ދަރިވަރުންނަށް ނާސްތާއާ ފޮތް ފަދަ ތަކެތި ފޯރުކޮށްދޭން ޖެހޭނީ އެކަމަށް އެދޭ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ތައުލީމާއި ބެހޭ ބިލު ދިރާސާ ކުރަމުން އަންނަ ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި ވާހަކަދައްކަވަމުން ރަޝީދު ވިދާޅުވީ ސަރުކާރުން މިހާރު އިންކަމް ޓެކްސް ވެސް ނަގަމުން އަންނަ ކަމަށެވެ. އެހެންކަމުން މީހުންގެ އާމްދަނީގެ މައުލޫމާތުތައް ވެސް ކުރިޔަށް އޮތް ތަނުގައި ހާމަވަމުން އަންނާނެ ކަމަށެވެ. އޭރުން ސަރުކާރުން އެހީ ދޭން ޖެހޭނެ ކުދިން އެނގިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ރަޝީދު ވިދާޅުވީ ހުރިހާ ކުދިންނަށް ނާސްތާ އާއި ފޮތް ފަންސޫރު ފޯރުކޮށްދޭން ނުޖެހޭނެ ކަމަށެވެ. ދައުލަތަށް "އޮބިނޯންނަ" ވަރަށް ހުރިހާ ކަމެއް ކޮށްދިނުމުން އެންމެ ފަހުން ދައުލަތް ދަރަނިވެރިވެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ކަންކަން ނުކުރެވޭނެ ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު ހިލޭ ފޮތް ފަންސޫރު ދޫކުރަން ފެށިއެވެ. ނަމަވެސް އޭގެކުރިން އެ ތަކެތި ގަންނަން ޖެހެނީ ބެލެނެވެރިން އަމިއްލަ އަތުންނެވެ. އެކަން ވެފައިވަނީ ބެލެނވެރިންނަށް ވަރަށް ބޮޑު ދައްޗަކަށެވެ.

ހެނދުނުގެ ނާސްތާ އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ކޮންމެ ކިޔަވާ ކުއްޖަކަށް ހެނދުނުގެ ނާސްތާ ދެމުން އަންނައިރު އެކަމަށް އަންނަނީ ސަރުކާރުން ބޮޑު ހޭދައެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ނޫންތަ؟

    ސަރުކާރުގެ ސުޓޭޓު މިނިސްޓަރުންނަށާއި ވެރިންނަށް ބޮޑެތި މުސާރަތައް ދޭކަށް ނުޖެހޭ! އާދައިގެ މީހަކަށް 10ހާހުން ފުދެންޏާ، ސަރުކާރުގެ ވެރިންނަށްވެސް އެވަރުން ފުދެންވާނެ.

    73
    2
    • ޖ

      އަސްލުގަ ވެސް... ދަރިވަރުންނަށް ފަންސޫރު ދޭން ނުޖެހެންޔާ ނުޖެހޭ އެހާ ބޮޑު މުސާރަ ދޭކަށް...

  2. ތުއްތުބޭ

    ހުރިހާ ކުދިންނަށް ނާސްތާ ފޯރުކޮށްދޭން ޖެހޭތޯ؟ އެއީވެސް އަތަށް ގޮވާފައި އޮތް ވައުދެއް ނޫންތޯ. ހާސަރު ނުދަމާ، މި ދޮޅު އަހަރު ތިޔަ ބޭފުޅާއަށް ކޮށްދެވުނު މަސައްކަތެއް ވިދާޅުވެ ދެއްވަބައްލަވާ

    54
    1
  3. އަހައްމާބެ

    ތިހުރިހާ ހާސަރެއް ދެމުމުގެ ބޭނުމެއް ނެތް ތިމަންނަމެންނަށް މިކަމެއް ނުވާނޭ ކިޔަަފަ ފައިބެގެން ދިޔައަ ނިމުނީ އޭރުން އެކައްޗެއްވެސް ދޭކަށް ނުޖެހޭނެ! ތިމަންނަމެންނަށް ވާނޭކިޔާފަ ފޮނިކަނޑާގެން ވެރިކަމަށް އެރީމަ ދޯ ތިކަންތައް ޖެހުނީ ރައްޔިތުން ނެއް އާސަެހެއް ނުކުރެ ދޯ ކަލޭމެން ގާތުގަ ވެރިކަން ކޮށްދޭށޭ ކިޔާފައެއް
    އެހެން ވީމަ ނުވާވަރު ކަންކަމާ އުޅޭނެ ކަމެއް ނެތް އަވަހަށް ފައިބާ

