އެމްއެމްޕީއާރުސީގެ މައްސަލައިގައި ދަޢުވާ އުފުލާފައިވާ ކުރީގެ ނައިބު ރައީސް، އަޙްމަދު އަދީބާއި ގާތް ގުޅުމެއް ބޭއްވި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެމްބަރުންގެ މައްސަލަ ބަލަމުންދާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް، ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމް މިގޮތަށް ވިދާޅުވީ ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ރޭގެ ޕްރޮގްރާމުގައި، އެމްއެމްޕީއާރުސީ މައްސަލަ އާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައި ޝަމީމް ވިދާޅުވީ، މި ހިޔާނަތުގައި އިސްކޮށް އުޅުނީ ހައެއްކަ މީހުން ކަމަށާއި، އޭގެތެރޭގައި އަދީބުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ ޒިޔަތު ހިމެނޭ ކަމަށެވެ. ޕީޖީ ޝަމީމް ވިދާޅުވީ، މި ތިން ބޭފުޅުންނަކީ އެ ހިޔާނާތް ހިންގައި ރޭވުމުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ ތިން ބޭފުޅުން ކަމަށެވެ.

އެ ބޭފުޅުން ހިޔާނާތް ހިންގާފައި ވަނީ ދައުލަތުގެ މުވައްސަސާތަކާއި ދައުލަތް ހިންގަން އޭރު ތިބި ބައެއް ބޭފުޅުންގެ އެހީތެރިކަމާއި އެކުކަން ފާހަގަ ކުރައްވާ، ޝަމީމް ވިދާޅުވީ، އެ މައްސަލައިގައި ގިނަ ބައެއްގެ އިހުމާލާއި ބައިވެރިވުން އޮތް ކަމަށެވެ.

މިގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ އޭރުގެ މެމްބަރުންނާއި، އަދީބާއި ގާތް ގުޅުމެއް ބޭއްވި ފުލުހުން މި މައްސަލައިގައި އިހުމާލިވާ މިންވަރު ފާޅުގައި ފެންނާން އޮތުމުން، އެބޭފުޅުންގެ މައްސަލަވެސް ބަލަމުން އަންނަ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފާޅުގައި ފެންނަން އެބައޮތް އޭގެ އިހުމާލެއް ހަމަ ގައިމުވެސް އެބޭފުޅުން މަސައްކަތް ކުރެއްވުމުގައި ކޮންމެވެސް ވަރެއްގެ ފަރުވާ ކުޑަ ކަމެއް އުޅޭ ކަމަށް. އަނެއްހެން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އެބަހުރި. އޭގެ ތަހުގީގުތައް އެބަ ކުރިޔަށްދޭ. އެހެންވީމަ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ މެންބަރުންގެ މައްސަލަތައް ވެސް އެބަ ބެލޭ. އޭގެއިތުރުން އޭރު ރާއްޖޭގެ ނާއިބު ރައީސަކަށް ހުންނެވި އަހްމަދު އަދީބާއި ގާތް ގުޅުމެއް ބޭއްވި ފުލުހުންގެ މައްސަލަވެސް އަންނަނީ ބަލަމުން،" ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ޝަމީމް މިގޮތަށް ވިދާޅުވެފައި މި ވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުޤީޤު ކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ޚާއްސަ ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް ލަސްވުމުން، ސިޔާސީ ބައެއް އިސް ބޭފުޅުންނާއި މަޖިލީހުގެ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި އަދީބުގެ މައްޗަށް އިއްވި ހުރިހާ ޙުކުމެއް މީގެ ކުރިން ވަނީ ބާތިލުކޮށްފައެވެ. ނަމަވެސް އޭނާގެ މައްޗަށް ދައުލަތުން ވަނީ ފަހުން ދައުވާތަކެއް އުފުލާފައެވެ. އެދައުވާތައް އުފުލިތާ މިހާރު މަސްތަކެއް ފާއިތުވެގެން ގޮސްފައި ވާއިރު އަދިވެސް މައްސަލައިގެ ޝަރީޢަތް ކުރިއަކަށް ނުގެންދެއެވެ. ޒިޔަތުގެ މައްޗަށް ވެސް ދައުވާތަކެއް އުފުލާފައި ވާއިރު އެމައްސަލައިގެ ޝަރީޢަތްތައް ވެސް ކުރިއަކަށް ނުދެއެވެ.

