ގއ.މާމެންދޫން މިއަދު ކޮވިޑް-19 އަށް ފައްސިވި މީހަކީ މިމަހުގެ 13 ވަނަ ދުވަހު ރަށަށް ދަތުރުކުރި މީހެއް ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންއީއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އޭނާ މާމެންދުއަށް ދަތުރު ކުރީ މާލެ އިން ފްލައިޓްގައި ކޫއްޑު އަށް ދަތުރު ކުރުމަށްފަހު ކަމަށެވެ. ކޫއްޑުއަށް އޭނާ ދަތުރުކުރި ފްލައިޓްގައި 40 މީހަކު ދަތުރު ކުރިކަމަށް މަބްރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފްލައިޓްގައި ތިބީ މިއަދު ފައްސިވި މީހާގެ އިތުރުން އޭނާގެ އާއިލާގެ އިތުރު ތިން މީހަކާއި ގެމަނަފުށީގެ މީހުން ކަމަށެވެ. ފްލައިޓް އެނބުރި މާލެ އައިއިރު ވެސް ފްލައިޓުން މީހުން ދަތުރު ކުރިއެވެ. ނަމަވެސް މަބްރޫކް ވިދާޅުވީ ފަސެންޖަރުން އަރުވާފައި ވާނީ ފްލައިޓް ޑިސްއިންފެކްޓް ކުރުމަށްފަހު ކަމަށެވެ.

މިއަދު ފައްސިވި މީހާ އާއި ގުޅިގެން ގެމަނަފުއްޓާއި މާމެންދޫގައި ވެސް ކޮންޓެކްޓް ޓްރޭސިން ކުރިއަށްދާކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ ގެމަނަފުއްޓާއި މާމެންދުއަށް ދަތުރުކުރި މީހުން ތިބީ ގޭގައި ކަރަންޓީން ވެގެން ކަމަށް ވާތީ އެދެރަށުގައި އިތުރު ފިޔަވަޅެއް އަޅަން އަދި މިހާތަނަށް ނިންމާފައި ނުވާކަމަށެވެ.

މަބްރޫކް ވިދާޅުވީ މިއަދު ފައްސިވި މީހާގެ ކިބައިން ބަލީގެ އަލާމާތްތައް ފެނުނީ 14 ވަނަ ދުވަހު ކަމަށެވެ. އޭނާ އަކީ 28 އަހަރުގެ ފިރިހެނެކެވެ.

މިއީ ހޯމް ކަރަންޓީނަށް ގޮސް، ގޭގައި ހުއްޓާ ކޮވިޑް-19 އަށް ފައްސިވި ފުރަތަމަ މީހާއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބިރުވެރިކަން

  އޭގެތެރެއިން 38 މީހުންނަކީ ގ.އ ގެމަނަފުށީ ރައްޔިތުން...ދުޢާ އަކީ މާމަންދޫ އަދި ގެމަނަފުށި ކޮވިޑް19 އިން ރައްކާތެރިކޮށްދެވުން

  21
  1
  • މައާފް

   މައާފައްއެދެން 37 މީހުންނަކީ ގެމަނަފުށި އަނެއް 3 މީހުން މާމެންދޫ

 2. އހ

  ދެން އެ ފައްސިވި ކުއްޖާއާ އެއާޕޯޓުން ޑައިރެކްޓް ކޮންޓެންޓްވެ މިހާރު މާމެންދޫ ގައި ހުރި މީހާ އަށް ކިހިނެއްބާ ހަދަން އެ އުޅެނީ؟؟ އިތުރު ފިޔަވަޅެއް އަޅަން ނިންމާފައެއް ނެތޭ. މަބުރޫކުގެ އަނގައޭ ކިޔާބާލަ.

  13
  1
 3. އަދޫ

  ސަރުކާރުން ނުވެގެން އުޅުނު ކަންތައް މިވީ. ރަށްރަށަށް މިބަލި ނައިސްގެން ހަރުދަނާ ފިޔަވަޅުތަކެއް ނެތި މާލޭގައިތިބި މީހުންތައް ރަށްރަށަށް ފޮނުވަން ފެށީ. މާލެ އެކަނި ނުބެލެހެއްޓުނު. ދެން މުޅި ރާއްޖެ އަށް މިބަލި ފެތުރިގަތީމާ ހަދާނީ ކިހިނެއްބާ!!