    57
    2
  4. ޥުނަ

    ބަލަ އެއީކޮންމެ ސަރުކާރެއްގެ ވާުއުދު ބެލެނިވެރިން ބޭނުން ވެގެންނެއްނޫން އެކަންތައް އެގޮތަށް އެކުރަނީ. ނާސްތާވެސް ބޭނުން ނުކުރާ އެތައް ކުދިންނެއްއެބަ އުޅޭ ފޮތްފަންސޫރުވެސް ރަނގަޅަާށް ނުލިބޭއެތައް ކުދިންނެއް އެބައުޅޭ.ޥައުދު ވެގެން ވެރިކަމަށް އައިސް ނަމަ އެކަމެއް ކޮށްދޭން މަޖުބޫރު ވާނެދޯ.

    47
    1
  5. ނ

    ކޮބައިތަ...ދަސްވާރު... ޢެކަންވެސް ހުއްޓާލައިފި
    ޙުރިހާކަމެއް ކޮޅު މަގައް އަރަނީ
    ޢަދިވެސް ސަރުކާރު ހިންގަން ހަވާލު ވާތި
    ދެން ގޮވާނީ އަތަށް...

    50
    1
  6. މަސްކޮޅު

    ކޮބާ ! އެއްކަލަތަން އައީނު. ލަސްތަކެއް ވެއްޖެތަ؟ ނުވާވަރުން ފޫ ގަޅައިގެން އުޅުނީމަ ވާގޮތް އެބައެގޭދޯ މިހާރު. އަދިވެސ ވެރިކަމައް އަންނަން ވީމަ ހިތުހުރި އެއްޗެއް ކިޔައިގެން ތިމާމެންނައް ނުވާވަރުގެ ވަޢުދުތަކާ އޭތިމީތި ކިޔާ! ހުނަނާނީ ރާކަނި ކެވިފަ،

    50
    2
  7. ޭއެމީހާ

    މިއޮށް ހުރިހާދުވަހުވެސް އަހަރުމެންގެ ދަރިން ތިބީކްލޭމެންދިނީމަ ކައިގެންތަ ކިހާބޮޑު އުދަގުލެއްމީ އަމިއްލަޔަށް ކަންކަން ހްވާލުވްންޏާ ޖެހޭނީކުރަން ނުކުރަންޏާ ފައިބައިގެން ދާންއުޅޭ

    19
    1
  8. މޮޔަސޮރު

    މި މީހުން ކިޔެވީ ކޯއްޗެއް ބާ. ސަރުކާރު ހިންގަނީ ރައްޔިތުން އަތުން ފެލައިގެންނޭ. ތަޢުލީމީ މުޖުތަމަޢެއް ބިނާވެދާނެތީ ބިރުންއުޅޭހެން ހާދަހީވޭ.

    18
    1
  9. ގަމަރުލްބަތޮހާ

    ނާސްތާ އެއީ އޮޅިގެން ދެވުނު އެއްޗެއް ތޯއްޗެ!!

    17
    1
  10. Anonymous

    ޑރ އަބްދުﷲރަޝީދަށް ސަލާމަށްފަހު ދަންނަވަމެވެ. ތިމަންނަމެން ވަކި ކުއްޖެއް ނުބަލާނަމެވެ ކަނޑާވެސް ލާންވީމަ ކަނޑާވެސްލާނަމެވެ ވިދާޅުވީމުނޫންތޯއެވެ ރަނގަޅަށް ހަދާންހުރީތީ ދެންނެވީމެވެ އަޅުގަނޑު ނުވިސްނާ ހުއްޓަ ކަންކަށިމަތީގަ ޖަހައިފިނަމަ ފަހަރެއްގައިހޭބަލިވެގެން ވެއްޓިވެސްދާނެއެވެ ނުވަތަ އަރިއަޅާލައި ކައްސާލުމަކީވެސް ވެދާނެގޮރެކެވެ އެކަމަކު ދަންނަވަންތޯއެވެ ވެއްޓޭއިރަށްﷲގެ ވާގިފުޅާއެކީއިންޝާﷲ ތެދުވާނަމެވެ މިއީމުރަނަފަރީދާގެ ވައުދެއް ތިބޭފުޅާއަށް ބިސްކަލޯއަށް ސެލިއުޓް ކުރަން ޖައްސާނަން

