ރާއްޖޭގެ ތާރީޚްގައި ވެސް އުފެދުނު، އެންމެ މޮޅު އެއް އެތްލީޓް ކަމަށްވާ ޑރ.ހުސައިން ހަލީމް (ކުޑަހުސެން) އޭނާގެ އަމިއްލަ ގެ ވިއްކާލުމަށްފަހު ރާއްޖެ ދޫކޮށް ބޭރު ގައުމަކަށް ހިޖުރަކުރަން ބޭނުންވާ ކަން ހާމަކޮށްފިއެވެ.

ހުސެން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މިހާރު އިމާރާތް ކުރަމުން ގެންދާ އޭނާގެ ގެ ވިއްކާލަން ނިންމާފައި ކަމަށެވެ. މިހާރު ވެސް 1.6 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ގެއަކީ އޭޑީކޭ ހޮސްޕިޓަލް ކައިރީގައި އޮތް 895 އަކަ ފޫޓްގެ ބިމެއްގައި އިމާރާތް ކުރަމުން ގެންްދާ ގެއެކެވެ.

ހުސެން ބުނީ ރާއްޖެ ދޫކޮށް ދެވެން އޮތީ ގެ ވިއްކާލައިގެން ކަމަށާއި 15 މިލިއަން ރުފިޔާ އަށް ގެ ގަންނަން ބޭނުންވާ ފަރާތަކަށް ގެ ވިއްކާލަން ތައްޔާރަށް ހުރި ކަމަށެވެ. އެއްވެސް މީހަކު އޭނާގެ ގެ ގަންނަން ބޭނުން ނަމަ އެކަން އެންގުމަށް ހުސެން އެދިފައި ވެއެވެ.

ހުސެން ރާއްޖެ ދޫކޮށް ދާން ނިންމާފައި މިވަނީ އޭނާގެ ދަރިއަކަށް އައިޖީއެމްއެޗްގައި ދާދި ފަހުން ދިމާވި ހާދިސާ އަކާއި ގުޅިގެން އެކަމުގެ ކަންބޮޑުވުންތައް މީސް މީޑިއާގައި ހާމަކުރިތާ މަހެއްހާ ދުވަސް ފަހުންނެވެ. ނަމަވެސް އޭނާ ރާއްޖެ ދޫކޮށް ދާން ނިންމި ސަބަބަކީ އެއީ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

https://www.facebook.com/hussain.haleem.54/posts/3166315736723099

ރާއްޖެ އިން ފުރަތަމަ އޮލިމްޕިކްސްގައި ބައިވެރިވި އެތުލީޓުންގެ ތެރޭގައި ހިމެނޭ ހުސެން އަކީ މެރަަތަން ދުވުމުގެ ރާއްޖޭގެ ރެކޯޑް އެންމެ ގިނަ ދުވަހު ދެމެހެއްޓި ދުވުންތެރިޔާ އެވެ. ހުސެން ހެދި މެރަތަން ރެކޯޑް ދިވެއްސަކަށް މުގުރާލެވުނީ އޭނާ އެ ރެކޯޑް ހެދިތާ 27 އަހަރު ފަހުންނެވެ.

ހުސެން ފާހަގަ ކުރެވެނީ ވަރަށް ގިނަ ޗެލެންޖްތައްކޮށް، އެޗެލެންޖްތައް ކާމިޔާބު ވެސް ކޮށްފައިވާ ބޭފުޅެއްގެ ގޮތުގައެވެ. އޭނާ އަކީ ދުނިޔޭގައި ކުރިއަށް ގެންދާ އެންމެ އުނދަގޫ އެއް ރޭސް ކަމަށްވާ އަޔަން މޭން ފުރިހަމަ ކުރުމުގެ ޝަރަފް ވެސް ފުރަތަމަ ހޯދި ދިވެއްސެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ޢަބްދުﷲ

    ތިވިސްނުން ބަދަލުކޮށް މުސްތަގްބަލަށް ވިސްނާފަ ގޯތި ނުވިއްކުމަށް ނަސޭހަތްތެރިވަން.

