ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި އެންމެ އުމުރުން ދުވަސްވީ މީހާ ބަލިން ރަނގަޅުވެ ގެއަށް ދޫކޮށްލައިފިއެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި އެންމެ އުމުރުން ދުވަސްވީ މީހާއަކީ 92 އަހަރުގެ މީހެކެވެ. އެ މީހާގެ އިތުރުން ދާދި ފަހުންވެސް އުމުރުން 92 އަހަރުގެ ފިރިހެނަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
ކޮވިޑް-19 އަށް ފައްސިވެ މިއަދު ގެއަށް ދޫކޮށްލާފައި ވަނީީ ކުރީގެ މަޝްހޫރު ކުރެހުންތެރިޔާ ސަރުދާރު ދޮންމަނިކު (ސަރުދާރު ދޮންބެ) ކަމަށް މިހާރު ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.އޭނާ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މެއި މަހުގެ 29 ވަނަ ދުވަހުއެވެ.
މިހާރު ނޫހަށް މައުލޫމާތު ދެމުން ސަރުދާރު ދޮންބެގެ ދަރިފުޅު އަަހުމަދު ޝުއައިބް ބުނީ، ކޮވިޑް-19 އަށް ބައްޕަ ފައްސިވިކަން އެނގުނީ އެހެން ކަމެއްގައި ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރުންގެ ލަފާގެ މަތިން ޓެސްޓު ކުރިފަހުން ކަމަށެވެ.
އޭނާ ކޮވިޑް-19 އަށް ފައްސިވެގެން ފަރުވާދެމުން ދިޔައީ ޓްރީޓޮޕް ހޮސްޕިޓަލްގެ އައިސީޔޫގައެވެ.
ސަރުދާރު ދޮންމަނިކު ކޮވިޑް-19 އަށް ފައްްސިވިތާ 19 ދުވަސް ފަހުން ބަލިން ރަނގަޅުވެ ގެއަށް ދޫކޮށްލާފައިވާއިރު، ހޮސްޕިޓަލުން އޭނާއާ މެދު ކަންތައް ކުރި ގޮތުން އާއިލާއިން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.
"ބައްޕަގެ ހާލު ބޮޑެއް ނުވޭ. ގެންދިޔަތާ 19 ދުވަސް ފަހުން ރަނގަޅުވެގެން ދޫކޮށްލި އިރު ވަރަށް ރަނގަޅަށް ކަންތައް ކުރީ ހޮސްޕިޓަލުން ބައްޕައާ މެދު. ވަރަށް ހިތްހަމަޖެހޭ،" ޝުއައިބު މިހާރު ނޫހަށް ބުންޏެވެ.
އޭނާގެ އިތުރުން، އާއިލާ އިތުރު ދެ މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެެ ދެ މީހުންގެ ހާލު އަދި ރަނގަޅެއް ނުވެއެވެ.
ރާއްޖެއިން މިހާތަަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ، 2110 މީހުންނެވެ.
الحمد لله
الحمد