އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި، ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ އެންގުންތަކާ ޚިލާފުނުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.

ފުލުހުން އެގޮތަށް ވިދާޅުވީ، ބައެއް ފަރާތްތަކުން މާލޭގައި މުޒާހަރާ ކުރަން ރާވަމުން އަންނަ ދަނޑިވަޅެއްގައެވެ.

ފުލުހުން ކުރި ޓުވީޓެއްގައި ވިދާޅުވީ މިހާރު ހިނގަމުންދާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެންމެ ގިނަވެގެން ތަންތަނަށް އެއްވެ އުޅެވޭތީ ތިން މީހުންނަށް ކަމަށެވެ. އެކެމަކު، ބައެއް ފަރާތްތަކުން އެ އެންގުމާ ޚިލާފަށް އެއްވުން ބޭއްވުމަށް ރާވަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެހެންވެ، އެޗްޕީއޭގެ އިރުޝާދުތަކާ ޚިލާފުނުވެ، އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށް އަމަލު ކުރުމަށް ފުލުހުން އިލްތިމާސް ކުރައްވައެވެ.

ކޮވިޑް-19 އާ ގުޅިގެން މާލޭގައި އިއުލާންކޮށްފައިވާ ފުރަބަންދު އުވައި ނުލާ ކަމަށާއި ހަމައެކަނި ދީފައި ވަނީ ލުއިތަކެއް ކަމަށް އެޗްޕީއޭ އިން މީގެކުރިން ވަނީ ވިދާޅުވެފައެވެ. އަދި ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އުޅުމަކީ އަދިވެސް މަނާކަމެކެވެ.

ބޭރަށް ނުކުންނަ އިރު، ގައިޑްލައިންތަކަށް އަދި ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދޭން ވާނެ ކަމަށާއި އެއީ ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭ ނުވަތަ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރަށް އެކަނި ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫން ކަން އެޗްޕީއޭ އިން ފާހަގަކުރިއެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނީ އެންމެން އެކުގައި ގުޅިގެން ކަން ވެސް އެޗްޕީއޭ އިން ފާހަގަކުރެއެވެ.

މިހާރު ހުއްދަ ނެތި ބޭރުގައި އުޅެވޭނީ ފަތިހު 05:00 އިން ރޭގަނޑު 22:00 އަށެވެ.

ފުރަބަންދަށް ލުއިތައް ދިން ނަމަވެސް އެއީ އާންމު ހާލަތަށް ދާން ދިން ލުޔެއް ނޫން ކަމަށާއި ޒަރޫރީ ބޭނުމަށް ނޫނީ ގެއިން ނުނިކުންނަން ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.

އަދި ގޭގެއަށް ޒިޔާރަތް ކުރުމާއި، ބަލި މީހުންނަށް ގޮވާލަން ދިއުން ފަދަ ކަންކަން އެއްގޮތަކަށް ނުކުރަން އެޗްޕީއޭ އިން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މާލެ ބޭބެ

    ހާދަ ދެރަކަމެކޭ؛ މަޖްލިސްކުރާގޭ ތެރޭ 3 ފޫޓް ދުރުގައި 87 މެންބަރުން ތިބެ ދުވާލަކު 8 ގަޑިއިރު އަގަތަޅާ، ގަދަ ކަމުން މެންބަރުން ބޭރަށްލާންވީމަ ގަޔާހަމައަށް ކައިރިވެވޭ އިރު ޤާނޫނު އަސާސީން ހުއްދަ ކުރާ އެއްވުން ގާދުރުގަ ތިބެގެން ނުބޭއްވެންވީ ކީއްވެ... ފުލުހުންނާއި ސިފައިންނޭ ރައްޔިތުންގެ ބާރުވެރިކަން އެމީހުންނަށް ދީ.. ކަންކަމުގައި އަޑުއުފުލަންޖެހޭ ރައްޔިތުން ބަސްބުނަންޖެހޭ...ސުލްހަވެރި އެއްވުން ބޭއްވޭނެ.. އެހެންނޫނީ ކިޔާ އަހަރަމެން މިކުރަނީ ޚޮދު މުޚުތާރު ޑިކްޓޭޓަރ ވެރިކަމެކޭ... އެއިރުން މުޅި ދުނިޔެއަށް އެކަންތައް އަންގާލާނެ... ރައްޔިތުން ކުރާ ސުލްހަވެރި ގޮވާލުންތަކަށް ހުރަސް ނައަޅުއްވާ.... އެރައްޔިތުން ގޮވަނީ ވެރިން އިސްލާހު ވުމަށް .. ޤާނޫނަށްވުރެ މަތީ އެއްވެސް ބާރެއް ނޮއޮންނާނެ.... 99 އެއްވުން ޤާނޫނީ ހަމަތަކުގެ ތެރެއިން ބާރަށް ކުރިއަށް...

