ސުލޫކީ މައްސަލަތައް ބެލުމުގެ ނަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިންގަނީ ޖަރީމާތަކެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ.އަހްމަދު އަބްދުﷲ ދީދީ މިހެން ވިދާޅުވީ ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޢަލީގެ މައްސަލައެއް ބަލަމުންދާ ކަމަށް އިއްޔެ ޖޭއެސްސީ އިން ވިދާޅުވުމުން ޖުޑީޝަލް އެކަޑަމީގެ ކުރީގެ ޗާންސެލަރ އަހްމަދު މާޖިދު ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސްއެއް ޓްވީޓް ކުރައްވަމުންނެވެ.

ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖޫން 17 ވަނަ ދުވަހު ނެރުނު އަމުރާއި ހިލާފަށް ސުލޫކީ މައްސަލަތައް ބެލުމުގެ ނަމުގައި ޖޭއެސްސީ އިން އިން ހިންގާ ޖަރީމާ ތަކަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ހިންގާ އަމަލުތަކެއް ކަމަށާއި އެއީ ތަހުޒީބުވެފައިވާ ދުނިޔެއެއްގައި ހިނގާ ކަންތައްތަކެއް ނޫން ކަމަށެވެ.

ޑރ.އަހްމަދު އަބްދުﷲ އިޝާރާތް ކުރެއްވި ސުޕްރީމް ކޯޓުގެ އަމުރުގައި ވިދާޅުވެފައި އޮންނަނީ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާއިންނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 21 ވަނަ މާއްދާއާއި އެޤާނޫނުގެ އެހެނިހެން މާއްދާތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަނާ ދުސްތޫރީ ގޮތުން ޙަވާލުކޮށްފައިވާ އެންމެހައި ބާރުތަކާއި މަސްއޫލިއްޔަތުތަކަށް ބަލާއިރު، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ދަށުން ކޯޓުތަކާ ޙަވާލުކުރެވިފައިވާ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން ކޯޓުތަކުން ނެރޭ އެންމެހައި އަމުރުތަކާއި ޙުކުމްތަކާއި އަދި ނިންމާ އެންމެހައި ނިންމުންތަކުގެ ޞައްޙަކަމާމެދު ނުވަތަ އެ ނިންމުންތަކުގެ ޝަރުޢިއްޔަތާމެދު ގޮތްކަނޑައެޅުމުގެ އެއްވެސް ބާރެއް އިޚްތިޞާޞްއެއް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ދުސްތޫރީ ގޮތުންނާއި ޤާނޫނީ ގޮތުން ލިބިގެންނުވާކަމަށެވެ.

ޖުޑީޝަލް އެކަޑަމީގެ ކުރީގެ ޗާންސެލަރު މާޖިދު ވެސް ވިދާޅުވީ ސިވިލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޛު ޢަބްދުﷲ ޢަލީއާ ދެކޮޅަށް ބެލުމަށް ނިންމައިފައި ވާ "މައްސަލަ" އަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އިޚްތިޞާޞުގެ ތެރެއިން ބެލޭނެ ވެސް މައްސަލައެއް ނޫންކަމެވެ.

"ކޯޓަށް ހުށައެޅިފައި ވާ މައްސަލައެއްގައި، ދަޢުވާ ކުރާ ފަރާތުގެ ބަދަލުގައި ކޯޓަށް ޙާޟިރު ވުމަށް ޢައްޔަން ކޮށްފައިވާ ފަރާތް ކޯޓަށް ޙާޟިރު ނުކޮށް މައްސަލަ ބާޠިލު ކުރުމަކީ" ޤަޟާއީ ނިންމުމެއް ކަމަށާއި އެ ނިންމުމާ މެދު ހިތްހަމަނުޖެހޭ މީހަކަށް ކޯޓުގެ ނިންމުން މުރާޖަޢާ ކުރުމަށް ނުވަތަ އިސްތިއުނާފަށް ދިޔުމަށް ދޮރު ވަނީ ހުޅުވިފައި ކަމަށް މާޖިދު ވިދާޅުވިއެވެ.