    111
    10
  2. ޓައްޕު

    ތިޔައީ ގޯހެއް އާދެސް ކޮށް ދެފައިންުޕުޅުގައި ހިފާފަ މިދަންނަވަނީ ތިކަން ނުލުރައްވާށޭ އޭތި ކަޑައޭ ތަޖުރިބާ ކޮށްފައިވާތީ މިދަންނަވަނީ

    92
    8
  3. ބޯކިބާ

    މާލޭމީހެއްވިއްޔާ 800 ފޫޓު 15 މިލިއަނަށް ވިއްކާފަ ބޭނުން ގައުމަކަށް ހިޖުރަކޮށްގެން ދުނިޔެއުމުރަށް މުއްސަނދިކަންމަތީ އެބަ އުޅެވޭ. އެކަމަކު ސަރުކާރުން ސާވޭހެދީމަ ވާގޮތަކީ ނޭކުރެންދޫމީހާ މާލޭ މިކަހަލަ މީހުނަށްވުރެ މާ މުއްސަނދިކަމަށް ދައްކަނީ.

    56
    10
    • ޑޮން

      ނޭކުރެންދޫ މީހާ ވިއްކަނީ ފަތޭ.....

      48
      16
      • ބޮޑޭ

        ނޭކުރެންދޫ މީހުން ވިއްކަނީ ކަނޑޫ

    • ބޯކިބާ

      އެއެއްނޫން ވާގޮތަކީ، މީގެކުރިން ތިކަހަލަ އެތައް މިލިއަން ރުފިޔާގެ ގޯތި ހުރެމެ ބާހެދުމެއްލައިގެން މަގުމަތީ ސަލާންޖަހަންވެސް އުޅުނު. ސާވޭކުރަންދިޔައިމަ ބައިރުފިޔާވެސް ނުލިބެއޭ ބުނަނީ.

      12
      1
  4. ޙސހ

    ގައުމުގަ ތިބޭ އަގުހުރި ދަރީން ހިތާ ދެކޮޅަށްވެސް ގައުމު ދޫކޮށް ދާނެ. މިހާރު މިގައުމު މިދަތުރުކުރަމުން މިދަދީ ޔަހޫދީ ދައުލަތަކަށް ބަދަލުވާން. އެހެންވީމަ އަމިއްލަ ދަރީން ހަލާކުވުމުގެ ކުރީން ވިސްނޭ މީހުން ގައުމު ދޫކޮށްދާތަން ފެންނާނެ. މިބައިމީހުން 5 އަހަރު ފުރިހަމަ ކޮށްފިޔާ މިގައުމުގެ ދީން ބަދަލު ކުރާނެ ކަމުގެ %100 ޔަގީންކަން މިހާރު އަހަރުމެނަށް އެބައޮތް.

    95
    12
    • ބިންޢަލީ

      ތިޔަވިދާޅުވާ ގޮތުން ހީވަނީ ދީން ޙިމާޔަތް ކުރާނީ ވަކިބައެއްހެން! ތިޔަކަހަލަ ކޮށިވިސްނުމާހެދި ގައުމު ހަލާކުމިވަނީ! ޔަހޫދީ ދަންތުރައިގައި ނުޖެހޭ! ކުރިންދިޔަ ބައިގަނޑު ގައުމުގެ ހުރިފަޅަކާ ރުކެއް ގަހެއްވިޔަސް ޔަހޫދީންނަށް ވިއްކާލާ ލާރިގަނޑު ޖީބަށް އަޅާލީމާ އެމީހުން ދީން ޙިމާޔަތްކުރިވަރު އެބަ އެނގޭ! ކުދިންނަށް ތިބުނެދެނީ ކޮންކަހަލަ މިސާލެއް ؟ މިހާރު މިތިބަ މީހުންނަކަށް ވެސް މަގޭ ދީނަކާ ނުކުޅެވޭނެ! ފުރުސަތެއް ނުދޭނަން! އިންޝާ ﷲ! މުސްލިމުންނަށް ފާޅުގައި އަނިޔާކުރާ އިންޑިޔާ ޗައިނާގެ ފަހަތުގައި ތިބޭ ރާއްޖޭގެ ސިޔާސީ އެއްވެސް ބަޔަކަށް މަގޭ ތާއީދެއްނެތް! މޭގަ އަތްޖަހާފަ މިބުނަނީ!

