ގއ.މާމެންދޫން ކޮވިޑް-19 އަށް ތިން މީހަކު ފައްސިވެފައި ވީނަމަވެސް އެރަށުގައި ބަލި ފެތުރޭ ކަމަށް ނުބެލެވޭ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންއީއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މާމެންދޫން ކޮވިޑް-19 އަށް ފައްސިވި ތިން މީހުންނަކީ ވެސް އެކުގައި މާލެ އިން ރަށަށް ދަތުރުކޮށް، އެއްތަނެއްގައި ކަރަންޓީން ވެގެން ތިބި މީހުން ކަމަށެވެ.

މަބްރޫކް ވިދާޅުވީ އެމީހުން ތިބީ ކަރަންޓީން ގައި ކަމުން މާމެންދޫ މޮނިޓަރިންގެ ހާލަތައް ވެސް ނުލާން ނިންމާފައިވާ ކަމަށެވެ.

މާމެންދޫން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި ބައްދަލުވި 13 މީހަކު ވަނީ އެކަހެރި ކޮށްފައެވެ. އެއީ މާލެ އިން އެމީހުންނާއި ބައްދަލުވި މީހުންނާއި އެމީހުންނާއި އެކު ދަތުރުކުރި ގެމަނަފުށީގެ ފަސް މީހަކާއި އެއާޕޯޓްގެ މުވައްޒަފެއްގެ އިތުރުން ރިސޯޓެއްގައި ކަރަންޓީން ނިންމާފައި ފައްސިވި ތިން މީހުން މާމެންދުއަށް ދިޔަ ދުވަހު މާމެންދުއަށް ދިޔަ މީހެކެވެ. އޭނާ އާއި ފައްސިވި ތިން މީހުންނާއި އެއާޕޯޓުން ބައްދަލު ވެފައި ވެއެވެ.

"ކޫއްޑޫ މަގުން މާމެންދޫއަށް މި ދިޔައީ. މީގެ ތެރޭގައި ރިސޯޓް ކަރަންޓިންގައި 14 ދުވަސް ހަމަކޮށްފައިވެސް ދިޔަ މާމެންދޫ މީހެއް މި ފްލައިޓްގައި ދަތުރުކުރި. މި ޕޮޒިޓިވްވި 3 މީހުންނާއި ރިސޯޓް ކަރަންޓީން ނިންމާފަ ދިޔަމީހާއާއި ދިމާވި." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އޭނާ އާއި ފައްސިވި ތިން މީހުން ބައްދަލުވެފައި ވުމުން އޭނާގެ ޓެސްޓެއް ހަދަން މިހާރު ނިންމާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިޒޫ

    ބައްލަވާ ފަރުވާކުޑަ ކުރުމުންނޭ ބޮޑުވަރު ވީ ވެސް ..ރަށު އެންމެނައް ޖެހުނީމަތަ ފެތުރޭކަމަށްވަނީ..އައްސަރިބަހާ ސާބަސް އެޗްޕީއޭއައް..

    12
    1
  2. މަބްރޫކް

    ހަރުދަނާ ފިޔަވަޅު ތަކެއް އަޅަން ޖެހޭ..ދައުލަތް ހިންގަން ހުންނެވި ބޭފުޅާގެ އެއްވެސް ގާބިލިއްޔަތު ކަމެއް ނެތް ކަން މިފެންނަނީ.މިވަގުތަކީ ޗައިނާ ފަދަ ގައުމު ތަކާއި ގުޅިގެން އެ ގައުމުތަކުގެ ސިއްހީ މާހިރުންގެ އަމަލީ ބައިވެރި ވުމާ އެކު މިކަމުން އަރައިގަންނަން ވައިރަހާ ދެކޮޅަށް މިއަށްވުރެ ބޮޑަށް މަސައްކަތް ކުރަންވީ ވަގުތު..އިދިކޮޅު ސިޔާސީ ލީޑަރުންނާ ދެކޮޅަށް މަސައްކަތް ކުރުން ހުއްޓާލާ ގައުމުގެ ޒުވާން ޖީލާ މެދު ވިސްނާލަން އެބަ ޖެހޭ.މައިން ،ދަރިން ނިކަމެތިވާ ހާލަތަށް މި ދަނީ..ދަންނަވަންތޯ ސޯލިހު ގ.ކެނެރީގެ މުހައްމަދު ނަޝީދު މާތް ﷲ ގެ ރަހްމަތުން އިސްލާހު ނުވެއްޖެނަމަ އާންމުންގެ ތެރޭގަ ފަސާދަވެރިކަން އުފެދި ދިވެހި ދައުލަތް ބައިބައިވެދާނެ.އޭނާ އަކީ ގައުމުގެ ސަލާމަތަށް ހުރި ނުރައްކަލެއް..ޑިޕްލޮމެޓިކް ގޮތުން ބެލިޔަސް ވަރަށް ނުވިސްނޭ އަމިއްލަ އެދުން ބޮޑު މީހެއް..އޭނަގެ އަނބި ދަރީން އިނގިރޭސިވިލާތުގަ އަހަރެމެންގެ އާއިލާތަށްް ބިރުވެރިކަމެއްގަ...ﷲ އަށް ވަކީލް