ގއ. އަތޮޅުގައި ތަރައްގީކޮށްފައިވާ މާވަރުލު އެއަރޕޯޓުގެ ޚިދުމަތް އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.

އެކަން ހާމަކޮށްފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ދެންމެ ނެރުނު ބަޔާނެއްގައެވެ.

މާވަރުލު އެއާޕޯޓުގައި ކޮމާޝަން ފްލައިޓްތައް އޮޕަރޭޓް ކުރުމަށް ކުރިން ހަމަޖެހިފައި އޮތީ، މިދިޔަ މާރިޗު މަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އެމަހުގެ 15 ވަނަ ދުވަހު، މަސައްކަތްތައް ވަނީ މަޑުޖައްސާލާފައެވެ.

މިއަދު އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވަނީ، މިހާރު ޓެސްޓް ފްލައިޓް ޖައްސާ ނިމިފައިވާ މާވަރުލު އެއަރޕޯޓުގެ ޚިދުމަތް އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހު ފެށިގެންދާނެ ކަމަށެވެ.

މާވަރުލުގައި އެއާޕޯޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް 2011 ވަނަ އަހަރު ވެސް ފެށިއެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލާފައި އޮއްވާ އަލުން މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކުރީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ މާރިޗު މަހު އެވެ.

މި އެއާޕޯޓަކީ ވެސް އެހެން ޑޮމެސްޓިކް އެއާޕޯޓްތަކެކޭ އެއްގޮތައް 1200 މީޓަރުގެ ރަންވޭ އަކާއި އެކު ތަރައްޤީ ކުރާ އެއާޕޯޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހޯގޮޅާ

    މަރުޙަބާ ރައީސްޔާމީން މަނިކުފާނުގެ އަގުހުރިދުމަތައް ފައްފަށުން ޝުކުރުދަންނަވަން މިލިޔުންކޮޅުކިޔާފަ އެއްވެސް ބޭފުޅަކު ކަންބޮޑުވެ ނުލައްވާތި އެއީ މިފަދަ ޚިދުމަތެއް މިގަޢުމައްކޮއްދެވޭވަރުގެ ބަޔަކު ރައީސސްޔާމީންފިޔަވައި ނެތީތީވެ މިހެންމިބުނީ

