އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް ބޮޑެތި އަނިތާކެއް ވެއްޖެއެވެ.

ދެސައިކަލް ޖެހިގެން ހިނގި މިއެކްސިޑެންޓްގައި އަންހެން މީހާގެ މޫނަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. އޭނާ އަކީ އެކްސިޑެންޓްވި އެއް ސައިކަލު ދުއްވަން އިން މީހާ އެވެ.

އަންހެން މީހާގެ ސައިކަލްގައި ޖެހުނު ސައިކަލް ދުއްވަން އިނީ ފިރިހެނެކެވެ. އޭނާ ވަނީ އެކްސިޑެންޓް ހިނގުމާއި އެކު ފިލައިގެން ގޮސްފައެވެ.

އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާކަމަށް މައުލޫމާތު ލިބެއެވެ. އޭނާ އަށް ބޮޑެތި އަނިޔާތަކެއް ވެފައިވީ ނަމަވެސް އޭނާގެ ފުރާނައަށް ނުރައްކާވާވަރުގެ އަނިޔާއެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.