      23
      64
      • މޮޔައަލީ

        ބިންޢަލީ ގެ ކޮމެންޓަށް ލިބުނު ޑިސްލައިކް ގެ އަދަދުން ގައުމުގެ ހާލަތާ މުސްތަގުބަލް ފެންނަފަދަ!! ކެކެކެ ދިވެހިން ގަމާރުކަންމަތީ އަބަދަށް! ބަލާ ގަމާރުންނޭ އެއްވެސް ސިޔާސީ ބައިގަނޑެއް ކަލޭމެންގެ ދިރިއުޅުމާ އާޙިރަތް ބާއްޖަވެރިކުރަކަށް ނޫޅޭ! ދުނިޔޭގެ ދަޅައަށް ތިހެން ހެއްލި ނުދޭ! ކެކެ

        8
        1
      • މަ

        ބިންއަލީގެ ކޮމެންޓައް ލިބިފައިވާ ޑިސްލައިކަށް ބަލާލުމުން ދޭހަވަނީ ދިވެހިންނަށް ދީނަށްވުރެން މުހިއްމީ ސިޔާސީޕާޓީހެން. ކަމޯން ޕީޕަލް ވީއާ ވަން އުމްއަ. އީމާން އިޒް ތިކާ ދެން ބްލަޑް.

  5. ނޫސްކިޔާމީހާ

    ހުސައިން ތިމާގެ އަމިއްލަ ފަސްގަޑު ދޫކޮށް އަދި މައިންބަފައިންގެ މުދަލުން ވާރުތަވެފައިވާ ބިންކޮޅު ވިއްކާލުމަށްފަހު ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލު ކުރުމަކީ އެއްގޮތަކަށްވެސް ރަގަޅުކަމެއްނޫން. ޙުސައިންގެ ދަރިން ފަހުން ހިތާމަ ކުރާނެ ތިކަމާ ކުދިން ބޮޑެތިވާ ދުވަހު