އަދީބާއި ޒިޔަތަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ބައިވެރިން ކަމަށް އެބޭފުޅުން ވަނީ އަމިއްލަފުޅަށް އިއުތިރާފް ވެސް ވެފައެވެ. ނަމަވެސް 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެބޭފުޅުން ތިއްބަވަނީ ގޭ ބަންދުގައެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެން ޖެހުނު އެއްމިލިއަން ޑޮލަރެއް ރައީސް ޔާމީން އެކައުންޓަށް ޖަމާކޮށް އެއިން މަންފާ ހޯދިކަމަށް ބުނެ އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލާފައި ވާއިރު، އެމްއެމްޕީއާރްސީގެ އެހެން ހުރިހާ މައްސަލައެއްގައި ވެސް ރައީސް ޔާމީންގެ ބައިވެރިވުން އޮތް ކަމަށް ބުނެ ދަނީ ތަހުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. މާމީ

  އެހެންވެ ކަލޭމެން ޔާމީނު އެކަނި ޖަލައްލާގެން ތިއުޅެނީ ކަލޭމެންނައް ޔާމީން ގެނައި ތަރައްގީ ފެނިފަ ކުރިއަސަރުން ތިއުޅެނީ ކަލޭ މިހާރުވެސް ބަލާބަލަ މިހާރު ދައުލަތުގެ ޚަޒާނާ އެއޮތް ހުސްވަނީ.

  51
  1
 2. ޢަލީ

  މިހާރު އަދީބާ ޒިއަތު ގޭގަ ތިބެނީ ކަލެއައް ކިހާވަރެއް ދީގެންތަ؟

  47
  1
 3. ނަައީމް

  ހެއްވާ މަޖާކަމެއްނު ފާޅުގަ ހާމަވެ އެމީހުން އެގޭކަމަށްބުނާއިރުވެސް މައްސަލަ ބަލައެއްނުނިމޭ މީ އަރަތެއްނު ނަމުންސޯލިހް ކަމުން ޖާހިލު ވެގެން އުޅުނަސް ފަހުން ގާނޫނު އަރާ ކަލެޔާވެސް ހަމަކުރާނެ !!!!

 4. ބަސްމާ

  އަދީބްއާއި ޒިޔަތާއި ގާތްގުޅުން ބޭއްވި މީހުންގެ މައްސަލަތައް ބަލަނީ؟؟؟؟އަދީބްއާއި ޒިޔަތު ގޭގައި؟؟ކުށެއްނެތް ބަޔަކާއި ގާތްގުޅުންއޮތް މީހުންގެ މައްސަލަ ބަލަންޖެހެނީ ކީއްވެ؟؟

 5. ބަހީރާ

  ކަލޭ ތިބުނާ 3 މީހުންކުރެ އެކެއް ޖަލައްލައިގެން އަނެއް 2 މީހުން ދޫކޮށްލައިގެން ތިހުންނަނީޔޯ؟ އޭގެން އެކަކު މިހާރު ވެރިކަމުގަ ހުރި ކުނިގަނޑަށް ދިން މައްސަލަ ނުބަލާ ތިހުންނަނީޔޯ؟

 6. ހަސަން

  އެހެން މީހުންނަކީހޭދެބައިވެފައިތިބިިިިިިިބައެއް

 7. ޒަބީބު

  ޕީޖީ ޝަމީމު އަށް ވެދުން ސަލާމް.

