ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރްސީ ހިޔާނާތުގައި މި ސަރުކާރުގެ އިސްވެރިން ވެސް ހިމެނޭތީ އެ މައްސަލަ މި ސަރުކާރަށް ނުބެލޭނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު، މިހާރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލަ މި ސަރުކާރަށް ނުބެލޭނެ ކަމަށާއި މި ސަރުކާރުގެ އިސްވެރިންނާއި އެމްޑީޕީގެ މަޖިލިސް މެންބަރުން އެ ކޮރަޕްޝަނުގައި ހިމެނޭ ކަމަށެވެ. ރައީސް މުހައްމަދު ނަޝީދު ޖަލުން ސަލާމަތް ކުރުމަށާއި މި ސަރުކާރު ވެރިކަމަށް ގެންނަން ވެސް ހިޔާނާތުގެ ފައިސާ ބޭނުން ކުރި ކަމަށް އާންމުން ތުހުމަތު ކުރާ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވެއެވެ.
ކޮރަޕްޝަނާއި ދެކޮޅަށް ރައީސް ޞާލިހް ގެންގުޅުއްވާނެ ކަމަށް ވިދާޅުވާ "ޒީރޯ ޓޮލަރަންސް" ވަނީ ފެއިލްވެފައި ކަމަށްވެސް އާދަމް ޝަރީޕް ވިދާޅުވިއެވެ.
އާދަމް ޝަރީފް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން ވެސް ނަތީޖާ ނުނެރެވޭ ކަމަށެވެ. އެމްއެމްޕީއާރްސީ މައްސަލަ އާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ރޭ ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި ޕީޖީ އޮފީސް ކޮމްޕްރޮމައިސް ވެދާނެކަމުގެ ބިރު މިދަނީ އުފެދެމުން ކަމަށެވެ. "މަޖިލީހުގެ މެޖޯރިޓީއަކީ މިނިވަން މުއައްސަސާތަކަށް އޮތް ބިރަކަށް ވެއްޖެ. ޕީޖީގެ ޤާނޫނީ ޒިންމާ އަދާކުރެވޭ." އާދަމް ޝަރީފް ވިދާޅުވިއެވެ.
MMPRC ge massala misarukaarakah nubeleyene. Misarukaaruge isverinnaai MDP ge MPs e corruption gai ves himeney. RN jalun salaamaiy kurumashaai mi sarukaaru verikamah gennan ves MMPRC ge faisaa beynun kurikamah aammun thuhumathu kurey. Corruption ah zero tolerance vanee failvefai.
— Adam Shareef Umar (@Adamshareefz) June 19, 2020
އެމްއެމްޕީއާރްސީ މައްސަލަ ތަޙްޤީޤުކޮށް ހިޔާނާތްތެރިވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ ރައީސް ޞާލިހްގެ އެންމެ މުހިއްމު އެއް ވައުދެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރަށް އެއްއަހަރާއި ހަތް މަސް ދުވަސް ވެގެން ދިޔައިރު އަދިވެސް އެމައްސަލަ ތަޙްޤީޤު ވެސް ކޮށް ނުނިމެއެވެ.
އެއީ ތެދެއް! އެއީ ކުރި ވައްކަމުގެ ޖަރީމާ ބޮޑު ކަމުން
މިސަރުކާރުންކުރިވައްކަންތައް ގިނަކަމުންތޯ؟
ރަގަނޅު ވާހަކައެއް! މިސަރުކާރު އޮވެގެން އެމްއެމްޕީއާރުސީގެ މައްސަލަ ނުބެލޭނެ!! އެމައްސަލަ މިސަރުކާރުތެރެއިން މިނިވަން މުސްތަގިއްލު ކޮމިޝަނެއްގެތެރެއިން ބަލައިފިނަމަ މިސަރުކާރުޖެހޭނީ އިސްތިއުފާ ދީފަ ގެއަށްދާން!! މިހެން މިބުނަނީ މިސަރުކާރުގެ މަތިފަޑީގައި ތިބި ގާތްގަޑަކަށް އެންމެންހެން ވަނީ އެމްްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ލިބިފަ!! މިދޭތެރެއިން މަޖްލިސް މެމްބަރު ޖާބިރު މަޖްލިސްތެރޭ ގޮވާ ނަގަމުންދިޔަ ރައިސް އިބޫވެސްވަނީ އެފައިސާ ލިފިފައޭ!! އެކަންވެސް ބަލަންޖެހެއޭ!! މީގެ ފުރިހަމަ ޙަގީގަތް ފުލުހުންނަށްވެސް އެނގޭނެ!! އެމީހުންގެ އަތުގައި އޮތްކަމަށްވޭ 280 ވަރަކަށް މީހުންގެ ލިސްޓެއް މިފައިސާ ލިބިފައިވާ!! އޭގެތެރެއިން ބައެއް އުނިކޮށްގެން މިކިޔަނީ 220 މީހުންނަށޭ ލިބުނީ!! އުނިކުރި ބައި އުނިކޮށްގެންވެސް ބަލަން ނުކެރެގެން އުޅެނީ މަޖްލިސް މެމްބަރުންނާ ކުރީގެ މަޖްލިސް ބައެއް މެމްބަރުންނާ މިހާރުގެ ވުޒާރާތަކުގެ އިސް ފަރާތްތައްވެސް ތިބީތީ!! ހަމަ ތަޅުވަނީ!! ފުލުހުންނާއި ސިފައިންގެ ތެރެއިންވެސް ބަޔަކަށް މިފައިސާ ލިބިުފައިވޭ!! މިހާރު ސިޔާސީގޮތުން ފުލުހުންނާ އެމްޑީޕީ ގުންޑާ މެމްބަރުން ދިމާކޮށްގެން މިއުޅޭ އުޅުމުގައި ގަންޖާބޯ މިކިޔަނީ ފުލުހުންގެ ވާހަކަ!! މީނާވެސް ވަނީ މިފައިސާއިން ބައެއް ކާލާފަ!! އިބޫވެސް ވަނީ ކާލާފަ!! މިއީ މިމީހުންގެތެރޭ ދައްކާވާހަކަ!! ކޮންމެ މީހަކަށްވެސް އެބައެގޭ ޔާމީން ޖަލަށް ލައިގެން އެއުޅެނީ ނުޙައްގުންކަން!! މީނާ ޖަލަށްލި މީހުން އަދި ޖަލަށް ވަންނަތަން ފެންނާނެ!! މިކަންކުރި ފަނޑިޔާރުވެސް ހަމަ ހަގީގަތާއި ކުރިމަތީލާ ޖަލަށްދާން ޖެހޭނެ!! އެއީ ވަޢުދެއްކަމަށް އިދިކޮޅު މެމްބަރުން ބުނާތީ އަޑުއިވޭ!!
މިސަރުކާރުން ނައިބު ރައީސްގެ މަގާމު ދީފާނެ ޖޯރޭ އައްވެސް ، ....
އޯކޭ ތާ، އެމް އެމް ޕީ އާރުސީ ދަވާ ނުލަންޏާ
އެއީ ހަގީގަތެއް ކަމައް ސާބިތވާ ހެކި މަސްއަލަ ކޮރިޔައް ނުދިއުން ސީދާ ޓީވީއެމްގެ ޙަބަރެއްގައި ކިޔާފަވެސް އެބަހުރި ސަރުކާރުގެ މިވެނި ތަނެއްގަ މިތައްމީހުން އެވެނިތަނެއްގަ މިތެއް މީހުން ތިޔަ ބުނާ އެމް އެމް ޕީއާރސީގެ ފައިސާ އެބުނާބޭފުޅުންގެ އެކައުންޓް ތަކައް ޖަމާވި ވާހަކަ ސުވާލަކީ މިކަން އެނގޭއިރު ސަރުކާރުގެ މަގާމް ތަކުގައި އެބޭފުޅުން ރައްޔިތުންގެ ޓެކްސްޕޭ ރުފިޔާއިން މުސާރަ ނަންގަވައިގެން ތިބޭކަން މީލަދުވެތި ވަންޖެހޭ ކަމެއް
އެއީ ހަގީގަތެއް ކަމައް ސާބިތވާ ހެކި މަސްއަލަ ކޮރިޔައް ނުދިއުން ސީދާ ޓީވީއެމްގެ ޙަބަރެއްގައި ކިޔާފަވެސް އެބަހުރި ސަރުކާރުގެ މިވެނި ތަނެއްގަ މިތައްމީހުން އެވެނިތަނެއްގަ މިތެއް މީހުން ތިޔަ ބުނާ އެމް އެމް ޕީއާރސީގެ ފައިސާ އެބުނާބޭފުޅުންގެ އެކައުންޓް ތަކައް ޖަމާވި ވާހަކަ ސުވާލަކީ މިކަން އެނގޭއިރު ސަރުކާރުގެ މަގާމް ތަކުގައި އެބޭފުޅުން ރައްޔިތުންގެ ޓެކްސްޕޭ ރުފިޔާއިން މުސާރަ ނަންގަވައިގެން ތިބޭކަން މީލަދުވެތި ވަންޖެހޭ ކަމެއް
އެމްއެމްޕީއާރުސީގެ މައްސަލައޭ، ބޮޑުވަގޭ، ތަހުގީގޭގޮވައި އިންސާފު ހޯދުމަށް އައިސަރުކާރުގައި މިތިބީއެއްކަލަ ބޮޑުވަގުން މިހާހިސާބުން އިންސާފުގެއްލިސަރުކާރުގެ ހަތަރެސްފައި ބިދިއްޖެކަހަލަ މަންޒަރު ފެނެންފަށައިފި
އެއީ މިސަރުކާރުގެ ބޮޑުން ސާލިހުކިޔާ މީހާވެސް ހިމެނޭތީ. މެމްބަރުންވެސް ހިމެނޭތީ. ޕީޖީ ފެއިލް ޕޮލިސް ފެއިލް ސަފުކާރު ފެއިލް
އެމްއެމްޕީއާރްސީ މައްސަލަ ތަޙްޤީޤުކޮށް ހިޔާނާތްތެރިވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ ރައީސް ޞާލިހްގެ އެންމެ މުހިއްމު އެއް ވައުދެވެ. އެއީ އޭރުއެރިފޯރީގަ އޮޅިގެންބުނެވުނުއެއްޗެއް ފައިސާލިބުނުލެއްބޯކަމުންއަހަރެންނައް ތަންދޮރުނޭންގުނީމަ އެހެންބުނެވުނީ އެއީއަހަރެން ހެޔޮނިޔަތުގަ ކުރިކަމެއް އަހަންނައްއެފައިސާ ހަލާލްވާނެ
ބަލަ ސޯލިހުވެސް ވަނޠ އެފައިސާގަ ހިފާ އަދީބަށްވޯޓްދީފާ ދެން މިމައްސަލަ ބަލާނެގޮތެއްބުނެބަލަ ރަގަޅު ހިތުހުރި މީހަކު ޖަލަށްލެވިދާނެ އޭރުވެސް ތިބުނާ ފައިސާއެއް އަދީބުބެހީ އިދިކޮޅުން ވޯޓްހޯދަން އަދީބް ނައިބުރައީސްކަމަށް އަންނަން ގާނޫނުބަލަލްކުރަން އޭރު އެވޯޓްގަ އަދީބާ އެއްކޮޅަށް ވޯޓްދިން ހުރިހާމީހުންނަކީ ރިސްވަތު ނަގައިގެން ވޯޓްދިންމީހުން މިއޮތީ މައްސަލަނިމިފަ
މިސަރުކާރުން އެމްއެމްޕީއާރސީގެ މައްސަލަ ނުބެލޭނެ ކަމީ އެއްވެސް ޝައްކެތް އޮތްކަމެއްނޫން. އެއްވެސް އަތަކަށް ނުޖެހި ބަލާނަމަ މިސަރުކާރުގައި ހިމެނިވަޑައިގަންނަވާ ގިނަމެމްބަރުންނާއި ކެބިނެޓްގައި ތިއްބެވި އެތައް ވަޒީރުންނާއި އަދި މަތީމަޤާމު ތަކުގައި ތިއްބެވި ބޭފުޅުންވެސް އެ އެމްއެމްޕީއާރސީގެ ފައިސާއިން ތެމިފޯވެގެން ތިއްބެވީ! ސަރުކާރުގައި ހިމެނިވަޑައިގެން ތިއްބެވި އިސްބޭފުޅުންގެ ސައިޑްބިޒްނަސް ބަނގުރޫޓުވެ ގްރައުންޑް ވެފައިވަނިކޮށް ދިރުންއައިތަން ދެކޭނެ އެތަކެއް ރައްޔިތުންނެއް އެބަތިއްބެވި. އަދި ސިޔާސީ ލީޑަރުންވެސް ތިއްބެވީ މިފައިސާގެ ވަރަށް ބޮޑު ހިއްސާއެއް ހިއްޕަވައިގެން. ޢަދުލުވެރިކަމާއި އެކު އެމްއެމްޕީއާރސީގެ ޚިޔާނާތުގެ މައްސަލަ ބަލާކަމަށްވާނަމަ އެވިދާޅުވާ 260 އަކަށް މީހުންގެ ނަންލިސްޓުގައި މިޤައުމުގެ ވަލިއްޔުލް އަމްރުގެ ނަންފުޅުވެސް ހިމެނިގެންވޭ! ބައެއްމެމްބަރުން ހަމަހޭބުއްދި ނުހުންނަ ވަގުތު މަޖްލީހުގައި ބާރުއަޑުން އެމަނިކުފާނު އެޚިޔާނާތުގެ ފައިސާގެ ބޭނުންކޮށްފައިވާ ކަމަށް ބުނެފައިވޭ. ހިތާމަޔަކީ އެފައިސާ ބެހިގެން ސިޔާސީ ޕާޓީތަކުގެ ބޮޑެތިމީހުން އެއިންފައިދާ ލިބިގަނެ ދީލާލީ ރައީސް ޔާމީނަށް އެކި މަރުތަކުގެ މައްސަލަ ތަކުގައި ބަދުނާމު އަޅުވާ މަޤާމުން ޢަޒުލްކުރުމަށް. އެކަންކުރުމަށްޓަކައި އެއިރުގެ ޖުޑިޝަރީތެރޭގައި ތިއްބެވި އިސް ޤާޒީންނާއި ޖުޑިޝަރީގެ އެހެނިހެން އިސް މަޤާމުތަކަށްވެސް ފައިސާވަނީ މިލިޔަނުން ބަހައިބޭނުންކޮށްފަ. ފޭސްތަކަކަށް ބަހައިގެން އެއިރުގެ އިދިކޮޅު މިހާރުގެ ސަރުކާރު ކޯލިޝަނުން ގުޅި މަގުމަތީގައި ޔާމީނުގެ ސަރުކާރު ވައްޓާލާ ބަންދުގައި ޙުކުމުގައި ތިއްބެވި ބޭފުޅުން ކޯޓުން ބަލްކުކޮށް މިނިވަންކުރީވެސް އެފައިސާގެ ފުރިހަމަ ހިއްސާލިބިގެން. ރައީސް ޔާމީނު އަޒުލްކުރުމަށް ޕޖ ގެ އަމުރަށް ކޯޓުން އަމުރުކުރީވެސް ޤާނޫނަކުން. އެހެންނަމަވެސް ފައިސާދީގެން ކުރިިވިޔަފާރިއަކަށް ވީމާ ރ.