    72
    6
  6. ކުއްބެ

    ބޭރު ޤައުމަކަށް ހިޖުރަ ކުރުމޭ ބުނީމަ އެއީ ވަރަށް ފަސޭހަ ކަމެއް ކަމުގައި ބައެއް މީހުންނަށް ސިފަ ކުރެވިދާނެ. އެކަމަކު ހަޤީޤަތަކީ އެމީހާ އުފަންވެ އުޅެބޮޑުވި މާހައުލު ނޫން އެހެން ތަނެއަގައި ދިރިއުޅުމަކީ އެއް ގޮަކަށް ވެސް ފަސޭހަ ކަމެއް ނޫން. ތިމާ ވިހާ އުޅެ ބޮޑުވި ތަން ނޫން އެހެން ކޮންމެ ތަނެއްގައި އުޅުނަސް އުޅެން ޖެހޭނީ 2 ވަނަ ދަރަޖައިގެ ރައްޔިތެއްގެ ހައިސިއްޔަތުން. އަހަރުން އަހަރަށް ވިސާ ނަގަން ޖެހޭނެ. ސަރުކާރުގެ ސިޔާސަތު ބަދަލުވާއިރަށް ވިށަ ލިބުމާ ނުލިބުން އަރަތަކަށް ބަދަލުވާނެ. ދެން އެމބުރި އަންނަން ޖެހޭނީ އެއްކަލަ އަމިއްލަ ޤައުމަށް. ދެން ހުސެން ގެ ތިޔަ ނިއްމުމާ އެއްގޮތަށް ގެ ވިއްކާލާއިފައި ގޮސްފި ކަމުގައި ވާނަމަ އެމބުރި އައިސް ވަންނާނެ އަމިއްލަ ބޯހިޔާ ވަހިކަމެއް ވެސް ނުހުންނާނެ. ދެން އުލެން ޖެހޭނީ ތިމާގެ މީހުންގެ ތައްޕާހުން. އެއިރު އެވެއްޓެނީ ތިމާގެ އަމިއްލަ ޤައުމުގަ 3 ވަނަ ދަރަޖައިގެ ރައްޔިތެއްގެ ހަލަތަށް. އެހެން ވީމާ މަގޭ ނަސޭހަތަކީ ހުސެން ތިޔަ ނިއްމުން ބަދަލުކުރުން. މިވަގުތު ދަރިފުޅަށް ދިމާވި ގެއްލުމުގެ ކަންކަމާއި މެދު ވަރަ ފުންކޮށް އަސަރު ކުރުމުގެ ސަބަބުން ތިޔަހެން ވިސްނުނަސް ތިޔަ ގޮތަށް އަމަލު ނުކުރުން. އެހެނެއް ނޫން އަހަރުތަކަކަށް ބޭރު ޤައުމެއްގައި ދިރިއުޅެ ދަރިފުޅަށް ބޭސްކުރުމާއި ކިޔަވާދީ ހެދުން ފަދަ ކަންކަން ކުރަން ހުސެންގެ ގެ ދިގުމުއްދަތަށް ކުއްޔަ ދީފައި ރަނގަޅު އެޑްވާންސެއް ވެސް ނަގައިގެން ބޭރު ޤައުމަކަށް ބަދަލުވެލުން ބުއްދިވެރި. އަދި ދަރިފުޅުގެ ކަންކަމާއިއެކު ހުސެންވެސް ބޭރުގެ އެޤައުމުގެ ޕްރޮފެޝަނަލް ކައުސެލަރެއްގެ ފަރާތުން ކައުންސެލިންގް ހޯދުން ވެސް މީގެ ތެރޭގައި ހޯދުން ބުއްދިވެރި. ހުސެން އާއި އާއިލާ އަށް ބާއްޖަވެރި ދުވަސްތަކަކަށް އެދެން.

    66
    2
  7. ޫހަސަން

    10 ސްޓޯރީގެ ގެއެއް
    1 ބެޑްރޫމްގެ 2 ފްލެޓް، ކޮންމެ ފްލޯރ އަކު
    ކޮމާޝިއަލް ރޭޓްން ކުއްޔަށް ދެވޭނެއަގު ސްޓޯރީއެއް 16000 ރުފިޔާ. (1 ބެޑްރޫމް ފްލެޓެއް 8000 ރުފިޔާނަމަ)
    މަހަކު ކުއްޔަށް ދީގެން ލިބޭނެ އަގު (16000*10=160000 ރުފިޔާ)

    ބިލްޑިންގ ވިއްކަން ބޭނުންވާ އަގު 15000000 ރުފިޔާ.
    އެހެންކަމުން ބިލްޑިންގް ކުއްޔަށް ދީގެން ގަންނަ ފަރާތަށް ބިލްޑިންގްގެ އަގު ހަމަވާނީ (15000000/160000=93.75 މަސްދުވަސް ނުވަތަ 7 އަހަރާއި 9 މަސްދުވަސް)

    އަދި ބަަލަންވީ ކަންތައްތައް
    ބުލްޑިންގް އަދި ހުރީ އެންމެ 2 ފްލޯރ ކޮންކްރީޓް ކޮށްފަ
    އަދި ބާކީ 8 ފްލޯރ ހަދަންދާ ހަރަދޯ.
    ބުލްޑިންގް ވިއްކާލާ ޓެކްސް، ބުލްޑިންގް މެއިންޓެނަންސް، ކަސްޓަމަރސް ރެންޓް އެންޑް ސަރވިސް ލޮސް.

