ކޮވިޑް-19 ގެ ސަބަބުން ދިވެހިންނަށް ފިލާވަޅެއް ދަސްނުވާ ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ޝިފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ދިވެހިންނަށް އެއްވެސް ފިލާވަޅެއް ދަސްވި ކަމަށް ފެންނަން ނެތް ކަމަށެވެ. ޝިފާ އެގޮތަށް ޓުވީޓު ކުރެއްވީ މާލޭގެ މަގެއްގެ މަތީގައި ގިނަ ބަޔަކު އުޅެމުންދާ މަންޒަރު ފެންނަ ފޮޓޯއާއެކުގައެވެ.

ޝިފާ އެގޮތަށް ވިދާޅުވި އިރު، ކޮވިޑް-19 އާ ގުޅިގެން ސިއްހީ މާހިރުން ދެއްވި އިރުޝާދުތަކަށް ބޯލަނބައި ގިނަ ދިވެހިންނަށް މި ބައްޔާއި އެކީ އުޅެން ދަސްވެފައިވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ރޭ ވަނީ ވިދާޅުވެފައެވެ. މަބްރޫކް ވިދާޅުވި ގޮތުގައި ގިނަ ބަޔަކު މާސްކު އެޅުމާއި ގައިދުރު ކުރުން އަދި އަތް ދޮވުމަށް ހޭލުންތެރިވެފައިވާ ކަމަށެވެ.

އެކަމުގެ ހެއްކެއްގެ ގޮތުގައި މަބްރޫކް ވިދާޅުވީ ފުރަބަންދަށް ދީފައިވާ ލުއިތަކުން ގިނަ ދިވެހިން ފެނިގެން ދަނީ މާސްކު އަޅައިގެން ތިބޭ މަންޒަރާއި ގައިދުރުކަން އިސްކޮށްގެން ތިބޭ މަންޒަރު ކަމަށެވެ.

ދިގު ފުރަބަނދަކައްފަހު މާލެހަލަބޮލި ވެފައި؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މަބްރޫކް އެގޮތަށް ވިދާޅުވި އިރު، މާލެ ތެރެ މެންދުރާއި ހަވީރު އަދި ރޭގަނޑު ގަޑީގައި ވެސް ފެންނަނީ ވަރަށް ހަލަބޮލިކޮށެވެ. ހާއްސަކޮށް މެންދުރާއި ހަވީރު މަޖީދީ މަގު ސަރަހައްދުން ފެންނަނީ ކާރޫބާރު ބޮޑުވެ، ވެހިކަލްތަކުން މަގުތައް ތޮއްޖެހިފައިވާ މަންޒަރެވެ.

މަގުމަތީގައި ތިބެ ކޮފީ ބުއިމާއި ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އުޅުން ވަނީ ވަރަށް ބޮޑަށް ފާހަގަކުރެވިފައެވެ. ގައިދުރުކަމަށް ސަމާލުކަން ނުދޭ ނަމަ، ރާއްޖޭގައި އަނެއްކާ ވެސް ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް 2،120 މީހުން ފައްސިވެފައިވާ އިރު، ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 730 ދިވެހިންނާއި 1،390 ބިދޭސީންނެވެ. މި ބަލިން މިހާތަނަށް 1،677 މީހުން ރަނގަޅުވި އިރު، ބަލީގައި ނިޔާވީ އަށް މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހަަމަދު

    ފިލާވަޅަކީ ކޮބައިތޯ؟ ތިބޭފުޅާއަށް ގޭގައި ނުނުކުމެ އޮތަސް މަހުން މަހަށްލަރި އާމްދަނީ ތިރީސް ސާޅީސް ހާސް ލިބޭނެ. މަގުތަކަށްނުކުންނަނީ ތިމާ ޢާމްދަނީ ހޯދުމަށް. އެފަދަ މީހުންގެ ހައްގުތައް ކޮބާ؟ ޝިފާމެންނަކަށް އަނެކާގެ އިހުސާސް ނޭނގެނީތަ؟ ހެޔޮނުވާނެ ދެންފުރަބންދު ނުކުރާތި !މަގޭ ދަރިންނަށް ކާއެއްޗެއްލިބޭނީ ބޭރުގައި މަކުރާސައްކަތު ން މަށަކީ ދުވަހުކުރާ މަސައްކަތުން އާމްދަނީ ހޯދާ ނިކަމެތިމީހކިމު. ޝިފާ! ޕްލީޒް ރެސްޕެކްޓް ނިކަމެތިންގެ އިހުސާސް

    49
    1
    • ދިވެސް

      ބަލާބަލަ މަޖީދީމަގު މާވެޔޮމަގުންފެށިގެން ގަލޮޅު ދަނޑުކައިރީގެ ޕާކިންޒޯން ކަންމައްޗާހަމައަށް އެއޮތީ ބޮޑިބޮޑިއަށް ގަވާއިހިލާފަށްއުޅޭ ބަންގްލަދޭސްގެ އިއްޒަތްތެރި ބޭފުޅުން. ދުވަސްކޮޅަކަށްނަމަވެސް މިމީހުން ގޭގަބައިތިއްބޭނެ ގޮތެއް ސަރުކާރަށާއި ސިޓީކައުންސިލަށްނެތީތޯ؟؟؟؟ސިފާއަށްފެންނަނީ މަސައްކަތުގަ އުލޭދިވެހިންތޯ ހަމައެނި.

