ދިވެހިންގެ ލޭނާރު ކަމުގައިވާ މަސްވެރިކަމުގެ ސިނާއަތަށް ގިނަ ޒުވާނުން ނިކުންނަން ޖެހޭ ކަމަށާއި، މިއީ ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާއެއް ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސްއިން ބޭއްވި ވެބިނާގައި މިފްކޯގެ ސީއީއޯ ވަނީ ބިދޭސީން މަސް ދޯނި ފަހަރުގައި މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައިފައިއެވެ. އިސްމާއިލް ވިދާޅުވީ މަސް ދޯނި ފަހަރުގައި ބިދޭސީން މަސައްކަތްކުރުމަށް ފުރުސަތު ނުދީ، ދިވެހި ޒުވާނުން މަސް ދޯނިފަހަރުގައި މަސައްކަތް ކުރުމަށް ނިކުންނަން ޖެހޭ ކަމަށެވެ.
"80 ފޫޓުގެ ދޯންޏަކަށް މިއަދު އަރާ މަސްވެރިޔާ އަށް ވެސް ތިން ޓަނު ބޭނި ނަމަވެސް ގާތްގަނޑަކަށް 22 ވަރަކަށް ދުވަހުން އެބަ ލިބޭ، 30000 ރުފިޔާގެ އާމްދަނީއެއް، މިއީ ޒުވާނުނަށް ލިބޭ ރަނުގެ ފުރުސަތެއް. މަސްވެރިކަމަކީ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހުރި ދާއިރާއެއް ޒުވާނުން މަސްވެރިކަމުގެ ސިނާއަތަށް ނިކުންނަން ޖެހޭ، މިއީ ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާއެއް،" އިސްމާއިލް ވިދާޅުވިއެވެ.
މިހާރުވެސް މަސްވެރިކަމުގެ ދާއިރާގައި 15000 ދިވެހިން ހަރަކާތްތެރިވަމުން އަންނަ އިރު އިސްމާއިލް ވިދާޅުވީ ދިވެހި މަސްދޯނި ފަހަރުގައި ބިދޭސީން ހަރަކާތްތެރިވުން އެއީ ނައްތާލަން ޖެހޭ ސަގާފަތެއް ކަމަށެވެ.
"ޒުވާނުން މި ދާއިރާގައި ހަރަކާތްތެރިވާ މިންވަރު އިތުރުކުރަން ޖެހޭ, ގިނަ ޒުވާނުން ދެކުނުގެ އަތޮޅުތަކުގައި މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދޭ އަދި އެހެން ހިސާބުތަކުގައި ވެސް އެބަ ހަރަކާތްތެރިވޭ" އިސްމާއިލް ވިދާޅުވިއެވެ.
ބިދޭސީންގެ މަައްސަލައަކީ މިހާރު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަށްވާ އިރު ދިވެހިންގެ ލޭނާރު ކަމުގައިވާ މަސްވެރިންގެ ގޮތުގައި ވެސް ބިދޭސީން އިންތިހާއަށް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ގިނަ މަސް ދޯނި ފަހަރުން ބިދޭސީނަށް ފުރުސަތު ދޭކަން ވަނީ ފާހަގަވެފައެވެ.
ދިވެހިޒުވާނުންނައް ދޭނެ ވަޒީފާ ނުއުފެއްދުނީމަ ދެންޖެހެނީމަހައްދާށޭބުނަންތޯ ތިކަމުން އެގިގެންދަނީ ތިބާމީހުންގެ ނާގާބިލުކަން
ކަލޯ ދިވެހިން ވެއްޖެ އެމީހުންގެ މައިންބަފައިންނާއި އަނބިދަރިން ބަލަންވެސް ބިދޭސީން ގެންނަން އޭރުން ދހެމަފިރިން ވަޒީފާގަ
ދެން ރިސޯޓުތަކު މަސައްކަތްކުރަން ނަރު މޮޑީގެ އިންޑިއާއިން ތޯ މީހުން ގެންނަންވީ ސަރަފު ވެރި ހުރިހާވަޒީފާއަކައް ބޭރުމީހުން ދިވެހިން ނަކީ ގާބިލްކަމެއްނެތްމީހުން ޕޯޑިއަމްތަކުގަ މީހުންގެ އަބުރުކަތިލެވޭ ސިޔާސީމީހުންނަކި ގަދަރުވެރިން
ތިބޭފުޅާއައް އެގިލައްވާތޯ ... ބިދޭސީން މަސްދޯނިފަރުގަ ހަރަކާތް ތެރިވުމަކީ ޤާނޫނުގަ ކަޑައެޅގެން މަނާ މަނާ މަނާ މަނާ މަނާ ކަމެއްކަން.... 37% ބަނަގާޅީން ދިވެހި މަސްދޯނިފަރުގަ މަސައްކަތްކުރޭ.....