    ހިއެއްނުވެ ތި ރޭޓްގަ ކޮމާޝަލީކޮށް ވިސްނާފަ މީހަކު ގަނެފާނެ ކަަމަކަށް،

    39
    4
  8. މޮޔަބެ

    ޑރ.ހުސައިން އަކީ ވަރަށްބޮޑަށް ދީނަށް އިހުތިރާމްކޮށް އެފަރުޝު އަދާކުރާތަން ފެންނަ ބޭފުޅެއް..އަދި ޕީއެޗްޑީ ހަދައިގެެން ހުންނެވި ކެރޭ ދިވެހި ދަރިއެކެވެ. ސިފައިންގެ ޚިދުމަތުގައި އުޅުއްވާފަ ހުރި ހީވާގި އެތުލީޓެއް..އަޅުގަނޑު ހުސައިން އެންމެގިނައިން ދެކެނީ އިސްލާމީ މަރުކަޒުން.... ބުނެލަންއޮތީ ..މުސްކުޅި ލައިފްގަ އުޅެން އެންމެފަސޭހައީ ހަމަ މި ރާއްޖެއެވެ... ބުނެލަންއޮތީ 1 މިލިއަންޑޮލަރ އަށް ގެ ވިއްކާލީމަ ހުސައިންގެ ކުދިންގެ މުސްތަގްބަލްގެ އަމިއްލަ ގެދޮރޮ ގެއްލުނީއެވެ...ނިވްޒަލަންޑް ކަހަލަ ޚަރަދުބޮޑް ޤައުމުތަކަކީ އުޅެން ފަސޭހަ ޤައުމުތައް. .

    30
    2
  9. މަޖިލިސްމެންބަރު

    ގައުމުގެ އިސް ރަށްވެހިން ކަމުގައިވާ ބަންގާޅު ބޭފުޅުންނާއި ޤައުމު ހަވާލުކުރުމަށްފަހު ދިވެހި ނިކަމެތިން ޤައުމުން ފައިބައިގެންދާދުވަސް މިއޮށްއައީއެވެ. ނަސަބުންވަރުގަދަ ކެނެރީގެ، ކިނބިގަސްދޮށުގެ ކަހަލަ މާލޭގެ ނަންހިނގާ ދެތިން ޢާއިލާއަކާއި އެމީހުންގެ ޢާއިލާތަކަށް ސަނާކިޔާ ބައިގަނޑުތަކަށް މެނުވީ ހެއުގޮތެއް މޮޅުގޮތެއް މިޤައުމުގައި ނެތްކަން ދިވެހިންނަށް މިއަދު އެނގިއްޖެވެ. އިސްލާމްދީނަކީ ސިޔާސީ ހަތިޔާރަކަށް ހަދާފައިވާ މިރާއްޖޭގެ އަޙުންނަށް އެހެން ކާފަރު ޤައުމުތަކުން މާރިވެތި މިސާލުފެނުނީމާ އުންމަތުގެ ޙާލަތު އެނގެޔެވެ. ވަގުންނާއި ލާދީނިއްޔަތު އިސްކުރާމީހުނަކީ ޤައުމުގެ އިސްތަނބުތައްކަމަށް ބަލައިގެން ޙާސިލުވާނީ ކޮންކަމެއްތޯއެވެ ؟ ދަރިންނަށް މިދައްކަނީ ކޮންމިސާލެއްތޯއެވެ ؟ އާނއެކެވެ! ދިވެހި ޤައުމު އިނދަޖެހިއްޖެވެ. ސިޔާސީ ނުފޫޒުގައި ޖެހި އަމިއްލައަށް ކަރަށް މަޅި ހަރާލީއެވެ.

