ޏ. ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީންގެ އުސޫލާއި ހިލާފުވި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ކައުންސިލުން ބުނެފިއެެވެ.

އެ ސިޓީ ކައުންސިލުން މިއަދު ބުނީ، ފުވައްމުލައް ސިޓީގެ ހޯމް ކަރަންޓީނުގައި ތިބި މީހަކު ކަރަންޓީނުގެ އުސޫލުތަކާއި ހިލާފުވެ ބޭރަށް ނުކުތް މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މީގެ ތެރެއިން އެކަކުގެ ބަންދަށް 14 ދުވަސް ޖަހާފައިވާކަމަށް އެ ރަށު ކައުންސިލުން ބުނެފައި ވެއެވެ.

އެޗްޕީއޭގެ އުސޫލުގައި ބުނެފައިވާގޮތުން ކޮވިޑް-19އާ ގުޅިގެން މާލެ ސިޓީިން އެނބުރި ކޮންމެ ރަށަކަށް ދާ ކޮންމެ މީހަކު 14 ދުވަހުގެ މުައްދަތަކަށް ގޭގައި ކަރަންޓީންވެގެން ހުންނަ ޖެހޭނެއެވެ.

އެ ސިޓީ ކައުންސިލުން ވަނީ ހޯމް ކަރަންޓީނުވަމުން އަންނަ ހުރިހާ މީހުންވެސް މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މި އުސޫލްގައިވާ ގޮތަށް އަމަލްކޮށް، 14 ދުވަސް ހަމަވަންދެން ގެއިން ބޭރަށް ނުނިކުމެ ތިބުމަށް ނަސޭހަތްތެރިވެފައެވެ.