ޖިސްމާނީ ދުޅަހެޔޮކަން ބިނާވަނީ ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށް ކަމަށާއި ހިތްދަތިކަމާއި ހާސްކަމުން މިންޖުވުމަށްޓަކައި ނަފްސާނީ އަޅާލުން ވަރަށް މުހިންމު ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ހުކުރު ހުތުބާގައި ވަނީ ކޮންމެ އުނދަގުލަކާއި އެކު އެތައް ފަސޭހައެއް ލައްވާފައިވާ އިރު، އުނދަގޫ ވަގުތުގައި ﷲ މަތިން ހަނދުމަކޮށް، ﷲ ގެ ރަހުމަތަށް އެދުން ގިނަ ކުރަން ޖެހޭ ކަމަށެވެ.

"ހިތްދަތިކަމާއި ހާސްކަމުން މިންޖުވުމަށްޓަކައި ނަފްސާނީ އަޅާލުން ވަރަށް މުހިއްމެވެ. އެއް ތަނެއްގައި ބަންދުވެ ތިބެން ޖެހުނަސް ނަފްސަށް ބޭނުންވާ ރޫހާނީ އީޒާ ކަމުގައިވާ އަޅުކަމާއި، ޖިސްމަށް ބޭނުންވާ ކަސްރަތާއި، ސިއްހަތަށް ފައިދާ ހުރި ކާނާ އާއި، ސިއްހީ މިންގަނޑަށް ފެތޭ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ ނަފްސާނީ ދުޅަހެޔޮކަން ލިބިގެންދާ ކަންކަމެވެ. ވީމާ ދުވަހުގެ ތާވަލު ރާވާއިރު ތިމާގެ ވަގުތު ބޭނުންތެރި ގޮތުގައި ހޭދަކުރެވޭތޯ މަސައްކަތް ކުރެއްވުމަށް ނަސޭހަތްތެރިވަމެވެ،" ހުތުބާގައިވެއެވެ.

އުފާވެރި ވަގުތާއި، ހިތާމައިގެ ވަގުތުގައި ވެސް ހުރިހާ ހަމްދު ސަނާއެއް ހައްގުވެގެންވަނީ ﷲ އަށް ކަން ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އަދި އެކަލާނގެ ދެއްވާ ކަންކަމާއި ހިފަހައްޓަވާ ކަންކަމަކީވެސް ނިއުމަތްތައްކަން މިއަދުގެ ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

މާތް ﷲ އަށް ތަގުވާވެރިވުމުގެ އިތުރުން އެކަލާނގެ ރަހުމަތަށް އެދި ދެންނެވުމަށް ހުތުބާގައި ވަނީ ތަކުރާރުކޮށް ނަސޭހަތްތެރިވެފައެވެ.

މިހާރު ދުނިޔޭގައި އިންސާނުން ތަހައްމަލް ކުރަމުން ދަނީ ހިތްދަތި އަދި ތަދުމަޑު ހާލަތެއްކަން ފާހަގަކޮށް، ހުތުބާގައި ބުނެފައި ވަނީ ކޮވިޑް-19 ގެ ވަބާއިން ރައްކާތެރިކޮށްދިނުމަށް ވެސް ތަކުރާރުކޮށް އެދެން ޖެހޭނެ ކަމަށެވެ.

މީސްތަކުންނަށް ހެޔޮ ނަސޭހަތްދިނުމާއި، އެހީފޯރުކޮށްދިނުމުގައި ދެމި ތިބުމަށް ވެސް ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

އެ މީހަކު ހުރި ތަނެއްގައި ދިގު މުއްދަތަކަށް ބަންދުވުމަކީ ހާސްވުމާއި ނަފްސާނީ މައްސަލަތައް ކުރިމަތިވާނެ ކަމެއް ކަމަށް ހުތުބާގައިވެއެވެ. ހަމައެހެންމެ އިގްތިސާދީ ހަރަކާތްތައް ހުއްޓުން ފަދަ ކަންކަމުގެ ސަބަބުން ފިކުރުބޮޑުވުމާއި ހާސްކަމާއި ކުރިމަތިވާނެ ކަމަށް ވަނީީ ބުނެފައެވެ.

