ރައްޔިތުންގެ މަޖިލިހުގައި އޮތް ފުލުހުންގެ ހިދުމަތުގެ ބިލަށް އާންމުންގެ ޚިޔާލު ހުށަހަޅަން ފުރުސަތު ހުޅުވާލައިފިއެވެ.

މަޖިލީހުގެ އިދާރާއިން ކުރެއްވި އިއުލާނެއްގައި ވިދާޅުވީ އެ ބިލަށް ޚިޔާލް ހުށަހެޅުމުގެ ފުރުސަތު މި ހިނގާ ޖޫން މަހުގެ 30 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

އެގޮތުން ހުށަހަޅާ ޚިޔާލުތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އެޑްރެސްކޮށް ފޮނުވާ ސިޓީއަކުން، ނުވަތަ [email protected] އަށް މެއިލްކޮށްގެން ހުށަހަޅޭނެކަން އެ އިދާރާއިން ފާހަގަކުރައްވައެވެ.

ފުލުހުންގެ ހިދުމަތުގެ ބިލެއް ސަރުކާރުން ހުށަހެޅުއްވީ، ދިވެހި ފުލުހުންގެ ހިދުމަތާ ގުޅޭ އެންމެހައި ކަންކަމަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި އިންސާނީ ހައްގުތަކަށް އިހްތިރާމުކުރުމާ އެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރުކުރުމުގެ ބޭނުމުގައެވެ.

މިހާރު އަމަލުކުރަމުންދާ ފުލުހުންގެ ގާނޫނުގެ ބަދަލުގައި އާ ގާނޫނެއް ވުޖޫދުކޮށް، ފުލުހުންގެ ހިދުމަތް އެކަށައަޅާފައިވާ ގޮތާއި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގައި ގެންގުޅޭ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، އެ ހިދުމަތުގެ މަސްއޫލިއްޔަތުތަކާއި، ޒިންމާތައް، އަދި ފުލުހުންނަށް ލިބޭ ބާރުތަކާއި، އެ ހިދުމަތާ ގުޅޭ އެނޫން ވެސް ކަންކަން އެ ގާނޫނު މެދުވެރިކޮށް އަލުން ކަނޑެޅުމަކީވެސް އެ ބިލު ހުށަހެޅުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެ ބިލަށް ބަހުސްކުރައްވަމުން ގިނަ މެމްބަރުން ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ފުލުހުންގެ ގާނޫނަށް ޚިޔާލު ހޯދުމުގެ ގޮތުން މަޝްވަރާ ކުރާ އިރު ފުލުހުންގެ ކުރީގެ ޗީފަކާއި އަނާކިސްޓަކު ހިމަނަން ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ފުލުހުންގެ ގާނޫނަށް މަޝްވަރާ ކުރާއިރު ކުރީގެ ޗީފަކާއި އަނާކިސްޓަކު ހިމަނަން ފެނޭ: ރައީސް ނަޝީދު

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޖަޒީރާމަނިކު

  ކިތަންމެ ޚިޔާލެއްހޯދިއަސް ތިޔަބިލު އޮންނާނީ އަންނި ބޭނުންވާގޮތަށް. ލިބޭ އެންމެ ޚިޔާލެއްވެސް ނުހިމަނާނެ. އެކަން އެކުރަނީވެސް ރައްޔިތުން ގުނބޯހައްދަން.

  9
  1
 2. ޢަހުމަދު ނަޢީމް

  ޤާނުުނުގެ މަޢްސަލައެއް ނެތް! ޖާހިލުން ވެރިކަމުގައި ތިބުމުން، ހިންގަން / ތަންފީޒު ކުރަން ނޭގެނީ!

  7
  1
 3. މީ ފޭކް

  ކީއްވެ އޮޕަން ފޯރަމެއްގަ ޚިޔާލު ހުށަނެއެޅެނީ ؟

  3
  1
 4. ބަނާނާ

  ކުރިން ތިޔަ ބިލް ތައްޔާރު ކޮށްފަ އޮތީ ކުރި އަރާފަ އޮތް ގައުމު ތަކުގެ ގާނޫނު ތައް ބަލައިގެން އޭގަ ހުރި އިސްލާމް ދީނާ ފުށު އަރާ އަދި ދިވެހީންގެ ސަގާފަތާ ނުގުޅޭ ކަންކަން އުނި ކުރުމަށްފަހު ވަރަށް ރަނގަޅަށް....މިހާރު ތިއުޅެނީ ކޮން ކަމެއް ކުރަންބާ.!!!؟؟؟