    34
    3
    • ހުސެން

      ކަރަށް ވަޅި ހަރާލީ ތޯ؟ ނޫނީ ކަރަށް މަޅި މަހާލީތޯ؟ ނޫނީ ލިޔުމުގަ ތިއޮތީ ރަގަޅަށް ތޯ؟

      2
      1
  10. މަނިކު

    895 އަކަފޫޓު ގެ ގޯއްޗެއް 15 މިލިޔަނަށް ވީމާ މާ އަގު ބޮޑު.. މާލެއިން އެބަ ހުރި އަކަފޫޓެއް 7000 ރުފިޔާގެ މަގުން ވިއްކާ އެތަށް ބިމެއް.. ރެންޓު ކުޑަވަމުން ދާއިރެއްގައި 15 މިލިޔަނަށް ގަނެފައި، އިތުރު 11 މިލިޔަނަށް ގެ ހަދައި ނިންމާފައި، އިންވެސްޓުމަންޓު ކަވަރޔ ކުރާނީ ކިހިނެއްތޯ؟

    6
    3
  11. ސަޓޯ

    ސަރުކާރުން މަށައްވެސް ތިވަރުގެ ބިންކޮޅެއް ދީފައި އޮތް ނަމަ މި ކަޑަ ރާއްޖެގަނޑު ދޫކޮއްފަ ދިޔަތާ ކޮން ދުވަހެއް.. މިހާރުވެސް މިއުޅެނީ 5 ފޫޓު ގޮޅިއެއްގައި... ފުލެޓުގަނޑެއްވެސް ނުދިން...

    8
    2
  12. Anonymous

    އަޅުގަނޑު ދަންނަ މާލޭގައި އަމިއްލަ ގޯއްޗެއް އޮތް އަންހެން ބޭކަނބަލަކު ކުރީގެ ޓީޗަރެއް ބިދޭސީ ޓީޗަރަކާއި ކާވެނި ބައްލަވައިގަނެގެން ދުނިޔޭގެ މަޝްހޫރު ޤައުމަކަށް ހިޖުރަ ކުރެއްވީ ގޯތިވިއްކާލައްވާފައި. ވ. ބޮޑު ގޯއްޗެއް. ޢާއިލާގެ މެމްބަރުންާއިވެސް ދެކޮޅަށް. ކަންތައްވީ ހީވެސް ނުކުރާގޮތަށް. ދިރިއުޅުން ކާމިޔާބެއް ނުވި. އެނބުރި އަންނަން ބެލި އިރު ވަންނާނެ ގެދޮރެއްނެތް. މުސްކުޅި އުމުރަށް އަޅާފައި . ބަލިވެއްޖެ. ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށި ދަނޑު ވެސް ގެއްލިއްޖެ އޭ ކިޔާ މިސާލު.
    ޙުސައިން ސަރ ވެސް ކުއްޔަށް ދެއްވާފައި ވަޑައި ގަންނަވަންވީ. ކުރީގައި ކިޔާނެ އަސް ވިއްކިއަސް ލަގަން ނުވިއްކާށޭ .ކޮންމެ ތަނެއްވެސް އުޅެމަރުވަން ރަނގަޅުވާނެއޭ ކިޔާ. އެކަމަކު މޫސުމީ ބަދަލުތަކާއި ބަޑޖެހުމާއި ބޮންގޮއްވުމާއި މިހުރިހާ ކަމަކާއި ބަލާފަ ހަމަ އެންމެ ދިރިއުޅެން ރަނގަޅީ މިދިވެހިރާއްޖެ މަގޭ ރާއްޖެ.

