ކޮވިޑް-19 ޖެހިގެން ރާއްޖެ އިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

މިއީ ރާއްޖެއިން މި ބަލި ޖެހިގެން ނިޔާވި ނުވަ ވަނަ މީހާއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މީގެ އިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއުން ކޮވިޑް-19 ޖެހިގެން 43 އަހަރުގެ ފިލިޕީންސްއަށް ނިސްބަތްވާ ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ.

އަދި މި މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ މީހެއް ކަމަށްވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި މިހާރު ދަނީ ކޮވިޑް-19 ޖެހިފައިވާ ހާލުބޮޑު އިތުރު ދެ މީހަކަށްވެސް ފަރުވާދެމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައި ވަނީ 2336 މީހަކަށެވެ. މީގެ ތެރެއިން މިހާރު ބައްޔަށް ފަރުވާދެމުން ދަނީ 396 މީހަކަށެވެ.

ރާއްޖެއިން މީގެ ކުރިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝް ހަތަރު މީހެެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހްމަދު

    މިއީ ވަރަށް ވަރުގަދަ އިންޒާރަކަށް ވުން އެކަށީގެންވޭ.. އަހަރުމެންގެ ދަރީން މަދަރުސާ ފަދަ ތަންތަނަށް ފޮނުވަން އަދިވެސް ވަރަށް ޖެހިލުންވޭ އެބަ. މި ބަލި މުޅިން މައިތިރި ވީކީއެއް ނޫން އަދި. ބަލި ގަދަ އަށް ފެތުރިދާނެ ބޮޑު ދޮރޯށިވެސް ހުޅުވާލަނީ. ވަރަށް ދެރަ ކަމެއްމީ.

    43
    1
    • ރަނގަޅު

      ރަގަނޅު ވާހަކައެއް ދެވަނަ ރާޅެއްގެ އަޑުއެބައިވޭ...?

      26
  2. އެމަންޖެ

    އަންނި ބޭނުންވަނީ ގިނަބަޔަކައް ބަލި ޖައްސާ ގިނަބަޔަކު މަރަން.

    12
    2
  3. ތުގުވަ

    ޓްރީޓޮޕް ހޮސްޕިޓަލް ދޫކޮށްލަން މިހާ ކްރިޓިކަލް ހާލްތުގަ އޮތް މީހަކު ދަރުމަވްންތަ އަށް ގެންދިއުމަކީ ގޯސް ނިންމުމެއް