    9
    2
  11. ޒާ

    މިވާ ދައްކަން އެއީ ކޮންބުރާންޗެއް

  12. ދިވެއްސެއް ވީމަ ބުނަމޭ

    އަޅުގަނޑުގެ ދަރިއެއްގެ ލޮލުން އަންނަ ކަރުނައަކީ'' ކްރިސްޓަލްސް ''އެބޭކާރެއްނުވާނެ ބޭކާރުވިޔަ ނުވެސް ދޭނަން އިންޝާﷲ އަޅުގަނޑު ދިރިހުރިހާ ހިނދަކު އެކުދިންގެ ބެކަޕް އެއްގެ ގޮތުގައި ހުންނާނެ އިއްޒަތާއެކު ހިތްތިރިކުރަން ދަސް ކޮށްދޭނަން ޑރ ޝަހީމް އެއީ ހަގީގަތުގައިވެސް ދިރިހުރި މޯޓިވޭޝަން އެއް އަޅުގަނޑަށް ހިތްވަރު ލިބުނީ އެބޭފުޅާގެ ސްޕީޗަކުން ޑރ ރަޝީދަށް އަޅުގަނޑުއެދެނީ ކުރިއެރުމާ ކާމިޔާބު ﷲ ދެއްވުން އަޅުގަނޑު ހަސަދަވެރިޔެއްނުވަން އެކަމަކު އިވިފަ ހުންނަ އަޑު ޒަމާނަށް ދެމިހުންނާތީ ފާހަގަކޮށްލީ

  13. ފާތުމާފުޅު

    އަބްދުﷲގެ ލީޑަރ ޝިޕްގެ ދަށުން ކުދިން ވަރަށް ބާކީ ކޮށްފައިވޭ ނާސްތާ ބޭނުމެއްވެސް ނޫން ބުއްޅަ ކިރުތަށި ގޯތިސޮރު ނުބޯނެ ކުނި ސޭންޑްވިޗް އެކޮއިމެންނެއް ނުކާނެ ފޮތް ފަންސޫރެއްވެސް ބޭނުމެއްނޫން ބަލަގަ މަށޭ ވިހެއީވެސް ބެލޭނެތީއޭ ކޮން ފޮންޏެއް ތިކަނޑަނީ . ބައިތުލް މާލް ކޮނޑަށް ލައިގެން ތިބޭ ޕަކާސް

    13
  14. ކޮރަކަލި

    އިޔޫމެން ތަރަށްގީ އަށް ކޮށްދިން ކަމެއް ބުނެލަދެވިދާނެތަ ކަލޭމެން ދައްކާ ވާހައިން ލަދުން ބޯހަލަާކު

    9
    1
  15. ޅޮލް

    މިހާރު ތިޔައުޅެނީ އެވެސް ނުދީވާނެ ގެތެއްބަލާފަ އެ ލާރިކޮޅުވެސް ބަނޑުއަޅާލަން

    12
  16. ރަބަރޭ

    ޕާޓީ ކުދިންނަށް ވަޒީފާތަށް ބަހާލާ ނިކަމެތިންނަށް އެއްޗެއް ދޭންވެއްޖެއްޔާ ވަރަށް މޭބޮޑުވާނެ

    9
    1
  17. Anonymous

    އެހެންވެއްޖިއްޔާ ރައްއިތުން ޓެކްސް ވެސް ދައްކާނެ ކަމެއްނެތް އިގޭތޯ ޑރ ރަސީދު

  18. ދިވެހިމީހާ

    މމމިބޭފުޅާހުރީ ހަމަހޭގާތޯ ސުވާލު އުފެދޭ. ރައްޔިތުން ހޮވާފަތިބި މަންދޫބުން ބޭނުންވެގެން ރައްޔިތުންގެ ސަރުކާރުން ދޭން ނިން މީ. ބޯގޯސް މީހުންގެ ނަ މުގެ ކުރިއަށްވެސް ަ ޑރ. އާދެދޯ.

