މާލޭގެ ހުޅަނގު ފަރާތުގައި ހަދާފައިވާ އިންޑަސްޓްރިއަލް ވިލެޖްގައި ހުރި ހުރިހާ ވެހިކަލްތަކެއް ނަގަން މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖް ސާފުކުރުމުގެ މަސައްކަތް ކައުންސިލާއި ވެމްކޯ ގުޅިގެން ކުރަމުންދާ ކަމަށެވެ. އެހެންވެ، އެސަރަހައްދުގައި ޕާކްކޮށްފައި ހުރި ހުރިހާ ވެހިކަލެއް ހަތް ދުވަހުގެ ތެރޭގައި ނެގުމަށް އިއުލާންގައި އެދިފައިވެއެވެ.

މި މުއްދަތުގެ ތެރޭގައި އެކަތި ނުނަގައިފި ނަމަ، ފުލުހުން މެދުވެރިކޮށް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް އިއުލާންގައިވެއެވެ. އަދި އެތަކެތި ނެގުމުގައި ތަކެއްޗަށް ލިބޭ ގެއްލުމަށް ކައުންސިލުން ޒިންމާ ނުވާނެ ކަމަށް ވެސް ސިޓީ ކައުންސިލްގެ އިއުލާންގައިވެއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ އެ ސަރަހައްދުގައި ހުރި އިންޖީނު ނެތް ވެހިކަލްތައް ވެސް ނުނަގައިފި ނަމަ، އުކާލެވޭނެ ކަމަށެވެ.

އިންޑަސްޓްރިއަލް ޒޯންގައި ކުނިތައް ގިނަވެ، ވަރަށް ގިނަ ރައްޔިތުންގެ ޝަކުވާތައް ލިބެމުން ދަނިކޮށް ޕްލޭނިން މިނިސްޓްރީން ދާދި ފަހުން ވަނީ އިންޑަސްޓްރިއަލް ޒޯންގެ މަގުތައް ބެލެހެއްޓުން ކައުންސިލާ ހަވާލުކޮށްފައެވެ.

އިންޑަސްޓްރިއަލް ޒޯނުން ކުންފުނިތަކަށާއި، ބައެއް އަމިއްލަ ފަރާތްތަކަށް ބިން ދޫކޮށްފައިވީނަމަވެސް މިއަދާ ހަމައަށްވެސް އޭގެ ތެރެއިން ގިނަ ބިންތައް ހުރީ މަސައްކަތެއް ނުކޮށް، ހުސް ބިންތަކެއްގެ ގޮތުގައެވެ. އެހެންވެ ބައެއް މީހުން ގޭގެއިންނާއި ކޮންސްޓްރަކްޝަން ސައިޓްތަކުގައި ހުންނަ ކުނިތައް ޕިކަޕެއްގައި ގެނެސް، އެ ތަންތަނަށް އަޅަމުންދާ ކަމުގެ ޝަކުވާ މި ދޭތެރެ އިން ބައެއް ރައްޔިތުން ވަނީ ކޮށްފައެވެ.

މާލޭގެ ހުޅަނގު ދެކުނު ފަޅުން ހިއްކި ހަތް ހެކްޓަރު ބިމުގައި ހެދި އިންޑަސްޓްރިއަލް ޒޯން މިހާރު އޮތީ ވެހިކަލްތަކުން ތޮއްޖެހި، ފުރި ބާރުވެފައެވެ. ކަސްޓަމުން ނެރެގެން ގެންދާ ގިނަ ވެހިކަލްތައް ބާއްވަނީ ވެސް އެތަނުގައެވެ. އުކާލަން ޖެހޭ ދަގަނޑުތަކާއި ކުނިބުނީގެ އެތައް އެއްޗެއް ހުރީ އެތަނަށް އުކާލައިފައެވެ. އެ ތަނުން ކުނި ނޫން އެއްޗެއް ނުފެނެއެވެ.

