ސިވިލް ކޯޓުގެ އިސްގާޒީ އަލްއުސްތާޛު ޢަބްދުﷲ އަލީއާއި އިތުރު ތިން މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުޤީޤު ކުރަން ނިންމައިފިއެވެ.
މިއަދު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، ސިވިލް ކޯޓުގެ އިސްގާޒީ އަލްއުސްތާޛު ޢަބްދު ﷲ ޢަލީ، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ދަޢުވާކުރާ ފަރާތުގެ ބަދަލުގައި ކޯޓަށް ޙާޒިރުވުމަށް ޢައްޔަނު ކޮށްފައިވާ ފަރާތް ކޯޓަށް ހާޒިރު ނުކޮށް މައްސަލަ ބާތިލު ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ތަހުޤީޤު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ދެން ތަޙްޤީޤު ކުރަން ނިންމީ ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް މުޙައްމަދު އިބްރާހީމްގެ މައްސަލައަކާއި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަލްއުސްތާޛު މުލްޙާ ޢަލީގެ މައްސަލަތަކަކާއި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ސިޔާމާ މުޙައްމަދުގެ މައްސަލައެކެވެ.
އ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް މުޙައްމަދު އިބްރާހީމް އާއި ގުޅޭ ގޮތުން ތަޙްޤީޤު ކުރަނީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދުގައި ބަޔާން ކުރާފަދަ އާއިލީ ގުޅުން އޮންނަ ފަރާތެއް، އެކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ހަމަޖެއްސުމުގައި އިހުމާލުވިކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަލްއުސްތާޛު މުލްޙާ ޢަލީގެ މައްޗަށް ގިނަ ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ކޯޓުގައި ހިނގާ މައްސަލަތަކުގައި ޝާމިލްވާ އެކި ފަރާތްތަކާއެކު ފަނޑިޔާރަކު ބާއްވައިގެން ނުވާނެ ގުޅުން ބާއްވާކަމުގެ ތުހުމަތާއި، ޖިންސީ ގޯނާގެ މައްސަލައެއްގައި އެހެން މެޖިސްޓްރޭޓަކު ބަންދު މުއްދަތު ޖަހާފައި ވަނިކޮށް އެ ބަންދު އަމުރު މުރާޖަޢާކޮށް ގޮތް ނިންމިކަމަށް ބުނެވޭ މައްސަލައަކާއި، އާއިލީ ވިޔަފާރީގައި ޢަމަލީ ގޮތުން ބައިވެރިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާއި، ފުލުހުންގެ އިދާރާއިން ހިންގި ތަހުޤީޤަކަށް ހުރަސްއަޅައި ހެކި ނައްތާލަން މަސައްކަތްކޮށް ފަނޑިޔާރެއްގެ ޢަމަލުތައް ބަހައްޓައިގެން ނުވާނެ ފަދަ ގޮތަށް ޢަމަލު ކުރިކަމަށް ބުނާ މައްސަލައެއް ހުށައެޅިފައިވާ ކަމަށް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ސިޔާމާ މުޙައްމަދު، މީހަކު ބަންދުގައި ބެހެއްޓުމާމެދު ގޮތް ނިންމިއިރު، ހަޤީޤަތާ ޚިލާފަށް އަދި ޒިންމާދާރުކަން ކުޑަގޮތެއްގައި ލިބިފައިވާ މައުލޫމާތު އޮޅޭގޮތަށް ޢަމަލުކުރި ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައެއް ވެސް ތަހުޤީޤު ކުރުމަށް ވަނީ ނިންމާފައެވެ.
މިމައްސަލަތައް ތަޙުޤީޤު ކުރާނެ ކޮމިޓީތައް ބުދަ ދުވަހު ބޭއްވުނު ކޮމިޝަނުގެ މި އަހަރުގެ 42 ވަނަ ބައްދަލުވުމުގައި ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ. މި ބައްދަލުވުމުގައި ކޮމިޝަންގެ 7 މެމްބަރުންވެސް ބައިވެވަޑައިގެންނެވި ކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ޢަވަހައް ބަލާ.. މާލޭގަ އުޅޭ ރާއްޖެތެރޭގެ ހުރިހާ އިސްގާޒީންވެސް ބަލާ.. ހާދަމުއްސަދި މީހުން ތިބިޔޭ... ހޭނެތޭވަރުގެ ވިޔަފާރިތައް އެބަހުރި.. ބަލާ ބަލާ... ރ.ބ ނިސްބަތްވާ ގާޒިން ބަލާ... ސަރުކާރުންވެސް ހޭނެހޭނެ އެހެރަ މުއްސަދި ކަން ފެނުނީމަ
ޙަމަ ތެދެއްތީ... މިހާރުވެސް މޭކަރާނެ..... ބ އަތޮޅު ކުޑަ ކުޑަ ރަށެއްގަވެސް ތިކަހަލަ މަހުޖަނު ގާޒީ އެއް އެބަހުރި.... މިރޭނުނިދާނެ
ޕާޓީކުދިންނަށް މަޤާމް ދޭންވެގެން ކޮންމެވެސް އެއްޗެކޭ ކިޔާފަ ނުރުހޭ މީހުންވަކިކުރަނީ. ސްޕްރީމްކޯޓް އެމްޑީޕީގެ ތިލަފަތަށް ފިޓުވެއްޖެ. ދެންތިބި ކޯޓުތަށް ތިލަފަތަށް ލުމުގެ މަސައްކަތް ފެށުނީ. އަދުލުއިންސާފު ހޯދަންޖެހޭނީ ރީނދޫ ތިލަފަތުގައި ރަޖިސްޓްރީވެގެން.