ކުރިން އުޅުނު ގޮތަށް މިނިވަންކަމާ އެކު ހެލިފެލިވެ ނޫޅެވުމުންނާއި ހައްޓަށް ވެރިވާ ބަރުހެލިކަމާއި، ހިތަށް ވެރިވާ ހިތްދަތިކަން ކުޑަކުރުމަށް ﷲ ގެ ރަހުމަތަށް އެދި ދެންނެވުމަށް ހުތުބާގައި ވަނީ އިރުޝާދު ދީފައެވެ.

ރަސޫލުންނާއި ނަބިއްޔުންނަށް ވެސް ހިތްދަތިކަމާއި ބިރުވެރިކަމާއި ކުރިމަތިވިކަމަށް ފާހަގަކޮށް ހުތުބާގައި ބުނެފައި ވަނީ އެ އަސަރުތަކުން ސަލާމަތްވާނީ ﷲ ދުނިޔޭގައި ލައްވާފައިވާ ސަބަބުތަކުގައި ހިފާ ﷲ ގެ ރަހުމަތްފުޅަށް އެދިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ހުކުރުހުތުބާ ގަަަައި ވަރައްފުރިހަކޮށް ލިޔެ ނަސޭހަތް ދިންކަމުގައި ވިޔަސް ހިތާމަޔަކީ އެފަދަ ހާލަތްތައް ބަރުދާސްކުރަމުން ދާފަރާތްތަކައް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ތިބި މުއައްސަސާތަކުން އެންމެ އެކަށީގެންވާގޮތައް އެމަސަތްކަތް ނުކުރެވުން..ޚައްސަކޮށް އަތޮޅުތެރޭގެ ރައްތަކުގައި މިއޮތީވަރަށް ފެންވަރު ދައްކޮށް.

    11
  2. Anonymous

    ނަފްސާނީ މައްސަލަތައް ހުންނަ މީހުން އަމިއްލަ ނަފްސާ ކޮއްލަން ވީ ސުއާލަ ކީ ތިމާ ހެއްދެވި ފަރާތާއި އޮތް ގުޅުން އޮތީ ކިހާ ހިސާބަކުގައިތޯ. އެ ގުޅުން އިތުރު ކުރި ވަރަކަކަށް ނަފްސާނީ ރޫހާނީ އަދި ޖިސްމާނީ ގޮތުން މީހާ ހޭލާ ހިތާމަޔާއި ފި ކުރު އަދި މުސީބާތްތަ ކަށް ކެތްކުރުމުގެ ތައުފީޤް ދެއްވާނެ. އެގުޅުން ދުރުވިވަރަ ކަށް ނަފްސާނީ ރޫހާނީ ޖިސްމާނީ ބަލިމަޑުކަން އިތުރުވާނެ.
    ޚުތުބާގައި ނަފްސާނިއްޔަތަ ކީ ކޮބައި ކަން ރޫހާނިއްޔަތަ ކީ ކޮބައި ކަން މި ދަނޑިވަޅ