"މި މިންވަރު ނުދަންނަ ބަޔަކު، ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ތިބުމަކީ ވެސް، ބެއިތިއްބުމަކީ ވެސް، ދިވެހި ދައުލަތާ ދެކޮޅަށް ބަޔަކު ހިންގަމުން ގެންދާ ޖަރީމާއެކެވެ. ދިވެހި ދައުލަތުގައި ޢަދުލުއިންޞާފު ޤާއިމު ކުރުމަށް ބަޔަކު އަޅަމުންދާ ބޮޑު ހުރަހެކެވެ. ހަމައެހެންމެ، މި ގޮތަށް އަލްއުސްތާޛު ޢަބްދުﷲ ޢަލީއާ ދިމާ ކުރަމުން ގެންދާދިޔުމަކީ، އެކަން ކުރާ ބަޔެއްގެ ލަދުޙަޔާ ކުޑަކަމާއި، ގޮތެއްފޮތެއް ނެތްކަމުގެ ހެއްކެކެވެ. އެކަން ކުރަމުން ގެންދާ މީހުންނަކީ، ދިވެހި ޤައުމަށް ލެޔާއި ދަލާއި އިޚްލާޞްތެރި ޚިދުމަތުން މުޅި ޢުމުރަށް ފެންދިން ދަރީން ނިކަމެތި ކުރުމަށް އެއްވެސް ޖެހިލުންވުމެއް ނެތް ނުބައިނުލަފާ ބައެކެވެ. މި އަޚްލާޤެއް ނެތް، ރައްބިއެއް، ރަސޫލެއް، ގޮތެއް، ފޮތެއް ނުދަންނަ މީހުންގެ ކިބައިން މިއަދު ދިވެހި ޤައުމު ސަލާމަަތް ނުކޮށްފި ނަމަ، މާދަމާ ރުއިމުގެ ބޭނުމެއް ފައިދާއެއް މަންފާއެއް ނޯންނާނެއެވެ. ދިވެހި ކޮންމެ މުވާޠިނަކު މިކަން ހަނދާން ކުރުން ހުއްޓެވެ!" މާޖިދު ލިޔުއްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. މާމީ

  ދީދީ މިހާރު ދެން މީހުން ލަައްވާ އައުގުރާނަ ގޮއްވަން އެއްޗެހިކިއާނެ ކަމެއްނެއް ކަލޭމެ މިގައުމު މިއަނދަވަޅައް ވައްޓާލީ ފައިސާގެ ދަހިވެތި ކަމުގަ އެކަމަކު މިހާރު ލޮލައް ފެނޭ ދޯ

  12
  5
 2. ޝަފު

  މުޅިންވެސް “ކުރީގެ”.. ވަރަށް އަސަރުކޮއްފަތިބޭނީ. ލައްކަ ބައިވަތު ޖީބަށް ލަމުންދަނިކޮއްވިއްޔާ ނަގާ ހޫރާލީ މަޤާމުތަކުން. މިހާރު އެބައި ނުލިބޭތީ ވަރަށް ހިތައް އަސަރު ކުރާނެ. އެމަޤާތުތައް އޭރު ހޯދިގޮތް ހިތައް އަރުވާލަބަލަ އެންމެފަހަރަކުވެސް.

  8
  9
 3. ދީދާރު

  މާޖިދު ހަނދާން އެބަހުރިތަ ހަވީރުގެ މައްސަލަ، ބޭބެ ބޭނުންވާގޮތަށް ނިންމުވި ހަނދާން، ނަށީދުގެ މައްސަލާގައި ދިވެހިރާއްޖޭގެ ކޯޓަކުން އެހެން ގޮތަކަށް ހުކުމް ނުކުރެވޭނެ ކަމަށް ބުނިހަނދާން. ތިމާޔާ ޖެހުނީމަ ގޯސް.

  5
  10
 4. ކާޕެޓް ވަގު

  ތެދެއް މިޤައުމުގައި ޖާހިލުކަމާ މުނާފިޤްކަމާ އަދުލު އިންސާފު މުގުރާލުން ވަނީ ވަކި ހިއްޕާައި... މިކަން ކަން ކުރަނީ ޤައުމުގެ ދަރިންގެ ލޭބޯމީހުން...

  12
  1
 5. ރަބީއު

  އަހަރެމެން ވިސްނަންވީ ސިޔާސީ ޕާޓީތަކާމެދުގައެއް ނޫނެވެ. އަހަރެމެން ވިސްނަންވީ މާތްވެގެންވާ އިސްލާމްދީނުގައި ހުރި ކަންކަމުގައި އެއްބަޔަކު އަނެއް ބަޔަކަށް ކުރިއަރާ ދިއުމަށެވެ. އިސްލާމީ ޝަރީއަތް ގާއިމް ނުކުރާ ތަނެއްގައި އަމާން ކަމެއް ނޯންނާނެ ވާކަހަ އަންގަވާފައި ވަނީ ހުރިހާ ހަލްގުތަކުންގެ ވެރިފަރާތުންނެވެ. އެޝަރީއަތާއި ހިލާފަށް އަމަލު ނުކުރާ ބަޔަކަށް ނަސްރުދީ ބާރުވެރިކަން ދިނުމަށް މަސައްކަތް ކުރާނީ މިއުންމަތުގެ އާދެ! މުހައްމަދުގެފާނުގެ އުންމަތުގެ ބައެއްނޫނެވެ. މިއަދު ދައުލަތުގެ އެންމެ ބާރުހުރި މުވައްސަސާތަކުގައި އެވަނީ ނަބިއްޔާއަށް ފުރައްސާރަ ކުރިމީހުންވީމާ ދެން ކަންކަން ހިނގާނެ މަގު ކިޔާދޭން އެނގޭނީ ކޮންފަދައަކުން ހެއްޔެވެ. މިއަދު މިދިވެހި އުދަރެހުން ދީނަށް ނަސްރުދޭ އަޑުވެސް ވަނީކެނޑި މުޅިީން ފަޅުވެފައެވެ. އަހަރެމެން ދިވެހީންނަށް ހެޔޮވިސްނުންދެއްވާށި! އާމީން.