  2. ބޯގޯސް

    ދިވެހިންނައް އެއްޗެއް ދަހެއްނުވި އެކަ މަކު ހޭބޯނާރާ ވައްކަން ކުރަން ކަލޭ މެނައް ދަސްވެއްޖެއެއްނުދޯ ސަންތި މަރިޔަނބާ

    52
    1
  3. އަރީ

    ދިވެހިންނަށް ފިލާވަޅު ދަސްވިތޯ ބަލަން ހުރި ބޭކަނބަލެއްނޫން ތީކީ އިނގޭތޯ. ޢަޅުގަނޑުމެން ނަކީ މުސް ލިމުން އީމާންވަނީ މާ އޯގާވަންތަ ކުޅަދުންވަންތަ ރަހުމާންވަންތަ ރަސްކަލަކަށް އެހެންވީމަ އަހަރުމެން ހާހެއް ނުވޭ.

    45
    1
  4. ބޭޗާރާ

    ރަނޑާލި އަންހެނުން ދައްކާ ވާހަކައަކީ އެއްވެސް އިރެއްގައި ބަޔަކު ބަލައިގަންނަ އެއްޗެއް ނޫން.

    38
    4
  5. ބިންގޯ

    ވަރަށް ރަގަޅު ވާހަކަ އެއް. ފިލާ ވަޅު ދަސް ކޮއްދޭން ތިބިމީހުން ނަށް ދަސްވެގެންދޯ އެހެންމީހުންނަށް ދަސްވާނީ.

    39
    2
  6. މޮޔަސޮރު

    ކަލެއަށް ދަސްވިއެއްނު އެނިމުނީނު

    26
    3
  7. މޭފެއަ ކުޑޭ

    ދެން ދިވެހީންގެ ކަންކަމާއި ނުބެ ހި ހުންނަނވީނު ގޭގެ..

    މިވަރު ގަމާރު ދިވެހީންގެ ވެރިކަން ހޯދަނީ ކީއްކުރަން..

    ތިބޭފުޅާ އަކީ ވަރަށްޤާބިލުމީހެއްކަން މާރުކޭޓު ގޮޅި ދޫކުރިގޮތުން ވެސް އެގިއްޖެ

    ރޯދަމަސް ނިމުނީ މަ ކަދުރު ބާލާ އަންނަށް އެންގީމަ ކިހާ ގާބިލު

    މާލޭގެ ދިމާވާ އެއްވެސް ކަމަކަށް ހައްލު ނުލިބުނީ މަ ކިހާ ގާބިލު ތޯ

    28
    1
  8. ޢައްލޫ

    ބަންގާޅުން ކަލޭމެންގެނެސްގެންތިޔާ އުޅެނީ ހުސްދިވެހީންތަ، މަގުމަތީގައި އުޅެނީ އެމީހުން ނޫންތޯ ބަލަންވީނު، ފުރަބަންދުކުރިޔަސް، ކާފިއުހިންގިޔަސް، ވާރޭވެހުނަސް،އަވިދިނަސް އެމީހުން ބޭރުގާ، ބޯކޮށާ ތަންތަނާ، ކުދިފިހާރަ ތައްވެސް އެމީހުން ހިންގަނީ، ހިތާމައިގެ ކޮޅެއްނެތް

    27
  9. ހުސޭނުބޭ

    ކޮބައި ކަދުރު ދައިތާ! ކޮވިޑް 19 ގެ ސަބަބުން ؛ިބުނު ހުރިހައި ކަދުރެއް ކެވިއްޖެތަ؟

  10. މުހޮނދު

    ޝިފާ އަށް ފިލާވަޅެއް ލިބިއްޖެ އެއްނު!

    19
  11. ދާހިލީ

    މާލޭގެ މަސްމާރުކޭޓާ ހުޅުމާލޭގެ މަސްމާރުކޭޓާ ލޯކަލް މާރުކޭޓު ނުދެކެމުތޯ މޭޔަރާ ؟

    18
  12. މުއްލާ

    ދެން އަންނަން އޮތް ދައުރަށް ނުހޮވީކީ ފިލާވަޅު ދަސް ނުވެގެނެއް ނޫން.. ދަސްވިލެއް ބޮޑުކަމުން ނުހޮވީ.. 1. ޤާބިލްކަމެއް ނެތްކަން ދަސްވި 2. ރޯދަމަސް ނިމުނުފަހުން ކަދުރުބެހިކަން ދަސްވި. 3. މާރުކޭޓް ގޮޅިތަކުން ވައްކަންކުރިކަން ދަސްވި. 4. މާލޭގެ ތަރައްޤީއަށް އެއްވެސް ކަމެއް ނުވިކަން ދަސްވި. 5. މާލެ ކުނިގޮނޑަކަށް ބަދަލުވިކަން ދަސްވި.. 6. ޕާޓީ މީހުންވެސް ތީނަ ބަލައިނުގަތްކަން ދަސްވި. އަދިވެސް ވަރަށްގިނަ ކަންކަން ދަސްވީތީ ކުރިއަށް އޮތް ދައުރުގަ ގޭގަ މަޑުކޮއްލާ.. ވަރަށް ބޮޑަށް ސޮރި

  13. ކެޔޮޅު

    ދަސްކުރަން ފިލާވަޅެއް ދިނީމަ ދޯ ދަސްކުރެވޭނީ.

  14. މާމީ

    ޝިފާ އަށް ދިންފިލާވަޅު ދެރައީތަ ތިހިރީ މޭގަޑު ކަމުން ކަޓުވާލާފަ. ދެންވެސް އަނގަނުކާއްތާ.

  15. ައަހުމަދު

    މީދެންކާކު ބަލަ ދިވެހިންނަށެއްނޫން ފިލާވަޅުދަސްނުވެގެން އުޅެނީކީ ސަރުކާރުން ޤަވާއިދާޙިލާފަށް ގެންގުޅޭ ބަންގާޅިންނަށް ނުވެގެން އުޅެނީ