އެމްއެމްޕީއާރްސީ ޚިޔާނާތުގެ އެންމެ ބޮޑު ތުހުމަތެއް ކުރެވޭ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، އެމްއެމްޕީއާރްސީ ޚިޔާނަތް ހިނގިއިރު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުރި އަބްދުﷲ ޒިޔަތު ގޭބަންދުގައި ބައިތިއްބާފައި ތިބޭތީ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު މިއަދު ސުވާލުތަކެއް ކުރައްވައިފިއެވެ.

ޖަމީލް ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލަތައް ކިތައްމެ ގިނަ ނަމަވެސް ޒިޔަތާއި އަދީބު ތިބީ ގޭގައި ކަމަށެވެ. "މިއީ ކެރިގެން އިންސާފު ގާއިމު ކުރުމުގެ ހަމަތޯ؟ ނުވަތަ އިންސާފަކީ ވަކި ބައެއްގެ ކިބައިން ބަދަލު ހިފުންތޯ؟" ޖަމީލް ސުވާލު ކުރެއްވިއެވެ.

ޖަމީލް ވިދާޅުވީ ސިޔާސީ ހާލަތައް ފެތޭ ގޮތައް އަމަލު ކުރާ ޕްރޮސެކިއުޓަރ ޖެނެރަލަކަށް ބަރޯސާ ނުކޮށް އެހެން މުއައްސަސާތައް ހަރަކާތްތެރި ވާން ޖެހޭ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ކޮވިޑް-19 ގެ ކަންކަމުގައި ހިންގަމުން ގެންދާ ކޮރަޕްޝަނަށް ފިޔަވަޅު އަޅަމުން ނުގެންދާ ކަމަށެވެ.

"އެއްބިލިއަން ޚަރަދު ކުރިއިރު ބޮޑެތި ޖަރީމާތައް ހިންގާފައިވޭ. ވެންޓިލޭޓަރު ގެނައުމުގެ ނަމުގައި ދެމިލިއަން ޑޮލަރު ވުޖޫދުގައި ނެތް ކުންފުންޏަކުން ނެގިއިރު ފުލުހުން އަދި އޭސީސީ ކޮބައިތޯ؟" ޖަމީލް އިތުރަށް ސުވާލު ކުރެއްވެވިއެވެ.

އެސްޓީއޯ މެދުވެރިކޮށް ހިންގާ ކޮރަޕްޝަން ކޮބައިތޯ ވެސް ޖަމީލް ސުވާލު ކުރެއްވެވިއެވެ. ބޮޑެތި އަދަދުން ބިލް ކޮށްފައި ތަންތަނުގައި އެކަހެރި ކުރި މީހުން ހާލުގައި ޖައްސާފައި ދައިދާ ނެގި މީހުންގެ މައްސަލަ ތަޙްޤީޤު ކުރެވޭނެތޯ ވެސް ޖަމީލް ސުވާލު ކުރެއްވެވިއެވެ. "ކޮންމެ ކަމަކީ ވަކި މީހަކު އިޝާރާތް ކުރީމަ ކުރާ ކަމަކަށް ވެގެން ނުވާނެ." ޖަމީލް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ މައްސަލަ ތަޙްޤީޤުކޮށް އިންސާފު ގާއިމް ކުރުމުގެ ވައުދު ފުއްދާނެ ކަމުގެ ކަށަވަރުކަން ސަރުކާރުން ތަކުރާރުކޮށް ދެމުން ގެންދާއިރު އެކަމުގައި ބައިވެރިވި އަދީބާއި ޒިޔަތު ގޭބަންދުގައި ތިބޭތީ އިދިކޮޅު ފަރާތްތަކުން ގެންދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ނަމަވެސް އެފާޑުކިޔުންތަކަށް ސަރުކާރުން އެއްވެސް ޖަވާބެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަައީމް

    ސީދާ ސިޔާސީކުޅިގަނޑެއް ދެންވެރިކަންބަދަލްވީމާ މިހާރުގެ ދެވެރިން ވެސް ތިބޭނީ ޖަލުގަ މީމާޒީގާ މިގައުމުގަ ދެން ކަންހިގާނެ ގޮތް ގާޒީންނާއި ވަކީލުންވެސް ޖެހޭ

  2. ބޯހަލާކު

    މީސަދޫމްގެ ހުކުންކުރާތަނެއް..ސުބުހާނަﷲ..

    11
  3. ހަސަނު

    އިންސާފޭ ކިޔަން ކަލޭތީ އެންމެ ރަނގަޅުމީހާ.

    1
    4
  4. ހރ

    ޕީޖީޝަމީމްއަކީވެސް ހަމައެއްގަލުންފެހި ކައިގެންހުންނަމީހެއް މިމީހުންގެފެންވަރު ނޭންގޭދިވެއްސެއް މިޤައުމުގަ ނުހުންނާނެ ޖަންގަލީގެ ހަމަޔާއި އިންސާފް މިމީބޭނުންކަންތައް ކޮންމެގޮތަކައްކުރެވުނަސް އެއީ އިންސާފުކަމައްބަލާބައެއް

    14
  5. އަހުމަދު

    ދައްޖާލައް ސައިކުރާ ކައްކާމީހުން މި ދުނިޔޭގައި ތިބޭނީ ސުވަރުގޭގައި. މަރުވުމުން އެމީހުންނަށް އޮންނާނީ ނަރަކައި ގެ ބިރުވެރިކަން. އެމީހުންގެ ހަން ވިރިގެންދާވަރަކަށް އާ ހަންލެވޭނެ. އަދި އަބަދުގެ އަބަދަށް އެ އަޒާބުގައި އޮންނާނެ.