    20
    1
    • ޙައްގުބަސް

      ޙަގީގަތް އެންމެންވެސް ގަބޫލުކުރަންޖެހޭ!! ރައިސް ޔާމީންގެ ތަރައްގީގެ ސްޕީޑަކީ އެއިރުވެސް އަދި މިހާރުވެސް އަޅުގަނޑުމެން ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި މިހާތަނަށް މިރާއްޖޭގެ ވެރިކަންކުރި އެނޫން ބޭފުޅަކަށް ގެނެވުނު ސްޕީޑެއްނޫން!! ޔާމީންގެ ފަސް އަހަރުގެ ދައުރުގައި ރާއްޖޭގައި ހިންގާލީ ކުދިކުދި މަޝްރޫޢުތަކެއް އެކަންޏެއްނޫން!! ބޮޑެތި ބިޔަ އަދި ރާއްޖެއަށް އެހާމެ ބޭނުންތެރި ޕްރޮޖެކްޓްތަކެއް!! ރާއްޖޭގެ އިގުތިސޯދަށް އެއިން ރަގަނޅު އަސަރުކުރާނެ ޕްރޮޖެކްޓްތަކެއް!! އޭގެތެރޭ މާލެ ހުޅުމާލެ ހައިވޭއަކާއެކު ބްރިޖް ބިނާކުރުން!! ހުޅުލެ އެއަރޕޯޓްގެ ކޯޑް އެފްގެ މުޅިން އާރަންވޭ އަކާއެކު މުޅިން އާ ޓާމިނަލްގެ މަސައްކަތާއި، އާސީޕްލޭން ޓާމިނަލްއާއި ސީޕްލޭން ހެގަރާއި މިހެންގޮސް އެއަރޕޯޓުގައި ނުނިމި މިހާރު އެހިގަމުންދާ ހުރިހާ މަސައްކަތެއް!! ހުޅުމާލެ ޔޫތު ސިޓީގެ ނަމުގައި ބޮޑު ބިމެއް ހިއްކާ އެބިން އެއްވަރުކޮށް މަގުތައް ރަގަނޅު ފެންވަރަށް ހަދާ 25 ބުރީގެ އެތައް ޓަވަރެއް (7000 ފުލެޓް) ހެދުމާއި އެބިމާއި ކުރީގެ ހުޅުމާލެ ބިމާއި ދެމެދު އެއަޅާ އޯވަހެޑް ހަތަރު ބުރިޖާއި މިކަހަލަ އެތައް މަސައްކަތެއް!! 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އެންމެ ފަހުގެ ޒަމާނީ އާލާތްތަކާއެކު! ހުޅުމާލޭގައި މުޅިން އަލަށް ބިނާކުރި 58 މެގަވޯޓްގެ އިންޖީނުގެ!! މަހާ ޖައްރާފު!! ތެޔޮ އުފުލަން 4000 ޓަނުގެ ތެޔޮބޯޓެއް!! ފޮނަދޫގައި 60000 ކިއުބިކް ލީޓަރުގެ ތެޔޮ ރައްކާކުރެވޭ ގޮތަށް ތެޔޮ ފާމް ވިއުގަ ބޮޑުކުރުން!! މާލޭ ރިންގް ރޯޑް!! މާލެ ސިނާޢީ ސަރަޙައްދު!! އަތޮޅުތެރޭ އެތައް ޑޮމެސްޓިކް އެއަރޕޯޓްތަކެއް!! ރަސް ރަނި ބަގީޗާ!! ރަސްފަންނު!! އެނބޫދޫ ފަޅުގައި 800 މިލިއަން ޑޮލަރުގެ އިންވެސްޓެއް އެއޮތީ ބޭރުން ގެނަސް އެފަޅުގައި 8 ރިސޯޓް ބިނާކުރަމުން އެދަނީ!! މިހެންގޮސް ހަމަ ހުރިހާކަމެއް!! މީގެ ސަބަބުން ގައުމަށް އެތައްފައިދާއެއް ކުރާނެ!! ނަމަވެސް މިހާރު މިތިބަ މީހުން މިދަނީ ލޫޓުވަމުން!! ގައުމު ހިންގަން ނޭގި ދަރަނިވެރި ކުރުވަމުން ގައުމު!! މީހުންގެ ވަޒީފާތައް ގެއްލި ބިކަވެއްޖެ!! ދިވެހިން ނިކުމެ އަދިވެސް ކުރިން އޮތް ހާލަތައް ބަދަލުކުރެވޭނެ!! ގޭގައި ނުތިބެ މިކަމާއިގެން އުޅެމާ!! ތަރައްގީގެ ބާނީ އަދިވެސް ގެނެވޭނެ!! ހިތްވަރުކޮށްލާ!!

  2. ފުނަފޫ

    ތަނެއްގަ އެއަރޕޯޓެއް ހުޅުވިޔަސް ރަށެއްގެ ސުކޫލެއް ހުޅުވިޔަސް ތަރައްގީގެބާނީ ފަށާފަހުރިމަސައްކަތް އަޅެމިހާރު މިހިރަބުނރާންތި ކީއްތަމިކުރަނީ ނުވައްޏާފައިބާފަ ކަންކުރެވޭވަރުގެ މީހުންނާ ހަވާލުކޮއްގެން ވެސް ރައްޔިތަކައް ކަމެއް ކޮއްދެވޭތޯބަލަންވެއްޖެނުން ސުކުރިއްޔާ ތަރައްގީގެބާނީ ރ ޔާމިނު

    16
    1
  3. ނ

    ޝުކުރިޔާ...ރަޢިސް. . ޔާމިން

    17
    1
  4. ރީ

    ރައީސްޔާމީންގެ ދުރު ވިސްނޭސިޔާސަތު މުޅިއުމްރު ހޭދަކޮށް ލާނީ ރައީސްޔާމީންގެ އިންތިޒާރުގައި ރައީސްޔާމީން އާއުސް މިންތަކަކާއި އެކު އެބުރި އަންނާނެ ދުވަހަކަށް އިންތިޒާރު ކުރަން މާﷲ ރައީސް ޔާމީން އެބުރިއައުމުގެ މަގުފަހިކޮށް ދެއްވާށި އާމީން:

  5. Ramzy

    ދެން އަންނަ ދައުރަކު ހުޅުވާނީ މިއަދުގެ ސަރުކާރުން ފަށާފަހުންނަ ޕޮރްޖެކްޓް ތަށް ދެ ދައުރު އެއްވެސް ސަރުކާރަކަށް މިހާރު ނުލިބޭތީ ވާގޮތް ހަޖަމް ކޮށްލާ

    1
    2