ސަތޭކައިގެ ވާހަކައެް
ވ.ރަގަޅު ..ރާއްޖޭގެ މަސްވެރިކަމާއިބެހޭ ޤާނޫނު ގައ ބޭރު މީހުން ގޮވައިގެން މަސްވެރިކަން ކުރުމީ ކުށެއް..އެހެންވީމަ މިފްކޯގެ ބޯޓާއި ސައިޓް ތަކަށް މަސްކިރާއިރު ބޭރު މީހުން ތިބޭ ދޯނީގެ މަސް ނުކިރަންވީ ނުންތޯ..ރާއްޖެ ހަލާކުވެ ވަޒީފާ ނެތި ޒުވާނުން މަގުމަތިވީ ރައްޔިތުންގެ ފަރުދީ ޒިންމާއާއި؛ ސިޔާސީ ނުފޫޒާއި؛ ސަރުކާރުތަކުގެ ދޯހަޅިކަން...މީގެ ހުރިހާ ސަރުކާރެއްގެ ސިޔާސަތު ދޯހަޅި..އަހަރަމެން ސިލޯނުގަ ނުވަތަ އިންޑިއާގައި ތިބޭއިރު ވިސާގެ މުއްދަތު ހަމަވެދާނެތީ ފިތްކަޑާއިގެންދޭ..އެއީ ދާން ޖެހޭނީ ޖަލަށް.. މިޤައުމުގައި ބަގުލާދޭޝް ރައްޔިތުން ވިސާނެތަސް އުޅެނީ އެއްވެސް ބިރެއްނެތި ފްރީކޮށް..އަދި ސަރުކާރުތަކުގެ ސިޔާސަތަކީ އެމީހުންވެސް އުޅެންޖެހޭނެޔޭ..އާނ އުޅުމަކުން އެއްވެސް ޝަކުވާއެއްނެތް..އެކަމަކު ވިސާގައި އޭގެ ފީ ދައްކާއިގެން؛ ސައްހަ ވޯކް ޕަރމިޓެއްގެ ދަށުން....
ޙުރިހާކަ މެއް ބިދޭސީންނައްދިގެންގައު މު މިވަނީހަލާ މިކަ މާވިސްނަންވެއްޖެތަންކޮޅެއްބޮޑައް ގައު މުމމމ މިޔޮއްހަލާކުވަނީ ވިސްނަންވެއްޖެ ބޭރު މީހުން މަދުކުރަންވީ ދިވެހިންނިކަ މެތިވަނީ މިކަ މައްއްވަސްހައްލެއްބޭނުންވޭ
ޙައްލުކުރަން އުޅުނީ މަވާނެ އެން މެންއެކީގަޢުޅެގެން ގަވާދާހިލާފައްއުޅެންފުރުސަތުދީގެންނުވާނެ އެއީއެއްވެސްގައުމެއްގައޮންނަ އުސޫލެއްނޫން
އެއްދުވަސްކޮޅަކު ބުނާތީއެހިން މަހަށްދިއުން ބިދޭސީންނަށް މަނަލޭވެސް އެކަމު މިހާރު މިއޮތީ މަނާ މަންތިރިވެފަ
ގއ.މާމެންދޫގެ މަސްދޯނި ފަހަރުގައި ގިނައީ ބިދޭސީން.. މިކަންތައް ބަލާނެ ކައުންސިލެއް ނެތް..
ކޮލެމާހުއްޓޭ ހުޅުހުޅު ވައްޅެން ޖެހިޔާނެ ދައްކަނެ މުޅެ ވާހެކެ.. އިސްމާޢީލް ފައުޒީ އަކީ އިންތިހާއަށް ކަރަޕްޓް މީހެއް..
ފުރަތަމަ މިފްކޯގަތިބި ބޭރުމީހުން ބޭރުކޮއްފަ ދިވެހިންނަށް ފުރުސަތު ދީފަ ކަލޭ އަނގަ ހުޅުވަބަލަ..