ޖިނާއީ މައްސަލަތައް ތަޙްޤީޤްކުރުމާއި ނުވަތަ ތަޙްޤީޤް ނުކުރުމަށް ނިންމާ ނިންމުންތަކަކީ ތަޙްޤީޤީ އިދާރާތަކުގެ ބާރުގައި ހިނގާ ކަންކަން ކަމަށާއި އެއީ ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ)ގެ ބާރުގައި ހިނގާ ކަންކަމެއް ނޫން ކަމަށް އެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން މިފަދައިން ބުނެފައި ވަނީ "އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ސަރުކާރުގެ އިސްވެރިންގެ މައްސަލަތައް ނުބަލަން ނިންމައިފި" އެނަމުގައި
"ދިޔަރެސް" ނޫހުގައި ލިޔެފައިވާ ހަބަރު ދޮގުކޮށް ނެރުނު ނޫސްބަޔާނެއްގައެވެ.

ޕީޖީ އޮފީހުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ "މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ހިމެނޭ މިއަދުގެ ސަރުކާރަށާއި ވެރިކަން ކުރާ އެމްޑީޕީ މަޖިލިސް މެމްބަރުންގެ މައްސަލަތައް ނުބަލަން ޕްރޮސިކިއުޓަރު ޖެނެރަލް ހުސެއިން ޝަމީމް، އެ މައްސަލާގައި ހަރަކާތްތެރިވާ ޕީޖީ އޮފީހުގެ މުވައްޒަފުންނަށް އިރުޝާދު ދީފައިވާ ކަމަށް" އޮތް ލިޔުމަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ދޮގު ހަބަރެއް ކަމަށެވެ.

"ދިވެހިރާއްޖޭގެ ޤާނޫނުތައް ތަރުތީބުވެފައިވާ ގޮތުން، ތަޙްޤީޤީ އިދާރާތަކަކީ ޤާނޫނުގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ހަމަތަކާ އެއްގޮތަށް މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ތަޙްޤީޤްކުރުމުގެ ބާރު ލިބިދީފައިވާ އިދާރާތަކެކެވެ. ޖިނާއީ މައްސަލަތައް ތަޙްޤީޤްކުރުމާމެދު ގޮތް ނިންމުމާއި، ތަޙްޤީޤް ނުކުރުމަށް ނިންމުން ފަދަ ނިންމުންތަކަކީ ތަޙްޤީޤީ އިދާރާތަކުގެ ބާރުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެއީ ޕްރޮސިކިއުޓަރު ޖެނެރަލް ކުރައްވާ ކަމެއް ނޫނެވެ." ނޫސްބަޔާނުގައިވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލާގައި ހިމެނޭ އެއްވެސް މީހެއްގެ ބައި ތަޙްޤީޤް ނުކުރުމަށް، ނުވަތަ އެ މައްސަލައާ
ގުޅުންހުރި އެއްވެސް މީހެއްގެ މައްސަލައެއް އެ އޮފީހަށް ބަލައި ނުގަތުމަށް، ނުވަތަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ޕްރޮސިކިއުޓަރު ޖެނެރަލް އެއްވެސް އިރަކު، އެއްވެސް މީހަކަށް ނުވަތަ އިދާރާއަކަށްވިޔަސް އަންގަވާފައި ނުވަތަ އިރުޝާދު ދެއްވާފައި ނުވާ ކަމަށެވެ.

މިހާތަނަށް، އެމްއެމްޕީއާރުސީ މައްސަލައާ ގުޅިގެން ހުށަހެޅި އެއްވެސް މައްސަލައެއްގައި މިހާރުގެ ޕްރޮސިކިއުޓަރު ޖެނެރަލް ދަޢުވާ ނުކުރަން ނިންމާފައިވެސް ނުވާ ކަމަށާއި އެ އޮފީހަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ނިންމާ އެންމެހައި ނިންމުންތަކާއި، މައްސަލަތަކާ ގުޅިގެން ޕްރޮސިކިއުޓަރު ޖެނެރަލް ދެއްވާ އިރުޝާދުތަކަކީ ލިޔުމުން ފެންނަން ހުންނާނެ ކަންކަން ކަމަށް ބަޔާނުގައިވެއެވެ. އެފަދަ ކަމެއް އޮތްނަމަ، އެކަމެއް އޮންނާނީ ލިޔުމުން ސޮއިކޮށްފައި ކަމަށްވެސް ބަޔާނުގައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ޙަސަނާ