  ސިޔާސީ މައިދާނުގައި ހައްލާގުއްލާ ކުޅެމުން ހަލަބޮލި ކުރަމުން އަންނަ މިފަދަ ދަނޑިވަޅެއްގައި އެކަމަށް ބާރުލިބޭ ފަދަ ބަޔާންތައް ޕީޖީ ތިޔަޒާތަށް ދެއްވުމުން ސީދާކޮށް ނަމަވެސް ނުސީދާކޮށަ ނަމަވެސް ޕީޖީ އަށް ތިޔަ ވެވެނީ ސިޔާސީއެވެ. ކަނކަމާއިމެދު ފުންކޮށް ވިސްނާ މީހުންނަށް މިކަން ފާހަގަ ކުރެވޭ ވާހަކަ ދަންނަވަމެވެ. ތިޔަގޮތަށް ސިޔާސީ ސްޓޭޓްމެންޓް ތައް ނުދެއްވާ ކަންކުރަށްވާށެވެ. އެމްއެމްޕީ އާރސީގެ ޚިޔާނާތުގައި ބަިވެރިވީ މީހުންގެ މައްޗަށް ތަފާތުކުރުމެއް، ވަކި މީހަކަށް ބެލުމެއް، ތައައްސުބެއް، ސިޔާސީ ފިކުރެއް، ގިންތިކުރުމެއް ނެތި ދައުވާކޮށް ދިވެހި ރައްޔިތުންނަށް އިންސާފް ހޯދައިދިނުމަކީ ޕީޖީ އާއި މަތިކުރެވިފައިވާ މުގައްދަސް ވާޖިބެއްކަން ޕީޖީ ޝަމީމްއަށް ހަނދުމަކޮށްދީ އިލްތިމާސް ކުރަމެވެ. ޕީޖީގެ އޮފީހަކީ އަދި ޕީޖީ އަކީ ދިވެހިރާއްޖޭގެ ޖިނާއި އަދުލުގެ ނިޒާމުގައި ހިމެނޭ މުސްތަގިއްލު މިނިވަން އަދި އެންމެ މައި ތަބުކަން ވެސް ހަނދުމަފުޅުގައި ބަހައްޓަވާށެވެ. މިއަދު ތިޔަ މާޤާމުގައި ޝަމީމު ތިޔަ ތިޔަ ހުންނެވީ ބަޔަކު މީހުން ދިން ފުރުސަތެއްގައި ކަމަށް ހީފުޅު ކުރެވޭ ނަމަ އެއީ އުނި ވިސްނުމެކެވެ. މަނިކުފާނު ތިޔަ މާޤާމަށް އައްޔަން ކުރެވިގެން ދިޔައީ ކާއިނާތުގެ ވެރި އިލާހު 7 އުޑު މަތިން ފާސްކުރެއްވި ޑިކްރީ(ޤަރާރުގެ) މަތިވެރި ނިއްމުމަކުން ކަން ހަނދުމަފުޅުގައި ބަހައްޓަވާށެވެ. އެއީ އެކަލާންގެ އިސްމުފުޅުތަކުގެ ތެރެއިން 29 ވަނަ އިސްމުފުޅުން މަނިކުފާނު ބާރުވެރިކުރައްވުމަށް ނިއްމެވި ޑިކްރީ ކަން ހަނދުމަ ބަހައްޓަވާށެވެ.

  ނަންނުގަނެ ކަންކުރަށްވާށެވެ. ނަމޫނާ ދައްކަވާށެވެ. އެގޮތަ މާބުއްދިވެރިއެވެ.

 8. ޖާޒީރާ ބޯއީ

  ރައްތިތުންގެ ލޮލުގައި މިގޮތަށް އަނދުން އަޅުވަމުންދާ ސަރުކާރާއި ދައުލަތުގެ އެކިއެކި މުއައްސަސާތަކުގައި ތިބި މީހުންނާމެދު ވަކިން ހާއްސަކޮށް ފިޔަވަޅުއަޅަންއެބަޖެހޭ، މިމީހުންނާމެދު ކަމެއްނުކުރާތީ މިގޮތަށް މީޑިޔާއަށްއަރާ ޒާތްޒާތުގެ ދޮގު ހަދަނީ.

 9. ބޯގޯސް

  ދެން އޭނި މަޖިލީހު ގެ ރަންނަމާރިޔާ ވެރިކަމު ގަ ހުރި ސޯލިބެޔޯ އެދެމީހުން ކޮންތާކައްލާފަ މައްސަލަ ބަލަނީ ކަލޭމެނައް ހައް ގު އަދަބު ލިބޭނެކަން ހަނދާން ކުރާތި

 10. އަޅިފުޅު

  ވެރިކަން ބަދަލުކުރަން އަދީބު އަތުން ނެ ގި ފައިސާ އަކީ އެމްއެމްޕީއާރުސީ އިން ވަ ގަށް ނެ ގި ފައިސާއަށް ހަމަވާނީ. ދެން ޕީޖީ އަކަށް މީނާ އައުމު ގެ ކުރިއަށް އަދީބު ގެ ލޯޔަރުކަން އެމްޑީޕީ ގައި ހުރި ކޮށްދިނީ އަދީބު އަތު ގައި ހުރި އެމްއެމްޕީއާރުސީ ގެ އެތަށް ބައިވަރު ފައިސާ ގެ ތެރެއިން ކިތަ އް ބޮނޑި ފަައިސާ ފެނި ގެން އޭ ގެ ދަހިވެތި ކަމު ގައި. އޭ ގައި ލިޔެފަަ އި ނެތް ނަމަވެސް ޕީޖީ ވެސް ތިޔަ ހުންނެވީ އެފައިސާ ބަނޑު އަޅުއަ