    4
    56
  3. ޢިލްމުގެވދަރިވަރެއް

    ނަފްސާނީ މައްސަލަތައް ހުންނަ މީހުން އަމިއްލަ ނަފްސާ ކޮއްލަން ވީ ސުއާލަ ކީ ތިމާ ހެއްދެވި ފަރާތާއި އޮތް ގުޅުން އޮތީ ކިހާ ހިސާބަކުގައިތޯ. އެ ގުޅުން އިތުރު ކުރި ވަރަކަކަށް ނަފްސާނީ ރޫހާނީ އަދި ޖިސްމާނީ ގޮތުން މީހާ ހޭލާ ހިތާމަޔާއި ފި ކުރު އަދި މުސީބާތްތަ ކަށް ކެތްކުރުމުގެ ތައުފީޤް ދެއްވާނެ. އެގުޅުން ދުރުވިވަރަ ކަށް ނަފްސާނީ ރޫހާނީ ޖިސްމާނީ ބަލިމަޑުކަން އިތުރުވާނެ.
    ޚުތުބާގައި ނަފްސާނިއްޔަތަ ކީ ކޮބައި ކަން ރޫހާނިއްޔަތަ ކީ ކޮބައި ކަން މި ދަނޑިވަޅުގައި ދިވެހިންނަށް ކިޔަދިނުމަ ކީ ޢިލްމުވެރިންގެ މަސްޢޫލިއްޔަތެއް. އިސްލާމްދީނުގައި ރޫހާނީ ހިތް ވަނީ ޖިސްމާނީ ހިތުގެ އެތެރޭގައި. ވަރަށް ވާހަ ކަ ދެން

    1
    32
    • ޖޯރޭ

      ކަލޭތީ ހާދަ ނަފްސާނިއްޔަތަށް މޮޅު މީހެއް ހީވެއްޖެޔޭ. ޑިޕްރެޝަންގެ މައްޗަށް ކަލޭ ކުރިހޯދާފާނަން ދޯ ނިކަން ފަސޭހައިން. އެކަމާ ބެހޭފޮތެއް ލިޔެ ދުނިޔެއަށް ހާމަކޮށްލަންވީނު. ގައިމު އެތައް މިލިއަން ބަޔަކު މަރުން ސަލާމަތް ކުރެވިދާނެނު ކަލޭގެ ކުޅަދާނަ ކަމުން؟

      1
      1
      • މީ

        މާތްﷲ މި ދުނިޔެއަށް އަހަރުމެން ފޮނުއްވެވީ ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމަށް އެއީ ދުނިޔެއާއި އާޙިރަތް ބެލެންސްކޮށްގެން. މާތްﷲ އާ ހިތް ގުޅުވުމަކީ އެއީ އީމާންކަން އިތުރުވާނޭގޮތަށް އުޅުން ދުނިޔެއާއި އާޙިރަތް ބެލެންސް ކޮށްގެން މިސާލަކަށް ނަމާދު ކުރުން އުނގެނުން ހަލާލް ތަކެތި ކެއުން ކެއުމުގެ ކުރިން ބިސްމި ކިޔުން ދުޢާ ކުރުން ކެއްކުރުން ﷲ އަށް އިތުބާރުކުރުން ޝަރީކް ނުކުރުން ބަލިތަކުން ރައްކާތެރިވުން ހެޔޮ ގޮތުގަ ދިރިއުޅެން މަސްއްކަތްކުރުން.. ދުނިޔޭގަ އަހަރުމެންނަށް ކޮންމެކަމެއް ދިމާވިޔަސް އެކަލާނގެ ރަހުމަތުން ހަމައެކަނި ހައްލުވާން އޮތީ އަދި ކަންކަން ކޮންމެގޮތަކަށް އިނަސް ތިމާ ހިއްހަމަޖެހިފަ ހުންނާނީ އީމާންކަން ހުރިވަރަކަށް. ހިތްތަށް އަސްލް ހަމަޖެހޭނީ ހަމައެކަނި މާތްﷲ ހަނދުމަކުރުމުންކަމަށް ޤުރުއާންގަ ވޭ އެއީ މިބުނި ގޮތަށް. މާތްﷲ އަޅަމެންނަށް ހިދާޔަތްދައްކަވާށި އާމީން

  4. ބޯކިބާ

    ޑިޕްރެޝަނާއި އިންޓަނެޓް ބޭންކިންގއާއި ވައިފައި ދޫކުރާނެގޮތާއި ޕްރިމިއާލީގު ކަހަލަ މައުލޫތަކަށް މިހާރު ހުކުރު ހުތުބާވެސް މިހުންނަނީ.

  5. މީހާ

    ކާކު އެހާ އަޅާލަނީ؟