ރާއްޖެއިން ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށަން ޗައިނާ އާއި އެކު މަޝްވަރާކުރުމަށް ސަރުކާރަށާއި ކަމާއި ބެހޭ ފަރާތްތަކަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

ޖާބިރު ވިދާޅުވީ މި ވަގުތަކީ މިއީ އެފަދަ އެއްބަސްވުމެއްގެ ބޭނުން ބޮޑުވެފައިވާ ދަނޑިވަޅެއް ކަމަށެވެ. އެގޮތުން މިވަގުތު ރާއްޖޭގެ މަސްވެރިކަމަށް ބޭނުންވަނީ ބޮޑު މާކެޓެއް ކަމަށާއި ރާއްޖޭގެ މަސްވެރިކަން އެ މާކެޓަކަށް ބަރޯސާވާ، ޔޫރަޕްގެ މާކެޓަށް މިހާރު ބަރޯސާވެވެން ނެތް ކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ.

އަދި ޗައިނާ އާއި އެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރުން މި ވަގުތުން ވަގުތަށް ފެށުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަށް ޖާބިރު ވަނީ ގޮވާލާއްވާފައެވެ.

"އެކަމުގެ ސަބަބުން ޗައިނާގެ 1.4 ބިލިއަން މީހުންގެ މާކެޓް ރާއްޖެއަށް ހުޅުވިގެންދާނެ" ޖާބިރު ވިދާޅުވިއެވެ.

ދިވެހިރާއްޖެ އާއި ޗައިނާ އާއި ދެމެދު މިފަދަ އެއްބަސްވުމެއް ސޮއިކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

އޭރު ސޮއި ކޮށްފައި އޮތް މިިނިވަން ވިޔަފާރީގެ އެއްބަސްވުން އުވާލުމަށް ވެސް މި ސަރުކާރުގެ ކުރީކޮޅު ވަނީ ވާހަކަދެކެވިފައެވެ. އެހެންނަމަވެސް އެފަދަ ވިސްނުމެއް ސަރުކާރުން ގެންގުޅެފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާ އާއި އެކު ގާތް ގުޅުމެއް ބާއްވާފައިވާއިރު އެ ގުޅުމުގެ ސަބަބުން ޗައިނާ އަކީ ރާއްޖޭގެ ތަރައްޤީގެ އެންމެ މުޙިއްމު އެއް ބައިވެރިޔާއަށް ވަނީ ވެފައެވެ. އެެހެންނަމަވެސް އަލަށް ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންނަނީ ޗައިނާ ދުރަށް ޖެއްސުމަށްފަހު އިންޑިއާއާ ގާތް ގުޅުމެއް ބާއްވަމުންނެވެ.

ސަރުކާރުން ޗައިނާ އާއި އެކު އެއްބަސްވުމަކަށް ނާންނާނެކަމަށް އުއްމީދު ކުރަން - ނަޝީދު

ރާއްޖެއާއި ޗައިނާ އާއި ދެމެދު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (ފްރީ ޓްރޭޑް އެގްރީމެންޓް) އުވާލަން އެންމެ ބޮޑަށް ބާރުއަޅުއްވަނީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޯކިބާ

    ތިކަމެއް ނުކުރާނެ، ޗައިނާ މުދަލުގެ ޑިއުޓީ ބޮޑުކޮށްފަ އިނގިރޭސިވިލާތުގައުޅޭ އެމީހުންގެ ގާތްމީހުންގެ ވިޔަފާރި ފުޅާކުރަން ޑިއުޓީތައް ކަނޑާލަން އިނގިރޭސިންނާއި އެގުރިމެންޓްހަދަން އުޅެނީ.

    15
    1
  2. ދުންތަރި

    ކޭބަލްކާރުއަޅަ ނިންމާފަ ކާށިދުއާ ޤާފަރުމީހުން ޖައްވުގަ ދިރިއުޅުންހަމަޖައްސާދީފަ ދެރަށުގަ ދުނިޔޭގަނެތް ފެންވަރުގެ ހޮސްޕިޓަލްތަކާ ކޮލެޖުތަކާ ޔުނިވަރސިޓީތަކާ އަޅައި 15 ތަރީގެ ޓުވަރިޒަމް ތައާރަފްކޮށް އަޑިންނާ މަތިން ދަތުރުކުރެވޭގޮތްހަދައި އެންމެ ފަހުން އެއާރޕޯޓުއަޅާންފެށީތާ ނޫނޭވާ މޮޅުމީހެއް މީ

    11
  3. ހިނގާ ދެފައި

    އޭ ޖާބިރު ސާހިބާ! ޗައިނާ - ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް عمل ކުރަން ފަށަން ހެޔޮ ނުވާނެ! އެހެނީ އެއީ رئيس يامين ގެ ސަރުކާރުގައި ވި އެއްބަސްވުމެއް! އެ ސަރުކާރުގައި ކޮށްފައިވާ އެއްވެސްކަމެއް ތަންފީޒު ކުރުމަކީ މިސަރުކާރުގެ މޫނުމަތީގައި ލައްގަނޑެއް ލާނެކަމެއްކަން جابر ދެނެވަޑައިގެންވަމު ނޫންތޯ؟ ޗީ ޗީ ! އެއީ يامين ގެ އަމިއްލަ އަންބޮނޑި ބޮޑުކުރަން ކޮށްފައިވާ އެއްބަސްވުމެއް! ނޫންތޯ؟؟ ހީހީ ހަލާކު !!!!

    1
    3
  4. އަމްރިޝްޕޫރީ

    ބުއްޅަބޭ ދެން ވިސްނަންވެއްޖެއެއްނޫން، އިންޑިޔާއިން ވެރިކަން އަތުލާފަ ދިނަސް ދެން މިގައުމަށް އެއްމެ ރަނގަޅުގޮތަކީ ލާރިހުރި މަސައްކަތެއްކުރެވޭނެ ބަޔަކާއި ގައުމު ހަވާލުކުރުން، އެއީ ޗައިނާ! ލާހިކެއްނޫން މިގައުމު ތަރައްގީކުރަން އިންޑިޔާއިން އެއްވެސް ކަމެއްކޮށްނިދޭނެ.

  5. ބާސިކް

    ޖާބިރު ފުރަތަމަ ކެމްޕެއިންއަށް ނިކުތް އިތު ގާފަރުގެ ފަޅުގައި 5 ރެސޯޓް އަޅަން ޕްލޭންކޮށް ރައްޔިތުންނަށް ދެއްކި. 2 ވަނަ ކެމްޕެއިންގައި ކޭބަލް ކާރުގެ ވާހަކަ ދެއްވި. އަދި ސިޓީ ގެސްޓްހައުސްގެ ޕްރޮޖެެކްޓް ފެށި. އެއްވެސްކަމެއް ކުރިއަކަށް ނުދޭ.( އެނގޭ މި ކޮމެންޓް ނުޖަހާދޭނެކަންވެސް)