އެމްޓީސީސީގެ ޗީފް ފައިނޭންޝިއަލް އޮފިސަރގެ މަގާމުގައި ހުރި މުހައްމަދު ހިލްމީ އެ މަގާމުން ވަކިކޮށްފިއެވެ.

އޭނާ މަގާމުން ވަކިކޮށްފައި ވަނީ، އިއްޔެ ބޭއްވި އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައެވެ.

އެމްޓީސީސީން ބުނީ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރގެ މަގާމުގައި ހުރި މުހައްމަދު ހިލްމީ މިއަދުން ފެށިގެން އެ މަގާމުން ވަކިކޮށްފައިވާކަމަށެވެ.

އޭނާ މަގާމުން ވަކި ކުރި ސަބަބު އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިބެނީ 6 ބޭފުޅުންނެވެ. އެއީ ސަރުކާރުގެ ފަރާތުން އައްޔަންކުރާ 4 ބޭފުޅަކާއި، އާންމު ހިއްސާދާރުން އައްޔަންކުރާ 2 ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ރަބަރު

  ވަކިކުރި ސަބަބު: އޮޅިގެން

 2. ނަައީމް

  ހަރުދަނާމީހަކަށް މަގާމެއްގަހުރެގެން ގައުމު ކުރިއެރުވޭނެ ހަމައެއްވެސްގޮތެއ މިއަންނި ސަރުކާރަކުން ފުރުސަތެއްނުދޭނޭ މިގޮވަނީ އާދޭ އަވަހާ މަމެންނާބައިވެރިވާން

 3. ޙަސަނާ

  މިހާރު ތިޔަކުންފުނީގެ އޮފީހައް ގޮސް އުޅެނީ ނަސީދުކިއާ މީހެއް އެއީ އިންޑިއާގެ ޕަޕެޓެއް..

 4. ބޯހަލާކު

  ރިޒާ...........