  11
 6. Anonymous

  ދަޢުވާކުރާ ފަރާތް ނުވަތަ ބަދަލުގައި ހުރި ފަރާތެއްވިޔަސް ކޯޓު އަމުރަށް ޙާޟިރުނުވެއްޖެނަމަ 15 މިނެޓް ބެލުމަށްފަހު ބާޠިލުކުރުން ޝަރީޢަތްކުރުމާއިބެހޭ ޤަވާއިދު 6.0 ގައި އޮންނާތީ ދެކެން އަދި ޢަމަލުކުރަނީވެސް އެގޮތަަށްކަން އަހަރެން ދަންނަމު. ހަމަ ހަޖަމުނުވަަނީ.
  ސުލޫކީ މައްސަލައޭ ކިޔާފާ ފަނޑިޔާރުންނަށް ނުފޫޒުފޯރުވަނީ. ސުޖޫން ސިވިލް ކޯޓުގައި ހުއްޓާ ލައްކަލއްކަ ޑޮލަރު ހުށަހެޅިކަމަށް ބުނުމުން އެކަން ބަލަން ފެށީމާ އިސްތިއފާދިނީ އެކަން ބަލަންވީނު. އަދު

  13
 7. މުރުތަޟޯ

  ކާކުތިޔަކަންކަމައިގެން ތެދުވެހަރަކާތްތެރިވާނީ ތިޔަބާވަތުގެކަންތަކާދެކޮޅައް ތެދުވެހަރަކާތްތެރިވާން ހުރިފަރާތް އެވަނީ ސަރުކާރުން ޖަލުގެ ކުޑަގޮޅިޔައްލައި ބަންދުކޮއްފައި ދެންތިބިފަރާތްތައްވަނީ ސަރުކާރުގެތެރެއިން އެމީހުންގެ ބޭނުންތައްފުއްދާ ދަމާކައިހުސްކުރަމުން. ސޭޓް ، ސޭކު އަދި މައުމޫން މިއަދުބޭނުމެއްނޫން ޤައުމެއް ދީނެއް މިއްލަތެއް

  12
  1
 8. ދިރާސާ

  ސިވިލް ކޯޓު އިސް ޤާޟީ ޢަބްދުﷲ ޢަލީ ގެ މައްސަލަތަކެއް ބަލަމުން އެގެންދަނީ ރިޓަޔަރ ވުމަށް ހުށަހަޅާފައިވަނިކޮށް، ރިޓަޔަރމަންޓް ބެނެފިޓް ނުދިނުމަަށް ކަމުގައި ބެލެވޭ.. ދައުލަތަށް 40 އަހަރު ހިދުމަތްކޮށްފައި އިސްތިއުފާއަށް ހުށަހެޅުމުން އިނާޔަތް ނުދިނުމަށް ތުހުމަތު އަޅުވައި އިނާޔަތުން މަހުރޫމުކުރުމަކީ ބޭއިންސާފެއް..

  17
 9. ނަައީމް

  ތާހިރުވެއްޖެނު ތިޔަތިބީ އަތަށްގޮވާފަ މޮޅުތަކެއްވާނެކަމަށް ތެލުނުގޮތް ނިކަން ވިސްނާލަބަލަ ވެރިކަން ބަދަލުކުރީ މޮޅުވާން ބަލަ ޔާމީން ރައީސް ބަޔަކު ހައްޔަރުކުރަން ޖެހުނީ އެމީހުންގެ އުދަގުލާޖެހިގެން ގައުމުގެ ތަރައްގީގެ ދުވެލި މަޑުޖެހި ރައްޔިތުން މަންފާއެއް ހުރި ކަމެއް ކޮށްނުދެވުނީމާ މިހާރު އެގިއްޖެދޯ ހެދުނީ ގޯހެއްކަން

 10. އެކްޓަރ

  ޑރ .ދީދީ މެންނަށް ވިސްނި ކުރީސަފަށް ނުކުމެ ބަސްބުނާތީ ވ ރަގަޅު. ނަމަވެސް މިޤައުމު ފުނޑާލުމަށް ސްޕްރީމް ކޯޓް މަރުހަލާ ނިމިފަ ތިބި ބަޔެއްގެ މަށްސަލަ ރިވިވްކޮށް އެމީހުން ދޫކޮށްލީ...މިއަދު ޤައުމު މިއަޅާ ކަރުނައިގެ އަސްލަކީ އެއީ....

 11. ސައީދު

  ކުރިންވެސް ޖަރީމާ ހިންގި މީހުންނަށް ހީވެދާނެ ފުޅައްބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާނޭ