ނ. އަތޮޅު މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ޕީސީއާރް ޓެސްޓް ކުރެވޭނެ މެޝިނެއް ގެނެސްފިއެވެ.

އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގެ އޮފިޝަލަކު ވިދާޅުވީ މާފަރު އެއާޕޯޓްގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ލެބެއް ޤާއިމް ކުރުމަށްޓަކައި ބޭނުންވާ ތަކެތި ހުކުރު ދުވަހު މާލޭ ގެނެސްފައިވާ ކަމަށެވެ.

ލެބް ގާއިމް ކުރުމަށް ބޭނުންވާ ތަކެއްޗާއި ޕީސީއާރު މެޝިން އަދި އެހެނިހެންވެސް އިކުއިޕްމަންޓް ގެނައުމަށްޓަކައި އެކުންފުންޏާއި ހަވާލު ކޮށްފައިވަނީ ނ.އަތޮޅުގައި ސޮނޭވާ ޖާނީ ރިސޯޓު ހިންގާ ސޮނޭވާ ގްރޫޕުންނެވެ. ލެބްގެ މަސައްކަތްތައް ނިމުނުހާ އަވަހަކަށް މާފަރު އެއާޕޯޓަށް އެތަކެތި ގެންދޭވެނެ ކަމަށް އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ބުނެއެވެ.

މާފަރަށް ގެންދިއުމަށް މިހާރު ވަނީ 3000 ޓެސްޓް ކިޓް ވެސް ގެނެސްފައެވެ. މާފަރު އެއާޕޯޓްގައި ގާއިމްކުރާ ލެބުން ދުވާލަކު ގިނަވެގެން 1000 ޓެސްޓް ހެދޭނެއެވެ.

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާއިރު، މާފަރު އެއާޕޯޓުގައި ކޮވިޑަށް ޓެސްޓު ކުރާ ލެބެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އައިލެންޑް އޭވިއޭޝަނުން އިއްޔެ ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމެޓީގައި ވާހަކަ ދައްކަވަމުން މާފަރު އެއާޕޯޓުު ހިންގާ އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ ސޮނޭވާ ކުންފުނިން ހަދަމުންދާ ލެބްގެ މަސައްކަތް މިމަހުގެ 25 އަށް ނިމެނޭ ކަމަށް ރިޒްވީ ވިދާޅުވިއެވެ. މި ލެބް ހެދުމުގެ ހުރިހާ ޚަރަދެއް ކުރަނީ ސޮނޭވާ އިންނެވެ.

ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ބޯޑަރު ހުޅުވާލާނެ ސީދާ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ަފކ

    ރީޖަނަލް ހޮސްޕިޓަލް ތަކުގަވެސް މާމުހިންމު

  2. ވެރިން

    އެމްޑީޕީ ސަރުކާރަކީ ދުވަހަކުވެސް އައްޑޫ އަށް ހެވެއްއެދޭނެ ސަރުކާރެއް ނޫން،މާލެ ފިޔަވާ އެންމެ ބޮޑުއާބާދީ އޮއްނަ އައްޑޫއިން ޓެސްޓް ހެދެން ނެއް.އެކަމަކު އެ ތާގަ ކްލިނިކަކުން ސާމާނު ގެނެސްފަ ހުއްދަޔަަށް އެދުނީމަ އެމްޑީޕީ އައްޑޫ 7 މަޖިލީސް މެމްބަރުން ތިބި ސަރުކާރުން ހުއްދައެއް ނުދިން އެކަމަކު މާފަރު އެއާޕޯޓުގަ ޓެސްޓހަދަން ހުއްދަ ދެވިއްޖެ100% އެމްޑީޕީ ކައުންސިލް އޮ ތީ ހަނު.އަދިވެސް އައްޑޫ މީހުން ތިބޭ އަ ތް ޖަހަން