ޔާމީނަށް މަޖްބޫރުވީ އެހިންގެވި ޖަރީމާތައް ނިމުމަަކަށްގެންނަން. އެމްއެމްޕީއާރުސީގެ ފައިސާއިން އޭރުގެ އިދިކޮޅު އެމްޑީޕީ ޖޭޕީއަށް ޕީސްޓޯކްތެރެއިން ބައިއެޅުނު ހިސާބުން އެބޭފުޅުން ގެއްލުނީ ރައްޔިތުންގެ ލޯމަތިން. ދެންފެނުނީ އެމްޑީޕީގެ އެކަނިވެރި ހަރުގެ ތެރެއިން ކަންވޮށިގެން ވާ ދެތިންމީހަކު. ބޭއިޚްތިޔާރުގައި ބައެއްބޭފުޅުންނަށް ވިދާޅުވެވޭ ނާއިބުރައީސް އަދީބަކީ އަޅުގަނޑުމެން ފަންޏެކޭ. އަދި ބައެއްފަހަރު ވިދާޅުވެވޭ ރ.ޔާމީނު އެކަނިން ޖަލުގައި ހުންނެވުމަކީ އިންސާފެއްނޫނޭ. ފަހުބަހަކީ އެމްޑީޕީ ވެރިކަންވެއްޓި ރ.ނަޝީދުގެ އިސްތިއުފާދެއްވުންވެސް އައީ އެމްޑީޕީގެ ގިނަބައެއްގެ އެއިގެތެރޭ ޝާމިލްވެގެން. ކްލޫއެއްހުރެގެން މޭމަތީ އަތްގައްސަވައި ބުނެ ވެރިކަމަށް ކުރިމަތިލައްވާކަށް ނުކުރޭ އެމްޑީޕީތެރޭ އެހެންބޭފުޅަކަށް މިކިޔަނީ އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ ރައީސް ނަޝީދޭ. އެމްއެމްޕީއާރސީގެ ފައިސާގެ އެހީ މިހާރުއޮތްސަރުކާރު އަންނަންވެސް ޚަރަދުކުރީ. ރ.ޔާމީނު އަސަސިނޭޓް ކޮށްލުންވެސް އައި ނާކާމިޔާބުވީނަމަވެސް. އަދި ނައިބުރައީސް ރައީސްކަމުގެ ހުވައިކުރައްވަން ތައްޔާރުވެ އިންނެވި. މިއީހުސް އެމްއެމްޕީއާރސީގެ ފައިސާއިން ކުރެއްވި ޚަރަދު. މިކޮމަންޓް ދިގު އެހެންނަމަވެސް ލޯމަތީން ހިގައިދިޔަ ކަންތައް.
ޝަރީފްގެ ތިޔަ ވާހަކަ ސައްތައިން ސައްތަ ޤަބޫލްކުރަން. އެމްއެމް ޕީއާރްސީ ގެ ޚިޔާނާތުގެ ފައިސާގައި ނުޖެހޭ މަދު ސިޔާސީ މީހުންކޮޅެއް ފިޔަވާ ސިޔާސީ މީހުން ނުތިބޭބެ. ޕީޕީއެމް އެއް އެމްޑީޕީ އެއް އެމްޔޫއޯ އެއް އެހެން ޕާޓީއެއް ސިޔާސީ ޖަމިއްޔާއެއް މޫވްމެންޓެއް ނޯންނާނެ! ތިޔަ މައްސަލަ ބެލިޔަކަ ނުވެސް ދޭނެ. ޢެއި ތިޔަމައަސަލަ ބަލައިފިއްޔާ އެންމެ ފުރަތަމަ ބެދޭނީ މިހާރު މަޖިލީހުގެ ރިޔާސަތާއި ނައިބު ރިޔާސަތު. ދެން ބެދޭނީ މިހަރު މަޖިލީހުގައި ތިބި ބައެއް މެމބަރުނާއި 18 ވަނަ މަޖިލީހުގެ ގިނަ މެމްބަރުން. ޢެއިގެ ތެރޭގައި ވަކި ޕާޓީއެއް އިސްތިސްނާއެއް ނުވޭ. ތިޔަ މައަސަލަ ބަލާކަމަށް ދައްކަން ކުޅޭނީ މުޅިން ޑްރާމާ. ޢެއީ ރައްޔިތުން ލުގައި އަނދުން އަޅުވަން ވެގެން ކުޅޭ ޑްރާމާއެއް.
ނުބަލާނެ
އާދަމް ސަރީފް ދެން ކޮން ވާހަކަ އެއްހޭ ތި ދައްކަނީ؟