާކު އޮސްޓްރޭލިޔާއިން ރާއްޖެތިމާވެށި ހިމާޔަތްކުރާތީއޭކިޔައި މެޑެލްދިނެވެ. އެއިރު އަދި އަންނިގެ ވެރިކަމަށް 3 މަސްނުވެއެވެ. ތިމާވެއްޓަށް އިންދިގަހެއް ކުރިކަމެއްނެތެވެ.