ފުލުހުންގެ މުއައްސަސާގެ އިހުމާލުން 3ވަނަ ފަހަރަށް މުއްދަތުޖަހަން ހުށަހެެޅިއިރު އެވިޑެންސް ކޯޓަށް ހުށަނޭޅުމުން މުއްދަތު ޖަހާނުދިން ހުޅުމާލޭކޯޓްގެ އިސް މެޖިސްޓްރޭޓަރގެ ޑިސިޕްލިން މިގޯސްވީ.! ވާޖިބްއަދާނުކުރި ފުލުސްމީހާ ބުނީ ތިމަންނާ ވަޒީފާގެ މަސްއޫލިއްޔަތު އަދާނުކުރިއަސް ޑިސިޕްލިންގޯސްވީ ގާނޫނުއަސާސީއޯ!
މަޖިލީހުގެތރެއިން ވާހަކަދެއްކި ހުރިހާ ފަޑިޔާރުންނާ ފުލުހުންނާ ސިފައިން ވަޒީފައިން އެކަހެރިކުރުމަށް މިސަރުކާރުން މަސައްކަތް ކުރަމުންދަނީ
ސިވިލް ކޯޓު އިސް ޤާޟީ ޢަބްދުﷲ ޢަލީ ގެ މައްސަލަތަކެއް ބަލަމުން އެގެންދަނީ ރިޓަޔަރ ވުމަށް އޭނާ ހުށަހަޅާފައިވަނިކޮށް، ރިޓަޔަރމަންޓް ބެނެފިޓް ނުދިނުމަަށް ކަމުގައި ބެލެވޭ.. ދައުލަތަށް 40 އަހަރު ހިދުމަތްކޮށްފައި އިސްތިއުފާއަށް ހުށަހެޅުމުން އިސްތިއުފާ ޤަބޫލު ނުކޮށް ސްލޫކީ މައްސަލަ ބެލުމަކީ ޖެއްސުންކުރުން.. ސުލޫކީ މައްސަލައެއް ބަލަންޏާ އިސްތިއުފާ ޤާބޫލު ކުރަނީ އިނާޔަތް ދޫކޮށްލާ މަތިން.. އެހެން ނޫނީ ސާބިތު ވޭތޯ ބަލަން މަޑުކުރަން ޖެހޭ.. ސާބިތު ވިޔަސް ރިޓަޔަރމަންޓް ބެނެފިޓް ނުލިބޭ.. އެހެން ވީމަ ޖޭ.އެސް.ސީ އިން ގަންނަ ސަކަރާތެއް ނިމެންދެން ހުރުމަކީ ޤާޟީއަށް އެންމެ ރަނގަޅު ގޮތް.. މީ އިސްތިއުފާއަށް ހުށަހެޅުމުން ކުރާ ޖެއްސުމެއް...
އަލްއުސްތާޛު ޢަބްދު ﷲ ޢަލީ، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ދަޢުވާކުރާ ފަރާތުގެ ބަދަލުގައި ކޯޓަށް ޙާޒިރުވުމަށް ޢައްޔަނު ކޮށްފައިވާ ފަރާތް ކޯޓަށް ހާޒިރު ނުކޮށް މައްސަލަ ބާތިލު ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ތަހުޤީޤު ކުރުމަށް ނިންމާފައިވާ ކަމަށެވެ. މިއީ ފަނޑިޔާރެއްގެ ސުލޫކީ މައްްްްްްސަލަ ބަލާވަރު ކަމެއްނޫން. މި ޙާލަތުގައި އެމައްސަލަ އިސްތިއުނާފު ކުުުުުުރީމަ ނިމުނީ. ޖޭ.އެސް.ސީ ވެސް ހަޑިނުހާވާ.