ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މަސައްކަތް ފެށި 1530 ފްލެޓެއް ފުރަތަމަ އިމާރާތުގެ ސްޓަކްޗާ މަސައްކަތް ނިންމާލައިފިއެވެ.

ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ 1530 ސޯޝަލް ހައުސިން ޕްރޮޖެކްޓުގެ ފުރަތަމަ އިމާރާތުގެ ސްޓްރަކްޗާ ނިންމާލާފައިވާ ކަމަށެވެ.

މި މަސައްކަތް ކުރިޔަށް ގެންދަނީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) އިންނެވެ.

ސަފީރު ވަނީ އެ މަސައްކަތް ނިންމާލުމަށް ކަނޑައަޅާފައިވާ ވަގުތަށް ނިންމާލުމަށް އެ ކުންފުންޏަށް އިލްތިމާސް ކޮށްފައެވެ. އަދި ވިދާޅުވީ އެ މަސައްކަތަކީ ކޮވިޑް-19 ހާލަތަށްފަހު ރާއްޖޭގެ އިގްތިސޯދު ހަމައަކަށް އެޅުމަށް ވަރަށް މުހިއްމު ޕްރޮޖެކްޓެއް ކަމަށެވެ.

ޗައިނާގެ ކުންފުނިތަކުން އަންނަނީ ރާއްޖޭގައި ބޯހިޔަވާހި ކަމުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި، ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްގެން، ކުރިއަށް ގެންދިޔަ މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ. އެއީ 25 ބުރީގެ ހައުސިން ޔުނިޓުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޓ

    ޝުކުރިޔާ ރ. ޔާމިން

    32
  2. Anonymous

    ތަރައްގީގެ ބާނީ ރ.ޔާމީންމަތިން ރައްޔިތުން ހަނދާންނައްތާނީ ކިހިނެއްތަ؟؟؟

    27
    • Anonymous

      ހެހެ... ދިވެހި ދައުލަތުގެ %45+ ދަރަނި، ޗައިނާގެ ދަރަނި.
      ޔާމީންގެ ފައިސާއިން އެޅިނަމަތާ.......

      ސިލްކް ރޫޓްގެ މުހިއްމުކަމުގައި ލަންކާ އަދި ރާއްޖެ މިދެ ޤައުމުގައި ޗައިނާއިން ވަނީ އެއިރު ބުނި ކޮންމެ ކަމެއް ކޮށްދެމުން.

      1
      4