އިންޑަސްޓްރިއަލް ޒޯނަކީ ގުދަންތަކާއި ވޯކްޝޮޕާއި ވެހިކަލް މަރާމާތުކުރާ ގަރާޖު ފަދަ ތަންތަން، މާލެ ތެރޭގައި ހެދުން ހުއްޓުމަކަށް ގެނެސް، އެފަދަ ތަންތަން މީހުން އުޅޭ ސަރަހައްދާ ދުރަށް ގެންދަން ކަމަށް ބުނެ، ކުރީގެ ސަރުކާރުން ހިއްކި ސަރަހައްދެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ހަރާމޫ

  ސިޓީ ކައުންސިލޭ؟؟؟؟ ކޮރަޕްޓު ކައުންސިލޭ ކިޔާ!

 2. ވިދް

  އަމީނީ މަގުގައި ޑަބަލް ރޮނގު ދަމާފައި ޕާކު ނުކުރެވޭ ގޮތް ހެދީ! ދެން ފެނުނީ ކޮންމެވެސް "ގާތް" މީހަކަށް ގަރާޖު ހަދަން ހުއްދަ ދިންތަން އެވިޑު ކޮލެޖު ކައިރިން. ދެން ފެނުނީ އެއްކަލަ ޑަބަލް ރޮނގު ގަރާޖުކައިރިން މަޑުމަޑުން ފޮހެލިތަން އެމީހުން ތަނަށް މަގުމަތީ ބާއްވައިގެން ހަދަން ގެންނަ އެއްޗިހި ބާއްވަން. ވަގުތު ނޫހުން ބަލާބަލަ އެވިޑު ކޮލެޖާ ގަލޮޅު ފުލުހާ ދޭތެރެ. އޮންނާން ޑަބަލް ރޮނގު ފޮހެލި ބައެއް ގަރާޖަށްޓަކައި. އެކަން ކުރީ ގާބަދަލުކުރުުމުގެ ނަމުގައި. ދެން އެއޮތީ 'ވަގުތު ނުވެގެން' ރޮނގު ނުދެމިފައި، އެހެން އޮންނަތާ ހަމަސް!!!!!!

 3. ަމާމީ

  މިހާރު ޝިފާގެ މިލްކަކައްވީ ދޯ.

 4. ޢަލީ

  އިންޑަސްޓުރިއަލް ވިލެޖުގެ ނަން ބަދަލުކުރަންވީނު އެއީ ޔާމީނު ސަރުކާރުން ހިއްކާފަ ނަން ދީފަ އޮތީމަ މި ސުލޯސަރުކާރުން ކުރިކަމަކަށް ވެދާނެ ފަހަރެއްގަ ނަން ބަދަލު ކޮއްލީމަ މީ ކަންނުކޮއް ނަން ބަދަަލު ކޮއްލާ ސަރުކާރެއް.

 5. މާލެ

  މޑޕ ސަރުކާރު ވެރިކަމައް އައްނަކޮއްމެފަހަރަކު މާލެމުޑުދާރުވެ ކުނިވަސްދުވާވަރު ސުކޫލްތައްވެސް ބަންދުކުރަންޖެހި ބޮޑުސަކަރާތް ގަނޑަކައްވެގެންނިމެނީ ކިތައްމެރީތިކޮންތަނެއް ހަދާފަދިނަސް އެއްވެސްކަހަލަ ގޮތެއްފޮތެއް ނުހުންނަ ބަޔަކާ ހަވާލުކުރެވުނީމަތަންމުޑުދާރުވެ ވީރާނާވާނީ

 6. ތައްކާ ނު ބެ

  7 ދުވަސް ތެރޭގައި ނުނަގާ އުޅަނދުތައް ތިތަނުން ނީލަން ކިޔާ؟ އެއިރުން ފައިސާ ކޮަލު ވެސް ވަގު ތުން ލިބޭނެ ވިއްޔާ

 7. ރަނޭ

  ރައީސްޔާމީނުގެ ދުރުވިސްނުން. ވަރަށްފުރިހަމަބޭނުންތެރިތަނެތް