އައްޑޫ ސިޓީ ހުޅުދޫގައި މޫދަށް ދޫކޮށްލާފައި އޮތް ދަލެއްގައި އޮޅި ވެލަޔާއި މިޔަރާއި މަޑިތައް މަރުވެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ޓުވިޓާގައި ވީޑިއޯ އާންމު ކުރި މީހަކު ބުނީ މަސް ހިފާ ނިމިގެން، ފަރުވާ ކުޑަކޮށްލާފައި މޫދަށް ނުވަތަ އަތިރިމައްޗަށް ދާ އެއްލާލާފައިދާ މަންޒަރު ވަރަށް ގިނަ އިން ފެންނަ ކަމަށެވެ. އެ ދާ އެއްލާލާފައި ދިއުމުން ފެންނަނީ މިކަހަލަ ދެރަ މަންޒަރެއް ކަމަށް އޭނާ ބުންޏެވެ.

ވީޑިއޯ އިން ފެންނަނީ ބޮޑު ދަލެއްގެ ތެރޭގައި މިޔަރުތަކަކާއި ވެލާތަކަކާއި މަޑިތަކެއް ތާށިވެ، މަރުވެފައި އޮތް މަންޒަރެވެ. މި ވީޑިއޯ އަށް އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާ އިރު، ވަރަށް ގިނަ މީހުން ވަނީ ވީޑިއޯ ރީޓުވީޓުކޮށްފައެވެ.

ވީޑިއޯ ޓުވިޓާގައި ޝާއިއުކުރި މީހާ ބުނި ގޮތުގައި މިކަމެއް ހިނގާފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ދާ އަޅައިގެން މަސް ހިފުމަކީ މަނާ ކަމަކަށް ވިޔަސް މިއީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރަމުން އަންނަ ކަމެކެވެ. އެކަމަކު، މިކަމާ ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް ނޭޅި އޮތުމަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. Anonymous

  ފަތުރުވެރިން ފީނަން އަންނަންވާއިރަށް ކަނޑުތައް ހުސްކުރަން ބަޔަކު ރާވައިގެން ކުރާ ކަމެއް

  4
  33
  • Anonymous

   ? ބޯގޯސް ކޮމެންޓެއް

 2. މޫސަ

  ކީއްކުރާނީދޯ؟ ފަޅުގައި ދާއެޅުމަކީ މަނާކަމެއް. އެކަމަކު އެއަކަށް ބަލާ މީހަކު ނޫޅޭ!

  30
  2
  • Anonymous

   ވެލާ/ކަހަނބު ހިފުން މަނާ، އެކަމަކު ވެލާ/ކަހަނބު މަސް ނުލިބޭ ރަށެއް ހިއެއްނުވޭ ރާއްޖޭގައި އޮތްހެނެއް.

   14
   • Anonymous

    ދުވަހަކު ވެސް ވެލާ/ކަހަބުގެ މަހެއް ނުދެކެން

    1
    1
 3. ޖޯން

  ދިވެހިންނަކީ އެހެންމީހުންނާދޭތެރޭ ވިސްނާބައެއްނޫން. އަދި ތިޔައެއްޗިއްސައް ލިބިދާނެގެއްލުމަކަށް ވިސްނާނެތަ؟

  30
  5
 4. ޮރޮޒޭ

  ތިވާނީ މެންބަރ ޗުއްޓީ ހޭދަކޮއްލަން އައިސް އެއްލިދަލަކަށް،

  4
  2
 5. ނާހު

  މިޔަރުތައް މަރުވުމުން މަމިހިރީ ވަރަށް އުފަލުން. ކަނޑު ފަޅުން މަހެއް ބޭނޭކަށް ނޯވޭ އެސޮރުމެންގެ ކަންތައްތައް ހުންނަ ގޮތުން.

 6. ހަލީލު

  ކޮންމެދުވަހަކު ދާއަޅާތީ ފަޅުތެރޭން ކޮރަކާތްޔެއްވެސް ކާކަށްނުލިބޭ މީގެކުރިން ކޮންމެދުވަހަކުވެސް ކޮރަކާލި، ކަޅުއޮށް، އުނިޔަ، މެކުނު މިހެންގޮސްކިޔާނެކަމެއްނެތް މިތަކެތިބާނައިގެން ކައިގެންއުޅުނީ މީދާއެޅުމުގެކަންތައް އެބަޖެހޭހުއްޓުވަން ކަމާބެހޭފަރާތުން

  6
  2
 7. އިޒުއާން

  ??