ކުރިން ސިޒޭރިއަން ހަދާފައިވާ މާބަނޑު މީހަކު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ކާމިޔާބު ކަމާއެކު ވިއްސައިފިއެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް މައުލޫމާތު ދެއްވަމުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ، މިއީ ކުރިން ސިޒޭރިއަން ހަދާފައިވާ މާބަނޑު މީހަކު ކާމިޔާބު ކަމާއެކު އެ ހޮސްޕިޓަލުން ވިއްސި ފުރަތަމަ ފަހަރުކަމަށެވެ. އޭނާ ވިހާފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ.

"ވެޖައިނަލް ބާތު އާފްޓަރ ސިޒޭރިއަން" ވީ.ބީ.އޭ.ސީ ނުވަތަ ކުރިން ސީޒޭރިއަން ހަދާފައިވާ މީހަކު ވިއްސުމަކީ ގިނަ ފަހަރު އެކަމުގެ ސަބަބުން އިތުރު ކޮމްޕްލިކޭޝަންތަކެއް ނުވަތަ ޞިއްޙީގޮތުން ނުރައްކާތަކެއް މައިމީހާއަށާއި ދަރިފުޅަށްވެސް ކުރިމަތިވާކަމެކެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އަންހެނުންގެ ޑޮކްޓަރާއި، ތަމްރީން ލިބިފައިވާ ފޫޅުމައިންގެ ޓީމަކުން ވިއްސި މި މީހާއާއި އޭނަގެ ކުޑަ ދަރިފުޅުގެ ޙާލުވެސް ރަނގަޅުކަމަށް އެ ހޮސްޕިޓަލުން "ޕީއެސްއެމް" އަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ.

ސީޒޭރިއަން ނުހަދައި ވިހެއުމަކީ ގިނަ ދުވަހު ބަލިއެނދުގައި އޮންނަން ނުޖެހި، އަވަހަށް ޢާއްމު ޙާލަތަކަށް ދިއުމަށް މައިމީހާއަށް އެހީތެރިވެދޭކަމެކެވެ.

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް ހުޅުވި ފަހުން އެހޮސްޕިޓަލުން ވަނީ ބޮޑެތި ކާމިޔާބު އޮޕަރޭޝަންތަކެއް ކޮށްފައެވެ. މި މަހުގެ ކުރީކޮޅު އެ ހޮސްޕިޓަލުން ވަނީ 43 އަހަރުގެ މީހެއްގެ ރަހިމުގައި އުފެދިފައިވާ އެކިވަރުގެ 8 މަސްކޮޅު އޮޕަރޭޝަން ކޮށްގެން ކާމިޔާބުކަމާއެކު ނަގާފައެވެ. އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ރަނގަޅު ސިއްހީ ޚިދުމަތްތަކެއް ލިބޭނެ ގިނަ ވަސީލަތްތަކެއް ގާއިމް ކޮށްފައި އެބަހުއްޓެވެ.

ކުރިން ސިޒޭރިއަން ހަދާފައިވާ މީހަކު އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުން ވިއްސިއިރު ކަންފަސޭހަ ކޮށްލުމުގެ ގޮތުން މާބަނޑު އަންހެނުން ސިޒޭރިއަން ހެދުން އާދަޔާ ހިލާފަށް އިތުރުވަމުން ގޮސް މިހާރު މިއީ "ބަލިމަޑުކަމަކަށް" ބަދަލުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯޯ) އިން މިދިޔަ އަހަރު ބުނެފައި ވެއެވެ. އެޖަމިއްޔާ އިން ބާރުއަޅަނީ ސިޒޭރިއަން ހެދުމުގެ ބަދަލުގައި މާބަނޑު މީހުން ވިއްސުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. މީހަކު

  މާކުރިން މީގެ10 އަހަރު ކުުރިން އދ.ފެންފުށީގަވެސް ސިޒޭރިޔަން ހެދި މީހަކު ވިއްސި.އެއީ އަދިސިއްހީމަރުކަޒެއް. ވީމަ ތިހޮސްޕިޓަލް އައްވުރެ އެމަރުކަޒުވެސް މާމޮޅު ........ހެހެެެހެހެ ..ހިތުން އަދިއަލައް ވިީ ކަމެއްކަމައް ދޯ ތި ހަބަރަށް ލީ.............ސިއްހީމަރުކަޒަކައްވުރެ މާފަހަތުގަ އައްޑޫ ތިއުޅެނީ...

