އައްޑޫ ސިޓީ ގަމަށް ސްރީލަންކަން އެއާލައިންސް އިން ކުރާ ދަތުރުތަކަށް ދިމާވަމުން އަންނަ ގޮންޖެހުންތައް ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ސިޓީގެ މެމްބަރުންނާއި ހިއްސާކޮށްފިއެވެ.

ސްރީލަންކަންގެ ރާއްޖޭގެ އެޖެންޓް އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު މިއަދު ވިދާޅުވީ އެ ބައްދަލުވުން ބޭއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްގެ އިސް ނެންގެވުމުގެ މަތިން ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ސްރީލަންކައިން އިން ގަމަށް ކުރާ ދަތުރުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށާއި ގަމަށް ކުރާ ދަތުރުތަކުގައި ސްރީލަންކަން އަށް ކުރިމަތިވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތައް މެންބަރުންނަށް ހިއްސާ ކުރެއްވި ކަމަށް ފިރާގު ވިދާޅުވިއެވެ.

އައްޑޫގެ މެންބަރުންނާއި ފިރާގު ބައްދަލުކުރައްވާފައިވާއިރު ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ނަމަވެސް ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އިން އައްޑޫ ސިޓީ ގަމަށް ދަތުރު ކުރުމާއި ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް މި މަހުގެ 18ވަނަ ދުވަހު ފިރާގު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މިއަދު ރާއްޖޭގެ ބައެއް ނޫސްތަކަށް ސްރީލަންކަން އެއަރލައިންސްގެ ފަރާތުން ގަމަށް ހާއްސަ ކޮށްފައިވާ އޭރިއާ މެނޭޖަރ ނަޔޯމީ ޓެންނަކޫން ވަނީ ސްރީލަންކަން އެއަރލައިންސް ގެ ދަތުރުތައް ގަމަށް ހުއްޓާލުމަށް ނިންމާފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ގަމަށް ކުރާ ދަތުރުތައް ހުއްޓާލުމާއި މެދު އެ އަރލައިނުން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އަދި އެކަމާ ބެހޭ މަޝްވަރާތައް އަދިވެސް ދަނީ ކުރެވެމުން ކަމަށެވެ. ‎ނަޔޯމީ އިތުރަށް ވިދާޅުވި ގޮތުގައި މިހާރު އޮތް ގޮތުން ސްރީލަންކަން އިން ކަމަށް ކުރާ ފްލައިޓްތަކުގެ ޝެޑިއުލް ކެންސަލް ކުރެވިފައިވަނީ ހަމަ އެކަނި ޖުލައި މަހުގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އުވަގޭ

    ބޭކާރު ބަޔެއް.. ޚާއްޞސކޮށް ހިތަދޫ މެމްބަރު ގޫބެރާ

    25
    1
    • ދދދދދދ

      ތިމީހުންނާ ވާހަކަ ދައްކާނެ ކަމެއް ނެތް. ތީ ވަގު ގްރޫޕެއް.

  2. ސޫތު

    ތިޔައި ކަލޯ ދަޅަދައްކާ ގުރޫޕު 100 އަހަރު ވެއްޖެ ތިކަންކަން ކޮއްދޭން ތިތިބިމީހުން އުޅޭތާ ތިޔައި ބޮޑުތަނުން ޓޮސްކިޔަން ޖެހޭބައިގަޑެއް،،،،،،،،

    18
    1
  3. މުހައްމަދު

    އައްޑޫ ރައްޔިތުންނާ ގުޅުން ހުރިބައެއްނޫން ތިޔައީ...
    ތިޔަޢްވުރެން މާރަނގަޅު ގުރާއިދޫ ދާއިރާގެ މެންބަރު ގައްސާނު މައު މޫނުއާ ޝިޔާ މުއާ ދެ މީހުންވެސް..

    12
    1
  4. ލޮލް.

    ވަޓް ދަ ވަޓް.??