    މީނާ ޕީޖީ އާހަވާލުވެފަ މިވެސްދައުލަތުގެ ބާރެއްގެ ވެރިއެއްކަންދައްކަން ނުބެހޭކަމެއްނެތް މިވެނިކަމެއްކިއްފިއްޔާދައުވާކުރާނަމޭ ކިއާމީހުންނައް ބިރުދައްކަން ދިމާކުރީ ހައްގުބަސްބުނުމަކީ ހަރުކަށިފިކުރުކަމައް މާނަކޮއް ބޯގަންވިލާގޭ އަގީދާ މިތާގެ އަގީދާއަކައްހަދަންދިމާކުރީ މމޕރސ ގެ ފައިސާގެ ބޮޑުބައެއްހޭދަކޮއްގެން ވެރިކަމައްއައިސްތިބިކަންހަދާންކޮއްލަބަލަ..ތިމަން ނާމެންނޫން އެހެން އެންމެންނަކީ ވަގުންކަމައް ހަދައިގެން ވައްކަމާ ފަސާދަ އަންމުވެއްޖެމިހާރު ދެންވެސްކިއާތި ޒީރޯ އޭ

    41
  2. ޑައެލޯގް

    ތަހުގީގީ އިދާރާއާއި ޕްރޮސެކިއުޓާއޮފީހާއި ހުރިހައިތަނެއް މިހާރުއޮތީ ރީދޫކުދިންގެ އަތުގައެވެ. ވީމާ ޝަމީމުމެން ދެންއެއްބައެއް އަނެއްބައެއްގެ ބޮލަށްކަޑާލަކަޑާލަ ތިބޭނީ އެއްކަމެއްވެސް ނުކުރާނެއެވެ. އިބޫވެސް ވަނީ ތިޔަފައިސާ ކައިފައެވެ.

    44
  3. އހ

    ރަގަނޅު ނިޔަތުގައި މައްސަލަ ބެލުން އޯކޭ ދޯ..
    ކަލެޔަށް ވަޒީފާ ދިނީ ރަގަޅު ނިޔަތާއި ނުބައި ނިޔަތު ބަލަންތަ ގަމާރު ޝަމީމް، ނިޔަތް ޝަމީމް.

    47
  4. ޙހހހ

    ބަލަ ބޭފުޅާ މަޤާމާއި ހަވާލުވެ ފުރަތަމަ ދުވަސްކޮޅު ގޮވީ ކީކޭތަ ، ހުރިހާ ކަމަކަށް ބަލާނަމޭ ، މިއަދު ތިބުނަނީ މުޅިން އެހެން ވާހަކައެއް ، ފައިސާގެ ރަހަލީ ދެއްތޯ

    21
  5. Anonymous

    ތީ އާ ކަމެއް ނޫން! މިސަރުކާރުއައީންސުރެ އިވޭ އާންމުބަސްތީ! ތިމަންނާ އާ ބެހޭ ކަމެއް ނޫން.! ކޮންމެސް އެހެން ފަރާތަކާ ހަވާލު ކޮށްލާފަ ކަމުން ރެކިގަނެގެން ހުރުން!! އެހެން ވީ މާ ގޯހެއް ނޫ ން.!!

    21
  6. ނިކަމެތި

    މިސަރުކާރުވެސް އުވާލަންވީ ބޭކާރުބަޔެއް ، އަންނިޔާ ގައުމުގެ ހުރިހާ ކަމެއް ހަވާލުކޮއްފަ ރައްޔިތުން ދާންވީ ގައުމު ދޫކޮއްފަ.

    20
  7. Anonymous

    ހުސް ދޮގު.
    އަހާބަލަ މިކަލޭގެ ކާރިން އެމްޑީޕީ ގެ ދިދަ ހިފައިގެން ޔޫކޭގަ މުޒާހަރާ ކރިންތޯ؟ އަދި އަހާ ބަލަ އެމްއެމްޕީއާރުސީ މައްސަލައިގެ ބޮޑު މުގޫ އަދީބުގެ ވަކީލެއްގެ ވަޒީފާ އަދާނުކުރަންތޯ؟ ދެން ކިހިނެއް މީނަ އިންސާފުވެރިވާނީ. މިނިވަނ މުއައްސަސާއޭ ނުކިޔާ މިނިވަން އެ ކިއްޔާ މާތާހިރު. މިނުންދުވަހެއް އަންނާނެ، ގަބޫލުކުރިޔަސް ނުކުރިއަސް. އެދުވަހު އިންސާފު ގާއިމުކުރެވޭނެ. ދޫނިދޫގެ ކުޑަ ގޮޅިއަށްވުރެން ނަރަކައިގެ އަޑީގެ އަޒާބު ބޮޑުވާނެ!