    21
    1
  13. ހުސޭނާދުވޭ

    މަސައްކަތެއް ނުކޮށް ހުއްޓާ އެމްއެމްޕީ އާރުސީން ފައިސާ ލިބިފަވާ މީހަކު ތިވަރުގެ ބިންކޮޅެއް ތިއަގުގަ ގަނެފާނެ

    12
  14. ޢާދޭސް

    ޤައުމުން ބޭރަށް ދިއުމަށްވުރެ ، މާލެ ނޫން ރާއްޖޭގެ އެހެން ރަށެއްގައި ވަޒަންވެރިވުން ބުއްދިވެރި ، ހުސެން އަކީ ހުނަރުހުރި ލީޑަރޝިޕް ރަނގަޅު ހިތްހެޔޮ ބޭފުަޅެއް ، އަތޮޅުތެރެއިން ރަށަކަށް ބަދަލުވެ އެފަދަ ރަށެއްގައި ޖަމްއިއްޔާ ހަދާގެން ކުޅިވަރު ދާއިރާގައި ކުރިއަށްދިއުމަށް ފެނޭ ،

    14
    2
  15. އަޅުގަނޑުގެނަސޭހަތް

    އަޅުގަނޑުގެ ނަސޭހަތަކީވެސް ތިތަން ނުވިއްކާށޭ ތިތަންހަދާފަ ކުއްޔައްދެއްވަންޏާ ދެއްވާފަ ދެންބޭރައްދިރިއުޅުންބަދަލުކުރައްވާށޭ ހާލެއްގަޖެހިގެން އެނބުރިވަޑައިގަތަސް ހިޔާވެލަންވަންނާނެ ޖިފުޓިގަނޑެއްވެސް އޭރުންހުންނާނޭ އަޅުގަނޑު މިބަސް މިތާނގަ މިބޭނުންކުރީ އެފަދަތަނެއްނެތި އުޅެންޖެހިދާނެ ނިކަމެތިހާލު ތަސައްވަރުކޮއްދިނުމުގެބޭނުމުގައި

    20
    1
  16. ޢަނީސާ

    އަންހެނުންނާއި ދަރިންވިއްކާފަ ބޭރަަށް ހިޖުރަކުރަން ދިމާނުކުރިކަން ނަސީބެއްތީ. ތިހާ ޑެސްޕަރޭޓްތަ ހަމަ ބޭރަަށް ހިޖުރަނުކުރެވިގެން؟؟

  17. ދިވެހިމީހާ

    ޙުސޭނާ ދިވެއްސެއްވީމަ މިބުނީ ގެދޮރު ނުވިއްކާތި ދަނޑިވަޅު ބަލާފަ މަކަރު ވެރިން ތިބާގެ މައްޗައް ވެރިވެދާނެ މައިންބަފައިން ގެ ތަރިކަ ރައްކާތެރި ނުކޮށްފިނަމަ އާހިރުގައި ތިބާގެ ދަރިންނަށް އެކުރިމަތި ކުރެވެނީ މުސީބާތް އަޅުގަނޑުގެ ދަރިފުޅު ހުރިހާޅިޔަން ފަހަރިން ވެގެން ޓޯޗާ ކޮށް ސައިކޯ ކޮށްލީ އަޅުގަނޑުގެ ގެދޮރު ނެތީމަ އެމީހުން ބިރުގަތީ ދަރިފުޅު ބޮޑުވެގެން ގެއަށް ގަދަވެ ދާނެތީ އެހެންވެ ދަރިފުޅުގެ ދުވަސް ދުއްވާލީ ހަމަ ގަސްތުގަ ރާވައިގެން އެކަމަކުއަޅުގަނޑުގެ ބޮޑުދައިތައަޅުގަނޑުމެން ސަލާމަތް ކޮށްދިނީ އަޅުގަނޑު ތަޖުރިބާކުރި އެއްވެސް ކަމެއް ތިބޭފުޅާގެ ދަރިން ނުވަތަ ކާފަ ދަރިން ތަޖުރިބާކުރަން ނޭދޭތީ ތުއްތު ކުދިންދެކެ ލޯބިވާތީ ކުޑަކުދިންނަށް މުސީބާތަކަށް ވެދާނެ ކަމެއް ނުކުރުމަށް ތިބޭފުޅާއަށް ނަސޭހަތް ތެރިވަން ތިބޭފުޅާގެ ދަރިފަސްކޮޅަށް ﷲ ރަހްމަތް ލައްވާށި