  5. މަހަށްދޭބަލަ

    ތަމެން ކިތަންމެ ވަރަށް ކަންް ބޮޑު ވިއަސް އައްޑޫ އަކު ޓޫރިޒަމް އެއް ކުރި ނާރާނެއޭ ވައްކަން ކުރާ ވަރުން އޮބި ނޯންނަ ތަނެކޭ އައްޑޫ އަކީ އައްޑޫ އަށް ދާނެ ގެސްޓަކު ދުނިޔޭގައި ނެތޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...

    5
    3
  6. ޢަމީރާ

    ބޮޑު ބައްޔެއް ތީ ކޮރޯނާ ކަހަލަ

    6
    2
  7. ސޫތު

    ގުޅިގެން ރޭވިގެން އަތަކަހަމުން ދާބައިގަޑެއް......

  8. އަޙްމަދު

    ތިމީހުން ތިތަނަކަށް ގޮސްތިބީ މީހަކު ޖަހާ ފޮޑީގެ ވަސް ބަލަންވެގެން! ދެންބުނާނޭ އެގައި ދޮވަނީ ގޮމަކަސްތޫރިވަހޭ! ކުރެވޭނެ އެއްވެސް ކަމެއްނެތް! ވޯޓް ކަރިވީމާ ލާރިކޮޅަކުން ރައްޔިތުން ހައްލާލާފައި މަޖްލީހަށް ދިޔާމާ އޮންނާނީ އެހެން އެޖެންޑާއެއް! ކޮން ރައްޔިތުންނެއްތޯ ނުވަތަ ކޮން ރަށެއްތޯ؟ ޕާޓީއާއި ޕާޓީގެ ބޮނޑުން މުހިންމުވާނީ!

  9. ޖާޒީރާ ބޯއީ

    ދިވެހިން ފެލާގެން މިއަދުވެސް ތިޔަ ސްރީލަންކަން އެއަރ ލައިންސް ބޭކްރަޕްޓްނުވެ އޮންނަނީ. ސަރުކާރުގެ މައިބަދާގައި ބާރެއްވާނަމަ ނިކަން ޓިކެޓް ވިއްކޭނެ އެންމެ ބޮޑުމިންގަޑެއް ކަނޑައަޅާބަލަ.

  10. ސައްދާމް

    ދިވެހި ސަރުކާރާއި ސްރީލަންކާ އާދެމެދު ވެވިފައިވާ އެއްބަސްވުމުގައި ރާއްޖެ ސަރުކާރަށްޖެހޭނީ ސްރީލަންކަން އެއަރ ލައިންސް ޖައްސާނެ 2 އިންޓަރނޭޝަނަލް އެއަރ ޕޯރޓް ދައްކަން. މިހާރުވެސް އައްޑޫ ސިޓީއާއި ހަނިމާދޫ ހަމަޖެއްސުމަށްފަހު ވެލާނާ އަށް ނުޖެއްސޭނޭގޮތް ހަދާލަބަލަ. އޭރަށް ގާމުތާ މޯލްޑިވިއަނަށްވެސް ޖެހޭނީ ބަންޑާރަނައިކާ އަށް ޖެއްސުމަށް ހުއްދަދޭން އަދި މިއާއެކު ޓިކެޓްގެ އަގުތަށްވެސް ތިރިވާނެ. ކެރޭވެބާ.

  11. ވެރިން

    ތީކީ މިހާރު އައްޑޫ އަށް އައްޑޫ ރައްޔިތުންނަށް ހެޔޮ އެ ދޭ ބަ އެއްނޫން ތީ އެމްޑީޕީ ގެ ރޫހާނީ ލީޑަރު ވަށާ އެބުރެން ތިބި ބައެއް ތިމީހުނާ ކަމެއް ހިއްސާ ކޮށްގެން ވާނެ އެއްވެސް ކަމެއް ނެތް. ތީން މީހެެއްކާރީ އައްޑޯ މީހެއްހޭ އަހާފިނަމަ ބުނާނީ ނޯނޯ "އެކްޗުއަލީ އައި ވޯސް ބޯން އިން އައްޑޫ، އައޭމް ފްރޮމް މާލޭ"