    25
  8. ހިތުހުރިއެތި

    އޅެ ފުލުހުން ތަހުގީގުކޮށްފަ ދައުވާކުރަންފޮނުވާފަ ހުރި ކިތައް މައްސަލަ ދައުވާނުކޮށް އަބުރާ ޕީޖީ އިން ފޮނުވަންތޯ؟ ކިތައްކޭސް ނުބަލާ ހިފަހައްޓަފަ އެބައޮތްތޯ؟ ދޮގުހެދިޔަސް ބޮޑުވަރު. އެމްއެމްޕީއާރސީގެ ޚިޔާނަތުގެ ބޮޑުމީހާ އަދީބުގެ ކުރީގެ ވަކީލަކަށް ހުރިމީހަކު ، ޕީޖީއކަށް ހުރެފަ ޕީޖީއަކީ މިނިވަން މުއައްސަސާއެއް ކަމުގަ ބުނުމަކީ ބޮޑު ޖޯކެއް. ތި ހަދަނީ ދިވެހި ރައްޔިތުންނަކީ ގުބޯލުނަ ކަމަށްތަ؟ އެމްޑި÷ީގެ އެކްޓިވިސްޓަކަށް އުޅުނުދުވަހުގެ ފޮޓޯތައް އެހެރީ ހެކިދޭން. އެމްޑީޕީ އެކްޓިވިސްޓެއްގެ ޕީޖީ ކަމުގެ ދަށުގަ ރައީސް ޔާމީނަށް އިންސާފުލިބިދާނެޔޭ ހިތަށް އަރާާނީ ވެސް މޮޔައަކު. ދެކޮނޑުގަ ވާ މަލާއިކަތުންނަށް ހަޑިބަހުން "ދެގޮލާ" އޭ ކިޔާ ޓްވީޓް ކުރިޔަސް އެބޭކަލުންގެ ރިކޯޑަށް ބެލި އިންސާފުކުރެވޭނެ. ޖަހައްނަމައިގެ އަޒާބު، މާފުށީ ޖަލުގެ އަޒާބަށްވުރެން ބޮޑުވާނެކަން ގަބޫލު ކުރައްވާ، ތައުބާވެ، އިންސާފުވެރިވުމަަށް ޝަހީމަށް ނަސޭހަތްތެރިވަން. ﷲ ސުބުހާނަހޫ ވަތަޢާލާ ޕީޖީ ޝަހީމަށް ތެދުމަގު ދެއްކެވުން އެދި ދުޢާކުރަން،

    17
  9. ހަސަންބެ

    އެމްޑީޕީ އެންމެންވެސް ފައިސާ ބޭނުންކޮށްފައިވަނީ ހެއު ނިޔަތުގައި. ގޮތްގޮތަށް ކަންކަން ނިއްމާއިރު އަދި ފަހަތުގައި ދުވަހެއް އެބައޮތް. ތިޔަބައިމީހުންނަކާ ރައްޔިތުން މިހާރު ގަބޫލެއް ނޫން،

    24
  10. ޔޫސުފް

    ތަހުގީގު ކުރުމަކީ ތަހުގީގީ އިދާރާ އިން ކުރާކަމަކަށް ވިއަސް އަދި ކިތަންމެ ރަނގަޅަށް މައްސަލަ ތަހުގީގުކުރިއަސް ދައުވާގެ މަގުސަދު ބިނާވާނީ ޕީޖީ ގެ ނިޔަތުގެ މައްޗަށް ކަމަށްވާއިރު، ބައެއްމީހުން ވައްކަން ކުރަނީ ގޯސް ނިޔަތެއްގައި ނޫން ކަމަށް ޕީޖީ ބުނާ ނަމަ ދެން ކީއްކުރަން ކުރާ ތަހުގީގެއްބާ؟ޕާޓީ ތަކުގެ އެކްޓްވިސްޓުން އެފަދަ މަގާމުތައް އަދާ ކުރާއިރު ގާނޫނަށް ޗުއްޓީ ލިބޭ ވަގުތު ގިނަވާނެ.

