މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ބެއްލެވުމަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް މިއަދު ގޭގެ އަށް ޒިޔާރަތް ކުރައްވަން ފައްޓަވައިފި އެވެ.

މިއީ މެޑަމް ފާތުން ކުރިއަށް ގެންދަވާ "އެންމެ ގާތުން" ކެމްޕެއިނުގެ ތެރެއިން މާލޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބެއްލެވުމަށް ކުރައްވާ ޒިޔާރަތެކެވެ. މި ޒިޔާރަތުގެ ތެރެއިން މެޑަމް ފާތުން މާލޭގެ ހުރިހާ ހިސާބަކަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެގޮތުން މެޑަމް ފާތުން މިއަދު ވަނީ މައްޗަންގޮޅީގެ ބައެއް ގެތަކަށް ވަޑައިގެން ހާލު ބައްލަވާލައްވާފައެވެ. މި ޒިޔާރަތުގައި އާއްމުންނަށް ދިމާވެފައިވާ ދަތިތަކުގެ މައުލޫމާތު މެޑަމް ފާތުން އޮޅުންފިލުއްވިއެވެ.

މާލޭގެ ގެތަކަށް ޒިޔާރަތް ކުރައްވަން މެޑަމް ފާތުން ފައްޓަވާފައިވާއިރު އެކަމަނާ މިދިޔަ ހަފްތާގައި ވަނީ ފުވައްމުލަކު ސިޓީ އަށް ވެސް ވަޑައިގެންފައެވެ. އަދި އެ ސިޓީގައި މިދިޔަ ހުކުރު ދުވަހު ވަނީ ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް ވެސް ބާއްވާފައެވެ.

މީގެއިތުރުން ތ.އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ދާދިފަހުން މެޑަމް ފާތުން ވަނީ ދަތުރުފުޅެއް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބޮކި ބޮކި ބޮކި

    ތިޔަކަންވެސް ދާނީ ތޮޅިއަށް !

  2. ގޮނާނީޑް

    ފަސްޓް ލޭޑީ ފާތުން މާލޭގެ ގެތަކަށް ވަޑައިގެން މީހުންގެ ހާލު ބައްލަވަން ފައްޓަވައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. މަމެން ޕިންކީންގެ ވެރިކަމުގައި މަމެންނަށް ލިބުނު ފަސްޓް ލޭޑީ އެއީ ވަންސް އިން އަ ބްލޫ މޫން ގައި މަމެން ދިވެހިންނަށް ލިބުނު ފަސްޓް ލޭޑީއެކޭ. މީ މަމެން ވަރަށް އުފާ ކުރާ ކަމެކޭ. މަމެން އުއްމީދު ކުރަމޭ މާލެ ސަރަހައްދުގައި އުޅޭ ކޮންމެ 1000 މީހުންގެ ތެރޭން 900 މީހުންނަކީ އެއީ މާލެ ސަރަހައްދުގައި ބޯހިޔާ ވައްސެއް ކުޑަ އަގުގައި ސަރުކާރު މެދުވެރިކޮށް ބޭނުންވާ ބަޔެކޭ އެމެންނަށް އެމެންގެ އެ ހުވަފެން ހަގީގަތަކަށް ހައްދަވާ ދެއްވާނެ ކަމަށް މަމެން ގަބޫލުކުރަމޭ. ސަމްބަޑީ އިޒް ލެކިންގް ދެއަރ ނީޑްސް ސްޓޯރީސް އޮފް ދެމް އިޒް ބަރިޑް އަންޓޯލްޑް ސަމްވަން އިޒް ހައިޑިންގް ދަ ޓްރުތް. އައި އޭމް ގޮނާ ނީޑް ސަމްކައިންޑް އޮފް އަ ގުޑް ސައިން ފޯރ ދިސް..

  3. ގޮނާނީޑް

    ފަސްޓް ލޭޑީ ފާތުން މާލޭގެ ގެތަކަށް ވަޑައިގެން މީހުންގެ ހާލު ބައްލަވަން ފައްޓަވައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދުކުރަމޭ މިފަހަރު ފަސްޓް ލޭޑީ މާލޭގެ ގެ ތަކަށް ޒިޔާރަތް ކޮށްގެން ކޮންމެހެން ފައިސާ ގެ އެހީތައް އެމެންނަށް ދިނުމަށް ވުރެން ބޮޑަށް ހަގީގީ އިޝޫސް ތަކަށް އެޑްރެސް ކުރެއްވޭތޯ މަސައްކަތް ކުރާނެ ކަަމަށް އެގޮތުން މާލޭގައި ކުއްޔަށް ދިރިއުޅޭ ހުރިހާ މީހުންނަށާއި އަދި މާލޭގެ ރަށްވެހީންގެ ތެރޭން މާލޭގައި ގޯތި ގެދޮރުގެ ދަތިކަން ހުރި އެންމެންނަށް މާލެ ސަރަަހައްދުން ފްލެޓްސް ތައް ލިބޭނެ އިންތިޒާމު ހަމަޖައްސާ މަމެން މިއަހަރު ރިޔާސީ އިންތިޚާބާއި ކުރިމަތި ލުމުގެ ކުރިން އެ އެންމެންނަށް ފްލެޓްސް ތައް ލިބޭނެ ކަމުގެ ލިޔުން ހަވާލު ކުރާނެ ކަަމަށް. އެއިރުން މީގައި ހަގީގީ މައްސަލަ އަށް ހައްލު ގެނެވުނީ ކަމަށް ވާނީ. މާލޭގެ ގޭގެއަށް ދިއުމުން ވަގުތީ އުފަލަށް ޓަކައި އެމެން ފައިސާގެ އެހީއަށް އެދުނު ނަަމަވެސް އެކަން ކޮށްނުދޭންވީއޭ ހަގީގީ އިގްތިސާދީ ފައިދާ އެމެންނަށް ވާނެ ގޮތް ހަދާދޭންވީ.

  4. މާޝާ

    ދުއާ ކުރާނަން އަވަހަށް ތިކަން ނިމޭތޯ.. އެކަމަނާގެ ހިތްވަރަށް ސާބަސް ދެން އެހެން މިނިސްޓަރުންގެ އަނބިން ވެސް އެކަމާއާއި ބައިވެރިވާނަމަ ދޯ،،، ހައުސިންގ މިނިސްޓަރުގެ އަނބި ނޫނީ ކެމްޕެއިންގަ އަމަލީ ގޮތުން އުޅޭ މީހަކު ނުފެނޭ،،،

  5. ޖާން ބައްޕަ

    ތިކަން ކުރަން އެނގުނި އަދިކިރިޔާ ދޯ..........

  6. ?

    ސާބަހޭ އަފިރިންގެ މެޑަމް