  17
  16
  • ދިވެހި މީހާ

   ސިޒޭރިއަން ހަދާފައިވާ މާބަނޑު މީހަކު ކާމިޔާބު ކަމާއެކު އެ ހޮސްޕިޓަލުން ވިއްސި ފުރަތަމަ ފަހަރުކަމަށެވެ.
   މީގަ ނެތޭ ރާއްޖޭގައި ފުރަތަމަ ފަހަރައް ވިއްސިވާހަކައެއް
   އަހަރުމެން ދިވެހިންގެ ހާލަކީމީ

   29
   1
  • ލޮލް

   އެ ހޮސްޕިޓަލް ހުޅުވާ ހިދުމަތް ދޭން ފެށިތާ ކުޑަ ދުވަސްކޮޅެއް ވީ އިރު އެތާ އަލަށް އެކަން ކުރިކަން އެމީހުން ފާހަގަ ކުރީ. އދ.ފެންފުށީގަވެސް ސިޒޭރިޔަން ހެދި މީހަކު ވިއްސީމަ އެއީ ފެންފުށިން އުފާ ކުރަން ޖެހޭ ކަމެއް. އަލަށް ކުރިއްޔާ ފާހަގަ ވެސް ކުރަންވީ. އެހެން މީހުންގެ ކާމިޔާބީ އަށް ހެޔޮ ބަހެއް ނުބުނެވެނީ ހިތު ތެރޭ ހާދަ ހަަސަދަ އެއް ވެސް އޮތީމައޭ.

 2. ޙ

  މިރަށުގަ ވެސް ވަރަށް ނުވިއްސާނެ ކުރިން ސިޒޭރިއަން ހަދާފަ ހުރިޔާ. މަދުމަދުން ވިއްސާ އެކަމަކު

 3. Anonymous

  ތިޔަ އީ މިރާއްޖޭގެ ފުރަތަމަ ފަހަރައް ވީކަމެއްތޯ.

  15
  11
 4. ޢަލިބޭ

  ތިބޭފުޅުންނަށް އާކަމަކަށްވިޔަސް މީގެކުރިން އެތައްމީހުނެއްވިއްސާފައެބަހުރި ތިޔަކީ އަދިއާކަމެއްނޫން

  12
  11
  • މަ

   މާތްކަމޯ ކާކުތަ އާކަމެކޯ ބުނީ

   18
   1
  • ލޮލް

   ހުޅުވައިގެން އަހަރެއް ނުވާ ހޮސްޕިޓަލެއްގަ އަލަށް ވަރަށް ބައިވަރު ކަންކަން ކުރާނެ. މިދުނިޔެ ތެރޭ ކުރާ ވަރަށް ބައިވަރު ކަންކަން އެހެން މީހަކު އަލަށް ކޮށްފާނެ. އެއީ އެ ބަޔަކަށް އާ ކަމެއް އުފާ ކުރާނެ ކާމިޔާބީ އެއް. ތިމާ ގެ ހިތް ސާފު ކޮށްލަން ވީނު.

 5. އަހްމަދު

  ހަމަޔަޤީނުންވެސް އެކުއްޖާގެ މީނުފެންނަ ގޮތަށް އެކުއްޖާގެ އާއިލަމީހުންވެސް ތިފޮޓޯ މިޑިޔައަކަށް ނުލާނެ! ތިފޮޓޯ މީޑިޔާއަށް ދޫކޮށްލިއިރު އެކުއްޖާގެ މައިންބަފައިންނާ އެނގޭބާ ނުވަތަ ހުއްދަ ހޯދައިގެން ކުރިކަމެއްބާ! މިތުއްތު ކުއްޖާ މީސްމީހުންގެ ލޮލުން ރައްކާތެރި ކުރައްވާށި!

  14
  3
 6. މޫސަ

  އެންމެހާ ތަޢުރީފާއި ޙަމްދުޘަނާ ޙައްޤު ވެގެންވަނީ الله سبحانه وتعالى އަށް

  25
 7. މަރީ

  އަހަރެމެން ރަށުގަ ތިކަހަލަ ކިތަންމެ ކޭސް އެއް ފެނިފަ އެބަހުރި.. ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުވުމުގެ ކުރިން ވެސް އެބަހުރި ސިޒޭރިއަން ހަދާފަ ތިބޭ މީހުން ފަހުން ވިހާފަ.. ތި ދެން ނޫހުގަ ޖަހާ ވަރު ކަމެއްތަ ؟

  1
  3
  • އަބޫ

   މަރީ. ކޭހެއްގަ ކިހާވަރެއް ހުރީ؟

  • ގ

   އަސްލު ނުވާނެ ސިއްހީ މަރުކަޒެއްސަ އެކަހަލަ މީހަކު ވިއްސާކަށް. ރަހިމު ފަޅަިގެން ގޮސްދާނެ ، ވަރަށް ރިސްކީ ކަމެއް އެއީ. ވަގުތުން އޮޕަރޭޝަން ކުރަން ޖެހޭނެ. ސިއްހީމަރުކަޒުގަ ކީއް ކުރާނީ

 8. ކަންބަލާ މީހާ

  ކާމިޔާބުތަކާ ރައްޔިތުންނަށް ލިބިދެވޭ ރަނގަޅު ޚިދުމަތްތަކުގެ ވާހަކަތައް ސޯޝަލް މީޑިޔާގައި ނުދެއްކެނީ ކީއްވެގެންބާ؟؟ ގޯސްކަމެއް ވާއިރަށް އެވާހަކަތައް ސޯޝަލްމީޑިޔާގައި ވަރަށް ފޯރިހިއްޕާލާފަ ކުރިޔަށްދޭ!

 9. ޖަޒީރާމަނިކު

  އާކަމެއްނޫން.