    46
    3
  2. ޚާލި

    ބިރުގަނޭ ދޯ

    40
    2
  3. ނަައީމް

    ރައްޔިތުންނަށް ބިރުދައްކަން ތިޔައުޅެނީ ލޯކުރިމަތީގަ ނޫންތޯ ލައިވްކޮށް މުޅި ރާއްޖެއަށް ދައްކަމުން ދިޔައީ ފާޅުގަ އެޗްޕީއޭ ގެ ގަވައިދާހިލާފަށް އެއްވެއުޅުނު މަންޒަރު މަނާކޮށް ފިޔަވަޅު އަލާނެ މީހަކުނެތް ދެންރައޔިތުންނަށް ކޮންބިރެއތިދައްކަނީ ތިޔަހެންވީމާ އޭ ފުލުހުންނާއި ސިފައިންގެ އަގު ތައްޔތުން ވަޒަނަނުކުރަނީ

    22
  4. މައްސަލަ

    ބައެއް ސްކޫލުތަކުން މަޖުބޫ ރުކޮށްގެން ހަޔާ ރިސްކް ޓީޗަ ރުން، އެކި ނަންނަމުގައި ސުކޫލަށް ނެ ރުން މިއީ މައްސަލައެއް ނޫން ދޯ؟

    16
    1
  5. މައްސަލަ

    ބައެއް ސްކޫލުތަކުން މަޖުބޫ ރުކޮށްގެން ހަޔާ ރިސްކްގަ ހިމެނޭ ޓީޗަ ރުން، އެކި ނަންނަމުގައި ސުކޫލަށް ނެ ރުން މިއީ މައްސަލައެއް ނޫން ދޯ؟

    14
    1
  6. އޮޅުވާލި ވޯޓު

    ދެންހާދަހެއްވައޭ މަޖިލިސްއެބަ ބޭއްވޭ ހުރިހާމެމްބަރުންނާއެކު އެކަމަކައް ހުރަހެއްނެ މުޒާހިރާޔައް ބަޔަކުނިކުތީމާ ބަލިޖެހެނީ މިދެން އަރަތެ ނިކުންނާނަން

  7. މޭފެއަރ ކުޑޭ

    އެޗްޕީއޭ ގެ އެންގުން ތަކަށް ގޮންޖެހޭނޭ ހަމަ އެކަނި މަޖިލީހުގެ ރައީސަށް..

    ޖަލްސާބެއްވީ ހުއްދަ އަށް އެދެފީމޭ ވިދާޅުވެފައި ހުއްދަ ނުލިބެނީސް.. ކުށްވެރި ނުވޭ!
    ދައުލަތުގެ މުވައްސަސާތައް ބަންދުކުރަން އޮފީހަށް ހާޒިކުރުނުވުމަށް އެންގީމަވެސް މަޖިލީހުގެ މުވައްޒަފުން ނެރުނީ އެއްވެސް ހުއްދަ އެއްނެތި.. ކުއްވެރިނުވޭ..!
    އެތަނުގެ މުވައްޒަފަކު ބައްޔަށް ޕޮސިޓިވް ވިޔަސް ޖަލްސާ ބޭއްވޭނެކަމަށް ބުނީމަ ކުއްވެރި ނުވޭ..

    ނުވިތާކާށް މަޖިލީހުގެ ފައިސާ އަމިއްލަ ކަންކަންމަށް ބޭނުން ކުރީމަވެސް ކުއްވެރި ނުވޭ.. އޯޑިޓުން ފާހަގަކޮށް އެފައިސާ އަބުރާ މަޖިލީހަށް ދެއްކުމަކީ.. ޚިޔާނާތަށް އިއުތިރާފުވުން.. އެަކަމުވެސް ކުށްވެރި ނުވޭ..

    ދެން ކީކޭ ބުނާނީ.. ކުށްވެރިވަނީ ހަމަ އެކަނި ރައްޔަތު މީހާ..؟

  8. ރައްޔިތުމީހުން

    ހިތާމައަކީ ޢާއްމުރައްޔިތަކު އެޗްޕީއޭގެ އަމުރާ ކިލާފުވެއްޖިއްޔާ ޖޫރިމަނާގެ އިތުރުން އަދަބުދެއި ނަމަވެސް މަޖިލީހުގެ ތެރޭގައި ބައްދައި ފަޔުންތަޅައި އެޗްޕީއޭގެ އަމުރާޚިލާފު ވިޔަސް އެޅޭފިޔަވަޅެއްނެތް!

  9. ސަޓޯ

    އެޗްޕީއޭ ފުލުހުން ސިފައިން ދެލޯ ކަނުބާ ؟؟ 3 މީހުނަށް ވުރެ ގިނައިން ތިބުމަކީ މަނާ ކަމެކޯ !! އަހަރެން މިއަދު ހޮސްޕިޓަލަށް ދިޔަ އިރު މަގުތައް ހީވަނީ އެހެން ފަދަ ކަމެއް ހެން... މީހުން ގިނަކަމުން ބޮލައް އުނދަގޫ... ބަސްއަހަގެން ގޭގަތިބޭ ބަޔަކަށް ހުރިހާ ނާއިންސާފެއް... ކާކު މިކަން ބަލަނީ ؟؟؟

  10. ހަމްދު

    މަޖުލިސް ބޭއްވީ އެޗްޕީއޭގެ އެންގުމާއި ޙިލާފަށް. ދެންފަހުން އޯކޭކުރީ. މުޒާހަރާވެސް ބާއްވާފަހުން އޯކޭ ކުރީމަ ރަނގަޅުވާނެ.

  11. ދުންތަރި

    ސާބަސް އެހްޕީއޭގެ އެންގުމާ ޚިލާފަށް ކެނެރީމަޖިލީހުގެ ޖަލްސާތައް ފަތިހުބާއްވައި ތަޅާފޮޅައި ގުޅަމތިހިފާ ހެދިޔަސް އޮކޭ ބަޔަކު ސުއޫރުފާޅުކުރާވާހަކަ ބުނެލާއިރަށް ފުލުހުން ހީވަނީ ފަޔަށް ހިނި އަރައިގެން އުޅޭހެން