އައްޑޫ ސިޓީގައި ސްރީލަންކާ މީހަކު އިސްލާމްވެއްޖެއެވެ.
މިއަދު ހުކުރު ނަމާދަށްފަހު އެ މީހާ އިސްލާމް ދީން ގަބޫލު ކުރާ މަންޒަރު ދައްކުވައިދޭ ލައިވްއެއް ފޭސްބުކްގައި ވަނީ އާއްމުކޮށްފައެވެ.
އެ ވީޑިއޯއިން ފެނިގެން ދަނީ އެ މީހާ މިސްކިތް ތެރޭގައި އިސްލާމް ދީން ގަބޫލުކޮށް، އޭގެ ފަހުން މިސްކިތް ތެރޭގައި ތިބި މީހުންނާއި ސަލާމް ކުރާ މަންޒަރެވެ.
މިކަން ހިނގާފައި ވަނީ އެ ސިޓީގެ ކޮން ރަށެއްގައިކަން އަދި ސާފެއް ނުވެއެވެ.
މީގެ އިތުރުން އެ އެ ވީޑިއޯއިން ފެންނަ ގޮތުގައި، އެ މީހާއަށް އިނގިރޭސިބަހުން ޝަހާދަތުގެ ދެކަލިމައިގެ މާނަ ވަނީ ކިޔާދީފައެވެ. އަދި އެ ލަންކާ މީހާ ވަނީ ޝަހާދަތް ލައިދެމުންދާ މީހާގެ ފަހަތުން އެ ބައިތައް ކިޔަމުން ގޮސްފައެވެ.
https://www.facebook.com/782912928446256/posts/3946527388751445/
މިސްކަޓް ފައުންޑޭޝަން ޕޭޖުގައި މިހާރު އާއްމުކޮށްފައިވާ އެ ވީޑިއޯއަށް މިހާރު އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިގެން ގޮސްފައެވެ. އެ ވީޑިއޯ އާއްމު ކޮށް އެ ޕޭޖުން ބުނެފައި ވަނީ ސްރީލަންކާ މީހަކު އައްޑޫ ސިޓީގައި އިސްލާމް ދީން ގަބޫލުކޮށްފައިވާ ކަމަށެވެ.
1900 ގެ ކެމެރާ އަކުން ވިޑިއޯ ކޮއްފަ
އަލްޙަމްދުލިﷲ
ވެލްކަމް ޓު އިސްލާމް
އަވަހަށް ތިމީހާ ހަރުކަށިކޮށްފަ ޖިހާދަށް ފޮނުވާލަން ފެންނަނީ
އެމް ޑީ އެން ހަމީދު ހަޖަމް ޕްލީޒް
މިސްކަޓްފައުންޑޭޝަނަށްގުޅޭނެ ގޮތެއްވެދާނެބާ ؟؟
Alhamdhulilahi ?
މިކަމާ އަހަރަމެން ވ އުފާވޭ. ނަމަވެސް މިކަމާ ބޯތަޅާ ހިތާމަކުރާ 30 ހަކަށް މީހުން ތިބޭނެ ...އެއީ ވެރިންގެ ތެރެއިން ބަޔަކުވެސް ހިމަނެގިން ...ހީވަނީ އިމްރާނުވެސް ހިތާމަކުރާނެހެން
ވަރަށްއަވަހަށް ދިވެހިއަންހެނަކާ ކާވެނިކުރާނެކަމަށް ބުރަވެވޭ.
ތިޔަކަހަލަ ގޮތަކަށް ގިނަފަހަރު ވެފައޮންނަނީ. އުޅެން ފަސޭހައަކަށް.
މާޝާﷲ. ތިޔައްވުރެން މޮޅުކަމެއް ފަހަކަށް އައިސް އައްޑޫގަ ހިނގާފައެއްނެތް. އެކަމަކު އައްޑޫގައި ނިކަން ގިނަވާނެ ހަރުކަށީން.
ރަނގަޅަށް ވެއްޖެއްޔާ ތީވާނީ ފައިސާގެ ދަހިވެތި ކަމުގައި ދިވެއްސަކާއި އިންނަން ވެގެން.
ފައިސާގެ ދަހިވެތިކަމުގައި ކަލޭމެން އެންމެ ނަމާދެއްވެސް ނުކޮށް 24 ގަޑިއިރު ދުނިޔެވީ މަސައްކަތުގައި އުޅުން ނުވޭދޯ މާބޮޑުކަމަށް؟ ނަމުން އިސްލާމް ކަމުން ކާފަރު އޯކޭދޯ؟ ހަތަރެސްފައި ބަދެގެން ބޮޑު ފޮއްޓަކަށް ލައިގެން ގޮސް މިސްކިތަށް ވައްދަންދެންދޯ ތިތިބެނީ؟ މީހަކު ކޮންމެ ބޭނުމެއްގައި ގަބޫލުކުރިނަމަވެސް އިސްލާމް ދީން ގަބޫލުކޮށްފިއްޔާ އެއީ ދީނަށް ލިބޭ ނަޞްރެއް. އެފަދަ ކަންކަމަށް ހަޖޫޖަހާނީ މުނާފިގުންނާ ކާފަރުން. އެއީ އިސްލާމުން ކޮށްއުޅޭޒާތު ކަމެއްނޫން.
ލަންކާމީހެއް ނޫނީ ބަންގާޅުމީހެއް އައްޑޫގައި އިސްލާމްވުމަކީ މާމޮޅުކަމެއްތަ؟ އެގައުމުތަކުގަ ވެސް އިސްލާމުން ތިބެއެއްނު؟ އަހަރެމެންނަށް ވާމޮޅެއް އޮވޭތަ އެކަމުން؟ އެމީހުންގެ ގައުމަށް އަދި އިންސާނިއްޔަތައްވެސް ވަކި މޮޅެއް ވޭތަ؟
މި މީހާ އައް އެންގިންތަ އިސްލާމް ދީނައް ވަންނަފަހުން ދެން ނިކުމެއްޖެޔާ އަދަބަކީ މަރުކަން؟
އެލެކްސް ދެން ލަލަލާ