އެޕޮޓެކްސް ކޯޕް އިން އުފައްދާ ހަކުރުބަލީގެ މީހުންނަށް އާއްމުކޮށް ދޭ ބޭހެއް ކަމަށްވާ (މެޓްފޯމިން ހައިޑްރޯކްލޮރައިޑް އެކްޓެންޑެޑް ރިލީޒް ޓެބްލެޓް 500ގްރާމް) ބޭސް ރާއްޖެ ތެރެކޮށް ވިއްކާ އަދި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އެދިއްޖެއެވެ.

އެމްއެފްޑީއޭ އިން ނެރުނު އެލާޓެއްގައި ބުނެފައި ވަނީ، ޔުނައިޓެޑް ސްޓޭޓްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެލާރޓް ކުރާގޮތުގައި އެޕޮޓެކްސް ކޯޕް އިން އުފައްދާ އެ ބޭހަކީ (ނައިޓްރޯ ސޯޑިމެތިލެމިން) ކިޔާ މާއްދާއެއް އެކުލެވިގެންވާތީ ބޭސް އުފައްދާ ފަރާތުން ވަނީ އެބޭސް މާރކެޓުން ރިކޯލްކޮށްފައިވާ ކަމަށެވެ.

އަދި އެޕޮޓެކްސް ކޯޕް އިން އުފައްދާ މެޓްފޯމިންއަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭ (އެޕްރޫވްޑް ޑްރަގް ލިސްޓް) ގައި ހިމެނޭ ބޭހެއް ނޫން ކަމަށްވެސް އެ އެލާޓްގައި ވެއެވެ.

އެެހެން ނަމަވެސް، ބޭސް ސިޓީއަށް، އަމިއްލަ ބޭނުމަކަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް ބޭސް އެތެރެކޮށްފައި ހުރެދާނެތީ މިކަމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.

"އަދި އެއްވެސް ބޭނުމަކަށް ކުންފުނިން އުފައްދާ މިބޭސް ރާއްޖެއަށް އެތެރެކޮށް، ވިއްކާ، ބޭނުން ނުކުރުމަށް އެންގީމެވެ". އެ އެލާޓްގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލިކޮއި

    ތިބޭސްކާމީހާގެ ހަށިގަނޑައް ކުރަނީ ކޮންކަހަލަ ނުރައްކަލެއްކަން އެނގޭނެގޮތައް ޚަބަރުލިޔެލިނަމަ ރަނގަޅުވީސް މިހާރުމިއޮތީ ޚަބަރުގެ ތަންކޮޅެއްލިޔެވިފަ ކުރިޔައް އޮތްތަނުގަ މިކަމައްވިސްނާނެކަމައް އުއްމީދުކުރަން މިކޮމެންޓު ޖަހާލަދެއްވައްޗޭ

    22
  2. ބަރުގޮނު

    މިބޭސް ދާއިމީކޮށް ބޭނުންކުރާ މީހުން އަތުގައި އަބަދުވެސް 3 މަހަށް ވުރެ ދިގު ނުވާނޭ މުއްދަތަކަށް ފުދޭވަރުގެ ސްޓޮކެއް ހުންނާނެ. ދެއްވާފައިވާ މަޢުލޫމާތުން ދޭހަވާ މާނައިން ވަގުތުން މިބޭސް ބޭނުން ކުރުން ހުއްޓާލަން ޖެހޭ. ވީމާ މިބޭހުގެ ބަދަލުގައި ބޭނުންކުރާނެ ބޭހެއްގެ މަޢުލޫމާތު ދެެއްވާފައި ނެތުމަކީ ދެރަކަމެއް.

  3. ވަކި

    ދޮގު މައުލޫމާތު! މަނާ ކުރީ ވަކި ކުންފުންޏަކުން އުފައްދާ ވަކި ބޭހެއްގެ ވަކި މިލްގިރާމެއް! ބަލައިގެން ލިޔެލާ ކޮއްކޯ!