ކޮވިޑް-19 މާލޭގައި މުޖުތަމައުއިން ފެނުމާއި ގުޅިގެން، މާރޗްމަހުގެ މެދުތެރޭގައި އިއުލާން ކުރި ފުރަބަންދަށް ލުއިތަކެއް ދީފައި ވަނީ މި ހިނގާ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. 15 ވަނަ ދުވަހުން ފަށައިގެން އާއާއްމު ހާލަތުގެ އުސޫލުތަކާއި އެއްގޮތަށް ގައިދުރުކޮށް، މާސްކް އަޅައިގެން ބޭރަށް ނުކުމެ އުޅުމުގެ ފުރުސަތު ވަނީ ދީފައެވެ.

މިގޮތަށް މަގުތަކަށް ނުކުންނަ އިރު މާސްކް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ލަފާދެއްވާފައެވެ. އެ ލަފަޔާއި އެއްގޮތަށް ގިނަ ބަޔަކު މާސްކް އެޅި ނަމަވެސް މާސްކް އަޅަނީ، އެކަމުގެ ބޭނުން އެންމެ ފުރިހަމައަށް ހިފޭގޮތަކަށް ނޫނެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑަމޮއޮލޮޖިސްޓް ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ ބައެއް މީހުން މާސްކް ދަތްދޮޅީގައި އަޅުވާލައިގެން ތިބޭ މަންޒަރު ފެންނަ ކަމަށެވެ.

"ވަރަށް ގިނައިން ފެނޭ ދަތްދޮޅީގައި މާސްކް އަޅުވާލައިގެން މާސްކް އަޅާތަން. އެެހެން މާސްކް އެޅުމުގެ ބޭނުމެއް ނެތް. އެ ނަގާލާ ކަމަށް ވާނަމަ ވެސް ނަގާލާފަ ދެފަޅި ޕްރެސްކޮށްލުމަށް ފަހު، ފަހުން އެޅިދާނެ. އެއީ އަނގައިގައި ހުންނަ ވައިރަސްގައި ޖެހިފަ ހުންނަ ބައި މޫނާވެސް އިނގިލިތަކާއި ވެސް ކޮންޓެކްޓް ވެގެން ނުވާނެ. އެހެން ނޫނީ އޭގެ ބޭނުން ކެނޑުނީ." ޑރ.އަފްޒަލް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން އާ އާންމު ހާލަތަށް ރުޖޫއަވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ޕާކްތަކާއި މައިޒާންތަކަށް ދާން ވާނީ މާސްކް އަޅައިގެން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު އުސޫލުގައި ވަނީ ބުނެފައެވެ.

އަދި ލުއި ދިންނަމަވެސް ބަލީގެ ނުރައްކާ ކުޑަ ނުވާކަމަށާ، އެޗްޕީއޭގެ އެންގުންތަަށް އަމަލު ނުކުރާ ނަމަ ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ވެސް އެޗްޕީއޭއިން ފާހަގަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޢަހޫ

  ބާޒާރުމަތީގަ އެވަރަށްތޮއްޖެހިފަވާއިރުވެސް. ދިވެހިންނާއި ބަންގާޅުމީހުންގެ މާސްކްހުންނަނީ ދަތްދޮޅީގަ އަޅުވާފާ. ޙީވަނީ ދަތްދޮޅިގާޑެއްހެން.

  16
  1
 2. ދަރަނި ދަންތުރަ

  ދަތްދޮޅީގައި މާސްކު އެޅުމަށްވުރެ މާގޯސްކޮން މާސްކު އެބައަޅާ ، އެކަކު އަޅައިގެން ހުއްނަ މާސްކު އަނެއްމީހާ އަޅަން އެބަދޭ ފިހާރަޔަށް ސިގެރެޓު ގަންނަން ގޮސް މާސްކު ނާޅާ ފިހާރަޔަށް ނުވަދެވޭނޭ ބުނާއިރަށް ބޭރަށްނުކުމެ އެހެން މީހަކުއަތުން އެމީހާ އަޅައިގެން ހުރި މާސްކު ހޯދައިގެން އެމާސްކު އަޅައިގެން ސިގެރެޓު ގަންނަށް ފިހާރަޔަށް ވައްނަނީ އަދި 1 ސިގެރެޓު 3 މީހުން ބޮނީ މިއީ ކިހާނުރައްކާ ކަމެއް ، ގައުމުގެ ބައެއް ޒުވާނުން ވަރަށް ސްމާޓޯ...

  17
 3. ހުރަމު

  ބަންގާޅު ބޭފުޅުން ނަށް ތިވާހަކަ ބުނެދީ! އެކްސްކިޔުޒް މީ ވަރަށް ރަނގަޅުވާނެ އެކަމަށް

 4. ބާރީ

  އެންއީއޯސީގެ ބައްދަލުވުމުގައި ޑރ.އަފްޒަލް ވާހަކަދައްކަވަނީ (ފޮޓޯ) ނަމޫނާ ދައްކަން ތިބި މީހުންތީ ފޮޓޯގަ ހުރީ މާސްކު ނާޅާ...

  4
  1
 5. Anonymous

  ރޭގަނޑު ކަސްރަތު ކުރަންދާ އެކަކުވެސް މާސްކެއް ނާޅާ، އުސްފަސްގަނޑު އަދި ސިނަމާލެ ބުރިޖަށް ދުވަން ދާ އެކަކުވެސް މާސް ނާޅާ އެއްތާކުވެސް. އެއްބައި މީހުން ނާޅާތީ އަނެއްބައި މީހުން އެއަޅަން ލަދުގަންނަނީ ކަންނޭނގެ.
  އެމީހެއްގެ ރައްކާތެރިކަމަށް އެމީހަކު އަމިއްލައަށް ބަލަންވާނީ. މީހަކު އުޅޭ ގޮތަކަށް ބަލާނެ ކަމެއް ނެތް

 6. ައަންނިބެ

  ދެންމިއުޅޭ ޕޮލިހުންވެސް އެބައުޅޭ މަގުމަތީ މާސްކުނާޅާ.

 7. އުބޭ

  އަފްޒަލް ކަލޭ ކޮސްނުގޮވާ ގެއަށްދޭބަލަ.. މާއިގޭ ވެގަނެގެން ނުއުޅެ..ޑަބުލިއު އެޗް އޯ ޕަޕެޓުން..މި ކޮމެންޓް ޖަހާލަ ދޭތި

 8. ޣަނީ

  އެހެންވެ ބުނެވެނީ ފުރަބަންދަށް ލުއިދިނީވެސް އެކަށީގެންވާ ގަވައިދު ނަހަދައޭ، މާސްއެޅުން ނޫނީ މޫނުނިވާ ނުކުރާ މީހުން ބޭރުގަ އުޅެންނާ ފިޔަވަޅު އަޅާނެ ވާހަކަ ބުނިނަމަ ތިބުނާ މަންޒަރެއް ނުފެންނާނެ