  11. ނަސީދު

    ޢެއްވެސް އަމަތްޗެއް ނޯންނާނެ އެންނެންމައް ހުކުމް ކުރަން ޖެހޭނެ

  12. މިއަދު

    ޕީޖީ ތިވިދާޅުވީ ޤާނޫނުގެބޭނުމެއް ނެތްވާހަކަތޯ؟

  13. ށަށް

    މިއީސަދޫމް ތަ

  14. ރަހޫ

    ކިހިނެއް އެމްސީ ހަމީދު މައްސަލައެއް ބަލާނީ. އެމީހާ އެހެރީ ކިތައް ގޮޅިއަށް ފެތިފައި. ފުލުހުންގެ ތެރޭގައި އެއްވެސް މަގުބޫލު ކަމެއް ހުރި މީހެއް ނޫން ކަމަށް ގިނަ ފުލުހުން ބުނޭ. ގަޓެއް ނެތް ލާދީނީ އިންޑިޔާގެ އެޖެންޓެއް. އެމްޑީޕީ މީހުން ބުނާ ކަމެއް ކުރަން ވެސް ނުކެރޭ މީހެއް ކަމަށްވާތީ އެމީހުންވެސް ރުޅިއާދޭ.

  15. ޒާ

    ކަލޭ ކަމަކީ ބޮޑުގޮނޑިގަ ވެޑުވިފައިނދެ މުސާރަނެގުން

  16. ކަރުނަޔާނުލާ

    މިކަލޭގެ އަށް ޕީޖީގެ މަގާމު ހަވާލުކުރި މީހާ ހުރީ ހަމަހޭގަތޯ ނުވަތަ ނޫންތޯ ބަލަން ޖެހޭ ހިސާބަށް ކަންތަށް ތަށް ގޮސްފި މިކަމުގެ ޒިންމާ ނަގާނެ ފަރާތަކީ ކާކު؟

  17. ތިނަދޫ މީހާ

    ގދ.ގަޒީރާ ރިސޯޓް ޓެކުސް ބަލާދީބަލަ 15އަހަރުވީ ބުރުމާ

  18. Anonymous

    ތިއަިބދޮގެއް މައްސަލަ ތަހްގީގު ނުކޮށްފިނަމަ ޕީޖީއަށް ތަހްގީގު ކުރުމަށް އެންގުމުގެ ބާރު ލިބޭ. ޖިނާއީ އަދުލުގެ ނިޒާމުގައި އެންމެ ބާރުގަދަ މީހަކީ ޕީޖީ. ކޮވިޑް 19 ގެ ފުރަތަމަ ކޭސްގައި ޑޮކްޓަރުގެ މައްސަލަ ތަހްގީގު ކުރަން ފުލުހުންނަށް އެންގީވެސް ޕީޖީ ކަން އަހަރެމެން ހަނދާން އެބަހުރި. މިގައުމުގައި އަދުލު އިންސާފު ނެތިމިދަނީ ބިރުވެރި މިންވަރަކަށް. ﷲ ގެ ކޯފާއެއްއައިސްދާނެކަމަށް ބިރުވެތިވޭ. ގައުމުތަށް ހަލާކުކުރައްވާ އެންމެ ބޮޑު އެއްކަމެއް އަދުލު އިންސާފު ނެތި ދިއުމަކީ.

  19. ބީޖީ

    ރޖ އަކީވެސް ވައްކަން ކުރަން ރައްޔިތުން ހޮވި މީހެއް ނޫން. އެކަމަކު ބަލާބަލަ ކުރާ ވައްކަންތައް.

  20. ޑަބިޔާ

    ކަލޭ މޮޔަނުގޮވާ ... ކަލޭމެން ރަނގަޅުވެގެން ދޯކަމެއް ރަނގަޅުވާނީ

  21. މުރާދުބޭ

    ތަޙްޤީޤީ އިދާރާތަކަކީ ވަކި ބައެއްގެ މަސްލަޙަތުއޮންނަ މައްސަލައެއްވީމާ އެމައްސަލައަކާ ބެހޭ ކިތާބީ ލިޔެކިއުންތައް ފޮރުވައިގެން އެމައްސަލަ ނުބަލާ ބޭއްވުމުގެ ބާރު ޝަރުތަކެއް ކަނޑައަޅައި ވަކި މުއްދަތަކަށް ކުއްޔަށް ދީފައިވާ ޢަދުލު އިންސާފުން އެކަހެރި ތަންތަކަށް ވީނަމަ ތިބުނާގޮތަށް ހެދިދާނެ. އެހެންނޫންނަމަ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ޤާނޫނުގެ ކުރިމަތީ އެންމެން ހަމަހަމަ ވާނެވާހަކަ ނުލިޔާނެ. އަދިޕީޖީ ތިއިންނެވީ ހަމަހެއަކުނޫންކަން ފާހަގަވޭ!