  19. ފެކްޓް

    މިއީ އަހަރެން އަބަދުމު ކަންބޮޑުވާ ކަމެއް. ޥަރަށް ރަނގަޅުވާހަކައެއް! ފޮތްލިސްޓާއި ނާސްތާއާއި އާސަންދަ އާއި ފަސްޓްޑިގްރީ ފައިސާ އަކީ އެންމެންނަށް ލިބެންޖެހޭ އެއްޗެއްނޫން. އެ ހައްޤުވާނީ ހަމަ އެކަނި ނިކަމެތީންނަށް. މިކަންކަން އެބަޖެހޭ މުރާޖަޢާ ކުރެވެން. އަދި ރަނގަޅަށް ބެލެހެއްޓެންވެސް. ކިޔާ އިސްރާފެއް ދައުލަތުގެ މާލިއްޔާއިން މިކިރެވެނީ؟ އަނެއްކޮޅުން މިއީ ޢަދުލިވެރި ގޮޔެއވެސް ނޫން. ހަމަކަމަ ވުމެއްވެސް ނޫން. ނިކަމެތިމީހާއަށް ދޭންވާ އެއްޗެއް ފުދުންތެރީންނަށްވެސް ދެންޏާ ނިކަމެތިމީހާ ހުންނާނީ ހުންނަ ތަނުގަ. ވެރިކަމުގެ ބޭނުމަކީ އެންމެން ރުއްސުމެއް ނޫން. ވެރިކަމުގެ ބޭނުމަކީ އިންސާފާއި ޢަދުލު ޤާއިމް ކުރުން. ރައްޔިތުންނަށް މަގު ދެއްކުން. އާންމުންނަށް ވާ ދަތިތަކުން ފަސޭހަކަން ހޯދާދިނުން. ހައްލު ހޯދާ ދިނުން.

  20. ފެކްޓް

    ނޮފޯރަ ފޮތިން ފޫގަޅާތީ މައްސަލައަކީ. އެއްވެސް ބަޔަކު ބޭނުނެއް ނުވޭ ރައްޔިތުންނަށް ޙަޤީގަތް ހާމަ ކޮށްގެން. ރައްޔިތުން އޮޅުވާނުމާ ނޭގުމުގެތެރޭގަ ބައިތިއްބަން ބޭނުންވަނީ.
    އަދި ގިނަ ރައްޔިތުން އެމީހުންގެ މަގައް ހެއްލި ހަޤިގަތް ޤަބޫލުކުރަންވެަް ބޭނުމއއް ނުވަނީ!
    ޙަޤީގަތަކީ އެންމެނަށް ފޮތްލިސްޓާއި ނާސްތާއާއި އާސންދަ އަދި ހިލޭ ފަސްޓް ޑިގްރީ އަށް ކިޔާދޭން ނުޖޭހޭކަން. އެއީ ހަމައެކަނި ދެކޮޅުނުޖެހޭ ނިކަމެރީންގެ ޙައްޤެއްކަން. އެއީ ފުދުންތެރީންނަށް ޙައްޤުވާނޭ އެއްޗެއް ނޫންކަން. މިޙަޤީގަތް ކާމަ ކުރަން ނުކެރޭ. ހަޤީގަތާ އެއްގޮތަށް ރައްޔިތުން ތަރުބިއްޔަތު ކުރަން ނުކެރޭ! ތިމާނެންގެ ތާޢިދު ގެއްލިދާނެ ކަމަށް. އާންމުން ތިބެން ޖެހޭނީ އޮޅުވާލުމުގެ ތެރޭގައި އަބަދު. މިއީ ޑިމޮކްރަސީގެ ހަޤީގީ ސިފައަކީވެސް. ސިޔާސީ ބައިގަޑު ތެރޭގައި ނޫލޭނެ ދޮގާ މަކަރާއި ހީލަތްތެރިކަމާއި އޮޅުވާލުމުގައި ނުޅޭ ހަމަ އެކަކުވެސް. ވިސްނައިފި ކޮންމެ މީނަކަށް މިކަން ތަޖުރިބާކުރެވޭނެ.
    #ބޭން ޑިމޮކްރަސީ #ބޭން ޕާޓީ ސިސްޓަމް # އިގްނޯ ދެމް

  21. ސުއްޓާ ޒަކީ

    ދެންވެސް ނުފޯރާ ފޮތިން ފޫ ފޫ ފޫ ފޫ ފޫ ނުގަޅާށެވެ.

  22. ހަފްޞާ

    އާނ’ މަޖްލުސް މެމްބަރުނަށް އެކަނި ޖެހޭނީ ހުރިހާ ވަޞީލަތެއް ފުރިހަމަ ކޮށްދޭން ?