 11. މ

  މިދިޔަ ފެބުރުވަރީ މަހު ސިއްރުން އަދީބާ މަނިކުފާނު ބައްދަލުކޮށް ކޮންޑީލެއްތޯ ހެއްދެވީ....މިއީ ވަރަށް ވާހަކަ
  ތިޔަ އޮފީހުގައިވެސް އެބަތިބި މިކަން އެނގޭވަރުގެ މީހުން

 12. ނަޒޫ

  ޝަމީމްއާއި މަހުފޫޒު ސައީދު ސިރާޖް ލޯޔަރުން ގެ ފައުޖުތައް ރާއްޖެޓީވީ ގެ މީހުން އި ގެރޭސިވިލާތަށާއި ތަންތަނަށް ދަތުރުކޮށް ފިލްމުތައް ކުޅެހެދީ އަދީބު ހުދު ދޮލަ ގު ދޮލަ ގުން ނަ ގާފަައި ޓިކެޓް ގަންނަން ދިން ލާރިތަކުންކަން ސާބިތު ކޮށްދޭން އުޅުން އޮންނާނީ ކޮން އެޕިސޯޑަކުތޯ

 13. މޮހޮނު

  ކޮބާ އަދީބު ކޭސް ދިން ގުރަުޕް ނަންތައް ހާމަ ކުރަން ނުކެރިގެން ރިއުލެނީ، އެލިސްޓް ގަ ނަން އޮތީމަ ތޯޢްޗެ

 14. ވިސްނާލުމަށް އެދެމޭ

  އަދީބާ ގާތްގުޅު މެއޮތް އަދީބުގެ ގާނޫނީ ވަކީލަކަށްހުރި މީހަކު ޕޖއަކަށްހުރެ އަދީބުގެ މައްސަލައެއް އަދީބާދެކޮޅަށް އިންސާފުން މައްސަލަބެލޭނީ ކިހިނެތް...ފުރަތަ މަ މަނިކުފާނު އިސްތިއުފާދީ...

 15. ސަފީރު

  އެ ދެމީހުންގެ މައްސަލަ ބާޠިލްކުރީ ވެރިންގެ ނުފޫޒުން ގޯސްކޮށް ޝަރީއަތް ހިންގާފައިވާތީއެއް ނޫންތަ؟ އެމީހުންނަށް އަލުން ދައުވާ ކުރުމަށް އަމުރުކުރިއެއް ނޫންތަ؟ އެދައުވާ ވަނީ ކޮއްފައެއް ނޫންތަ؟ ކުރީގަ ހެދިހެން ހުކުމެއް ނުކުރިއަސް އުމުދުވަހު ޖަލުގައި ބަހައްޓަންވީތަ؟

 16. ބޯކިބާ

  ޔާމީނު ހާދަ ވަރުގަދަ ހަވޭލީއެކޭ އެހެދީ ކުޑަދުވަސްކޮޅެއްތެރޭ. ދެން ހަވޭލީ ކުރިމަތީ މަގު ފުޅާކޮށް ތާރުއަޅާ ލޭންޑްސްކޭޕްވެސްކޮށްފި ސަރުކާރުތެރެއިން، އަދި މާސިންގާ މިސްކިތެއްވެސް ހަވޭލީއާއި ޖެހިގެން ހަަދައިފި.

 17. ޙަސަނާ

  މިސަރުކާރު އައިފަހުން އެމްޑީޕީ އައްފަންޑުކޮއްދިން ކުންފުނިތަކައް ބަދަލުގެގޮތުގަ ސަރުކާރުގެ ސުލްހައިގެ ދަށުންނޭކިއާފަ 2 ބިލިއަންރުފިޔާބަހާލީ މީ އެމްއެމްޕީއާރުސީން ގެއްލުނުލާރިއައްވުރެގިނަލާރި ޕާޓިކުދިންނައް ވަޒީގާހަދައިގެން 1200 ވަޒީފާއައް ބަހަމުންދާ ލާރި މީ ހިޔާނާތަކައްނުވާންވީ ސަބަބެއް ޒީރޮތޮލަރެންސުގުރޫޕުން ބުނެދީފާނަންތޯ...

