ގއ. ގެމަނަފުށީ މީހަކު މާވަރަހެއް ކަމަށް "ޝައްކުކުރެވޭ" އެއްޗެއް ފެނިއްޖެއެވެ.

އެ މާވަހަރު ކަމަށް ޝައްކު ކުރެވޭ އެތި ފެނިފައި ވަނީ، ފައިސަލް ނަމަކަށް ކިޔާ މީހެކެވެ.

"ވަގުތު"އަށް މައުލޫމާތު ދެމުން ފައިސަލް ބުނީ، މާވަހަރު ކަމަށް ޝައްކު ކުރެވޭ އެ އެތި ފެނިފައި ވަނީ އިއްޔެ މެންދުރު 14:00 ހާއިރު އާއިލާއައެކު ޕިކްނިކް ގޮސްގެން އުޅެނިކޮށް ކަމަށެވެ. އަދި ވަރަށް ގިނަ މީހުން އެއީ މާވަހަރެއް ކަމަށް ބުނާތީ އޭތި ބާއްވާފައިވާކަމަށް ފައިސަލް ބުންޏެވެ.

ގެމަނަފުށީ މީހަކު ހޮވި މާވަހަރެއް ކަމަށް ޝައްކު ކުރެވޭ އެތި - ފޮޓޯ: މީސް މީޑިއާ

"ރަށުގެ ހުޅަނގު ފަރާތު ފަޅުމަތިން ދަނިކޮށް މި ފެނުނީ،، ދެރަށް ދޭތެރެ އެއީ، ދިޔަދޫ އާއި މެދަހުއްޓާ އާ ދެމެދު". ފައިސަލް ބުންޏެވެ.

ފައިސަލް ބުނީ، އެރަށުގައި މާވަރު ގެންގުޅުނު މީހާ އެއީ މާވަހަރެއްކަމަށް ވަރަށް ޔަގީންކަން ދީފައިވާ ކަމަށެވެ.

ގެމަނަފުށީ މީހަކު ހޮވި މާވަހަރެއް ކަމަށް ޝައްކު ކުރެވޭ އެތި - ފޮޓޯ: މީސް މީޑިއާ

"އެހެންވެ އަހަރުމެން އޭތި މި ލީވެސް، ބަޔަކު އޭތި ޓެސްޓު ކުރަން ލިބޭތޯ ބަލަންވެގެން، ދެެން ގިނަ މީހުން ބުނަނީ އެއީ މާވަހަރެކޭ. އަދި އަހަރުމެން ޔޫޓިއުބުންވެސް ސާރޗްކުރީމަވެސް އަހަރުމެންނަށް، އެ މީހުންގެ ހުރިހާ ކަންތައްތަކެއް މީގެން ފެނޭދޯ، އެ ނޫނަސް އަހަރުމެންނަށް މީގެން ޝައްކުވާ އެއްކަމަކަށް މި އިންނަނީ ވަސް، އަންދާލީމަ އިތުރު ވަހެއް އެހެން ހީނުވާތީވެ..". ފައިސަލް ބުންޏެވެ.

މީގެ ކުރިންވެސް ބައެއް ރަށްތަކުން މަހަށް ގޮސް އުޅެނިކޮށް މާވަހަރު ހޮވާފައި އެބަ ހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ﷲ ހަމްދުކޮށް ތަސްބީހަ ކިޔާއުޅޭށެވެ އެކަލާންގެ އިރާދަކުރައްވާމީހަކަށްހިސާބެއްނެތި ނިއުމަތްތައް ލައްވައެވެ އަހަރެންގެ އެކުވެރިއެއްގެ އާއިލާއަށްވެސް މީގެ ދެތިންއަހަރުކުރިން މާވަހަރެއް ލިބުނެވެ އެކުއްޖާގެ މަންމައަކީވަރަށްގިނަ ކުދިންނަށް ގުރްއާން ދަސްކޮށްދޭ އެދުރުދައިތައެކެވެއަވަށްގަނޑުގެހުރިހާކުދިންހެން ދެލިގަޑުންކިޔަވަންދަސްކުރަނީ އޭނަގެ ކައިރިންނެވެކުރީޒަމާނުގައި އޭނަ އެމަސައްކަތް ކުރީ ހިޅެޔެވެ ނިއުމަތައް ޝުކުރުވެރި ވެއްޖެނަމަ ނިއުމަތްތައް އިތުރުކުރައްވައެވެ

    24
    3
  2. ހަމަދު

    އުނދަގޫ ކަމެއް މާވަހަރުކަން ޔަގީން ކުރުން . ސަރުކާރުން މާވަހަރު ޓެސްޓް ކުރެވޭނެ ގޮތެއް ހޯދައިދިނުން ވަރަށް މުހިއްމު ތިކަހަލަ ބޮޑު 19 ކިލޯގެ މާވަހަރެއް މަގޭއަތުވެސް އެބައޮތް. ޔަގީން ނުވާތީ ވިއްކާ ނުލެވި 2 އަހަރު...

    20
    3
  3. ރައްޔިތުން

    ވަ ރަށް ފަހުން މަސް ދޫކޮށްލި މާވަހަ ރެއް ތިޔައީ .

  4. ގާރލް7

    ތިރަށު މާވަހަރު މީހާ ޔަޤީންކޮށްދީފިއްޔާ ދެން %99 ގެރެންޓީ ތިއީ މާވަހަރެއްކަން... އޭނަ މީގެ އެތަކެއް އަހަރު ކުރިން ނޫހަކަށް ދިން ރިޕޯރޓެއްގައި އޭރު އޭނާ ޖުމްލަ 7 މާވަހަރު ހޮވާފައިވާކަމަށް އެ ރިޕޯރޓްގައި ބުނެފައިވޭ.. އަދި އެތަނުންވެސް 6 މާވަހަރު އެއީ ތި ރަށުން ހޮވި އަދި އަނެއް މާވަހަރުވެސް ތިރަށް ކައިރީ އޮންނަ ފަޅުރަށުން ހޮވި މާވަހަރެއް ކަމަށް ބުނެފައިވަނީ. އެހެންވީމަ ތި ސަރަހައްދަކީ މާވަހަރު ތިޔާގި ސަރަހައްދެއް ކަމަށް ބެލެވޭ.... އުއްމީދަކީ ތިޔައީ މާވަހަރަކަށްވެ، ތިމާވަހަރު ރަނގަޅު އަގެއްގައި ވިއްކާލެވި އެއިން ލިބޭ ފައިސާ ތިބޭފުޅާއަށް 2 ދުނިޔޭގެ ފައިދާއާއި މަންފާ ކުރާނޭ ގޮތަކަށް ބޭނުންކުރެވިގެން ދިއުން.

    12
  5. މާމިގިލީ މިހާ

    ތީގަ ރަހަ ބަލާބަލަ މާވަހަރު ރަހަ ލައްޏާ އެއީ މާވަހަރެއް. ކުޅި ރަހަ ލައްޏާ އެއީ މިރުހެއް.

    4
    7