  18. ޢަދުރޭ

    ކުޑަ ހުސެން .. ގެ . ވިއްކާލަން .. މޮޅު. ގޮތަކަށް . ޖެހި . އިޝްތިހާރެއް . . މީ. .. 15 .. މިލިއަނަށް .. ކުޑަހުސެންގެ .. ގެވަރުގެ . ދެ . ގެ . ..މަ . ވިއްކަފާނަން

  19. Anonymous

    ހަމަ މާލެ ދޫކޮށްދާން ވީމަ ދާންވީ، އެކަމަކު ހުސްބިމަކަށް ނޫނީ ޕާރކަކަށް ގޯތި ބަދަލު ކޮށްލާފަ. 2 ފްލޯރ ޕާރކް ސަޅި ކަމަކަށް ވެދާނެ....

    އޭރުން މާލެ ތޮއްޖެހުންވެސް ކުޑަވާނެތާ

  20. ﷲއަށްބިރުވެތިވޭއަނިޔާވެރިންނާދުރައްދޭ

    އަޅު ގަނޑަށް ވިސްނޭ ގޮތާ ތިޔައެންމެހާ ބޭކަލުންނާ ކަނބަލުންނަ ވިސްނޭ ގޮތް ވ ބޮޑަށް ތަފާތުވެދާނެ ހުސެން ގެއްވިއްކާލަން އުލެނީ އެއަށްވުރެން ރަ ގަޅުވިޔަފާރިއެއް ކުރަންސައިޒު ގެގ ގޮތުން ކުޑަވުމާ މާލޭ ގައިއުޅެންޖެހެނީ ހާސްކަމާހިންނުތަނަވަސްކަންމަތީ ކަމަށްވާތީއާ މިހާރު 15މިލިއަނަ ގޯތިވިއްކާލާފަ ހުޅުމާލެއިން 12ސަތޭކައަކަފޫޓު ގެ ބިމެއް މިސަރުކާރުން 2މިލިއަނަށްވިއްކާންފެށުމުން މި ގޮތްވިސްނައި އެކަމަށް ހުސެންތައްޔާރުވަނީ ރަ ގަޅުސިކުޑިއެއްހުރުމުން ޕީއެޗްޑީނެ ގޭނީ ވސަލާން

    2
    1
  21. ކަދުރު

    އަދިވެސް މާލެ ތޮއްޖައްސާ. ޢޭރުން ސިއްހީ ހިދުމަތް ކުރިއަރާނި. ބޯ ހަލާކު

  22. ޙުއްތު

    ބިމެއް އޮތަކަސް ކުރާނެކަމެއް ނެތް ، ހަދަންޏާ މިޖެހެނީ ބަޔަކަށް 9 ބުރި 20 އަހަރަށް ކުއްޔަދީގެން އެއްބުރީގައި އުޅެން، ވިއްކާލާފަ މިނޫންތަނެއްގައި މާ ހިތްފަސޭހަކޮށް އުޅެވޭނެ. މިތަނގަ ތޮއްޖެހިގެން އުޅޭނެކަމެއް ނެތް

  23. ށަމްސޭރު

    ބަންޑާރަ ބިން ނުައަގުގަ މިލްކު ކޮއްފަ ބޮޑު އަގުގަ ވިއްކާލުން މީ ދައުލަތައް ލިބޭ ބޮޑު ގެއްލުމެއް.