 18. Anonymous

  ހަނދާންވޭ ޝަމީމް އަދީބުގެ ލޮޔަރަކަށް އުޅުނުކަންވެސް. އަދި ލޯޔަރަކަށް ކުރިނަމަ ދިން ފައިސާއަކީ ކިހިނެެއް ހޯދި ފައިސާތޯ އެހިންތަ.

 19. އެމަންޖެ

  ޕީޖީ ކަލޭމެން އަންނިގެ އެއްވެސް ކަމެއްނުބަލަނީ އޭނާ ކުރާ އެއްވެސް ކަމެއް ނުފެންނަނީތަ ، ނުފެންނަވަރައް ލާރި އަޅާފަދޯ އޮތީ ބޯމަތީ.

 20. Juhaa

  އެމް.ޑީ.ޕީއަށް ނިސްބަތްވާ އެއްވެސް މީހަކު ބައިވެރިވި ކަމަކަށް ނަހަދާނެ.

 21. މ

  ސިއްރުން....އަދީބާ ބައްދަލުކޮށް މިދިޔަ ފެބްރުއަރީ ގައި ހެއްދެވީ ކޮން ޑީލެއްތަޯ.... މިއީ ވަރަށް ވާހަކަ...

 22. ޙަސަނާ

  މަނިކުފާނުވެސް ބިރުފުޅުގަންނަނީ ނަސީދު ދެކިތާ ތިޔަވިދާޅުވަން އުޅުއްވަނީ ތިމަންނާމިހުރީ ފުލުހުންނައްވެސް ފިޔަވަޅު އަޅާދޭންތައްޔާރަށޭ މޑޕ މީހުން ނާއެކުއޭ ތިމަންނާއަކީ ވެސް މޑޕ ލޭހިގާމީހެކޭ ކޮންފަދަ ބަލާމުސީބާތެއްތަމިގައުމައްފާވެގެން މިއުޅެނީ

 23. އިންސާފް

  ސަރުކާރު ހިމެނޭ ޕާޓީގެ މީހުން ޤާނޫނުގަ އިސްތިސްނާ ވަނީތޯ އެމީހުންގެ މައްސަލަ ނުބެލުމަށް އަންގަވަނީ ޕީ.ޖީ އަށް ދަންނަވާލަން ވަކިބަޔަކަށް ވަކިގޮތެއް ނުހައްދަވާ ޢަދުލް އިންސާފުން ގެންދިއުމަށް ނޫންނަމަ މިއަދު ލިބޭ އުފަލަށް ވުރެ މާދަމާ ލިބޭ ހިތްދަތިކަމާ އަނިޔާ ބޮޑުވާނެ ﷲ ހުރިހާކމެއް ބައްލަވާ ވޮޑިގަންނަވާެނެ ސޯލިޙްބުންޏަސް ނަޝީދު ބުއްޏަސް އެދުވަހަކުން އެމީހުން ނާންނާނެ ސަލާމތް ކޮށްދެއްވާކަށް

 24. ނެތުނީ

  މާބޮޑު ތަހުގީގެއް ތިކަމުގަ ކިހިނެތް ކުރާނީ؟ އަދީބު ބުނަންޖެހޭނީ ހަމައެކަނި ޔާމީން ބުނެގެން ކުރިކަމެކޭ. އެއީ ޔާމީނުގެ ބަސް އެހާ ބޮޑަށް އަހާ ކުއްޖެއްވީމަ ޔާމީނު ހަމަ ބުނީ، އޭނާ ކުރީ. އެ ހެޔޮ ކޮންމެކަމެއްވިއަސް. ގޭދޮށް ކުނިކަހާލުން ކަހަލަ ކަމެއްވެސް ކޮށްލާނެ. އެއްވެސް ސުވާލެއް ނޯންނާނެ. ޕީޖީން އިތުރު ހެއްކެއްވެސް ބޭނުމެއްނުވާނެ. އަދީބު ބުނީމަ އެވީ ހަމަ ތެދަށް.